ގެވެށި އަނިޔާގެ މައްސަލަތަކާއި ގުޅޭގޮތުން ހދ. ނޮޅިވަރަމް ރައްޔިތުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް އެރަށުގައި ކުރިއަށް ގެންގޮސްފިއެވެ.

މި ސެޝަނަކީ، ނޮޅިވަރަމްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ މަޢުލޫމާތު ސެޝަނެކެވެ.

Ad
rt

ނޮޅިވަރަމް ސުކޫލް ހޯލުގައި ކުރިއަށް ގެންދެވުނު މި ސެޝަނުގައި ގެވެށި އަނިޔާ އަކީ ކޮބައި ކަމާއި ގެވެށި އަނިޔާއިން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ކަންކަމާއި ގެވެށި އަނިޔާގެ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރެވިދާނެ ގޮތްތަކާއި އެކަމުގެ މުހިއްމުކަން ކިޔައިދީފައި ވެއެވެ.

މި މަޢުލޫމާތު ދިނުމުގެ މި ސެޝަންގައި ގެވެށި އަނިޔާ އާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވީ ހދ. ފެމިލީ އެންޑް ޗިލްޑްރެން ސާރވިސަސް ސެންޓަރުގެ ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ ޢާސިމާ އަޙްމަދު އެވެ.