މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ނެއްލައިދޫ (191 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
191 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނެއްލައިދޫގެ އެންމެ ފަހުގެ ޚަބަރުތައް

191 ޚަބަރުގެ ތެރެއިން
ނެއްލައިދޫ ކައުންސިލް ކަޕް ސްޕޮންސާ ކުރަންއެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ކައުންސިލް ކަޕް ސްޕޮންސާ ކުރަންއެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

1443 ވަނަ އަހަރުގެ އަޟްހާ އީދު ދުވަހާއި ގުޅިގެން ހދ. ނެއްލައިދޫ ކައުންސިލުން ބާއްވާ ކައުންސިލްކަޕްގެ ފުޓްބޯޅަ އަދި ހޭންޑްބޯޅަ މުބާރާތް ސްޕޮންސާ ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވެއެވެ. އެގޮތުން ސްޕޮންސަރ ކުރެވޭނެ ކެޓަގަރީތަކަކީ ޓައިޓްލް ސްޕޮންސަރ 20 ހާސް ރުފިޔާ، މެއިން ސްޕޮންސަރ 15 ހާސް ރުފިޔާ، ކޯރ ސްޕޮންސާ 13 ހާސް ރުފިޔާ އަދި ސްޕޮންސަރ އަ ބޯޑް އެއްހާސް ރުފިޔާގެ ކެޓަގަރީއެވެ. މި މުބާރާތް ސްޕޮންސަރ ކުރުމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކުން 15 […]

ސަނިއްޔާ އަބޫބަކުރު
ނެއްލައިދޫ ކައުންސިލް ކަޕް ފުޓުބޯޅަ މުބާރާތާއި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ކައުންސިލް ކަޕް ފުޓުބޯޅަ މުބާރާތާއި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހދ. ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ، ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތާއި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އަހަރުގެ އަޟްހާ އީދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ދެ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ނެއްލައިދޫ ކައުންސިލުގައި ރަޖިސްޓްރީކޮށްފައިވާ ޓީމް ތަކަށެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 02 ޖޫނ...

އިބްރާހިމް ޚަލީލް
ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ އެ މަޝްރޫއަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ. އަދި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 870 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ. ހދ. ނެއްލައިދޫ ގޮނޑުދޮށް […]

އަޙްމަދު ވަހީދު
ނެއްލައިދޫ ކައުންސިލް ޤުރުއާން މުބާރާތް ނިންމާލައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ކައުންސިލް ޤުރުއާން މުބާރާތް ނިންމާލައިފި

ހދ. ނެއްލައިދޫ ކައުންސިލްގެ 5 ވަނަ ޤުރުއާން މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލައި، މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ދިޔަ މަހުގެ 15 ވަނަ ދުވަހު ފެށި މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވައި، ވަނަވަނަ އަށް ހޮވުނު ބައިވެރިންނަށް އިނާމް ދީފައި ވަނީ އިއްޔެއެވެ. މި މުބާރާތުގައި މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ ދެ ބައިވެރިއަކު ހާސިލް ކޮށްފައި ވެއެވެ. އެއީ ޢިޝާ އަޙްމަދު އަޝްރަފް އަދި ފާޠިމަތު ނައުޝީން އެވެ. […]

ޔުމްނާ ޢަލީ
ނެއްލައިދޫގައި ޕޮލިސް ސްޓޭޝަނެއް ގާއިމުކުރުމާގުޅޭގޮތުން މަޝްވަރާކޮށްފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫގައި ޕޮލިސް ސްޓޭޝަނެއް ގާއިމުކުރުމާގުޅޭގޮތުން މަޝްވަރާކޮށްފި

ހދ. އަތޮޅުގައި ތިއްބަވާ ފުލުހުންގެ އިސްވެރިނާއި، ހދ. ނެއްލައިދޫ ކައުންސިލުންނާއި މިއަދު ބައްދަލުކޮށް ނެއްލައިދޫގައި ޕޮލިސް ސްޓޭޝަނެއް ގާއިމު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ނެއްލައިދޫ ކައުންސިލްގެ ނައިބް ރައީސް، އަޙްމަދު ރަޝީދު ވިދާޅުވީ މިބައްދަލުވުމަކީ ނެއްލައިދޫގައި ފުލުހުންގެ ޚިދުމަތް ދިނުމަށް ވާންޖެހޭ ތައްޔާރީތައްވުމަށްޓަކައި، ކުރިއަށް ގެންދެވުނު މަޝްވަރާ ބައްދަލުވުމެއް ކަމަށެވެ. އެގޮތުން ކުރިން އެރަށުގައި ޕޮލިސް ޑެސްކެއް ގާއިމް ކުރުމަށް ނިން...

