މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,982 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,982 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2982 ޚަބަރުގެ ތެރެއިން
ހއ. ދިއްދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް 📍 ހއ. ދިއްދޫ

ހއ. ދިއްދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ހއ. ދިއްދޫ ބަނދަރު ތަރައްގީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމެންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 72 އިންސައްތަ ވަނީ ފުރިހަމަކުރެވިފައެވެ. މީގެ އިތުރުން އައު ހާބަ ބޭސިން ފުންކުރުމުގެ 80 އިންސައްތަ މަސައްކަތް ނިންމާލެވިފަވާ ކަމަށް […...

އަޙްމަދު ވަހީދު
އިހަވަންދޫ ކައުންސިލުން ރައްޔިތު ބައްދަލުވުމަށް ގޮވާލުމުން، އާންމުގެ ތެރެއިން ދިޔައީ 4 މީހުން! 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކައުންސިލުން ރައްޔިތު ބައްދަލުވުމަށް ގޮވާލުމުން، އާންމުގެ ތެރެއިން ދިޔައީ 4 މީހުން!

ހއ. އިހަވަންދޫ ކައުންސިލުން ރައްޔިތު ބައްދަލުވުމަށް ގޮވާލުމުން ވަރަށް ފިނި ތަރުހީބެއް ލިބިއްޖެ އެވެ. މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ މިމަހުގެ 24 ވަނަ ދުވަހު އިހަވަންދޫ ސްކޫލުގައެވެ. މި ބައްދަލުވުމުގައި އާންމުގެ ތެރެއިން ބައިވެރިވި 4 މީހުންނާއިއެކު ޖުމްލަ ބައިވެރިވެފައި ވަނީ ވިއްސަކަށް މީހުންނެވެ. އެރަށުގައި ހިންގަމުން އަންނަ އޮންލައިން ނޫސް “އިހަވަންދޫ.ކޮމް” ގައި ބުނެފައިވަނީ އެ ހަތަރު  މީހުންގެ އިތުރުން ބައިވެރިވެފައިވަނީ ކައުންސިލްގެ 16 މުވައްޒަފަކާއި، އަންހެނުން ކޮމިޓީގެ މެންބަރެއް ކ...

އިބްރާހިމް އަސްވާޤް
އިހަވަންދޫ މިސްކިތްތަކުގައި ސޯލާ ހަރުކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ މިސްކިތްތަކުގައި ސޯލާ ހަރުކޮށްފި

ހއ އިހަވަންދޫ މިސްކިތްތަކުގައިމ ސޯލާ ޕެނަލއ ހަރުކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން ވިދާޅުވީ އެރަށުގެ މިސްކިތް ތަކުގެ ތެރެއިން ސޯލާ ހަރުކޮށްފައިވަނީ ރަށުގައި ހުކުރުކުރާ ހަތަރު މިސްކިތުގައި ކަމަށެވެ. މި މިސްކިތް ތަކުގައި ސޯލާރ ހަރުކޮށް ދިނުމުގެ މައިގަނޑު މަސައްކަތްތައް މިހާރުވަނީ އެއްކޮށް ނިމިފައެވެ. އިހަވަންދޫ ކައުންސިލުން ވިދާޅުވީ މިސްކިތް ތަކުގައި ސޯލާ ހަރުކޮށްފައި މިވަނީ ދިގު މުއްތަކަށް ބަހާލާގެން، ފައިސާ ދައްކާ ހަލާސްކުރާ އުޞޫލުން ހއ.އިހަވަންދޫ ކައުންސިލާއި ފެނަކަ ކޯރޕަރޭޝަން ލިމިޓެޑާއި ދެމެ...

ސަނިއްޔާ އަބޫބަކުރު
ތިލަދުންމަތި ދަތުރު: ހާއްސަ ފޯރަމް "މަގޭ ދީން" މިރޭ އިހަވަންދޫ އޯޕަން ސްޓޭޖްގައި 📍 ހއ. އިހަވަންދޫ

ތިލަދުންމަތި ދަތުރު: ހާއްސަ ފޯރަމް "މަގޭ ދީން" މިރޭ އިހަވަންދޫ އޯޕަން ސްޓޭޖްގައި

ތިލަދުންމަތި ދަތުރުގެ ނަމުގައި ހއ. އަދި ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދަން ނިންމާފައިވާ ދަރުސް ޕްރޮގްރާމެއްގެ ދަށުން ފުރަތަމަ ޕްރޮގްރާމް މިރޭ ހއ. އިހަވަންދޫގައި ކުރިއަށް ދާނެއެވެ. މި ޕްރޮގްރާމް ތަކަކީ، އިހަވަންދޫގެ ޖަމިއްޔާއެއްކަމުގައިވާ ޔުނިޓީ ޖަމްޢިއްޔާ އިސްވެ އޮވެ ޖަމްޢިއްޔަތުއް ސަލަފް އަދި ތިލަދުންމަތީގެ ބައެއް ޖަމްޢިއްޔާތަކާއި ކައުންސިލްތަކާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އިހަވަންދޫގެ ޖަމިއްޔާއެއްކަމުގައިވާ ޔުނިޓީގެ ނައިބް ރައީސް އަދި މި ޕްރޮގްރާމްގ...

