މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ހަނިމާދޫ (781 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
781 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހަނިމާދޫގެ އެންމެ ފަހުގެ ޚަބަރުތައް

781 ޚަބަރުގެ ތެރެއިން
ހަނިމާދޫ ވައިގެބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތްފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ވައިގެބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތްފަށައިފި

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިރޭ ފަށައިފިއެވެ. މިކަމަށްޓަކައި މިރޭ ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރުގައި ބާއްވާ ރަސްމިއްޔާތުގައި މި މަޝްރޫޢު ފައްޓަވައިދެއްވީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި، އިންޑިއާގެ ގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.އެސް. ޖައިޝަންކަރެވެ. ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުއަކީ އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެ އަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން...

ޔުމްނާ ޢަލީ
ހަނިމާދޫ އާއި ނޮޅިވަރަމް ފުޓުބޯޅަދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިއުލާންކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ އާއި ނޮޅިވަރަމް ފުޓުބޯޅަދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިއުލާންކޮށްފި

ހދ. ހަނިމާދޫ އާއި ނޮޅިވަރަމް ފުޓުބޯޅަދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަން އަލުން ޢިއުލާން ކޮށްފިއެވެ. މިކަމަށް ވަކިވަކިން ކޮށްފައިވާ ދެ އިއުލާނާއި ގުޅިގެން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ވިދާޅުވެފައި ވަނީ، މި ދެރަށުގައި މި މަސައްކަތްތައް ކުރާނެ ބަޔަކު ހޯދަން އަލުން އިއުލާންކޮށްފައި ވަނީ ކުރިން ކުރި ޢިއުލާނުގެ މައުލޫމާތަށް ބަދަލު އައިސްފައިވާތީ ކަމަށެވެ. މި ދެ ރަށުގެ ފުޓުބޯޅަދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމް ކުރުމުގެ މަސައްކަތްތަކަށް ޝައު...

ޔުމްނާ ޢަލީ
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަންނަވަނީ 📍 ހދ. ހަނިމާދޫ

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަންނަވަނީ

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.އެސް. ޖައިޝަންކަރު، ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ. ހާރިޖީ ވުޒާރާ އިން ވިދާޅުވީ ޖައިޝަންކަރުގެ މި ދަތުރުފުޅަކީ މިއަދުން ފެށިގެން އަންނަހުކުރު ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުފުޅުގައި ރައީސް ސާލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ ބައްދަލުކުރައްވާ ރަސްމީ މަޝްވަރާތައް ކުރައްވާނެ ކަމަށާއި މިއީ ރާއްޖޭގެ ހާރިޖީ ވަޒީރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް ހާމަކުރައްވ...

މުޙައްމަދު އަފްރާޙް
އެއާޕޯޓްގެ އަމަލީ މަސައްކަތް ފެއްޓެވުމަށް، ރައީސް ހަނިމާދޫއަށް ވަޑައިގަންނަވަނީ 📍 ހދ. ހަނިމާދޫ

އެއާޕޯޓްގެ އަމަލީ މަސައްކަތް ފެއްޓެވުމަށް، ރައީސް ހަނިމާދޫއަށް ވަޑައިގަންނަވަނީ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ރަށަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ. މި މަހުގެ 18 ވަނަ ދުވަހު ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފެއްޓެވުމުގެ ރަސްމިއްޔާތު އެ އެއާޕޯޓްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ރައީސް ހަނިމާދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އެ ދުވަހުއެވެ. އެ އެއާޕޯޓް ބޮޑުކުރުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަންނަވާތީ އެކަން ކުލަގަދަ ގޮތެއްގައި ފާހަގަ ކު...

