ފިއްލަދޫގެ ޝަރަފްވެރި ހިދުމަތްތެރިންގެ އަގުވަޒަން ކުރުމަށް އެވޯޑް ދެނީ
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫއަށް ޝަރަފްވެރި ޚިދުމަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ، ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެ ރަށު ކައުންސިލުން ދިނުމަށް ނިންމާފައިވާ “ދޮންއުމަރު އެވޯޑް” ދިނުމުގެ އުސޫލް އާންމުކޮށްފިއެވެ. މި އެވޯޑަކީ ތަފާތު ދާއިރާތަކުން ދިގު މުއްދަތަކަށް ޝަރަފްވެރި ޚިދުމަތްތަކެއް އެ ރަށަށް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި، ތަފާތު ދާއިރާތަކުން އަގުހުރި ޚިދުމަތްތަކެއް އެ ރަށަށް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި، ރަށަށް އެންމެ ޚިދުމަތްތެރި ފަރާތްތަކަށާއި، ދުނިޔޭގެ ފެންވަރުގައްޔާއ...