މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,983 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,983 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2983 ޚަބަރުގެ ތެރެއިން
ޕީސީބީގެ ނައިބު ރައީސް އަށް ރުހުން ހޯދުން ދިރާސާކުރަން ކޮމެޓީއަށް ފޮނުވައިފި 📍 ހއ. އިހަވަންދޫ

ޕީސީބީގެ ނައިބު ރައީސް އަށް ރުހުން ހޯދުން ދިރާސާކުރަން ކޮމެޓީއަށް ފޮނުވައިފި

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ނައިބު ރައީސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އައްޔަންކުރައްވާފައިވާ ހއ. އިހަވަންދޫ / އާޒާދީބަހާރުގެ، މުޙައްމަދު ފިރާޟް އަށް ރުހުން ހޯދުމަށް މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފި އެވެ. އޭނާއަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާ ކުރުމަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓްޕްރައިސް (އެސްއޯއީ) ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ...

މުޙައްމަދު އަފްރާޙް
ތުރާކުނު ކައުންސިލުން އެ ރަށުގެ ގެތަކަށް ވޯޓާ ޕިއުރިފަޔާ ފޯރުކޮށްދެނީ 📍 ހއ. ތުރާކުނު

ތުރާކުނު ކައުންސިލުން އެ ރަށުގެ ގެތަކަށް ވޯޓާ ޕިއުރިފަޔާ ފޯރުކޮށްދެނީ

ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލުން އެ ރަށުގެ ގޭބިސީތަކަށް އިންސްޓޯލްމަންޓް އުޞޫލުން ވޯޓަރ ޕިއުރިފަޔަރ ފޯރުކޮށްދިނުމަށް ނިންމައިފިއެވެ. އެ ކައުންސިލުން ވިދާޅުވެފައި ވަނީ ފިޔަވަހިތަކަށް ބަހާލައިގެން ކުރިޔަށް ގެންދިއުމަށް ރާވާފައިވާ މި ޕޮރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ 20 ވޯޓަރ ޕިއުރިފަޔަރ ކަމަށާއި މި ޕްރޮޖެކްޓްގެ ދަށުން ފޯރުކޮށްދެވޭ ޕިއުރިފަޔަރގެ އަންދާޒާ އަގަކީ 5000ރ (ފަސް ހާސް ރުފިޔާ) ނުވަތަ 4500 ރ (ހަތަރު ހާސް ފަސްސަތޭކަ ރުފިޔާ) ގެ އަގެއް ކަމަށެވެ....

އިބްރާހިމް ޚަލީލް
ވަށަފަރު ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި ވަށާފާރު ރާނަން ހަވާލުކޮށްފި 📍 ހއ. ވަށަފަރު

ވަށަފަރު ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި ވަށާފާރު ރާނަން ހަވާލުކޮށްފި

ހއ. ވަށަފަރު ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި ވަށާފާރު ރޭނުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި އެވެ. މިނިސްޓްރީ އޮފް ހެލްތު ގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ސަމާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 1,988,107.06 ރުފިޔާ (އެއް މިލިއަން ނުވަ ލައްކަ އަށްޑިހަ އަށްހާސް އެއްސަތޭކަ ހަތްރުފިޔާ ހަ ލާރި) އަށް 150 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މީގެ އިތުރުން އެ މިނިސްޓްރީން ވަނީ […]

މުޙައްމަދު އަފްރާޙް
ބޮޑު ތިލަދުންމަތީގެ 8 ރަށެއް ހިމެނޭހެން 28 ރަށަކަށް ބިލިއާޑް ބޯޑު ހަވާލުކޮށްފި 📍 ހއ. ފިއްލަދޫ

ބޮޑު ތިލަދުންމަތީގެ 8 ރަށެއް ހިމެނޭހެން 28 ރަށަކަށް ބިލިއާޑް ބޯޑު ހަވާލުކޮށްފި

ބޮޑު ތިލަދުންމަތީގެ 8 ރަށެއް ހިމެނޭހެން 28 ރަށަކަށް ބިލިއާޑް ބޯޑު ހަވާލުކޮށްފި އެވެ. އެ ރަށްތަކުގައި ގާއިމުކޮށްފައިވާ ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރުތަކަށް ބޭނުންވާ ބިލިއާޑް ބޯޑު ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފް އެވެ. ބިލިޔާޑު ބޮޑުތަކާއި ހަވާލުވެލައްވާފައިވަނީ އެދާއިރާތަކަށް ނިސްބަތްވާ މަޖިލިސް މެންބަރުންނެވެ. މި ރަސްމިއްޔާތުގައި ބިލިއާޑް ބޯޑު ހަވާލުކޮށްފައިވަނީ ހއ. ކެލާ، މޮޅަދޫ، ފިއްލަދޫ، ދިއްދޫ އަދި ތަކަންދޫ އާއ...

