މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,981 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,981 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2981 ޚަބަރުގެ ތެރެއިން
އުލިގަމުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ހޭލުންތެރި ޕްރޮގްރާމެއް ބާއްވައިފި

އުލިގަމުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ހޭލުންތެރި ޕްރޮގްރާމެއް ބާއްވައިފި

ހއ. އުލިގަމު ކައުންސިލާއި، އަދި އެރަށުގެ އެސޯސިއޭޝަން ފޮރ ސޯޝަލް އެވެއަރނަސް (އަސާ) ގުޅިގެން ނަފުސާނީ ދުޅަހެޔޮކަމުގެ ޕުރޮގުރާމެއް އެ ރަށުގައި ކުރިއަށް ގެންގޮސްފިއެވެ. އެކި ސެޝަންތަކަށް ބަހާލައިގެން، މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މި ސެޕްޓެންބަރު މަހުގެ 14 އިން 15 ވަނަ ދުވަހުގެ ނިޔަަލަށެވެ. “ހިތުގެ އަޑު” މި ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ މުދައްރިބަކީ، އެ ދާއިރާގެ ޢިލްމީ ބޭފުޅެއްކަމަށްވާ ސުލްޠާނާއެވެ. އަސާ ޖަމްޢިއްޔާއިން “ތިލަދުން”އަށް މައުލޫމާތުދިން ގޮތުގައި، ނަފްސާނީ މައްސަލ...

ފާތިމަތު ސަޙާ
މޮޅު ކުޅުމެއްދެއްކި ދިއްދޫ އަށް ނަސީބު އެހީއެއް ނުވި 📍 ހއ. ދިއްދޫ

މޮޅު ކުޅުމެއްދެއްކި ދިއްދޫ އަށް ނަސީބު އެހީއެއް ނުވި

ދިވެހި ޕްރިމިއާ ލީގުގައި ނޯތު ޗެމްޕިއަން ހއ. ދިއްދޫ ފުޓުބޯޅަ ޓީމު ވާދަކުރި ތިން ވަނަ މެޗުގައި ހަނި ގޮތަކަށް ބިސް ބުރު ސްޕޯޓްސް ކްލަބު އަތުން ބަލިވެއްޖެއެވެ. ރޭގެ މެޗުގައި ވެސް ދިއްދޫ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް ދިއްދޫގެ ތައުމީން ނޫހާއި، ޓެޓޭ ގިޑިއޯން،  ހުސައިން ޒިމްޔާން، އާދަމް އާޒިމް ފަދަ ކުޅުންތެރިން އުފެއްދި ނުރައްކާތެރި ހަމަލާތަކާއެކު ވެސް އެ ޓީމަށް ލިބުނު ފުރުސަތުތައް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. ބުރު ސްޕޯޓްސްގެ އަތުގައި […]

ޔުމްނާ ޢަލީ
މުރައިދޫ ވެޓެރަންސް ވޮލީ 2026: ތަށި ބާރަށަށް، އެންމެ މޮޅު ކުޅުންތެރިޔަކީ ޝުއައިބް 📍 ހއ. ބާރަށް

މުރައިދޫ ވެޓެރަންސް ވޮލީ 2026: ތަށި ބާރަށަށް، އެންމެ މޮޅު ކުޅުންތެރިޔަކީ ޝުއައިބް

ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ގެ ޗެމްޕިއަންކަން ހއ. ބާރަށުން ހޯދައިފިއެވެ. ބާރަށުން މި މުބާރާތުގެ ތަށި އުފުލާލީ ރޭ ކުޅުނު ފައިނަލްގައި ސީދާ ތިން ސެޓުން ހަނިމާދޫ ބަލިކޮށްގެންނެވެ. މި މެޗުގައި ބާރަށް ސެޓްތައް ގެންދިޔައީ 25-19، 25-12 އަދި 25-17 އިންނެވެ. މުބާރާތުގެއެންމެ މޮޅު 6 ކުޅުންތެރިން ހަސަން ޒިޔާޒު، ޖޯޒީ ނަންބަރު 3، […]

ޔުމްނާ ޢަލީ
21 މިލިއަން ރުފިޔާއަށް ބާރަށާއި ތުރާކުނު ފުޓްބޯޅަ ދަނޑު ތަރައްގީކުރަން އެމްޓީސީސީއަށް 📍 ހއ. ބާރަށް

21 މިލިއަން ރުފިޔާއަށް ބާރަށާއި ތުރާކުނު ފުޓްބޯޅަ ދަނޑު ތަރައްގީކުރަން އެމްޓީސީސީއަށް

ހއ. ބާރަށު ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތާއި ހއ. ތުރާކުނު ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކޮށް ރޮސްޓްރަމް ހެދުމުގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައް...