އިބްރާހިމް ޚަލީލް
ހަނިމާދޫން ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގޯތި ނަންބަރު ކަނޑައެޅުން މި މަހު 16 ގައި

ހަނިމާދޫން ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގޯތި ނަންބަރު ކަނޑައެޅުން މި މަހު 16 ގައި

ހދ. ހަނިމާދޫން ދޫކުރުމަށް ހަމަޖެހިފައިވާ 200 ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގޯތި ނަމްބަރު ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން މި މަހު 16 ވަނަ ދުވަހު ބޭއްވުމަށް އެ ރަށު ކައުންސިލުން ތާވަލު ކޮށްފިއެވެ. ގުރުއަތުލުން މި މަހުގެ 16 ވަނަ ދުވަހުގެ ރޭ 20:30 ގައި ހަނިމާދޫ އިޖުތިމާޢީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ބައްދަލުވުމަށް ގޯތި ލިބޭ އެންމެހާ ފަރާތްތައް ހާޟިރުވުމަށް ކައުންސިލުން ވަނީ އެދިލައްވައެވެ. އެ ބައްދަލުވުމަށް ވަޑައިގަންނަވާއިރު، އައިޑީކާޑު ނުވަތަ […]

އިބްރާހިމް ޚަލީލް
ފައިނަލުގައި ރިއަލް ސްޓާސްއާއި އަހުލީގެ ކުރިމަތިލުން: ކޯޗުން ބުނަނީ އުނދަގޫ މެޗަކަށް ވާނެކަމަށް 📍 ހދ. ހަނިމާދޫ

ފައިނަލުގައި ރިއަލް ސްޓާސްއާއި އަހުލީގެ ކުރިމަތިލުން: ކޯޗުން ބުނަނީ އުނދަގޫ މެޗަކަށް ވާނެކަމަށް

ހދ. ހަނިމާދޫ ސާއްބަ އެކުވެރި ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ކުލަބުގެ އަހަރީ ދުވަހާއި ގުޅުވައިގެން ބާއްވަމުން އަންނަ “ސާއްބަ އެނިވާސަރީ ކަޕް 2022” ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ރިއަލް ސްޓާސްއާއި އަހުލީ މިއަދު ނުކުންނައިރު، ދެ ޓީމްގެ ކޯޗުން ވެސް ބުނަނީ މިއީ އުނދަގޫ މެޗަކަށް ވާނެ ކަމަށެވެ. ފައިނަލް މެޗާއި ގުޅޭގޮތުން “ތިލަދުން” އާއި ވާހަކަ ދައްކަމުން އަހުލީގެ ކޯޗް މުޙައްމަދު ޚާލިދު ބުނެފައި ވަނީ ފައިނަލް މެޗަށް މިއަދު ނުކުންނައިރު އަނިޔާގެ […]

އިބްރާހިމް ޚަލީލް
ސާއްބަ އެނިވާސަރީ ކަޕްގެ ތިން ވަނަ ޔޫތު ފްރެންޑްސްއަށް 📍 ހދ. ހަނިމާދޫ

ސާއްބަ އެނިވާސަރީ ކަޕްގެ ތިން ވަނަ ޔޫތު ފްރެންޑްސްއަށް

ހދ.ހަނިމާދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއް ކަމުގައިވާ، ސާއްބަ އެކުވެރި ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ކުލަބުގެ އަހަރީ ދުވަހާއި ގުޅުވައިގެން ބާއްވަމުން އަންނަ “ސާއްބަ އެނިވާސަރީ ކަޕް 2022” ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ޔޫތު ފްރެންޑްސް ހޯދައިފިއެވެ މުބާރާތުގެ ތިންވަނަ ހޮވާ މެޗު މިއަދު ހަވީރު ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ކުޅެފައިވާއިރު، މި މެޗުގައި ބައްދަލު ކޮށްފައި ވަނީ ޔޫތު ފްރެންޑްސްއާއި ފަލްކަންއެވެ. މި މެޗު 11-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން […]

އިބްރާހިމް ޚަލީލް
ސާއްބަ އެނިވާސަރީ ކަޕްގެ ފައިނަލަށް ރިއަލް ސްޓާސްއާއި އަހުލީ 📍 ހދ. ހަނިމާދޫ

ސާއްބަ އެނިވާސަރީ ކަޕްގެ ފައިނަލަށް ރިއަލް ސްޓާސްއާއި އަހުލީ

ހދ. ހަނިމާދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއް ކަމުގައިވާ، ސާއްބަ އެކުވެރި ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ކުލަބުގެ އަހަރީ ދުވަހާއި ގުޅުވައިގެން ބާއްވަމުން އަންނަ “ސާއްބަ އެނިވާސަރީ ކަޕް 2022” ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ރިއަލް ސްޓާސްއާއި އަހުލީ ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އިއްޔެއާއި މިއަދު ކުޅެ ނިމިފައިވާއިރު، މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ބައްދަލު ކޮށްފައި ވަނީ އަހުލީއާއި ފަލްކަންއެވެ. މި މެޗު […]