އަލީ އާދިލް
ތިލަދުންމަތި ދަތުރު: ހުރިހާ ރަށެއްގައި ދަރުސް ދެނީ، ފެށުން މާދަމާ ރޭ އިހަވަންދޫން 

ތިލަދުންމަތި ދަތުރު: ހުރިހާ ރަށެއްގައި ދަރުސް ދެނީ، ފެށުން މާދަމާ ރޭ އިހަވަންދޫން 

ތިލަދުންމަތި ދަތުރުގެ ނަމުގައި ހއ. އަދި ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދަރުސް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އެބަދެ އެވެ. އިހަވަންދޫގެ ޖަމިއްޔާއެއްކަމުގައިވާ ޔުނިޓީގެ ނައިބް ރައީސް އަދި މި ޕްރޮގްރާމްގެ ކޯޑިނޭޓަރ ހުސައިން ސާލިމް ވިދާޅުވީ، މި ޕްރޮގްރާމް ކުރިޔަށް ގެންދާނީ ޔުނިޓީ ޖަމްޢިއްޔާ އިސްވެ އޮވެ ޖަމްޢިއްޔަތުއް ސަލަފް އަދި ތިލަދުންމަތީގެ ބައެއް ޖަމްޢިއްޔާތަކާއި ކައުންސިލްތަކާއި ގުޅިގެންކަމަށެވެ. ތިލަދުންމަތި ދަތުރުގެ މަޤުޞަދަކީ، ތިލަދުންމަތ...

އިބްރާހިމް އަސްވާޤް
ހޯރަފުށި އެޗްއާރުއެފް ސީސީ ކަޕްގެ ޗެމްޕިއަންކަން ބާވީސް ސުޕޯޓްސް ކުލަބުން ހޯދައިފި 📍 ހއ. ހޯރަފުށި

ހޯރަފުށި އެޗްއާރުއެފް ސީސީ ކަޕްގެ ޗެމްޕިއަންކަން ބާވީސް ސުޕޯޓްސް ކުލަބުން ހޯދައިފި

ހއ. ހޯރަފުށީގައި ބޮޑުއީދާއި ދިމާކޮށް އެރަށު ކޮމިއުނިޓީ ސެންޓަރއިން އިންތިޒާމް ކޮށްގެން ބޭއްވި އެޗް.އާރް.އެފް ސީސީ ކަޕްގެ ޗެމްޕިއަންކަން ބާވީސް ސުޕޯޓްސް ކުލަބުން ހޯދައިފިއެވެ. މި މުބާރާތުގައި ހަތް ޓީމުން ވާދަކޮށްފައިވާއިރު ދެގުރޫޕަކަށް ބަހާލައިގެން ކުޅުނު މި މުބާރާތުގައި ގުރޫޕް އޭގައި ހިމެނިފައިވަނީ އެފްސީ ފުރިގޭޓަރސް، ދަންމަރު ޔުނައިޓެޑް، ފުރިގޭޓަރސް އެކްސީޑް އަދި ބާވީސް ސުޕޯރޓްސް ކުލަބް އެވެ. މީގެއިތުރުން ގުރޫޕް ބީ ގައި ހިމެނިފައި ވަނީ ފުރިގޭޓަރސް ޔަންގު، ބަދަހި ބާވީސް އަދި ހޯރަ ބާވީސް […]

ސަނިއްޔާ އަބޫބަކުރު
ޓާފް ދަނޑު ނުނިމި ލަސްވާތީ މުރައިދޫ ޒުވާނުން އިހުތިޖާޖުކޮށްފި 📍 ހއ. މުރައިދޫ

ޓާފް ދަނޑު ނުނިމި ލަސްވާތީ މުރައިދޫ ޒުވާނުން އިހުތިޖާޖުކޮށްފި

ހއ. މުރައިދޫގައި ފުޓްބޯޅަ ކުޅޭ ބޮޑު ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފަށައި، އެ މަސައްކަތް ނުނިމި ލަސްވާތީ އެރަށު ޒުވާނުންތަކެއް މިއަދު އިހުތިޖާޖުކޮށްފިއެވެ. މުރައިދޫގެ ޒުވާނުން އިހުތިޖާޖުކުރަން އެއްވީ ރަށުގެ ކައުންސިލް ކައިރިއަށެވެ. އެ ޒުވާނުން އެ ސަރަހައްދު ދޫކޮށްދިޔައީ ކައުންސިލަރުންނާ ވާހަކަ ދެއްކުމަށްފަހު މިފެށޭ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ކުރިން ޒުވާނުންގެ ކަންބޮޑުވުމަށް އެދެވޭ ޖަވާބެއް ނުލިބިއްޖެނަމަ ބޮޑު އިހުތިޖާޖަކަށް އެއްވާނެކަމަށް ބުނެފައިކަމަށް މުރައިދޫ ކައުންސިލަރަކު “ތިލަދުނ...

