މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ހަނިމާދޫ (781 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
781 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހަނިމާދޫގެ އެންމެ ފަހުގެ ޚަބަރުތައް

781 ޚަބަރުގެ ތެރެއިން
ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ރައީސްގެ ގަރާރެއް 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ރައީސްގެ ގަރާރެއް

ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި، އެކަމާ ގުޅޭ ޤަރާރު އިޞްލާޙު ކުރައްވައިފިއެވެ. މި ނިންމެވުމަކީ އެ ރަށުގެ ރައްޔިތުންގެ ދިރިއުޅުން އެހެން ރަށަކަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ނިންމެވި ނިންމެވުމެކެވެ. ރައީސް އޮފީހުން ބުނިގޮތުގައި، މި ބަދަލު ގެންނެވުމުގެ މައިގަނޑު އެއް ބޭނުމަކީ 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި، ހިރިމަރަދޫ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަ...

ޔުމްނާ ޢަލީ
އެމްޑީޕީ ޕްރައިމަރީ އޮންނަ ރަށްތަކުގެ ލިސްޓަށް ހަނިމާދޫ އިތުރުކޮށްފި 📍 ހދ. ހަނިމާދޫ

އެމްޑީޕީ ޕްރައިމަރީ އޮންނަ ރަށްތަކުގެ ލިސްޓަށް ހަނިމާދޫ އިތުރުކޮށްފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ބާއްވާ ލިސްޓަށް ހދ. ހަނިމާދޫ އިތުރުކޮށްފިއެވެ. އެމްޑީޕީން އިއްޔެ ވަނީ އެ ޕާޓީގެ ޓިކެޓްގައި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ކުރިމަތިލި ކެންޑިޑޭޓުންގެ ދާއިމީ ލިސްޓު ނެރެ...

ޔުމްނާ ޢަލީ
ހަނިމާދޫ ވައިގެބަނދަރުގެ 35ގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކޮމާޝަލް ޖެޓެއް 📍 ހދ. ހަނިމާދޫ

ހަނިމާދޫ ވައިގެބަނދަރުގެ 35ގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކޮމާޝަލް ޖެޓެއް

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރަށް ފުރަތަމަ ފަހަރަށް ކޮމާޝަލް ޖެޓެއް މިއަދު ޖައްސައިފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މިއީ  28 އޮކްޓޯބަރު 1990 ގައި އެ ވައިގެބަނދަރު ހުޅުވިފަހުން ޖެއްސި ފުރަތަމަ ކޮމާޝަލް ޖެޓެވެ. މީގެ ކުރިން ފިއުލް ކުރުމަށް ވައިގެބަނދަރަށް ވަނީ ޖެޓެއް ޖައްސާފައެވެ. މިއަދު ހެނދުނު 9:40 ހާއިރު ހަނިމާދޫ އަށް ޖެއްސި މެޖެޓަކީ ހއ. އަތޮޅު ދޮނަކުޅީގައި ތަރައްގީކޮށްފައިވާ ހައިޑަވޭ ބީޗް ރިސޯޓް އެންޑް ސްޕާ އަށް ޗުއްޓީ ހޭދަކުރުމަށް އައި ފަތުރުވެރިންތަކެއްގެ ޖެޓެކެވެ. އެ […]

ޔުމްނާ ޢަލީ
ހަނިމާދޫ ސިއްހީ މަރުކަޒަށް ފިޒިޝަނެއް 📍 ހދ. ހަނިމާދޫ

ހަނިމާދޫ ސިއްހީ މަރުކަޒަށް ފިޒިޝަނެއް

ހަނިމާދޫ ސިއްހީ މަރުކަޒުގެ ޚިދުމަތާއި ފިޒިޝަނެއް ގުޅިއްޖެއެވެ. ފިޒިޝަނެއް އެ މަރުކަޒުގެ ޚިދުމަތާއި ގުޅުންކަން ހާމަކޮށް ހަނިމާދޫ ސިއްހީ މަރުކަޒުން އިއްޔެ ވަނީ މަރުޙަބާ ކިޔާފައެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން ބުނީ އެ ސިއްޙީ މަރުކަޒުންދޭ ޚިދުމަތް އިތުރު ކުރުމުގެ ގޮތުން ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ ދަށުން ފިޒިޝަނެއް މިހާރު ހަމަޖައްސައިދީފައިވާ ކަމަށެވެ. ‘’ފިޒިޝަނެއް މިމަރުކަޒުގެ ޚިދުމަތަށް ލިބުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހޮސްޕިޓަލް ނިމުމުގެ ކުރިން އ...

