މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ހަނިމާދޫ (781 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
781 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހަނިމާދޫގެ އެންމެ ފަހުގެ ޚަބަރުތައް

781 ޚަބަރުގެ ތެރެއިން
ސެމީގައި ޔުނީފޯމާއި ރޫހް، އަދި ރިއަލް ސްޓާސްއާއި ޝީލްޑްގެ ކުރިމަތިލުމެއް 📍 ހދ. ހަނިމާދޫ

ސެމީގައި ޔުނީފޯމާއި ރޫހް، އަދި ރިއަލް ސްޓާސްއާއި ޝީލްޑްގެ ކުރިމަތިލުމެއް

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ޔުނީފޯމާއި ރޫހް އަދި ރިއަލް ސްޓާސްއާއި ޝީލްޑް ވާދަކުރަން ޖެހިއްޖެއެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހު މެޗުގައި މިއަދު ހަވީރު ރޫހް އާއި ޝީލްޑް ބައްދަލުކުރި މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބުކޮށް ގްރޫޕް ބީގެ އެއްވަނަ ޓީމްގެ ގޮތުގައި ޝީލްޑް ވަނީ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. ޝީލްޑަށް ކުޅުނު […]

އިބްރާހިމް ޚަލީލް
ގްރޫޕް އޭގެ އެއްވަނަ ޔުނީފޯމަށް، ދެވަނަ ރިއަލް ސްޓާސްއަށް 📍 ހދ. ހަނިމާދޫ

ގްރޫޕް އޭގެ އެއްވަނަ ޔުނީފޯމަށް، ދެވަނަ ރިއަލް ސްޓާސްއަށް

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގެ އެއްވަނަ ޔުނީފޯމް ހޯދައިފިއެވެ. ގްރޫޕް އޭގެ، ގްރޫޕް ސްޓޭޖް ފަހު މެޗުގައި އިއްޔެ ހަވީރު ބައްދަލުކުރީ ޔުނީފޯމާއި ޔޫތު ފްރެންޑްސް އެވެ. މި މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ޔުނީފޯމުންނެވެ. މި މޮޅާއިއެކު ގްރޫޕް ސްޓޭޖްގައި ޔުނީފޯމް ކުޅުނު ހަތަރު މެޗުން އެ ޓީމަށް ވަނީ 10 ޕޮއިންޓް ލިބިފައެވެ. ގްރޫޕް […]

އިބްރާހިމް ޚަލީލް
ޑެޒަޔަރ ކްރޫ ބަލިކޮށް ފަލްކަން މުބާރާތް ނިންމާލީ މޮޅަކުން 📍 ހދ. ހަނިމާދޫ

ޑެޒަޔަރ ކްރޫ ބަލިކޮށް ފަލްކަން މުބާރާތް ނިންމާލީ މޮޅަކުން

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގައި މިއަދި ކުޅުނު މެޗު ފަލްކަން އިން ކާމިޔާބު ކޮށްފިއެވެ. ގްރޫޕް ބީގައި މިއަދު ހަވީރު ފަލްކަންއާއި ޑެޒަޔަރ ކްރޫ ބައްދަލުކުރި މެޗު، ފަލަކަން އިން ކާމިޔާބު ކޮށްފައި ވަނީ 6-4 ގެ ނަތީޖާއިންނެވެ. މި މެޗަށް ނުކުތްއިރު ވެސް މި ދެ ޓީމް އޮތީ މުބާރާތުން ކަޓާފައެވެ. މި ގްރޫޕުން ސެމީގެ ޖާގަ ހޯދީ ޝީލްޑާއި […]

އިބްރާހިމް ޚަލީލް
ފަސޭހަކަމާއިއެކު ޑެޒަޔަރ ކްރޫ ބަލިކޮށް ޝީލްޑް ސެމީ ފައިނަލަށް 📍 ހދ. ހަނިމާދޫ

