މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,983 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,983 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2983 ޚަބަރުގެ ތެރެއިން
ފިއްލަދޫގައި ޤިރާއަތު ލެވެލް 1 އަދި 2 ގެ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ފިއްލަދޫ

ފިއްލަދޫގައި ޤިރާއަތު ލެވެލް 1 އަދި 2 ގެ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް އެ ކައުންސިލް އިދާރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ޤިރާޔަތު ލެވެލް 1 ، 2 ގެ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު ގެދަށުން މި...

އިބްރާހިމް ޚަލީލް
ހޯރަފުއްޓާއި ހަނިމާދޫ ހިމެނޭހެން ހަތަރު ރަށެއްގައި ސްވިމިންގ ޕްލެޓްފޯމެއް ޤާއިމްކުރުމަށް ސޮއިކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުއްޓާއި ހަނިމާދޫ ހިމެނޭހެން ހަތަރު ރަށެއްގައި ސްވިމިންގ ޕްލެޓްފޯމެއް ޤާއިމްކުރުމަށް ސޮއިކޮށްފި

ހއ. ހޯރަފުއްޓާއި ހދ. ހަނިމާދޫ ހިމެނޭހެން 4 ރަށެއްގައި ސްވިމިންގ ޕްލެޓްފޯމެއް ޤާއިމްކުރުމަށް ސޮއިކޮށްފިއެވެ. ސްވިމިންގ ޕްލެޓްފޯމް ގާއިމުކުރަނީ ހޯރަފުއްޓާއި ހަނިމާދޫގެ އިތުރުން ގއ. ވިލިނގިއްޔާއި އައްޑޫ ސިޓީ މަރަދޫފޭދޫގަ އެވެ. މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ފަރާތުން މި މަސައްކަތް ކުރަން ޙަވާލުކޮށްފައިވަނީ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއެވެ. ހޯރަފުއްޓާއި ހަނިމާދޫ ފްލޯޓިންގ ސުވިމިންގ ޕްލެޓްފޯމް ޤާއިމުކުރުމަށް ހަވާލުކޮށްފައިވަނީ އެއް މިލިއަން ތިރީސް ދެހާހަށ...

މުޙައްމަދު އަފްރާޙް
ބާރަށުގެ އެކި ސަރަހައްދުތަކުގައި ދީނީ މެސެޖް ފޯރުކޮށްދޭ ޝިއާރު ބޯޑުތައް ހަރުކޮށްފި 📍 ހއ. ބާރަށް

ބާރަށުގެ އެކި ސަރަހައްދުތަކުގައި ދީނީ މެސެޖް ފޯރުކޮށްދޭ ޝިއާރު ބޯޑުތައް ހަރުކޮށްފި

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުން އިސްނަގައިގެން އެ ރަށުގެ އެކި ސަރަހައްދުތަކުގައި ދީނީ މެސެޖް ފޯރުކޮށްދޭ ޝިއާރު ބޯޑުތައް ހަރުކޮށްފިއެވެ. ކައުންސިލު ޚަރަދުގައި ބޯޑު ހަދައި، ބާރަށުގެ 20 ސަރަހައްދެއްގައި މި ބޯޑުތައް ވަނީ ހަރުކޮށްފައެވެ. މި ބޯޑުތައް ހަރުކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ބާރަށު ފެނަކަ ބްރާންޗްގެ މުވައްޒަފުންނެވެ. މިކަމާއި ގުޅޭގޮތިން “ތިލަދުން” އާއި ވާހަކަފުޅު ދައްކަވަމުން ބާރަށު ކައުންސިލުގެ ރައީސް ޞައްފަތު މުޙައްމަދު ވިދާޅުވެފައި ވަނީ ރަށުގެ އެކި ސަރަހ...

އިބްރާހިމް ޚަލީލް
އިހަވަންދޫ ކައުންސިލަށް މުވައްޒަފުން ނެގުމުގެ ބާރު އަތުލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކައުންސިލަށް މުވައްޒަފުން ނެގުމުގެ ބާރު އަތުލައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ އެންމެހާ ކަންކަން ސިވިލްސާވިސް ކޮމިޝަނުން ކުރިއަށް ގެންދަން ނިންމާފައިވާކަން އެ ކޮމިޝަނުން އިހަވަންދޫ ކައުންސިލަށް އަންގައިފިއެވެ. ސިވިލްސާވިސް ކޮމިޝަނުން މިކަން އިހަވަންދޫ ކައުންސިލަށް އަންގާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު ފޮނުވި ސިޓީއެއް މެދުވެރިކޮށެވެ. އެ ސިޓީގައި ވަނީ ސިވިލަސާވިސްގެ ގާނޫނުގެ ދަށުން އެކަށައަޅާފައިވާ މުޅި ސިވިލްސާވިސްގެ ނިޒާމުގެ މަޤުޞަދަކީ އިސްތިސްނާ ކުރެވިފައިވާ ފަރާތްތައް ފިޔަވައި ދައުލަތުގެ އި...

