އެމްޓީސީގެ ސީއީއޯ ކުޅުދުއްފުށީ ސިޓީއަށާއި ހަނިމާދޫއަށް ޒިޔާރަތް ކުރައްވައިފި
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެކުންފުނީގެ ބައެއް އިސް ބޭފުޅުން ކުޅުދުއްފުށީ ސިޓީއަށާއި ހަނިމާދޫއަށް ޒިޔާރަތް ކުރައްވައިފިއެވެ. އެބޭފުޅުންގެ މިޒިޔާރަތަކީ ހދ.އަތޮޅާއި، ހއ.އަތޮޅުގައި އެމްޓީސީސީއިން ކުރިއަށް ގެންދާ ބައެއް މަޝްރޫޢުތައް ހިނގަމުންދާގޮތް ބައްލަވާ ލެއްވުމަށް އުތުރަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ. އެގޮތުން އެމްޓީސީގެ ޓީމުވަނީ ހދ.ކުޅުދުއްފުށީ ސިޓީގައި ތަރައްޤީކުރާ ބަނދަރުގެ މަސައްކަތް ބައްލަވާލާފައެވެ. އެ ބަނދަރަކީ ރާއްޖޭގެ ރަށެއްގައި މިހާތަނަށް ތަރަ...