ޔުމްނާ ޢަލީ
ހަނިމާދޫ ''ހަނދުމަ'' ޖަމިއްޔާ އިފްތިތާޙްކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ''ހަނދުމަ'' ޖަމިއްޔާ އިފްތިތާޙްކޮށްފި

ހދ. ހަނިމާދޫގައި ދީނީ ހޭލުންތެރިކުރުވުމުގެ މަސައްކަތަށް ޚާއްޞަކޮށްގެން އުފައްދާފައިވާ ‘ހަނދުމަ’’ ޖަމިއްޔޭ ރޭ އިފްތިތާޙްކޮށްދެއްވައިފިއެވެ. މިކަމަށް ރޭ ހަނިމާދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އައްސައިޚް ޑރ. މުހައްމަދު އިމްރާން ޢަލީ އާއި މަންފާ ޖަމިއްޔާގެ ރައީސް ޢަލީ ރަމީޒެވެ. މި ރަސްމިއްޔާތުގައި ހަނިމާދޫ ކައުންސިލް މެމްބަރުންނާއި، މުވައްސަސާތަކުގެ ވެރިންނާއި، ހަނިމާދޫ ސްކޫލްގެ މަތީ ގްރޭޑްތަކުގެ ދަރިވަރުންނާއި އެރަށު ރައްޔިތުންގެ ތެރެއިން ވެސް މީހުން ބައިވެރިވެފަވެއެވެ. ހަނިމާދޫ ހަނދ...

ޔުމްނާ ޢަލީ
ހަނިމާދޫ ބަނދަރުގައި މިސްކިތެއް އަޅަން ބީލަމަށް ހުޅުވާލައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ބަނދަރުގައި މިސްކިތެއް އަޅަން ބީލަމަށް ހުޅުވާލައިފި

ހދ.  ހަނިމާދޫ ބަނދަރުގައި ކޮންޓްރެކްޓް އުސޫލުން މިސްކިތެއް އަޅައިދޭނެ ފަރާތެއް ހޯދަން އެރަށު ކައުންސިލުން އިއްޔެ ބީލަމަށް ހުޅުވާލައިފިއެވެ. ހަނިމާދޫ  ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް އެރަށު ބަނދަރުގައި މިސްކިތެއް އެޅުމަށް ޝައުގުވެރިވާ ޝަރުތު ހަމަވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށައެޅުމަށް އެކަމަށް ޚާއްޞަކޮށްފައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ކައުންސިލުން ވަނީ ފުރުސަތު ހުޅުވާލާފައެވެ. މި ބީލަމުގައި ރަޖިސްޓަރީ ވުމަށް 28 ޑިސެންބަރު 2025 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އާއި ހަމައަ...

ޔުމްނާ ޢަލީ
ހަނިމާދޫގައި އިމިގްރޭޝަން އޮފީހެއް ހުޅުވައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި އިމިގްރޭޝަން އޮފީހެއް ހުޅުވައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި

ހދ. ހަނިމާދޫގައި މޯލްޑިވިސް އިމިގްރޭޝަންގެ އޮފީހެއް ހުޅުވައި ޕާސްޕޯޓްގެ ޚިދުމަތް ރޭ ފަށައިފިއެވެ. ހަނިމާދޫ ކައުންސިލުން ބުނިގޮތުގައި އިމިގްރޭޝަން ހަނިމާދޫ ޕާސްޕޯޓް ކަލެކްޓިންގ ޕޮއިންޓް 17 ޑިސެމްބަރ 2025 ވީ ބުދަ ދުވަހުގެ ރޭ ވަނީ ހުޅުވާފައެވެ. އެހެންކަމުން ޕާސްޕޯޓުގެ ޚިދުމަތް ހަނިމާދޫ އިމިގްރޭޝަން އޮފީހުން ލިބެމުންދާނެކަމަށް ހަނިމާދޫ ކައުންސިލުން ބުންޏެވެ. އިމިގްރޭޝަންގެ އޮފީހެއް ގާއިމުކުރުމަށް ހަނިމާދޫ ކައުންސިލް އިދާރާގެ ތެރެއިން ކައުންސިލުން ވަނީ އިމިގްރޭޝަނަށް އޮފީސް ޖާގަ ހަމަޖައްސައިދީފައެވެ....

ޔުމްނާ ޢަލީ
ހަނިމާދޫ ކޮންމެ ގެޔަކަށް 150 ގޯނި ދޮންވެލި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކޮންމެ ގެޔަކަށް 150 ގޯނި ދޮންވެލި

ހދ. ހަނިމާދޫގެ ކޮންމެ ގެޔަކަށް 150 ގޯނި ދޮންވެލި ދޫކުރަން އެރަށު ކައުންސިލުން ނިންމައިފިއެވެ. ހަނިމާދޫ ކައުންސިލުން އެ ރަށު ކޮންމެ ގެޔަކަށް ދޮންވެލި ދޭން ނިންމާފައި ވަނީ ހަނިމާދޫ ބަނދަރު ސަރަޙައްދުގައި ހުރި ދޮންވެލި ފުނިންނެވެ. ހަނިމާދޫ ކައުންސިލުން ބުނީ، ދޮންވެލި ދޫކުރާނީ ސިމެންތި އަދި ހިލަވެލި ގޯނި ނުވަތަ އެ ސައިޒުގެ ގޯނި ގެންނަފަރާތް ތަކަށްކަމަށެވެ. ”150 ގޯނި ވެލި އެއްފަހަރާ އެގެޔަކުން ނަގަންވާނެ ވާހަކަ ދަންނަވަން” ހަނިމާދޫ ކައުންސިލުން ބުނެފަވެއެވެ. މި ވެލިފުނި […]

ޔުމްނާ ޢަލީ
ހަނިމާދޫގެ މައްޗަށް ފިނޭ ހޯދި މޮޅާއެކު ތިލަދެކުނު ފުޓްސަލް މުބާރާތް ފަށައިފި 📍 ހދ. ފިނޭ

ހަނިމާދޫގެ މައްޗަށް ފިނޭ ހޯދި މޮޅާއެކު ތިލަދެކުނު ފުޓްސަލް މުބާރާތް ފަށައިފި

ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ “ތިލަދެކުނު ފުޓްސަލް މުބާރާތް 2025” އިއްޔެ ފަށައިފިއެވެ. ނައިވާދޫގައި ކުރިއަށްދާ މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު އިއްޔެ ހަވީރު ބާއްވާފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗުތައް ފަށާފައި ވަނީ އަންހެން ޑިވިޜަންގެ ބައިންނެވެ. މިގޮތުން ފުރަތަމަ ބައްދަލުކޮށްފައި ވަނީ ފިނޭގެ ޑެޒަޔަރ ކްރޫ ސްޕޯޓްސް (ވީއައިއީ) އާއި ހަނިމާދޫގެ ޓީމް ހަނިމާދޫއެވެ. މި މެޗު ފިނޭ ވަނީ 3-1 އިން ހަނިމާދޫގެ މައްޗަށް ކުރި ހޯދާފައެވެ. އަންހެން ޑިވިޜަންގެ ދެވަނަ މެޗެއް […]

ޔުމްނާ ޢަލީ
ތިލަދެކުނު ފުޓްސަލް މުބާރާތުގައި 14 ޓީމު، ހަނިމާދޫ-ފިނޭ މެޗުން މާދަމާ މުބާރާތް ފަށަނީ 📍 ހދ. ހަނިމާދޫ