ތިލަދުން
މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް 📍 ހއ. މުރައިދޫ

މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައެވެ. އަދި ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 50 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 212 މީޓަރުގެ އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ބޭރުތޮށި […]

އަޙްމަދު ވަހީދު
އިހަވަންދޫގައި ތިބެގެން އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ތިބެގެން އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލަނީ

ރަށުގައި ތިބެގެން އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލަން ހއ.އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ. މިކަމާ ގުޅޭ ގޮތުން އިހަވަންދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ރަށުގައި ތިބެގެން އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލަން ބޭނުންވާތީ އެފަދަ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް އެދޭ ކަމަށެވެ. އެހެން ކަމުން މި ކަމަށްޓަކައި ތައްޔާރު ކޮށްފައިވާ ގޫގުލް ފޯމް ހުށަހެޅުމަށް ނުވަތަ ކައުންސިލުން މިކަމަށް ދޫކުރާ ފޯމ...

ސަނިއްޔާ އަބޫބަކުރު
އުލިގަން ކައުންސިލުން ރައްޔިތުންނަށް ޢިމާރާތް ކުރުމުގެ އަސާސީ ފަންނުވެރިކަން ދަސްކޮށްދެނީ 📍 ހއ. އުލިގަން

އުލިގަން ކައުންސިލުން ރައްޔިތުންނަށް ޢިމާރާތް ކުރުމުގެ އަސާސީ ފަންނުވެރިކަން ދަސްކޮށްދެނީ

ހއ. އުލިގަން ކައުންސިލުން އެރަށު ރައްޔިތުންނަށް ޢިމާރާތް ކުރުމުގެ އަސާސީ ފަންނުވެރިކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގަން އިޢުލާނު ކޮށްފިއެވެ. ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން އުލިގަން ކައުންސިލުގެ ނައިބު ރައީސް އަސަދުﷲ މުޙައްމަދު ވިދާޅުވީ މި ޕްރޮގްރާމަކީ އުލިގަމުގެ ކުރިއެރުމަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ އެސޯސިއޭޝަން ފޮރ ސޯޝަލް އެވެއަރނެސް ނުވަތަ އަސާ ޖަމިއްޔާގެ އިތުރުން އުލިގަމުގެ ރައްޔިތުންނާ ގާތް ގުޅުމެއް ބާއްވަމުން އަންނަ އަލް އަސްރު ޖަމިއްޔާ އާއި ގުޅިގެން ހިންގުމަށް ހަމަޖެ...

ސަނިއްޔާ އަބޫބަކުރު
ހޯރަފުށި މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ސަބްބޭސް މަސައްކަތް ފަށައިފި 📍 ހއ. ހޯރަފުށި

ހޯރަފުށި މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ސަބްބޭސް މަސައްކަތް ފަށައިފި

ހއ. ހޯރަފުށި މަގުހެދުމުގެ މަޝްރޫއުގެ ދަށުން، ސަބްބޭސް މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތް ފަށާފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ އޭބީސީއާއި އެސްފޯލްޓު މެޓީރިއަލް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 5.3 ކިލޯމީޓަރު ދިގު މިނުގެ 11 މަގެއް ހަދާނެއެވެ. އަދި، 25،909 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ޤާއިމު ކުރުމާއި، 11،114 […]

އަޙްމަދު ވަހީދު
ފުޓްސެލް ޗެލެންޖުން ވަށަފަރު ޢީދު ކުޅިވަރުތައް ނިންމާލައިފި 📍 ހއ. ވަށަފަރު