އައިޝަތު ނަސާޔާ
ކޯވިޑްގެ ހާލަތު ގޯސްވުން ނެއްލައިދޫ ޕްރީސްކޫލްގެ ކިޔެވުން މެދުކަނޑާލައިފި 📍 ހދ. ނެއްލައިދޫ

ކޯވިޑްގެ ހާލަތު ގޯސްވުން ނެއްލައިދޫ ޕްރީސްކޫލްގެ ކިޔެވުން މެދުކަނޑާލައިފި

ހދ. ނެއްލައިދޫގައި ކޯވިޑް-19 ގެ ހާލަތު ގޯސްވުމާއި ގުޅިގެން އެރަށު ޕްރީސްކޫލްގެ ކިޔެވުން މެދުކަނޑާލައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ނެއްލައިދޫ ކައުންސިލްގެ ނައިބު ރައީސް އަޙުމަދު ރަޝީދު ވިދާޅުވީ ޕްރީސްކޫލްގެ ކިޔެވުން މެދުކަނޑާލާފައި މިވަނީ ރަށުތެރޭގައި ކޯވިޑް ފެތުރެމުންދާތީ އަދި ހާއްސަކޮށް ކުޑަކުދިންނަށް މިބަލި ޖެހެމުންދާ މިންވަރު އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. ކިޔެވުން ފެށޭނެ ވަކި ތާރީޚެއް ފަހުން އަންގާނެ ކަމަށް އެކައުންސިލުން ވަނީ ވިިދާޅުވެފައެވެ...

އައިޝަތު ނަސާޔާ
ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި

ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީ.އައި.އޭ) އެޕްރޫވް ވުމާއެކު މި މަސައްކަތް ފެށީ އަންގާރަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، 870 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މި މަސަސްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 250 ދުވަހުގެ ތެރޭގައެވެ. މިއީ 19.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ވޭތުވެދިޔަ ތިން އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި، ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް...

އަޙްމަދު ވަހީދު
ނެއްލައިދޫ ސްކޫލް މުވައްޒަފުން އަދިއްޔުއަށް އެހީތެރިވެއްޖެ 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ސްކޫލް މުވައްޒަފުން އަދިއްޔުއަށް އެހީތެރިވެއްޖެ

ހދ. ނެއްލައިދޫ ސްކޫލްގެ ހުރިހާ މުވައްޒަފުުންގެ ފަރާތުން އެރަށުގެ ހާއްސަަ އެހީއަށް ބޭނުންވާ، އެ ސްކޫލްގެ ދަރިވަރު، މުހައްމަދު އަދިއްޔު އާދަމްއަށް އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ނެއްލައިދޫ ސްކޫލްގެ ޕްރިންސިޕަލް އިސްމާއިލް ރަޝީދު ވިދާޅުވީ މިހަރަކާތުގެ ދަށުން އަދިއްޔުއަށް 12،000 ރުފިޔާ ހަދިޔާ ކޮށްފައިވާ ކަމަށެވެ. އަދި އެއީ ސްކޫލްގެ ހުރިހާ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރައާއި ގާތް ކުރާ އަދަދެއް ކަމަށް ޕްރިންސިޕަލް ވަނީ ވިދާޅުވެފައެވެ. ޗައިލްޑް އޯޓިޒަމް ވިތް...

އައިޝަތު ނަސާޔާ
ނެއްލައިދޫ އައު އިންޖީނުގެއާއި އޮފީސް އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ އައު އިންޖީނުގެއާއި އޮފީސް އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ނެއްލައިދޫ އައު އިންޖީނުގެ އަދި އޮފީސް އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން އިއުލާން ކޮށްފި އެވެ. އެކުންފުނިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެފަރާތުން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްގޮތަށް އެރަށުގެ އައު އިންޖީނުގެ އަދި އޮފީސް އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކުންފުނީގެ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މީގެކުރިންވެސް މިމަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެކުންފުނިން ވަނީ އިއު...

އައިޝަތު ނަސާޔާ
ނައިވާދޫ ރައްޔިތުންގެ ދީލަތި އެހީ ނެއްލައިދޫއަށް 📍 ހދ. ނެއްލައިދޫ

ނައިވާދޫ ރައްޔިތުންގެ ދީލަތި އެހީ ނެއްލައިދޫއަށް

ކޯވިޑް-19ގެ ހާލަތުގެ ސަބަބުން މިވަގުތު އަރާ ފޭބުން މަނާކޮށްފައި އޮތް ހދ. ނެއްލައިދޫއަށް، އެ އަތޮޅު ނައިވާދޫ ރައްޔިތުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. މިކަން ފާހަގަ ކުރަށްވައި ނެއްލައިދޫ ކައުންސިލުން ވިދާޅުވީ، އަވަށްޓެރި ނައިވާދޫގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ނެއްލައިދޫގެ ރައްޔިތުންނަށް ވެދެއްވި ދީލަތި އެހީތެރިކަމަށް، ނެއްލައިދޫގެ އެންމެހާ ރައްޔިތުންގެ ނަމުގައި ނައިވާދޫގެ އެކުވެރި ރައްޔިތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ. “މިފަދަ ދަނޑިވަޅެއްގައި، ތިދެއްވި...