އިބްރާހިމް ޚަލީލް
ހަނިމާދޫ ސްކޫލް ކުރިމަތީގައި ކެންޓީނަކާއި ސްކޭޓް ޕާކެއް އަޅައިދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ ސްކޫލް ކުރިމަތީގައި ކެންޓީނަކާއި ސްކޭޓް ޕާކެއް އަޅައިދޭނެ ފަރާތެއް ހޯދަނީ

ހދ. ހަނިމާދޫ ސްކޫލް ކުރިމަތީގައި ކެންޓީނަކާއި ސްކޭޓް ޕާކެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހަނިމާދޫ ކައުންސިލުން އިޢުލާން ކޮށްފިއެވެ. އެމްޓީސީސީ ސީއެސްއާރުގެ ދަށުން ހަނިމާދޫ ކައުންސިލާއި ގުޅިގެން ހަނިމާދޫ ސްކޫލުގެ ކުރިމަތީގައި މިހާރު ވަނީ ބެލެނިވެރިންގެ ހިޔާއެއް ވެސް ތަރައްޤީ ކޮށްފައެވެ. އެ ސަރަހައްދު އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތުގައި ހިމެނޭ ކެންޓީން ތަރައްޤީ ކުރުމަށް ހަނިމާދޫ ކައުންސިލުން ނިންމާފައި ވަނީ، ދަރިވަރުންނަށް ސްޓަޑީ ކުރުމަށް ބޭނުން ހިފޭނޭ އިންތިޒާމް ތަކާއި އެކ...

އިބްރާހިމް ޚަލީލް
ހަނިމާދޫން ފަތުރުވެރިކަމަށް 5000 އަކަފޫޓުގެ ހަތް ބިން ދޫކުރަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫން ފަތުރުވެރިކަމަށް 5000 އަކަފޫޓުގެ ހަތް ބިން ދޫކުރަނީ

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫއިން ޓޫރިޒަމަށް ފަސްހާސް އަކަފޫޓުގެ ހަތް ބިން ދޫކުރުމަށް ނިންމައި އެކަމުގައި އަމަލުކުރާނެ ގޮތުގެ އުސޫލް ހަނިމާދޫ ކައުންސިލުން ފާސްކޮށްފިއެވެ. މި އުސޫލުގެ ދަށުން ހަނިމާދޫ ކައުންސިލުން ޓޫރިޒަމަށް ދޫކުރާ ހަތް ބިން، ދޫކުރުމަށް ހަމަޖެހިފައި ވަނީ، އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނުގައި ޓްއަރިޒަމް ބިމެއްގެ ގޮތުގައި ކަނޑައަޅާފައިވާ އެއާޕޯޓް ސަރަހައްދުގެ އުތުރުން އޮންނަ ބީޗް ސަރަހައްދެވެ. ލޭންޑް ޔޫސް ޕްލޭނުގައި އެތަން ފާހަގަކޮށްފައި ވަނީ ޓްއަރިސްޓް ގެސްޓް ހައުސްތައް ހިންގުމަށާއި...

އިބްރާހިމް ޚަލީލް
ހަނިމާދޫން ހަތަރު ބިމެއް ދިގު މުއްދަތަށް ކުއްޔަށް ދޫކުރަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫން ހަތަރު ބިމެއް ދިގު މުއްދަތަށް ކުއްޔަށް ދޫކުރަނީ

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނުގައި ފާހަގަ ކޮށްފައިވާ ސިނާއީ ސަރަހައްދުން 10000 (ދިހަހާސް) އަކަފޫޓުގެ ބިމެއް 20 އަހަރަށް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ނިންމައިފިއެވެ. ކައުންސިލުން ނިންމާފައި ވަނީ 10000 (ދިހަހާސް) އަކަފޫޓުގެ އެއް ބިން 20 އަހަރަށް އަދި ހަމަ އެ ސަރަހައްދުން 5000 (ފަސްހާސް) އަކަފޫޓުގެ 3 ބިމެއް 15 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކޮށްލުމަށެވެ. ހަނިމާދޫ ލޭންޑް ޔޫސް ޕްލޭނުގައި ސިނާއީ ސަރަހައްދުގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ އެ […]