ފުޓްސެލް ޗެލެންޖުން ވަށަފަރު ޢީދު ކުޅިވަރުތައް ނިންމާލައިފި

ފުޓްސެލް ޗެލެންޖުން ވަށަފަރު ޢީދު ކުޅިވަރުތައް ނިންމާލައިފިއެވެ. ޢީދުގެ ފަހު ކުޅިވަރެއްގެ ގޮތުގައި ކުރިޔަށް ގެންދިޔަ ވަށަފަރު ފުޓްސެލް ޗެލެންޖު 2022 ކާމިޔާބު ކުރީ ވީލޯން ވުލްވުސްއެވެ. މި މުބާރާތުގެ ރަނަރަޕް ޓީމަކަށް އަކުއާހޮލިކް ހޮވުނު އިރު، ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ ރެބެލްސް އެފްސީއެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަކުއާހޮލިކްގެ އަހުމަދު ސިނާނެވެ. މުބާރާތް ނިމުމާއެކު ޗެންޕިއަން ޓީމަށާއި ރަނަރަޕް ޓީމުގެ އިތުރުން ފެއަރ ޕްލޭ ޓީމަށްވެސް ވަނީ ވަށަފަރު ކައުންސިލުން […]

ސަނިއްޔާ އަބޫބަކުރު
"ސަމާޒް ކެލާ ސްޕަރ ލީގު 2022" މިއަދު ފަށަނީ، ޗެމްޕިއަން ޓީމަށް 30000 ރުފިޔާ 📍 ހއ. ކެލާ

"ސަމާޒް ކެލާ ސްޕަރ ލީގު 2022" މިއަދު ފަށަނީ، ޗެމްޕިއަން ޓީމަށް 30000 ރުފިޔާ

ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ސަމާޒް ކެލާ ސްޕަރ ލީގު 2022” ފުޓްބޯޅަ މުބާރާތް މިއަދު ފެށުމަށް އެ ކައުންސިލުން ތައްޔާރު ވެއްޖެއެވެ. މި މުބާރާތް މިއަދު ހަވީރު ކެލާ ފުޓްބޯޅަ ދަނޑުގައި ފަށާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ވިސެންޑޯ ޑި ސިންކޫއާއި ޓީއޯ ސްޕޯޓްސް ކުލަބެވެ. މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމް ތަކަކީ ކިހައްޑިހަ އެފްސީ، ވިސެންޑޯ ޑި ސިންކޫ، ކެލާ ވެޓެރަންސް […]

އިބްރާހިމް ޚަލީލް
މޮޅަދޫ ޢީދު ކާނިވަލުގެ ނަސީބުވެރިން ހޮވައިފި 📍 ހއ. މޮޅަދޫ

މޮޅަދޫ ޢީދު ކާނިވަލުގެ ނަސީބުވެރިން ހޮވައިފި

މޮޅަދޫ ޢީދު ކާނިވަލުގެ ނަސީބުވެރިން ހޮވައިފިއެވެ. 1443 ވަނަ އަހަރުގެ މޮޅަދޫ ޢީދު ކާނިވަލަށް ވަނުމުގެ ޓިކެޓް ނެގި ފަރާތްތަކުގެ ތެރެއިން ނަސީބުވެރިންނަށް ހޮވިފައި ވަނީ ފާތުމަތު ނިޔާޒާ އާއި ލޫތު އަބްދު الله ވަހީދު އެވެ. މޮޅަދޫ ކައުންސިލުންވެސް ވަނީ ޢީދު ކާނިވަލުގެ ނަސީބުވެރިންނަށް މަރުހަބާ ކިޔާ ފައެވެ. މީގެއިތުރުން މޮޅަދޫ ޢީދު ކާނިވަލުގެ ނަސީބުވެރިންނަށް ދެވުނު އަގުހުރި އިނާމް ސްޕޮންސަރ ކޮށްދެއްވާފައި ވާތީ ހއ އިހަވަންދޫ ބާބެކިޔު ހަޓުގެ މެނޭޖްމަންޓަށް މޮޅަދޫ ކައުންސިލުން ވަނީ […]

ސަނިއްޔާ އަބޫބަކުރު
ހަބޭސް ބޮޑުބެރު ގުރޫޕް މިރޭ ބާރަށުގައި 📍 ހއ. ބާރަށް

ހަބޭސް ބޮޑުބެރު ގުރޫޕް މިރޭ ބާރަށުގައި

ހަބޭސް ބޮޑުބެރު ގުރޫޕްގެ ފޯރިގަދަ ސޯއެއް މިރޭ ހއ. ބާރަށުގައި ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރިތައް ވަމުން އެބަދެއެވެ. މިއީ ބާރަށު އުތުރު ޒުވާނުންނާއި އެރަށު ރެހެންދި މޫވްމެންޓް ގުލިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މިޝޯ ބަލާލުމަށް ހއ. އަތޮޅު ގިނަ ރަށްރަށަކުން މީހުން އެރަށަށް ވަނީ ޒިޔާރަތްކޮށްފަ އެވެ. ޝޯ ފެށޭނީ މިރޭ 08:45 ގަ އެވެ. ހަބޭސް ބޮޑުބެރު ގުރޫޕްއަށް އެރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. މިއަހަރު ވެސް ބާރަށުގައި އަންނަނީ ވަރަށް […]

އަލީ އާދިލް