ފެނަކަ ތިލަދުންމަތީ ފުޓްސަލް މުބާރާތް ނޮޅިވަރަމްފަރު ކާމިޔާބުކޮށްފި
އެފްއާރްސީ ޒޯން ފުޓްސަލް ޓޯނަމެންޓްގެ ހއ އަދި ހދ ޒޯންގެ މުބާރާތް ނޮޅިވަރަމްފަރު ކާމިޔާބުކޮށްފިއެވެ. ނޮޅިވަރަމްފަރުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި މުރައިދޫއާއި ބައްދަލުކޮށް މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން ދެޓީމް ޢެއްވަރުވުމުން ޕެނަލްޓީ ޖަހަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. މުބާރާތުގެ ފެއާރޕްލޭ ޓީމަކަށް މުރައިދޫ ޓީމް ހޮވުނުއިރު ކިންގްއޮފްދަ ޓޯނަމެންޓަކަށް ހޮވިފައިވަނީ މުރައިދޫ ޓީމްގެ ޖާޒީ ނަންބަރު 10، އަލީ ޝާފިއުއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް...