މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ނެއްލައިދޫ (191 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
191 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނެއްލައިދޫގެ އެންމެ ފަހުގެ ޚަބަރުތައް

191 ޚަބަރުގެ ތެރެއިން
"ނެއްލައިދޫ އެންމެ އަލިގަދަތަރި" އެއްވަނަ ޤުރުއާން މުބާރާތް މި މަހު 21 ގައި ފަށަނީ 📍 ހދ. ނެއްލައިދޫ

"ނެއްލައިދޫ އެންމެ އަލިގަދަތަރި" އެއްވަނަ ޤުރުއާން މުބާރާތް މި މަހު 21 ގައި ފަށަނީ

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ނެއްލައިދޫ އެންމެ އަލިގަދަތަރި” ޤުރުއާން މުބާރާތް މި މަހު 21 ގައި ފަށާނެއެވެ. މި މުބާރާތަށް ބައިވެރިން ހޮވުމަށް އޮޑިޝަން ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 22 ވަނަ ދުވަހުއެވެ. މުބާރާތަށް 20 ބައިވެރިން ހޮވަން ނިންމާފައި ވީނަމަވެސް، މުބާރާތަށް ހޮވާފައި ވަނީ 15 ބައިވެރިންނެވެ. ބައިވެރިން މަދުވުމާއިއެކު އިންތިޒާމް ކުރާ ފަރާތުން ވަނީ މުބާރާތުގެ ފުރަތަމަ ބުރު ނުބާއްވަން ނިންމާފައެވެ. މުބާރާތް […]

އިބްރާހިމް ޚަލީލް
ނެއްލައިދޫ ރައްޔިތުންނަށް ނަފާ ހޯދައިދިނުމަށް ހިރިނައިދޫ ދެނީ 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ރައްޔިތުންނަށް ނަފާ ހޯދައިދިނުމަށް ހިރިނައިދޫ ދެނީ

ހދ. ނެއްލައިދޫ ރައްޔިތުންނަށް އިޤުތިޞާދީ ނަފާ ހޯދައިދިނުމަށް އެ އަތޮޅު ހިރިނައިދޫ ހަމަޖައްސައްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ހޮނިހިރު ދުވަހު ފެއްޓެވި ދަތުރުފުގައި އިއްޔެ ނެއްލައިދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވަނީ، ނެއްލައިދޫ ރައްޔިތުންނަށް އިޤުތިޞާދީ ނަފާ ހޯދައިދިނުމަށް ނެއްލައިދޫ ކައިރީ އޮންނަ ހިރިނައިދޫ ހަމަޖެއްސުމަށް، އެރަށް ނެއް...

ޔުމްނާ ޢަލީ
ނެއްލައިދޫ ޖިމްގެ މަސައްކަތް މިއަހަރު، ރަށު ކައިރީ ވަދު ކަނދުފައްޗެއް އަޅައިދޭން އެދިއްޖެ 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ޖިމްގެ މަސައްކަތް މިއަހަރު، ރަށު ކައިރީ ވަދު ކަނދުފައްޗެއް އަޅައިދޭން އެދިއްޖެ

ހދ. ނެއްލައިދޫ ގައި ގާއިމުކުރާ އިންޑޯ ޖިމްގެ މަސައްކަތް މިއަހަރު ފެށޭނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބުދުﷲ ރާފިޢު ވިދާޅުވެފައިވާކަމަށް ނެއްލައިދޫ ކައުންސިލުން ބުނެފިއެވެ. އެކައުންސިލުން މިހެން ބުނީ 2024 ވަނަ އަހަރަށް ބަޖެޓުކުރެވިފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކައުންސިލްގެ ފަރާތުން ސަރުކާރުގެ މުއައްސަސާތަކާއި ބައްދަލުކުރުމަށް މިހާރު މާލެއަށް ކުރަމުންދާ ދަތުރުގެ ތެރެއިން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބުދުﷲ ރާފިޢުއާއި ބައްދަލުކުރުމަށްފަހު އެވެ....

ޔުމްނާ ޢަލީ
ގޯލްޑަން ފުޓްސަލް: ހަނިމާދޫ، މަކުނުދޫ، ނޮޅިވަރަންފަރު، ނައިވާދޫ އަދި ނެއްލައިދޫ ފެށުން ރަނގަޅުކޮށްފި 📍 ހދ. ހަނިމާދޫ

ގޯލްޑަން ފުޓްސަލް: ހަނިމާދޫ، މަކުނުދޫ، ނޮޅިވަރަންފަރު، ނައިވާދޫ އަދި ނެއްލައިދޫ ފެށުން ރަނގަޅުކޮށްފި

“ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024” ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި ހދ.އަތޮޅުގެ މެޗުތައް ކުރިއަށްދިޔައިރު ހަނިމާދޫ، މަކުނުދޫ، ނޮޅިވަރަންފަރު، ނައިވާދޫ އަދި ނެއްލައިދޫއިން ކުޅުނު ފުރަތަމަ މެޗުތައް ކާމިޔާބުކޮށް ފެށުން ރަނގަޅު ކޮށްފިއެވެ. ރޭ ހަނިމާދޫއިން ވަނީ ފަސޭހަކަމާއިއެކު ފިނޭގެ މައްޗަށް ކުރި ހޯދާފައެވެ. މި މެޗު ހަނިމާދޫއިން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ހަނިމާދޫއަށް ލަނޑުތައް ޖަހައިދިނީ އަބޫބަކުރު ސިއްދީގު، ހުޒާމް އަބްދުއްރަހީމް، ނައުފަލް އަބ...

އިބްރާހިމް ޚަލީލް
ހދ. އަތޮޅު ލީގް ބަށި މުބާރާތުގެ ޗެމްޕިއަންކަން ނެއްލައިދޫއަށް 📍 ހދ. ކުޅުދުއްފުށި

ހދ. އަތޮޅު ލީގް ބަށި މުބާރާތުގެ ޗެމްޕިއަންކަން ނެއްލައިދޫއަށް

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސަތްކަތްކުރާ ކޮމިޓީ ގުޅިގެން ބޭއްވި “ކުޅުދުއްފުށި ބަށިބޯޅަ މުބާރާތް / ހދ. އަތޮޅު ލީގް 2023” ގެ ޗެމްޕިއަންކަން ނެއްލައިދޫ ބަށި ޓީމުން ކާމިޔާބު ކޮށްފިއެވެ. މިދިޔަ ހޯމަ ދުވަހު ހަވީރު ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ނެއްލައިދޫ ބަށި ޓީމުން ވަނީ ކުޅުދުއްފުށީ ޓީމް ކޮރަލްސް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. ފާއިތުވި އަހަރު މުބާރާތުގެ ފައިނަލުގައި ވެސް ވާދަކުރީ މި ދެ […]

އިބްރާހިމް ޚަލީލް
ޕޮލިސް ޕޯސްޓު ހުޅުވައި ނެއްލައިދޫގައި ފުލުހުންގެ ހިދުމަތް ދޭންފަށައިފި

ޕޮލިސް ޕޯސްޓު ހުޅުވައި ނެއްލައިދޫގައި ފުލުހުންގެ ހިދުމަތް ދޭންފަށައިފި

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫގައި ޕޮލިސް ޕޯސްޓެއް ހުޅުވައި ފުލުހުންގެ ހިދުމަތް ދޭން ފަށައިފިއެވެ. އެ ރަށުގައި ޕޮލިސް ޕޯސްޓް ހުޅުވައި ރަސްމީކޮށް ހިދުމަތް ދޭން ފަށާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ އެކްޓިންގ ކޮމިޝަނަރ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ނެއްލައިދޫ ކައުންސިލުގެ ރައީސް މުޙައްމަދު އަލީފްއެވެ. މި ރަސްމިއްޔާތުގައި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން އަދި ހދ. އަތޮޅު ފުލުހުންނާއި ނެއްލައިދޫ ކައުންސިލާއ...

އިބްރާހިމް ޚަލީލް
މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ނެއްލައިދޫގައި ބާއްވާ މަސްރޭހުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހދ. ނެއްލައިދޫ

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ނެއްލައިދޫގައި ބާއްވާ މަސްރޭހުގައި ބައިވެރިވާން ހުޅުވާލައިފި

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހދ.ނެއްލައިދޫގައި ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ދިވެހިރާއްޖޭގައި ރަސްމީކޮށް މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރ މަހުގެ ދިހަވަނަ ދުވަހއެވެ. މި މަސްރޭހަކީ ނެއްލައިދޫ ކައުންސިލާއި، ހދ. އަތޮޅު ކައުންސިލާއި ނެއްލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިތުރުން އެ ރަށުގެ ހުރިހާ މުވައްސަސާތަކާއި އަދި ކްލަބް ޖަމިއްޔާތަކާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކ...