ތިލަދެކުނު ފުޓްސަލް މުބާރާތުގައި 14 ޓީމު، ހަނިމާދޫ-ފިނޭ މެޗުން މާދަމާ މުބާރާތް ފަށަނީ

ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ “ތިލަދެކުނު ފުޓްސަލް މުބާރާތް 2025″ ގެ ގުރުއަތުލުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ. ހދ. އަތޮޅު ކައުންސިލުން ބުނިގޮތުގައި މިމުބާރާތުގެ ފިރިހެން ޑިވިޜަންގައި 9 ޓީމު އަދި އަންހެން ޑިވިޜަންގައި 5 ޓީމު ބައިވެރިވެފައިވެފައިވެއެވެ. ހދ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު ”ތިލަދުން” އަށް ވިދާޅުވީ، މި މުބާރާތަށް ނައިވާދޫ މިހާރު ދަނީ ތައްޔާރުވަމުން ކަމަށެވެ. މިގޮތުން މުބާރާތަށް ދަނޑު ތައްޔާރުކުރުމާއި، ޓީމުތަކަށް މަރުޙަބާ...

ޔުމްނާ ޢަލީ
ކެލާ ސްޕޯޓްސް ފިއެސްޓާ: ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯރަފުއްޓަށް 📍 ހއ. ހޯރަފުށި

ކެލާ ސްޕޯޓްސް ފިއެސްޓާ: ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯރަފުއްޓަށް

ހއ. ކެލާ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށްގެންދާ ”ކެލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2025”ގެ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯރަފުށީގެ ހޯރަ ޔުނައިޓެޑް ހޯދައިފިއެވެ. އިއްޔެ ހަވީރު ކުޅެވުނު މި މުބާރާތުގެ ފައިނަލްގައި ހޯރަ ޔުނައިޓެޑް ޗެމްޕިއަންކަން ސީދާ ތިން ސެޓުން ހދ. ހަނިމާދޫ ސާއްބަ އެކުވެރި ކްލަބް އަތުން މޮޅުވެގެންނެވެ. ފައިނަލް މެޗުގައި ސީދާ ތިން ސެޓުން ހޯރަ ޔުނައިޓެޑް މޮޅުވިނަމަވެސް ސާއްބައިން ވެސް ވަނީ ވާދަވެރި ކުޅުމެއް ދައްކާފައެވެ. ފޯރިގަދަ ކުޅުމެއް ފެނުނު ފައިނަލް […]

ޔުމްނާ ޢަލީ
ހަނިމާދޫ، ގަން އަދި މާފަރު އެއާޕޯޓުން އެކަށޭނަ ނަފާވެރިކަން ލިބިދިނުމަށް ފިރާގުގެ ވިސްނުން 📍 ހދ. ހަނިމާދޫ

ހަނިމާދޫ، ގަން އަދި މާފަރު އެއާޕޯޓުން އެކަށޭނަ ނަފާވެރިކަން ލިބިދިނުމަށް ފިރާގުގެ ވިސްނުން

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ފިޔަވައި ރާއްޖޭގައި މިހާރު ހިންގާ އިންޓަރނޭޝަނަލް އަނެއް ތިން އެއާޕޯޓް ކާމިޔާބު ކުރުމަށް، ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވެލް އޭޖެންސީ ކަމަށްވާ އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު އޭނާގެ ވިސްނުން ހިއްސާކުރައްވައިފިއެވެ. މި ވިސްނުމުގެ މައިގަނޑު އަމާޒަކީ ހަނިމާދޫ، ގަން އަދި މާފަރު އިންޓަރނޭޝަނަލް އެއާޕޯޓްތަކުން އެކަށޭނަ ނަފާވެރިކަން ލިބިދިނުމަށްޓަކައި ތަފާތު އުސްލޫބެއް (ސްޓައިލެއް) ބޭނުންކުރުމެވެ. އެންމެ ފަހުން ތަރައްޤީކޮށް ހުޅުވި ހަނިމާދޫ އިންޓަރނޭ...