އިބްރާހިމް ޚަލީލް
ދިއްދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް 📍 ހއ. ދިއްދޫ

ދިއްދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ޖެޓީ ހެދުމުގެ މަޝްރޫއުގެ 61 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. އަދި ބޭރުތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މީގެ އިތުރުމް ރިވެޓްމެންޓް ޕްރޮފައިލް ކުރުމުގެ މަސައްކަތުގެ 81 އިންސައްތަ ނިމިފައިވާއިރު، ހާބަ ޕޭވްމެންޓް އެޅުމުގެ މަސައްކަތުގެ 77 […]

އަޙްމަދު ވަހީދު
ތަކަންދޫ ކޮމިއުނިޓީ ވޮލީބޯޅަ ދަނޑާއެކު ޒުވާނުންނަށް އުފާވެރިކަން! 📍 ހއ. ތަކަންދޫ

ތަކަންދޫ ކޮމިއުނިޓީ ވޮލީބޯޅަ ދަނޑާއެކު ޒުވާނުންނަށް އުފާވެރިކަން!

ހއ. ތަކަންދޫ ކޮމިއުނިޓީ ވޮލީބޯޅަ ދަނޑުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ތަކަންދޫ އެކުވެރިންގެ ރޫހް (ޓީއީއާރު) ގެ ރައީސް އަބްދުލް ރައޫފް ”ތިލަދުން” އަށް ވިދާޅުވީ މިއީ ޔޫތް މިނިސްޓްރީގެ ގްރާންޑުގެ ދަށުން ހެދި ވޮލީ ކޯޓެއް ކަމަށެވެ. އޭނާ ވިދާޅުވީ ވޮލީ ކޯޓުގައި ޓަރފް އެޅުމުގެ ހިޔާލު އައީ ގްރާންޑު ހަމަޖެހުމަށްފަހު ކަމަށާއި އެއީ ރަށުގެ ރައްޔިތުންނަށް ކުޅިވަރު ކުޅުމަށް ތަނެއް ހަދައިދޭއިރު، ވީހާވެސް ރަނގަޅަކަށް ހެދުމަށް ބޭނުންވާތީ ކަމަށެވެ. އަދި ކުރިން ވޮލީ ކުޅުނީ […]

މުޙައްމަދު އަފްރާޙް
ނިއުގެ ފުޓްބޯޅަ އެކަޑަމީއެއް އިހަވަންދޫގައި، ބައިވެރިވާން ހުޅުވާލައިފި 📍 ހއ. އިހަވަންދޫ

ނިއުގެ ފުޓްބޯޅަ އެކަޑަމީއެއް އިހަވަންދޫގައި، ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ފުޓްބޯޅަ އެކަޑަމީ އެއް ހިންގަން ނިންމައި، ބައިވެރިވުމަށް ހުޅުވާލައިފިއެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ބާރެއް ކަމުގައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ބުނީ ފުޓްބޯޅަ ކުޅުމަށް ޝައުގުވެރިވާ ހުރުހައި ކުދިންނަށް މި ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި 100 ކުދިން ހަމަވާ ނަމަ، ރާއްޖެެއިން ބޭރުގެ ކޯޗަކާއި ރާއްޖޭގެ ދެ ކޯޗުންނާއެކު މި އެކަޑަމީ ފެށުމަށް ނިންމާފައިވަނީ މާރޗު މަހު ކަމަށެވެ. މިއީ ގްރޭޑް 1 ން 10 ގެ […]

މުޙައްމަދު އަފްރާޙް
"ކޭޑީ އެންޓަޕްރައިސަސް ދިއްދޫ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރަތުގެ އޮޑިޝަން ނިންމައި، ބައިވެރިން ހޮވައިފި 📍 ހއ. ދިއްދޫ

"ކޭޑީ އެންޓަޕްރައިސަސް ދިއްދޫ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރަތުގެ އޮޑިޝަން ނިންމައި، ބައިވެރިން ހޮވައިފި

ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ރަމަޟާން މަހު ކުރިއަށް ގެންދިޔުމަށް ރާވާފައިވާ “ކޭޑީ އެންޓަޕްރައިސަސް ދިއްދޫ އެންމެ އަލިގަދަ ތަރި 1444” ޤުރުއާން މުބާރާތުގެ އޮޑިޝަން ނިންމައި މުބާރާތަށް 20 ބައިވެރިން ހޮވައިފިއެވެ. މި މުބާރާތުގެ އޮޑިޝަންގައި ވަނީ 33 ފަރާތެއް ބައިވެރިވެފައެވެ. މި މުބާރާތުގެ އިޑިޝަން ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 27، 28 މި ދެ ދުވަހުއެވެ. މި […]