ފަސޭހަކަމާއިއެކު ޑެޒަޔަރ ކްރޫ ބަލިކޮށް ޝީލްޑް ސެމީ ފައިނަލަށް

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޝީލްޑް ޖާގަ ހޯދައިފިއެވެ. ގްރޫޕް ބީގައި މިއަދު ހަވީރު ކުޅުނު މެޗު ފިނޭ ޑެޒަޔަރ ކްރޫ ސްޕޯޓްސް ކްލަބްގެ މައްޗަށް ޝީލްޑުން ކުރި ހޯދީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މި މެޗުން ޝީލްޑް މޮޅުވުމާއިއެކު ގްރޫޕް ބީން ސެމީ ފައިނަލުގެ ޖާގަ މިވަނީ ޝީލްޑަށާއި ރޫހް އަށް ކަށަވަރުވެފައެވެ. ކުޅުނު […]

އިބްރާހިމް ޚަލީލް
އުމްރާ އަށް ގޮސް އުޅުނު ހަނިމާދޫ މީހަކު ނިޔާވެއްޖެ 📍 ހދ. ހަނިމާދޫ

އުމްރާ އަށް ގޮސް އުޅުނު ހަނިމާދޫ މީހަކު ނިޔާވެއްޖެ

އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ގޮސް އުޅެނިކޮށް ހދ. ހަނިމާދޫ މީހަކު ރޭ ނިޔާވެއްޖެއެވެ. މައްކާގައި އުޅެނިކޮށް ނިޔާވީ މީގާތު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި އުމްރާ އަށް ދިޔަ ޚާލިދު އިބްރާހިމް (ޚާލިދުބޭ)، ހދ.ހަނިމާދޫ/އަލަމާގެއެވެ. ޚާލިދުބޭ އުމްރާގެ އަޅުކަމުގައި އުޅެނިކޮށް ނިޔާވެފައިވާކަން މީގާތު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ފޭސްބުކް ޕޭޖުގައި ވަނީ ބުނެފައެވެ. ޚާލިދުބެ އާއި އަންހެނުން އާރިފާ އަބުދުﷲ އުމްރާގެ އަޅުކަމަށް ފުރާފައި ވަނީ މި ޑިސެމްބަރު މަހުގެ 15 […]

ޔުމްނާ ޢަލީ
ޔޫތު ފްރެންޑްސް ބަލިކޮށް ރިއަލް ސްޓާސް އެއްވަނައަށް 📍 ހދ. ހަނިމާދޫ

ޔޫތު ފްރެންޑްސް ބަލިކޮށް ރިއަލް ސްޓާސް އެއްވަނައަށް

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ރިއަލް ސްޓާސް ޖެހިލައިފިއެވެ. އިއްޔެ ހަވީރު ގްރޫޕް އޭގައި ޔޫތު ފްރެންޑްސް އާއި ރިއަލް ސްޓާސް ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ރިއަލް ސްޓާސް އިންނެވެ. މި މޮޅާއިއެކު ކުޅުނު ތިން މެޗުން 7 ޕޮއިންޓް ހޯދައިގެން ގްރޫޕް އޭގެ […]

އިބްރާހިމް ޚަލީލް
ފަލްކަން ބަލިކޮށް ރޫހް ސެމީއަށް 📍 ހދ. ހަނިމާދޫ

ފަލްކަން ބަލިކޮށް ރޫހް ސެމީއަށް

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ރޫހް ޖާގަ ހޯދައިފިއެވެ. ގްރޫޕް ބީގައި އިއްޔެ ހަވީރު ފަލްކަން އާއި ރޫހް ބައްދަލުކުރި މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ ރޫހުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ރޫހުން ވަނީ ތިން ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު ފުރަތަމަ މިނެޓްގައި ޖަހައިދިނީ މުހައްމަދު ޔޫސުފެވެ. ދެވަނަ ލަނޑު 26 ވަނަ […]

އިބްރާހިމް ޚަލީލް
ޑޮމިނޭޓާސް ބަލިކޮށް އަހުލީން ސެމީގެ އުންމީދު ދަމަހައްޓައިފި 📍 ހދ. ހަނިމާދޫ