އަލީ އާދިލް
މުރައިދޫ ވެޓެރަންސް ވޮލީ: ވާދަވެރި ކުޅުމަކަށްފަހު ހަނިމާދޫ އާއި ކެލާ އަށް ކާމިޔާބު 📍 ހއ. ކެލާ

މުރައިދޫ ވެޓެރަންސް ވޮލީ: ވާދަވެރި ކުޅުމަކަށްފަހު ހަނިމާދޫ އާއި ކެލާ އަށް ކާމިޔާބު

ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ” މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ގެ ހޮނިހިރު ދުވަހުގެ މެޗުތައް ހަނިމާދޫ އާއި ކެލާ ކާމިޔާބުކޮށްފިއެވެ. މިއަދުގެ މެޗުތައް ވެސް ފެނުނީ ވަރަށް ވާދަވެރުކޮށެވެ. ހަވީރު ކުޅުނު މެޗުގައި ހަނިމާދޫ މުރައިދޫ އަތުން މޮޅުވީ 4-1 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓް މުރައިދޫ ވަނީ 17-25 އިން ގެންގޮސްފައެވެ. ބާކީ ސެޓުތައް ހަނިމާދޫ ގެންދިޔައީ […]

ޔުމްނާ ޢަލީ
ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫގެ ފެށުން ވަރުގަދަ، ބުރު ބަލިކޮށް ތާރީޚީ މޮޅެއް 📍 ހއ. ދިއްދޫ

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫގެ ފެށުން ވަރުގަދަ، ބުރު ބަލިކޮށް ތާރީޚީ މޮޅެއް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބް ބަލިކޮށް ދިއްދޫ ތާރީޚީ މޮޅެއް ހޯދައިފިއެވެ. މިރޭ ކުޅުނު މެޗުގައި ދިއްދޫ އަށް ތާރީޚީ ލަނޑު ޖަހައިދިނީ އެ ޓީމުގެ ފޯވާޑް، ޖޯޒީ ނަންބަރު 26، ގާނާގެ ގިޑިއެން ޓެޓޭ އެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްދިނީ ލިބުނު ހިލޭ ޖެހުމެއް ބުރުގެ ގޯލް ކަނަށް ވައްދާލައިގެންނެވެ. މެޗުގެ ފުރަތަމަ ހާފުގެ 23 ވަނަ މިނިޓްގައި ދިއްދޫއިން ޖެހިލަނޑާއެކު މެޗުގެ ކުޅުން ވެސް ނިމުނީ އެނަތީޖާގައި އޮވެގެންނެވެ. މި […]

ޔުމްނާ ޢަލީ
ހޯރަފުށީ އެވިޑް އިންޓަރނޭޝަނަލް ސްކޫލްގެ މަދަހަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ އެވިޑް އިންޓަރނޭޝަނަލް ސްކޫލްގެ މަދަހަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

ހއ.ހޯރަފުށީ އެވިޑް އިންޓަރނޭޝަނަލް ސްކޫލްގެ “މަދަޙަ މުބާރާތް 2026” ނިންމާލައިފިއެވެ. އެ ރަށު ކައުންސިލުން މައުލޫމާތުދޭ ގޮތުގައި، އެވިޑް އިންޓަނޭޝަނަލް ސްކޫލާއި އެ ރަށު ކައުންސިލް ގުޅިގެން ބޭއްވި މި މުބާރާތަކީ، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި، ދަރިވަރުންގެ ހިތްތަކުގައި ދީނީ ލޯބި އާލާކުރުމުގެ މަޤްޞަދުގައި، ބޭއްވި މުބާރާތެކެވެ. މި މަދަހަ މުބާރާތުގައި އިސްލާމީ އަޚުލާޤާއި، މާތްﷲ ގެ ކިބަފުޅަށް ޙަމްދާއި ސަނާ ދެންނެވުމަށާއި، ކީރިތި ރަސޫލާ ޞޢވ ގެ މާތް ސިފަފުޅުތަކަށް ތަޢުރީފުގެ މަދަހަތައް އިވިގެން ގޮ...