މުޙައްމަދު އަފްރާޙް
ތަކަންދޫ ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފި 📍 ހއ. ތަކަންދޫ

ތަކަންދޫ ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް ހއ. ތަކަންދޫގައި ހަދާ ފެރީ ހަޓްގެ މަސައްކަތް ނިންމާލައިފިއެވެ. މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހެދި ފެރީ ހަޓެކެވެ. މި ފެރީ ހަޓަކީ އާރުޓީއެލްގެ ފެރީ ގެ ޙިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ބޭނުންތެރި ތަނަކަށް ވާނެ ކަމަށް އެމްޓީސީސީން އުއްމީދު ކުރެއެވެ. މި މަޝްރޫއުގެ ދަށުން، ކިއޮސްކަކާއި، ވެއިޓިން އޭރިއާއަކާއި ޔުނިވާސަލް ޓޮއިލެޓެއް ވަނީ ހަދައިފައެވެ. އާރުޓީއެލް […]

އަޙްމަދު ވަހީދު
ކެލާ، އިނގުރައިދޫ އަދި މާފަރުގައި ސިއްހީ މަރުކަޒު އެޅުމަށް ބީލަމަށް ހުޅުވާލައިފި 📍 ހއ. ކެލާ

ކެލާ، އިނގުރައިދޫ އަދި މާފަރުގައި ސިއްހީ މަރުކަޒު އެޅުމަށް ބީލަމަށް ހުޅުވާލައިފި

ހއ. ކެލާ، ރ. އިނގުރައިދޫ އަދި ނ. މާފަރުގައި ސިއްހީ މަރުކަޒު އެޅުމަށް ބީލަމަށް ހުޅުވާލައިފި އެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވީ މި ބީލަމަށް އެދި ހުށަހެޅުމުގެ ފުރުސަތު 11 އޮކްޓޫބަރު އިން 19 އޮކްޓޫބަރު އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު ފަހު ދޭއް ޖެހުމާއި ހަމައަށް އެ މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ  https://bandeyripay.finance.gov.mv މެދުވެރިކޮށް ހުޅުވާލާފައިވާ ކަމަށެވެ. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް […]

މުޙައްމަދު އަފްރާޙް
އާރުވީއެސްއޭ ހޭންޑްބޯލް ޓޯނަމެންޓްގެ ފައިނަލުގައި މާރަންދޫއާއި ބާވީސް ސްޕޯޓްސް ކުލަބް

އާރުވީއެސްއޭ ހޭންޑްބޯލް ޓޯނަމެންޓްގެ ފައިނަލުގައި މާރަންދޫއާއި ބާވީސް ސްޕޯޓްސް ކުލަބް

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ އާރުވީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “އާރުވީއެސްއޭ ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022” ގެ ފައިނަލުން ޓީމް މާރަންދޫއާއި ބާވީސް ސްޕޯޓްސް ކުލަބު ޖާގަ ހޯދައިފިއެވެ. މި މުބާރާތުގައި ފަސް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބިގެންދާ ގޮތަށެވެ. މި މުބާރާތުގެ ދެ މެޗު މިއަދު […]

އިބްރާހިމް ޚަލީލް
އާރުވީއެސްއޭ ހޭންޑްބޯލް ޓޯނަމެންޓް: ބާވީހުން އިމަގު ބަލިކުރިއިރު، އެއާޕޯޓް އަތުން މާރަންދޫއަށް މޮޅެއް

އާރުވީއެސްއޭ ހޭންޑްބޯލް ޓޯނަމެންޓް: ބާވީހުން އިމަގު ބަލިކުރިއިރު، އެއާޕޯޓް އަތުން މާރަންދޫއަށް މޮޅެއް

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ އާރުވީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “އާރުވީއެސްއޭ ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022” ގައި އިއްޔެ ކުޅުނު މެޗުތައް ހޯރަފުށީ ބާވީސް ސްޕޯޓްސް ކުލަބާއި ޓީމް މާރަންދޫން ކާމިޔާބު ކޮށްފިއެވެ. އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ބާވީސް ސްޕޯޓްސް ކުލަބާއި އިހަވަންދޫ އިމަގެވެ. މި މެޗު 7-15 އިން ކާމިޔާބު ކޮށްފައި ވަނީ ބާވީސް ސްޕޯޓްސް ކުލަބުންނެވެ. މި މެޗުގެ […]