އިބްރާހިމް ޚަލީލް
ނެއްލައިދޫގައި ޑިންގީ ޕްލެޓް ފޯމެއް، ވައިކަރަދޫގައި މޫދައް އެރޭ ސަރަހައްދެއް، ކުރިނބީގައި ޔޫތު ސެންޓަރެއް 📍 ހދ. ވައިކަރަދޫ

ނެއްލައިދޫގައި ޑިންގީ ޕްލެޓް ފޯމެއް، ވައިކަރަދޫގައި މޫދައް އެރޭ ސަރަހައްދެއް، ކުރިނބީގައި ޔޫތު ސެންޓަރެއް

އަންނަ ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހދ. ވައިކަރަދޫ ދާއިރާއިރާގެ ތިން ރަށުގައި މުޅިން އަލަށް ހަ މަޝްރޫޢެއް ފަށަން ހިމަނައިފިއެވެ. މިގޮތުން އެ ދާއިރާގައި އަލަށް މަޝްރޫޢުތައް އެންމެ ގިނައިން ހިމަނާފައި ވަނީ ނެއްލައިދޫގައެވެ. އެރަށުގައި ތިން މަޝްރޫޢެއް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ހިމެނޭ އެރަށުގައި ޑިންގީ ޕްލެޓް ފޯމެއް ގާއިމުކުރަން 300،000 ރުފިޔާ ބަޖެޓްގައި ޖަހާފައި އޮތްއިރު، އެރަށުގައި އިންޑޯ ޖިމެއް އަޅަން 150،000 ރުފިޔާ ޖަހާފަވެއެވެ. އަދި ފުޓްސަލް ދަނޑެއް އަޅަން 220،000 […]

ޔުމްނާ ޢަލީ
ޑެންގޫ ކޭސްތައް އިތުރުވާތީ ސަމާލުވުމަށް ނެއްލައިދޫ ސިއްހީމަރުކަޒުން އެދިއްޖެ 📍 ހދ. ނެއްލައިދޫ

ޑެންގޫ ކޭސްތައް އިތުރުވާތީ ސަމާލުވުމަށް ނެއްލައިދޫ ސިއްހީމަރުކަޒުން އެދިއްޖެ

ހދ. ނެއްލައިދޫގައި ޑެންގީ ހުމުގެ ކޭސްތައް އިތުރުވާތީ ސަމާލުވުމަށް އެދިއްޖެއެވެ. އެރަށު ސިއްހީ މަރުކަޒުން ނެރުއްވާފައިވާ އިއުލާނެއްގައި ވިދާޅުވީ މި ދުވަސްވަރު އެރަށުގައި ޑެންގީ ހުން ފެތުރެމުންދާތީ އެންމެހައި ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުު އެޅުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އެގޮތުން މަދިރި އުފެދޭ ތަންތަން ނައްތާލުމަށާއި މަދިރި ހެފުމުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިލައްވާފައި ވެއެވެ. އަދި ބޭނުންކޮށްފައި ހުންނަ ދަޅު، ފުޅި، ކޮތަޅު ފަދަ ތަކެތިި ރައްކާތެރިގޮތުގައި ނައްތަ...

މުޙައްމަދު އަފްރާޙް
ފަލަސްތީނަށް އެހީވުމަށް ފައިސާ ހޯދުމަށް ނެއްލައިދޫގައި ހަރަކާތްތަކެއް 📍 ހދ. ނެއްލައިދޫ

ފަލަސްތީނަށް އެހީވުމަށް ފައިސާ ހޯދުމަށް ނެއްލައިދޫގައި ހަރަކާތްތަކެއް

އިޒްރާއީލްގެ ޔަހޫދީން ފަލަސްތީނަށް ދެމުންއަންނަ އުދުވާނީ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހދ.ނެއްލައިދޫ ކައުންސިލާއި އެ ރަށު ރައްޔިތުން ގުޅިގެން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. މިއަދުން ފެށިގެން ހަފްތާއެއްގެ މުއްދަތަށް މި ހަރަކާތް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. މިއަދު މިހަރަކާތް ފެށުމުގެ ގޮތުން އެ ރަށުގެ ހުއިފިލަނޑާ މަސްވެރިންނާއި ގުޅިގެން މިރޭ ހުއިފިލަނޑާ ނެގުމުގެ ހަރަކާތެއް...

އިބްރާހިމް ޚަލީލް
ނެއްލައިދޫ އައު އިންޖީނުގެއާއި މަކުނުދޫ ފެނަކަ އޮފީސް ހުޅުވައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ އައު އިންޖީނުގެއާއި މަކުނުދޫ ފެނަކަ އޮފީސް ހުޅުވައިފި

ހދ. ނެއްލައިދޫގެ އައު ފެނަކަ ކޯޕަރޭޝަނުން ގާއިމުކުރި އައު އިންޖީނުގެއާއި އެ އަތޮޅުގެ މަކުނުދޫ ފެނަކަ އޮފީސް ހުޅުވައިފިއެވެ. މި ދެތަން ހުޅުއްވައިދެއްވީ މި ހަގުތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޮޑުތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ނެއްލައިދޫ އައު އިންޖީނުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ 22 އަހަރުވީ އިންޖީނުގެ ނިއްވައި އައު އިންޖީނުގެއިން ވަނީ ހިދުމަތް ދޭން ފަށައިފައެވެ. މިއީ 4234.5 އަކަފޫޓު ބޮޑު އިންޖީނުގެއެކެވެ. މީގެ ކުރިން އެ ރަށުގައި ހުރި އިންޖީނުގޭގައި […]