ފާތިމަތު ސަޙާ
ފުޓްބޯޅައިގެ ހަގީގީ ފޯރި ދައްކާލަން ދިއްދޫ ނިކުންނަނީ؛ ގަލޮޅު ދަނޑުގެ ހިމޭންކަން ނައްތާލާނެ 📍 ހއ. ދިއްދޫ

ފުޓްބޯޅައިގެ ހަގީގީ ފޯރި ދައްކާލަން ދިއްދޫ ނިކުންނަނީ؛ ގަލޮޅު ދަނޑުގެ ހިމޭންކަން ނައްތާލާނެ

ދިވެހި ފުޓްބޯޅައިގެ އެންމެ ދިގު ތާރީޚެއް އޮތް ގަލޮޅު ދަނޑުގައި، ފުރަތަމަ ޑިވިޝަންގެ ފުރަތަމަ މެޗަށް ނިކުންނަން ބޮޑު ތިލަދުންމަތީގެ ހއ. ދިއްދޫ ފުޓްބޯޅަ ޓީމުން ތައްޔާރުވެއްޖެއެވެ. އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ދިއްދޫ ޓީމު، 2026/2027 ދިވެހި ޕްރިމިއާ ލީގުގައި އެޓީމު ކުޅޭ ފުރަތަމަ މެޗުގައި މިރޭ 9:00 ގައި ނިކުންނާނީ ބުރު ސްޕޯޓްސްއާ ދެކޮޅަށެވެ. ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާ ދިއްދޫ ޓީމުގެ ފުރަތަމަ މެޗާ ދިމާކޮށް، ޓީމުގެ ފަރާތުން ވަނީ ބޮޑު ތިލަދުންމަތީގެ ހުރިހާ […]

ޝިއުނާ އާދަމް
ބެލެނިވެރިޔަކާ ނުލައި ރޭގަނޑު 9:00 ގެ ފަހުން ކުދިން ބޭރަށް ނުފޮނުވުމަށް ދިއްދޫ ކައުންސިލުގެ އިލްތިމާސެއް 📍 ހއ. ދިއްދޫ

ބެލެނިވެރިޔަކާ ނުލައި ރޭގަނޑު 9:00 ގެ ފަހުން ކުދިން ބޭރަށް ނުފޮނުވުމަށް ދިއްދޫ ކައުންސިލުގެ އިލްތިމާސެއް

މުޙިއްމު ބޭނުމެއް ނެތި އުމުރުން 18 އަހަރުން ދަށުގެ ކުދިން، ރޭގަނޑު 9:00 ގެ ފަހުން ބެލެނިވެރިއަކާ ނުލައި ރަށުތެރޭގައި ހަރަކާތްތެރިވެ ނޫޅޭކަން ކަށަވަރުކޮށް، އެ ކުދިން ބެލެހެއްޓުމަށް ހއ. ދިއްދޫ ކައުންސިލުން އެ ރަށުގެ ބެލެނިވެރިންނަށް އިލްތިމާސްކޮށްފިއެވެ. ދިއްދޫ ކައުންސިލުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މިހާރަކަށް އައިސް ރޭގަނޑު 9:00 ގެ ފަހުގައި، ބެލެނިވެރިއެއް ނުވަތަ ބަލަދުވެރި ފަރާތެއް ނެތި އުމުރުން 18 އަހަރުން ދަށުގެ ކުދިން ރަށުތެރޭގައި އެއްވެސް ބޭނުމެއް ނެތި ހަރަކާތްތެރިވަމުންދާކަން އެ [...