އިބްރާހިމް ޚަލީލް
އިހަވަންދޫ އޮފީސްތަކުގެ ފުޓްސަލް މުބާރާތް ފަށައިގެން ކުރިއަށް 📍 ހއ. އިހަވަންދޫ

އިހަވަންދޫ އޮފީސްތަކުގެ ފުޓްސަލް މުބާރާތް ފަށައިގެން ކުރިއަށް

ހއ. އިހަވަންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “އިންޓަ އޮފީސް ފުޓްސަލް ޗެލެންޖް 2022” ފަށައިފިއެވެ. މި މުބާރާތުގައި ބައިވެރިވެފައި ވަނީ ހަތަރު ޓީމެކެވެ. އެ ޓީމްތަކަކީ އިހަވަންދޫ ޕޮލޮސްޓޭޝަނާއި، ފެނަކައިގެ އިތުރުން އިހަވަންދޫ ކައުންސިލާއި ކޯޓާއި އެމްޓީސީ އެއްކޮށްލައިގެން ހަދާފައިވާ ކޮމްބައިން ޓީމް (ސީއެމްސީ) އަދި  އިހަވަންދޫ ސްކޫލާއި މަރުކަޒު އެއްކޮށްލައިގެން ހަދާފައިވާ ކޮމްބައިން ޓީމެކެވެ. މުބާރާތުގެ ކުޅުން ރޭ އިހަވަންދޫ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު، ފުރަތަމަ މެޗުގައި ބައްދ...

އިބްރާހިމް ޚަލީލް
ހޯރަފުށީ އާރުވީއެސްއޭ ހޭންޑްބޯލް ޓޯނަމެންޓް: ހޯރަފުށީ އެއާޕޯޓް ފެށުން ރަނގަޅުކުރި އިރު މާރަންދޫއަށް ފުރަތަމަ މޮޅު

ހޯރަފުށީ އާރުވީއެސްއޭ ހޭންޑްބޯލް ޓޯނަމެންޓް: ހޯރަފުށީ އެއާޕޯޓް ފެށުން ރަނގަޅުކުރި އިރު މާރަންދޫއަށް ފުރަތަމަ މޮޅު

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ އާރުވީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “އާރުވީއެސްއޭ ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022” ގައި އިއްޔެ ކުޅުނު މެޗުތައް ހޯރަފުށީ އެއާޕޯޓާއި ޓީމް މާރަންދޫން ކާމިޔާބު ކޮށްފިއެވެ. އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފްރިގޭޓާއާއި ހޯރަފުށީ އެއާޕޯޓެވެ. މި މެޗު 10-15 އިން ކާމިޔާބު ކޮށްފައި ވަނީ ހޯރަފުށީ އެއާޕޯޓް ޓީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ […]

އިބްރާހިމް ޚަލީލް
ދިއްދޫ ކައުންސިލް ވެޓްރެންސް ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. ދިއްދޫ

ދިއްދޫ ކައުންސިލް ވެޓްރެންސް ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުގެ އެއްވަނަ ވެޓްރެންސް ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގައި ރަޖިސްޓަރީ ކޮށްފައިވާ ދިއްދޫގެ ކުލަބް ޖަމިއްޔާތަކަށެވެ. އެ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުލަބް ޖަމިއްޔާތަކާއި ދިއްދޫގެ...

އިބްރާހިމް ޚަލީލް
ތުރާކުނުގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފި 📍 ހއ. ތުރާކުނު

ތުރާކުނުގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފި

ހއ. ތުރާކުނުގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ. މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ. 300 މީހުންގެ ޖާގައިގެ މި މިސްކިތް އިމާރާތްކުރުމަށް ޙަވާލުކޮށްފައިވަނީ މައިކްރޯން ޕްރިވެޓް ލިމިޓެޑާ އެވެ. މިއަހަރުގެ މާރޗު މަހު 23 ގައި މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 10.6 މިލިއަން ރުފިޔާއަށެވެ. އެއީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެރަށުގައި ބޭއްވި މި މަސައްކަތް ފައްޓަވައިދެއްވީ […]

މުޙައްމަދު އަފްރާޙް
ދިއްދޫ ބަނދަރަށް މަސް ބޭލުމަށް ބަނދަރުގެ ދެކުނު ތޮށި ބޭނުންކުރުމަށް އެދިއްޖެ 📍 ހއ. ދިއްދޫ