އަޙްމަދު ވަހީދު
ކުރިނބީ ބަނދަރަށް އަޑިއަށް ދިޔަ ނެއްލައިދޫ ދޯނި ނަގައިފި 📍 ހދ. ނެއްލައިދޫ

ކުރިނބީ ބަނދަރަށް އަޑިއަށް ދިޔަ ނެއްލައިދޫ ދޯނި ނަގައިފި

ހދ. ކުރިނބީ ބަދަރަށް އަޑިއަށް ދިޔަ އެ އަތޮޅު ނެއްލައިދޫ ދޯނި ނަގައިފިއެވެ. މި ދޯނި އަޑިއަށް ދިޔައީ މިއަދުއެވެ. މި ހާދިސާ އާއި ގުޅިގެން ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ކުރިނބީ ކައުންސިލުގެ ނައިބު ރައީސް އަހްމަދު ސިޔާހު ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ކައުންސިލަށް ލިބުނީ މިއަދު ހެނދުނު ކަމަށާއި އެވަގުތު އޭނާ ހުންނެވީ އޮފީހުގައި ކަމަށެވެ. އަދި އާންމު ރައްޔިތަކު ކައުންސިލަށް ގުޅައިފާ އެ ޚަބަރު ދިނުމުން ވަގުތުން އެ ސަރަހައްދަށް ގޮސް […]

މުޙައްމަދު އަފްރާޙް
ނެއްލައިދޫގައި ހާފިޒުން އުފެއްދުމުގެ ޕްރޮގްރާމެއް

ނެއްލައިދޫގައި ހާފިޒުން އުފެއްދުމުގެ ޕްރޮގްރާމެއް

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫގައި ހާފިޒުން އުފެއްދުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. ހދ.އަތޮޅު ކައުންސިލުން އެ އަތޮޅުގެ ކޮންމެ ސްކޫލެއްގައި ހާފިޒެއް އުފެއްދުމުގެ ބޭނުމުގައި އަތޮޅުގެ ކޮންމެ ސްކޫލަކުން ޤުރުއާން ހިތުދަސްކުރާނެ ދަރިވަރަކު ހޮވައި އެ ދަރިވަރަށް ޤުރުއާން ހިފުޒުކޮށްދިނުމުގެ ޕްރޮގްރާމެއް އެ ކައުންސިލުގެ ބެލުމުގެ ދަށުން ފަށާފައިވާއިރު، އެ ޕްރޮގްރާމްގެ ތެރެއިން ނެއްލައިދޫ ސްކޫލުގެ 16 ދަރިވަރުން ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި  ޕްރޮގްރާމްގެ ދަށުން ދަރިވަރު...

އިބްރާހިމް ޚަލީލް
ނެއްލައިދޫ ކައުންސިލް ކަޕް ފެށިގެން ކުރިއަށް 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ކައުންސިލް ކަޕް ފެށިގެން ކުރިއަށް

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ނެއްލައިދޫ ކައުންސިލް ކަޕް 2023”  ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ. މުބާރާތް މިދިޔަ ހޮނިހިރު ދުވަހު ހަވީރު ފަށާފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފަލްކަންއާއި ރެފިއުޖީއެވެ. މި މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ރެފިއުޖީންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ރެފިއުޖީގެ ޖޯޒީ ނަމްބަރު 7، އިސްމާއިލް ވިފާޤްއެވެ. މުބާރާތުގެ ދެވަނަ މެޗުގައި އިއްޔެ ހެނދުނު ބައްދަލުކުރީ ކިންގް ސްޕްރިޓްއާއި ދުންމާރ...

އިބްރާހިމް ޚަލީލް
ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް ޖޫން ދިހަވަނަ ދުވަހު ފަށަނީ 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް ޖޫން ދިހަވަނަ ދުވަހު ފަށަނީ

ހދ. ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް ޖޫން މަހުގެ ދިހަވަނަ ދުވަހު ފަށަން ތާވަލުކޮށްފިއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ޖޫން 10 ވަނަ ދުވަހު ހަވީރު ބައްދަލުކުރާނީ އެފްސީ ފަލްކަންއާއި ކްލަބް ރެފިޖީއެވެ. މި މުބާރާތުގައި ޖުމްލަ ހަތް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ އެފްސީ ފަލްކަން، ކްލަބް ރެފުޖީ، އެފްސީ ފްރެންޑްސް، ނިކަ ސިޓީ، ކިންގް ސްޕްރިޓް، އެފްސީ ދުންމާރި އަދި އެމްއެމްސީ އެވެ. މި މުބާރާތް ކުރިއަށް ގެންދަން ރާވާފައި ވަނީ […]

އިބްރާހިމް ޚަލީލް