އިބްރާހިމް ޚަލީލް
ކެލާ ރަމްޒުކޮށްދޭ މޮނިއުމެންޓު ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ކެލާ

ކެލާ ރަމްޒުކޮށްދޭ މޮނިއުމެންޓު ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ ކެލާ ރަމްޒުކޮށްދޭ މޮނިއުމަންޓު ފަރުމާ ކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެ ފުރުޞަތު ކެލާ ކައުންސިލުން ހުޅުވާލައިފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވަނީ، މޮނިއުމެންޓް ފަރުމާ ކުރުމުގައި ވިސްނަންވީ ކަންކަމުގެ މަޢުލޫމާތު ވަރަށް ތަފްސީލްކޮށް ހިމަނާފައެވެ. މިގޮތުން ހުށަހަޅާ ޑިޒައިން އޮރިޖިނަލް ޑިޒައިނަކަށް ވާނެ ޖެހޭނެކަމަށާއި، މޮނިއުމެންޓެއްގެ ކޮޕީއަކަށް ނުވަތަ މޮނިއުމެންޓެއްގެ ބައެއްގެ ކޮޕީއެއް ހިމަނައިގެން ނުވާނެ ކަމަށާއި އަދ...

އިބްރާހިމް ޚަލީލް
އުލިގަމު ދަނޑުވެރިންނަށް ފަންނީ މައުލޫމާތު ދިނުމަށް ޕްރޮގްރާމެއް ހިންގަނީ

އުލިގަމު ދަނޑުވެރިންނަށް ފަންނީ މައުލޫމާތު ދިނުމަށް ޕްރޮގްރާމެއް ހިންގަނީ

ހއ. އުލިގަމު ދަނޑުވެރިންނަށް ބޭނުންވާ ފަންނީ މައުލޫމާތު ދިނުމަށް ޕްރޮގްރާމެއް ހިންގަން ނިންމައިފިއެވެ. އުލިގަމު ކައުންސިލު އިދާރާ އިން ކޮށްފައިވާ އިއުލާނެއްގައި ވަނީ މިއީ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) އާއި ގުޅިގެން ހިންގާ ޕްރޮގްރާމެއް ކަމަށެވެ. އަދި މައުލޫތާތު ދެއްވާނީ ދަނޑުވެރިކަމާއި ބެހޭ ވުޒާރާގެ ބޭފުޅުން އެރަށަށް ވަޑައިގެން ކަމަށެވެ. އެ ބޭފުޅުން އެރަށުގެ ދަނޑުބިންތަކަށް ޒިޔާރަތްކޮށް، ދަނޑުވެރިންނާ ބައްދަލުކޮށް ދަނޑުވެރިން ހައްދާ އަދި ހައްދަން ބޭނުންވާ ބާވަތްތަކުގެ ފަންނީ ލަފާ ދެ...

މުޙައްމަދު އަފްރާޙް
ރައީސް ދިއްދޫއަށް ވަޑައިގެން ވީ ގިނަ ވަޢުދު އަދިވެސް ހުރީ ނުފުއްދަވާ: ދިއްދޫ ކައުންސިލް 📍 ހއ. ދިއްދޫ

ރައީސް ދިއްދޫއަށް ވަޑައިގެން ވީ ގިނަ ވަޢުދު އަދިވެސް ހުރީ ނުފުއްދަވާ: ދިއްދޫ ކައުންސިލް

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހއ. ދިއްދޫއަށް ވަޑައިގެން އެ ރަށަށް ކޮށްދެއްވާނެކަމަށް ވަޢުދުވެ ވަޑައިގެން ކަންތައްތަކުގެ ތެރެއިން ގިނަ ކަންތައްތައް، ރައީސްގެ ދަޢުރު ނިމުމާއު ގާތްވެފައިވާއިރު ވެސް ނުފުދި ވާކަމަށް ވިދާޅުވެ، އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފިއެވެ. ދިއްދޫ ކައުންސިލްގައި ތިއްބަވާ 7 މެންބަރުންކުރެ 5 މެންބަރެއް ސޮއިކުރަށްވާ ނެރުއްވާފައިވާ އެ ބަޔާނުގައ ިއެ ކައުންސިލުނ...