ޔުމްނާ ޢަލީ
މޮނިޓަރިންގައި އޮތް ނެއްލައިދޫގައި ފިޔަވަޅުތައް ވަރުގަދަކޮށްފި 📍 ހދ. ނެއްލައިދޫ

މޮނިޓަރިންގައި އޮތް ނެއްލައިދޫގައި ފިޔަވަޅުތައް ވަރުގަދަކޮށްފި

ހދ. ނެއްލައިދޫ މޮނިޓަރިން އަށް ލުމާއި ގުޅިގެން އެރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ. އެރަށު ކައުންސިލުން މައުލޫމާތު ދީފައިވާ ގޮޮތުގައި ރަށް މޮނިޓަރިން އަށް ލެވިފައި މިވަނީ މިމަހުގެ 4 ވީ އަންގާރަ ދުވަހު އެރަށު ސިއްޙީ މަރުކަޒަށް ޑޮކްޓަރަށް ދެއްކި ފަރާތެއްގެ ފުލޫ ސާމްޕަލް ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. އެގޮތުން މިހާރު ވަނީ އެރަށުގައި ކޯވިޑް އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގެ ތެރޭގައި ހިމެނެނީ: ރޭގަނޑު […]

އައިޝަތު ނަސާޔާ
ނެއްލައިދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި

ހދ. ނެއްލައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތް ނިމިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، 398 މީޓަރުގެ ބޭރުތޮއްޓެއް ލައި، 103 މީޓަރުގެ ގްރޮއިންސް ޖަހައި، 204 މީޓަރުގެ އެއްގަމުތޮއްޓެއް ވަނީ ލައިފައެވެ. އަދި، 1812 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ވަނީ […]

އަޙްމަދު ވަހީދު
ނެއްލައިދޫގައި ފަޔާ ފައިޓިން ޕްރޮގްރާމެއް ކުރިއަށް ގެންދަނީ 📍 ހދ. ނެއްލައިދޫ

ނެއްލައިދޫގައި ފަޔާ ފައިޓިން ޕްރޮގްރާމެއް ކުރިއަށް ގެންދަނީ

ހދ. ނެއްލައިދޫ ކައުންސިލްއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގުޅިގެން އެރަށުގައި ފަޔަރ ފައިޓިންގް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ނެއްލައިދޫ ކައުންސިލް މެމްބަރ އަދި މި ޕްރޮގްރާމް އިންތިޒާމް ކުރުމާއި ހަވާލުވެ ހުންނެވި އައިޝަތު ދިމްނާ ވިދާޅުވީ މިއީ ނެއްލައިދޫ ސްކޫލްގެ ގްރޭޑް 7 އިން މަތީގެ ދަރިވަރުންނަށްނަށާއި އާއްމު ރައްޔިތުންނަށް ވެސް ބައިވެރިވޭ ގޮތަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން މި މަހުގެ 28 ވަނަ [...

އައިޝަތު ނަސާޔާ
ނެއްލައިދޫ ރައްޔިތުންގެ ފަރާތުން ނައިވާދޫ ރައްޔިތުންނަށް ބޮޑު އެހީތެރިކަމެއް! 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ރައްޔިތުންގެ ފަރާތުން ނައިވާދޫ ރައްޔިތުންނަށް ބޮޑު އެހީތެރިކަމެއް!

ހދ. ނެއްލައިދޫ ރައްޔިތުންގެ ފަރާތުން ހދ. ނައިވާދޫ އަށް ބޮޑު އެހީތެރިކަމެއް ވެއްޖެ އެވެ. ނައިވައިދޫ ކައުންސިލުން ވިދާޅުވީ، ރަށުގެ ކޮވިޑްގެ މިޙާލަތުގައި އަވައްޓެރި ނެއްލައިދޫގެ ރައްޔިތުންގެ ފަރާތުން މި ލިބުނު ދީލަތިއެހީއަކީ އަޅުގަނޑުމެން ހިތުގެ އެންމެ ފުންމިނުން ބަލައިގަނެ، ހިތުގެ އަޑިން ޝުކުރުވެރިވާ ކަމެއްކަމަށެވެ. “ތި ދެއްވި އެހީތެރިކަމާއި ބެހެއްޓެވި އަޚުވަންތަކަމަށް ނައިވާދޫ ކައުންސިލާއި ރައްޔިތުންގެ ނަމުގައި ނެއްލައިދޫ ކައުންސިލު މެންބަރުންނަށާއި އަދި އ.ތ.މ ކޮމިޓީއާއި ނެއްލައިދޫގެ ލޮބުވެތި ރައ...

އިބްރާހިމް އަސްވާޤް
މަސްވެރިންގެ ދުވަހާއި ގުޅިގެން ނެއްލައިދޫގައި މަސްރޭހެއް ކުރިއަށް ގެންދަނީ 📍 ހދ. ނެއްލައިދޫ

މަސްވެރިންގެ ދުވަހާއި ގުޅިގެން ނެއްލައިދޫގައި މަސްރޭހެއް ކުރިއަށް ގެންދަނީ

މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހާއި ގުޅިގެން ހދ. ނެއްލައިދޫގައި މަސްރޭހެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ. މި މަސްރޭހަކީ ނެއްލައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ. މި މަސްރޭހުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން 09 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމު ފުރުއްވާ ހުށައެޅުމަށް ނެއްލައިދޫ ކައުންސިލުން ވަނީ އ...

އައިޝަތު ނަސާޔާ