ޑޮމިނޭޓާސް ބަލިކޮށް އަހުލީން ސެމީގެ އުންމީދު ދަމަހައްޓައިފި

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި އަހުލީއާއި ހިރިމަރަދޫ ކުލަބް ޑޮމިނޭޓާސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ސެމީ ފައިނަލުގެ އުންމީދު އަހުލީން ދަމަހައްޓައިފިއެވެ. އިއްޔެ ހަވީރު ކުޅުނު މި މެޗުގައި އަހުލީން ޑޮމިނޭޓާސްގެ މައްޗަށް ކުރި ހޯދީ 4-2 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އަހުލީގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މި ހާފުގައި […]

އިބްރާހިމް ޚަލީލް
ޔުނީފޯމާއި ރިއަލް ސްޓާސް މެޗަށް ހަމަހަމަ ނިމުމެއް 📍 ހދ. ހަނިމާދޫ

ޔުނީފޯމާއި ރިއަލް ސްޓާސް މެޗަށް ހަމަހަމަ ނިމުމެއް

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި ޔުނީފޯމާއި ރިއަލް ސްޓާސް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އިއްޔެ ހަވީރު ކުޅުނު މި މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއިންނެވެ. ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގައި އެއްވެސް ޓީމަކަށް ލަނޑުޖަހާނެ މާ ގިނަ ފުރުޞަތެއް ހޯދިފައި ނުވެއެވެ. ފުރަތަމަ ހާފުގައި ރިއަލް ސްޓާސްގެ އުފާލްއަށް […]

އިބްރާހިމް ޚަލީލް
ބޮޑު ތަފާތަކުން ފަލްކަން ބަލިކޮށް، ޝީލްޑް މުބާރާތް ފެށީ ވަރުގަދަކޮށް 📍 ހދ. ހަނިމާދޫ

ބޮޑު ތަފާތަކުން ފަލްކަން ބަލިކޮށް، ޝީލްޑް މުބާރާތް ފެށީ ވަރުގަދަކޮށް

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި އިއްޔެ ކުޅުނު މެޗު ފަސޭހަކަމާއިއެކު ޝީލްޑުން ކާމިޔާބުކޮށްފިއެވެ. މި މެޗުގައި ޝީލްޑުން ފަލްކަންގެ މައްޗަށް ކުރި ހޯދީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މުޅި މެޗުގައި ވެސް ޝީލްޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ތިން ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 29 ވަނަ […]

އިބްރާހިމް ޚަލީލް
ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ކުރާއިރު ވިހަ މާއްދާތައް ބޭރުވާތީ މާސްކު އަޅަން އިލްތިމާސްކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ކުރާއިރު ވިހަ މާއްދާތައް ބޭރުވާތީ މާސްކު އަޅަން އިލްތިމާސްކޮށްފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް ކުރާއިރު ވިހަ މާއްދާތައް ބޭރުވާތީ، އެއާޕޯޓަށް ދާ އެންމެހާ ފަރާތްތަކުން މާސްކް އެޅުމަށް އެ ރަށު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ އަމަލީ މަސައްކަތް އިންޑިއާގެ ޖޭއެމްސީ ކުންފުނިން ކުރަމުން އަންނައިރު، އެ ޕްރޮޖެކްޓްގެ ގިނަ މަސައްކަތްތައް ކުރަމުން އަންނަ ސައިޓްތައް ހުންނަނީ އެ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާއި ދާދި ކައިރީގައެވެ. ހިލައާއި ހިލެވެއްޔާއި ސިމެންތި ބޭނުން ކޮށްގެން ކުރާ ބައެއް މަސައްކަތްތަކުގެ އިތުރ...