ޔުމްނާ ޢަލީ
ހަމައެކަނި ރަށަށް ނިސްބަތްވާ ކުޅުންތެރިން ހިމަނައިގެން ހަނިމާދޫ ހޯދީ ބޮޑު ކާމިޔާބީއެއް: ފިރާގް 📍 ހދ. ހަނިމާދޫ

ހަމައެކަނި ރަށަށް ނިސްބަތްވާ ކުޅުންތެރިން ހިމަނައިގެން ހަނިމާދޫ ހޯދީ ބޮޑު ކާމިޔާބީއެއް: ފިރާގް

އަތޮޅުތެރޭގެ ޓީމުތައް ދިވެހި ޕްރިމިއާ ލީގުން ޖާގަ ދިނުމުގެ ފުރަތަމަ މަރުހަލާގައި ކުޅޭ ބީއޭއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ހދ. އަތޮޅުގެ މުބާރާތުގައި ހަމައެކަނި ހަނިމާދޫ ކުޅުންތެރިން ހިމަނައިގެން ކުޅުނު ހަނިމާދޫ ޓީމުން ހޯދި ނަތީޖާއަކީ ބޮޑު ކާމިޔާބެއްކަމަށް ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގް މުޙައްމަދު ވިދާޅުވެއްޖެއެވެ. 11 ނޮވެމްބަރު 2025 ގައި ކުޅުނު މި މުބާރާތުގެ ފައިނަލްގައި 3-1 ކުޅުދުއްފުށީ އަތުން ބަލިވުމުން ހަނިމާދޫ އަށް ވަނީ ޗެމްޕިއަންކަން ގެއްލިފައެވެ. ޗެމްޕިއަންކަން ގެއްލުނު ނަމަވެސ...

ޔުމްނާ ޢަލީ
އެޓޯލް ޗެމްޕިއަންޝިޕް: ކުޅުދުއްފުށި ޗެމްޕިއަންކަން ހޯދައިފި 📍 ހދ. ކުޅުދުއްފުށި

އެޓޯލް ޗެމްޕިއަންޝިޕް: ކުޅުދުއްފުށި ޗެމްޕިއަންކަން ހޯދައިފި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެޓޯލް ޗެމްޕިއަންޝިޕް 2025/26 އުތުރު ރީޖަންގެ ހދ.އަތޮޅު ޗެމްޕިއަންކަން ޓީމު ކުޅުދުއްފުށި ހޯދައިފިއެވެ. ވާދަވެރި ކުޅުމަކަށް ފަހު، ކުޅުދުއްފުށި ޓީމުން މިއަދުގެ މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފައި ވަނީ ހަނިމާދޫ ޓީމާއި ވާދަކޮށް 3-1 ގެ ތަފާތަކުން މޮޅުވެގެންނެވެ. މިގޮތުން މި މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 22:30 ވަނަ މިނެޓުގައި ކުޅުދުއްފުށި ޓީމުގެ މުޙައްމަދު މުންސިފް އެވެ. އަދި ދެންވެސް މެޗުގެ 58:32 ވަނަ މިނެޓުގައި ލަނޑެއް […...

އައިޝަތު އައިނީ އާމިރު
ބޮޑުތިލަދުންމަތީގެ ހަ ރަށެއް، 32 ރަށެއްގައި ޕާކް އަޅަން އެޗްޑީސީއަށް 📍 ހއ. ފިއްލަދޫ

ބޮޑުތިލަދުންމަތީގެ ހަ ރަށެއް، 32 ރަށެއްގައި ޕާކް އަޅަން އެޗްޑީސީއަށް

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން، 32 ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމުކުރުމުގެ މަސައްކަތް ހައުސިންގ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ އިއްޔެ ހަވާލުކޮށްފިއެވެ. އިއްޔެ ބޭއްވި ޕާކުތައް ހެދުމުގެ މަސައްކަތް ރަސްމީކޮށް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފައިނޭންޝަލް އެގްޒެކެޓިވް މުޙައްމަދު ސަރާޙެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ...

ޔުމްނާ ޢަލީ