އިބްރާހިމް ޚަލީލް
އިހަވަންދޫ މިސްކިތްތަކުގައި ނެވިލޯން އަޅައިދޭނެ ފަރާތެއް ހޯދަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ މިސްކިތްތަކުގައި ނެވިލޯން އަޅައިދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގެ ހަތަރު މިސްކިތެއްގައި ނެވިލޯން އަޅައިދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށްއެދި އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން އޮންލައިންކޮށް ރަޖިސްޓަރީވާން ޖެހެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ މިއްދަތުގައި ރަޖިސްޓަރީވާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓަރީ ފޯމް: https://forms.gle/erZWSt7zX9wVo43o8 މި މަސައްކަތަށް އަންދާސީ ހިސާބު ހުށ...

އިބްރާހިމް ޚަލީލް
ބާރަށު ކައުންސިލުގެ ރަސްމީ ލޯގޯ އިފްތިތާހް ކޮށްފި 📍 ހއ. ބާރަށް

ބާރަށު ކައުންސިލުގެ ރަސްމީ ލޯގޯ އިފްތިތާހް ކޮށްފި

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް އިދާރާގެ ރަސްމީ ލޯގޯ އިފްތިތާހް ކޮށްފިއެވެ. ބާރަށު ކައުންސިލުގެ ރަސްމީ ލޯގޯ އިފްތިތާހް ކޮށްފައި ވަނީ އެކަމަށްޓަކައި މި މަހު 19 ވީ ބުރާސްފަތި ދުވަހުގެ ރޭ އެ ކައުންސިލުގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. އެ ހަފްލާގައި ވަނީ ލޯގޯގެ އިތުރުން އެ ކައުންސިލުގެ ދިދައާއި، ސްޓާފް ކާޑާއި ލެޓަހެޑުގެ އިތުރުން ޔުނީފޯމް ވެސް އިފްތިތާހް ކޮށްފައެވެ. އެ ހަފްލާ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުގެ ރައީސް […]

އިބްރާހިމް ޚަލީލް
ތަކަންދޫ ކައުންސިލް ބައި-އިލެކްޝަން: ގޮނޑި އެމްޑީޕީއަށް 📍 ހއ. ތަކަންދޫ

ތަކަންދޫ ކައުންސިލް ބައި-އިލެކްޝަން: ގޮނޑި އެމްޑީޕީއަށް

ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލުގެ އަންހެން މެމްބަރު ހޮވުމަށް ބޭއްވި ބައި އިލްކްޝަން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކާމިޔާބު ކޮށްފިއެވެ. މި އިންތިހާބު މިއަދު ބާއްވާފައިވާއިރު، ވާދަ ކޮށްފައި ވަނީ ދެ މެމްބަރެކެވެ. އެއީ އެމްޑީޕީ ޓިކެޓުގައި ވާދަކުރި ފާތިމަތު ޝައުފާއާއި އަމިއްލަ ގޮތުން ވާދަކުރި ފަހީމާ މުޙައްމަދެވެ. މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 675 ފަރާތަކަށް ލިބިފައިވާއިރު، ވޯޓް ލާފައި ވަނީ 448 ފަރާތެކެވެ. ސައްހަ ވޯޓްގެ ގޮތުގައި 440 ވޯޓް ކަނޑައަޅާފައިވާއިރު […]

އިބްރާހިމް ޚަލީލް
އިހަވަންދޫ ޒުވާނުންގެ ގްރޫޕަކަށް ފެނުނު ކިނބުލެއް ހިފައި، ސިފައިންނާއި ހަވާލުކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ޒުވާނުންގެ ގްރޫޕަކަށް ފެނުނު ކިނބުލެއް ހިފައި، ސިފައިންނާއި ހަވާލުކޮށްފި

ސްޕޯޓު ފިސިންގް އަށް ނުކުމެ އުޅުނު ހއ. އިހަވަންދޫ ޒުވާނުންގެ ގުރޫޕަކައް ފެނުނު ކިނބުލެއް ސިފައިންނާއި ހަވާލުކޮށްފިއެވެ. މަސްވެރި އިހަވަންދޫ ފޭސްބުކް ޕޭޖުގައި ބުނެފައިވާ ގޮތުގައި، ސްޕޯޓު ފިސިންގް އަށް ނުކުމެ އުޅުނު އިހަވަންދޫ ޒުވާނުންގެ ގުރޫޕަކައް މިއަދު ވަނީ ކިނބުލެއް ފެނިފައެވެ. އެ ކިނބޫ ފެނިފައި ވަނީ ހޯރަފުއްޓާ އެއް ފަޅެއްގައި އޮންނަ އުނގުލިފިނޮޅާއި ހުވަހަންދޫއާ ދެމެދުންނެވެ. ”ކިނބޫފެނުމުން އެސޮރު ގެއްލިދާނެ ކަމުގެ ބިރުއޮތުމުން ޑިންގީގައި އެވަގުތު ތިބި 4 ޒުވާނުންގެ ހުށިޔާރުކަމާއެކު ވަރަށް ރައް...

މުޙައްމަދު އަފްރާޙް