އިބްރާހިމް ޚަލީލް
ދައުރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، ހަނިމާދޫ އެއާރޕޯޓް ފެށުމަކީ ކެމްޕޭނަށް ކަޑަ ޖަހާލުން 📍 ހދ. ހަނިމާދޫ

ދައުރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، ހަނިމާދޫ އެއާރޕޯޓް ފެށުމަކީ ކެމްޕޭނަށް ކަޑަ ޖަހާލުން

މި ވެރިކަމުގެ ދައުރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، ހަނިމާދޫ އިންޓަރނޭޝަނަލް އެއާރޕޯޓްގެ މަސައްކަތް ފެށުމަކީ ކެމްޕޭނަށް ކަޑަ ޖަހާލުންކަމުގައި ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަދި ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވެއްޖެ އެވެ. އަމީން މިފަދައިން ވިދާޅުވީ، މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ. އެ ޓުވީޓުގައި ވިދާޅުވީ، އުތުރުގެ ތަރައްޤީ އަށް ސަރުކާރުން ވަނީ އިހުމާލުވެފައިކަމަށެވެ. މީގެ އިތުރުން އަމީން ވިދާޅުވެފައިވަނީ، ސަރަހައްދީ ތަރައްޤީ ހަލުވިވާނީ ހަނިމާދޫ އަށް ބޭރު...

އިބްރާހިމް އަސްވާޤް
ހަނިމާދޫ "ސާއްބަ އެނިވާސަރީ ކަޕް 2022" ފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ "ސާއްބަ އެނިވާސަރީ ކަޕް 2022" ފަށައިފި

ހދ. ހަނިމާދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމުގައިވާ ސާއްބަ އެކުވެރި ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ކުލަބުގެ އަހަރީ ދުވަހާއި ގުޅުވައިގެން ބާއްވަމުން އަންނަ “ސާއްބަ އެނިވާސަރީ ކަޕް 2022” ފަށައިފިއެވެ. މިއަދު ހަވީރު ހަނިމާދޫ ރަސްމީ ބޯޅަ ދަނޑުގައި ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައިވަނީ ޝީލްޑާއި އަހުލީއެވެ. މި މެޗު ނިމިފައި ވަނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މިއަދުގެ މެޗުގައި ފުރަތަމަ […]

އިބްރާހިމް ޚަލީލް
ހަނިމާދޫ ބަނދަރުގައި ޒަމާނީ ފެންވަރުގެ ކެމެރާ ސިސްޓަމް ހަރުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ބަނދަރުގައި ޒަމާނީ ފެންވަރުގެ ކެމެރާ ސިސްޓަމް ހަރުކޮށްފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ބަނދަރުގައި ޒަމާނީ ފެންވަރުގެ ކެމެރާ ސިސްޓަމް ހަރުކޮށްފިއެވެ. މިއީ ހަނިމާދޫ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ޕްރޮޖެކްޓެކެވެ. މި ކެމެރާތައް ބަނދަރުގެ ދެކޮޅުގައި ހަރުކޮށްފައިވާއިރު، ކެމެރާތަކުގެ އެހީގައި މުޅި ބަނދަރު ސަރަހައްދު ބަލައިލެވޭނެއެވެ. ކެމެރާތަކުގެ އެހީގައި ބަނދަރުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ނަގަމުން އަންނަނީ ހަނިމާދޫ ޕޮލިސްޓޭޝަނުންނެވެ. ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާޤް މުޙައްމަދު މިކަމާއި ގުޅޭގޮތުން “...

އިބްރާހިމް ޚަލީލް
ހަނިމާދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް 📍 ހދ. ހަނިމާދޫ

ހަނިމާދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، ހާބަ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 98 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މިހާރު ކުރިއަށް ދަނީ ކޮންކްރީޓް ޖެޓީ ހެދުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތާއި، މިހާރު ހުރި ނެރު ފުންކުރުމުގެ މަސައްކަތާއި، ބޭރުތޮށި […]

އަޙްމަދު ވަހީދު