📍 ހދ. ހަނިމާދޫ
ނައިބް ރައީސް ފައިޞަލް، ހުނަރުވެރިޔާ ހުސެއިންއަށް ގުޅައި ހިތްވަރު ދެއްވައިފި
ބައުވެ އުކާލެވޭ ތަކެތި ބޭނުން ކޮށްގެން ބޭނުންތެރި ތަފާތު މެޝިންތައް އުފައްދަމުން އަންނަ ހދ. ހަނިމާދޫ އަތަމާގޭ ހުސެއިން އަލީއަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ގުޅުއްވައި ހިތްވަރު ދެއްވައިފިއެވެ. މިކަމާއި ގުޅިގެން ތިލަދުން ނޫހާއި ވާހަކަ ދައްކަމުން ހުސެއިން ބުނެފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ނައިބް ރައީސް ގުޅުއްވި ކަމަށެވެ. ހުސެއިން އިތުރަށް ބުނެފައިވަނީ މިފަދަ ތަފާތު މެޝިންތައް އުފައްދުމުގެ ވިސްނުން ގެންގުޅެނީ މަސައްކަތުގައި ދިމާވާ ތަފާތު އުނދަގޫތަކަށް ލުއި...