ފާތިމަތު ސަޙާ
މުރައިދޫ ވެޓެރަންސް ވޮލީ: ހއ.އަތޮޅު ޓީމުތަކަށް ކާމިޔާބު ދުވަހެއް، ބާރަށާއި ފިއްލަދޫ މޮޅުވެއްޖެ 📍 ހއ. ބާރަށް

މުރައިދޫ ވެޓެރަންސް ވޮލީ: ހއ.އަތޮޅު ޓީމުތަކަށް ކާމިޔާބު ދުވަހެއް، ބާރަށާއި ފިއްލަދޫ މޮޅުވެއްޖެ

ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ” މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ގެ ހުކުރު ދުވަހުގެ މެޗުތައް ބާރަށާއި، ފިއްލަދޫ ކާމިޔާބުކޮށްފިއެވެ. މި މުބާރާތުގައި ހުކުރު ދުވަހު ހަވީރު ހއ. ބާރަށާއި ހދ. ކުޅުދުއްފުށީ ސިޓީގެ ކުރިމަތިލުމުގައި ބާރަށް މޮޅުވީ ސީދާ ތިން ސެޓުންނެވެ. މިއީ މުބާރާތުގައި ކުޅުދުއްފުށީ ސިޓީގެ ފުރަތަމަ ބައްޔެވެ. ކުޅުދުއްފުށީ ސިޓީން ވަނީ ކުރިން ކުޅުނު ތިން މެޗުން […]

ޔުމްނާ ޢަލީ
އުލިގަމު ކައުންސިލާއި އެރަށު އަސާ ޖަމިއްޔާ ގުޅިގެން ނަފުސާނީ ދުޅަހެޔޮކަމުގެ ޕްރޮގްރާމެއް

އުލިގަމު ކައުންސިލާއި އެރަށު އަސާ ޖަމިއްޔާ ގުޅިގެން ނަފުސާނީ ދުޅަހެޔޮކަމުގެ ޕްރޮގްރާމެއް

ހއ. އުލިގަމު ކައުންސިލާއި، މޯލްޑިވްސް ޕޮލީޓެކްނިކް އަދި އެސޯސިއޭޝަން ފޮރ ސޯޝަލް އެވެއަރނަސް (އަސާ) ގުޅިގެން ނަފުސާނީ ދުޅަހެޔޮކަމުގެ ޕުރޮގުރާމެއް ކުރިއަށްގެންދަން ނިންމައިފިއެވެ. އުލިގަމު ކައުންސިލުން ބުނީ ”ހިތުގެ އަޑު” ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ސެޝަންތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ މަހުގެ 14 އަދި 15 ގައި ކަމަށެވެ. ދާއިރާގެ ޢިލްމީ ބޭފުޅެއްކަމަށް ސުލްތާނާ ނަންގަވައިދެއްވާ މި ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ ސެޝަންތަކަަށް ބަހާލައިގެންނެވެ. މިގޮތުން ސެޕްޓެމްބަރު 14 ވ...

ޔުމްނާ ޢަލީ
ދިއްދޫގައި އެފްއެސްއެމްގެ ފިއުލް ޝެޑު ޤާއިމުކުރުމަށް މަޝްވަރާކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫގައި އެފްއެސްއެމްގެ ފިއުލް ޝެޑު ޤާއިމުކުރުމަށް މަޝްވަރާކޮށްފި

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ފަރާތުން ހއ. ދިއްދޫގައި ތެޔޮ ގުދަންކޮށް ތެލުގެ ވިޔަފާރި ހިންގުމަށްޓަކައި، ބިން ހަމަޖެއްސުމާ ގުޅޭގޮތުން ދިއްދޫ ކައުންސިލާއެކު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. ދިއްދޫ ކައުންސިލުން ބުނިގޮތުގައި މި ބައްދަލުވުމުގައި އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ފާތިމަތު އަޝަން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އެ ރަށުގައި ތެލުގެ ޚިދުމަތް ފުޅާދާއިރާއެއްގައި ފޯރުކޮށްދިނުމަށް ބޭނުންވާ ބިން ހަމަޖެއްސުމ...