ދިއްދޫ ބަނދަރަށް މަސް ބޭލުމަށް ބަނދަރުގެ ދެކުނު ތޮށި ބޭނުންކުރުމަށް އެދިއްޖެ

ހއ. ދިއްދޫ ބަނދަރަށް މަސް ބޭލުމަށް ބަނދަރުގެ ދެކުނު ތޮށި ބޭނުންކުރުމަށް އެރަށު ކައުންސިލު އިދާރާ އިން އެދިއްޖެ އެވެ. އެ އިދާރާ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މަސް އުފުލުމުގެ މަސައްކަތުގައި ބޭނުންކުރާ ވެހިކަލްތަކުން ބަނދަރުގެ މަގުތަކަށް ލޭ ފަދަ ތަކެތި ނުފައިބާ ގޮތަށް އެ މަސައްކަތް ކުރުމަށް އެދޭ ކަމަށެވެ. އަދި ކަނޑުމަހާއި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކުން ވެސް ބަނދަރުގެ ހުރިހައި ދިމާލެއްގައި ވެސް (ކޮންމެ ދިމާލެއްގައި) މަސައްކަތް ކުރުމުގެ ބަދަލުގައި ބަނދަރުގައި […]

މުޙައްމަދު އަފްރާޙް
މޮޅަދޫ ސިއްޙީ މަރުކަޒުގައި ފުރަތަމަ ފަހަރަށް މީހަކު ވިއްސައިފި 📍 ހއ. މޮޅަދޫ

މޮޅަދޫ ސިއްޙީ މަރުކަޒުގައި ފުރަތަމަ ފަހަރަށް މީހަކު ވިއްސައިފި

ހއ މޮޅަދޫ ސިއްޙީ މަރުކަޒުގައި ފުރަތަމަ ފަހަރަށް މާބަނޑު މީހަކު ވިއްސައިފި އެވެ. އެރަށު ސިއްހީ މަރުކަޒުގެ ފޭސްބުކްގައި އާންމުކޮށްފައިވާ ލިޔުމެއްގައި ވަނީ ކުއްލިއަކަށް ނަގަންޖެހުނު މިކޭސް މެނޭޖްކުރުމުގައި މަރުކަޒުގެ ޑޮކްޓަރާއި ނަރުހުން އަދި މަރުކަޒުގެ އެންމެ ހާ މުއައްޒަފުންގެ އަގުހުރި މަސައްކަތް ނުހަނު އުފަލާއެކު ފާހަގަ ކުރާ ކަމަށެވެ. މިކަމުގައި އެ އަތޮޅު ހޯރަފުށި ސިއްޙީ މަރުކަޒުގެ ފަރާތުން ވެދެއްވި އަވަސް އެހީތެރިކަން ވެސް ފާހަގަކޮށް، މަރުކަޒުގެ ވެރިންނާއި މުއައްޒަފުންނަށް ވެސް ވަނީ ޝުކުރު ދަންނަ...

މުޙައްމަދު އަފްރާޙް
ދިއްދޫގައި ކޮމިޔުނިޓީ ވޮލަންޓިޔަރ ފަޔަރ ފައިޓިންގ ޕްރޮގްރާމެއް ފަށައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި ކޮމިޔުނިޓީ ވޮލަންޓިޔަރ ފަޔަރ ފައިޓިންގ ޕްރޮގްރާމެއް ފަށައިފި

ހއ. ދިއްދޫގެ ރައްޔިތުންނަށް ކޮމިޔުނިޓީ ވޮލަންޓިޔަރ ފަޔަރ ފައިޓިންގ ޕްރޮގްރާމެއް ފަށައިފި އެވެ. މިއީ އެރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ފެށި ޕްރޮގްރާމެކެވެ. އެ ރަށު ކައުންސިލާއި އެރަށު ރައްޔިތުންގެ އެހީތެރިކަމާ އެކު ހިންގާ ކޮމިޔުނިޓީ ވޮލަންޓިޔަރ ފަޔަރ ފައިޓިންގ ޕްރޮގްރާމް ފެށީ މި މަހުގެ 4 ވަނަ ދުވަހު އެވެ. ހަތް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި 20 ފަރާތެއް ވަނީ ބައިވެރިވެފަ އެވެ. ރަށްރަށުގައި ދިމާވެދާނެ އަލިފާނުގެ […]

މުޙައްމަދު އަފްރާޙް