އިބްރާހިމް ޚަލީލް
އަހުލީ ބަލިކޮށް ޔުނީފޯމުން މުބާރާތް ފެށީ މޮޅަކުން 📍 ހދ. ހަނިމާދޫ

އަހުލީ ބަލިކޮށް ޔުނީފޯމުން މުބާރާތް ފެށީ މޮޅަކުން

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި އިއްޔެ ހަވީރު ކުޅުނު މެޗު ޔުނީފޯމުން ކާމިޔާބު ކޮށްފިއެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ޔުނީފޯމުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއިންނެވެ. މިއީ ޔުނީފޯމް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. އަހުލީ މުބާރާތުގެ ފުރަތަމަ މެޗުގައި ޔޫތު ފްރެންޑްސް މައްޗަށް ކުރި ހޯދިނަމަވެސް ދެވަނަ މެޗުން މިވަނީ ބަލިވެފައެވެ. އިއްޔެގެ […]

އިބްރާހިމް ޚަލީލް
ޑޮމިނޭޓާސް ބަލިކޮށް ރިއަލް ސްޓާސް އިން ފެށުން ރަނގަޅުކޮށްފި 📍 ހދ. ހަނިމާދޫ

ޑޮމިނޭޓާސް ބަލިކޮށް ރިއަލް ސްޓާސް އިން ފެށުން ރަނގަޅުކޮށްފި

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގައި މިއަދު ހިރިމަރަދޫ ކްލަބް ޑޮމިނޭޓާސްއާއި ރިއަލް ސްޓާސް ބައްދަލުކުރި މެޗު ރިއަލް ސްޓާސް އިން ކާމިޔާބު ކޮށްފިއެވެ މިއަދު ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ރިއަލް ސްޓާސް އިން ކާމިޔާބު ކޮށްފައި ވަނީ ޑޮމިނޭޓާސް އިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ތިން ލަނޑު (3-1) ޖަހައިގެންނެވެ. މެޗުގެ […]

އިބްރާހިމް ޚަލީލް
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ "30 ޗެމްޕިއަންޝިޕް" ފުޓްބޯޅަ މުބާރާތް ފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ "30 ޗެމްޕިއަންޝިޕް" ފުޓްބޯޅަ މުބާރާތް ފަށައިފި

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ. މުބާރާތް މިއަދު ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ފަށާފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ އަހުލީއާއި ޔޫތު ފްރެންޑްސް އެވެ. ވާދަވެރި ފޯރިގަދަ ކުޅުމަކަށް ފަހު މި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބުކުރީ އަހުލީންނެވެ. މި މެޗުގެ ފުރަތަމަ ހާފުގެ ބޮޑުބައި ޔޫތު ފްރެންޑްސް އިން ޑޮމިނޭޓް ކުރި ނަމަވެސް، ފުރަތަމަ ލަނޑުޖަހައި […]

އިބްރާހިމް ޚަލީލް
ހަނިމާދޫގައި "އިންޑިއާ އައުޓް" ބެނާ ދެމުމަށް ކައުންސިލުން ފާހެއްނުވި 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި "އިންޑިއާ އައުޓް" ބެނާ ދެމުމަށް ކައުންސިލުން ފާހެއްނުވި

މިހާރު އޮތް ސަރުކާރަށް އެއްބާރުލުން ދިނުމުގެ ގޮތުން ހދ.ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އެ ރަށުގެ ހުރިހާ މަގެއްގައި “އިންޑިއާ އައުޓް” ބެނާ ދެމުމަށް ކައުންސިލަށް ހުށަހަޅައިފިއެވެ. ހަނިމާދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 117 ވަނަ އާންމު ބައްދަލުވުގެ އެޖެންޑާ ފާސްކޮށްފައިވާއިރު، އެޖެންޑާގައި ކައުންސިލު މެމްބަރު އަލީ އިބްރާހީމް ހުށައަޅުއްވާފައި އޮތީ ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް މި ސަރުކާރަށް އެއްބާރުލުންދީ ވައުދުފުއްދުމަށް އެހީތެރިވުމުގެ ގޮތުން ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން ބޭލ...

އިބްރާހިމް ޚަލީލް