ޔުމްނާ ޢަލީ
މުރައިދޫ ވެޓެރަންސް ވޮލީ: ހަނިމާދޫއަށް ތިންވަނަ މެޗު ވެސް ކާމިޔާބު، ފިނޭ އަށް މޮޅެއް 📍 ހއ. ކެލާ

މުރައިދޫ ވެޓެރަންސް ވޮލީ: ހަނިމާދޫއަށް ތިންވަނަ މެޗު ވެސް ކާމިޔާބު، ފިނޭ އަށް މޮޅެއް

ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ” މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ގެ ބުރާސްފަތި ދުވަހުގެ މެޗުތައް ހަނިމާދޫ އާއި ފިނޭ ކާމިޔާބުކޮށްފިއެވެ. ބުރާސްފަތި ދުވަހު ހަވީރު ފިނޭ އާއި ކެލާގެ ފޯރިގަދަ ކުރިމަތިލުމުގައި ފިނޭ މޮޅުވީ 3-2 ސެޓުންނެވެ. ބުރާސްފަތި ދުވަހުގެ ރޭ ކުޅުނީ ހަނިމާދޫ އާއި ވަށަފަރެވެ. މި މެޗު ހަނިމާދޫ ކާމިޔާބުކުރީ 3-1 ސެޓުންނެވެ. މި ނަތީޖާ އަށް ބަލާއިރު […]

ޔުމްނާ ޢަލީ
ދިއްދޫގައި ދޫކޮށްފައިވާ ގޯތިތައް ސާފުނުކުރާނަމަ އަތުލަނީ 📍 ހއ. ދިއްދޫ

ދިއްދޫގައި ދޫކޮށްފައިވާ ގޯތިތައް ސާފުނުކުރާނަމަ އަތުލަނީ

ހއ.ދިއްދޫގައި، ދިރިއުޅުމަށް ދޫކޮއްފައިވާ ގޯތިތަކުގެ ތެރެއިން ސާފުނުކުރާ ގޯތިތައް ސާފުކުރުމަށް އެ ރަށު ކައުންސިލުން މުހުލަތެއްދީ، އެ މުހުލަތުގައި ސާފުނުކުރާ ގޯތިތައް ވަކިކުރުމުގެ ކަންކަން ކުރިއަށްގެންދާނެކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. ދިއްދޫ ކައުންސިލުން ކޮއްފައިވާ އިޢުލާނުގައި ބުނެފައިވަނީ، މީހުން ދިރިއުޅުމަށް ދޫކޮއްފައިވާ ބަންޑާރަ ގޯތިތަކަކީ، ސަރުކާރުން ހަދާފައިވާ ޤަވާޢިދުތަކަށް ޢަމަލު ކުރުމަށް، ޝަރުޠުކުރެވި، އެ ފަރާތްތަކާއި ޙަވާލު ކުރެވިފައިވާ ގޯތިތަކެއްކަމަށެވެ. އެ ގޮތުން ހެދިފައިވާ ޤ...

ފާތިމަތު ސަޙާ
އަހަރު ދުވަހުގެ ޕީއެޗްޑީ ދިރާސާއަކަށް ވެލިފިނޮޅު ސަރަހައްދުގައި އާލާތްތަކެއް ބަހައްޓާތީ ދަތުރުވެރިން ސަމާލުވުމަށް އެދެފި 📍 ހއ. ހޯރަފުށި

އަހަރު ދުވަހުގެ ޕީއެޗްޑީ ދިރާސާއަކަށް ވެލިފިނޮޅު ސަރަހައްދުގައި އާލާތްތަކެއް ބަހައްޓާތީ ދަތުރުވެރިން ސަމާލުވުމަށް އެދެފި

ހއ. ވެލިފިނޮޅު ހިމެނޭ ފަޅުތެރޭގައްޔާއި، ވެލިފިނޮޅާއި ހޯރަފުށްޓާ ދެމެދު އޮންނަ ފަޅު ސަރަޙައްދުގައި ޕީއެޗްޑީ ދިރާސާއަކަށް ބޭނުންވާ ސާމްޕަލް ނެގުމަށާއި މޮނިޓަރ ކުރުމަށް ޚާއްޞަ އާލާތްތަކެއް ބަހައްޓާފައިވާތީ، އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރުން ސަމާލުވުމަށް ހޯރަފުށީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ. ކައުންސިލުން މިކަމަށް އިލްތިމާސްކުރީ އާންމު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ނެރުނު އިޢުލާނެއްގައެވެ. ހޯރަފުށީ ކައުންސިލުން ބުނީ މިއީ ނެޝަނަލް ޔުނިވަރސިޓީ އޮފް ސިންގަޕޯރ އިން ޕީއެޗްޑީ ފުރިހަމަ...

އިބްރާހިމް އަސްވާޤް