މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,984 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,984 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2984 ޚަބަރުގެ ތެރެއިން
އިހަވަންދޫގައި 12 އަހަރުގެ ކުއްޖަކު ބަލިވެއިން ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: ފުލުހުން 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި 12 އަހަރުގެ ކުއްޖަކު ބަލިވެއިން ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: ފުލުހުން

ހއ. އިހަވަންދޫގައި 12 އަހަރުގެ ކުއްޖަކު ބަލިވެއިން ކަމަށް ބުނެ މީސްމީޑިއާގައި ފެތުރެމުންދާ ޚަބަރަކީ ދޮގު ޚަބަރެއްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ހާމަކޮށްފައެވެ. ފުލުހުންގެ މީޑިއާ ގުރޫޕުގައި ކުރި ސުވާލަކަށް ޖަވާބުދެމުން ފުލުހުން ބުނެފައިވަނީ، އިހަވަންދޫގައި މިފަދަ ހާދިސާއެއް ހިނގާފައި ނުވާ ކަމަށެވެ. “މިއީ ރަށުގެ ނަމަށް ހުތުރުވާގޮތަށް ފަތުރާފައިވާ ދޮގު މަޢުލޫމާތެއް” މިކަމުގެ ކަންބޮޑުވުން ހިއްސާކުރަމުން އެރަށު މީހަކު ބުނެފައިވެއެވެ. މި ދޮގު ޚަބަރު ފެތުރުމާ ގުޅިގެން އިހަވަންދޫގެ ގިނަ ރައްޔ...

އަލީ އާދިލް
އިތުރު ދެ އެވޯޑާއެކު ޕީއެސްއެމްގެ އަހަރުގެ އެންމެ މޮޅު މުވައްޒަފަކަށް މުޢާޛު 📍 ހއ. ދިއްދޫ

އިތުރު ދެ އެވޯޑާއެކު ޕީއެސްއެމްގެ އަހަރުގެ އެންމެ މޮޅު މުވައްޒަފަކަށް މުޢާޛު

ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ ޚަބަރު ޗެނަލް، ޕީއެސްއެމް ނިއުސްގެ އަހަރުގެ އެންމެ މޮޅު މުވައްޒަފަކަށް ސީނިއަރ ނިއުސް އެޑިޓަރ ޢަބްދުﷲ މުޢާޛު ހޮވިއްޖެއެވެ. ޕީއެސްއެމްގެ އަހަރީ އެވޯޑު ޙަފްލާ ރޭ ބާއްވާފައިވާއިރު، ހއ. ދިއްދޫ އަށް ނިސްބަތްވާ މުޢާޛު އަށް ވަނީ އެންމެ މޮޅު މުވައްޒަފުގެ އެވޯޑްގެ އިތުރުން، ބެސްޓް ނިއުސް ޕްރެޒެންޓަރގެ އެވޯޑާއި އަދި ބެސްޓް އެޑިޓަރގެ އެވޯޑު ވެސް ލިބިފައެވެ. މުޢާޛު ވަނީ ޕީއެސްއެމް ނިއުސްގެ ބެސްޓް އެންކަރ އަދި ޕްރެޒެންޓަރ […]

ޙުސައިން ޝަހުދީ
އިހަވަންދޫގައި ފައިސާތަކަކާއި ގަހަނާތަކެއްގެ ވެރިފަރާތް ހޯދަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ފައިސާތަކަކާއި ގަހަނާތަކެއްގެ ވެރިފަރާތް ހޯދަނީ

ހއ. އިހަވަންދޫގައި ހޮވައިގެން ގެނެސްފައިވާ ފައިސާތަކަކާއި ރަންތަކެއްގެ ވެރިފަރާތް ހޯދަން އެރަށު ކޯޓުން އިއުލާންކޮށްފި އެވެ. އިހަވަންދޫ ކޯޓުން މިއަދު އިއުލާންކުރީ އެކިފަހަރު މަތިން ހޮވައިގެން ގެނެސްފައިވާ ފައިސާތަކާއި ހަތަރު ރަން އަނގޮޓި އާއި ތިން ރަށް ފަށާއި ރަނުގެ ހަތް ކެވެލި ކޮޅާއި ރަނުން ހަދާފައިވާ ކަންފަތުގައި ލާ ތިން އެތިކޮޅާއި ރަނުގެ ތިން ފަށުފުލާއި އެއް ރިހި ފަށާއި ދެ ރިހި ކެވެއްޔާއި ދެ ރިހި އަނގޮޓި އެވެ. ނަމަވެސް ފައިސާގެ އަދަދު ކޯޓުން […]

ހުސައިން ހަބީބް
މާރަންދޫގައި ބޭއްވި ހަށިހެޔޮ ދުޅަހެޔޮ ޕްރޮގްރާމް ނިންމާލައިފި 📍 ހއ. މާރަންދޫ

މާރަންދޫގައި ބޭއްވި ހަށިހެޔޮ ދުޅަހެޔޮ ޕްރޮގްރާމް ނިންމާލައިފި

ހއ. މާރަންދޫގައި ބޭއްވި ހަށިހެޔޮ ދުޅަހެޔޮ ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައި، މި ޕްރޮގަރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ޕްރޮގްރާމުގެ ނިންމުމުގެ ރަސްމިއްޔާތު 2 މެއި 2025 ވީ ހުކުރު ދުވަހު ބާއްވާފައިވާއިރު މި ރަސްމިއްޔާތުގައި މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މާރަންދޫ އަންހެނުން ތަރައްޤީކުރާ ކޮމިޓީ އާއި އެ ރަށު ކައުންސިލާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އިތުރުން ހއ. އަތޮޅު ޕޮލިސް ސްޓޭޝަނާއި ގުޅިގެން ބޭއްވި މި ޕްރޮގްރާމަކީ އަންހެނުންނަށް ޙާއްސ...

އައިޝަތު އައިނީ އާމިރު
ބާރަށު ފާލަންމަތީގައި ބަހައްޓާފައި ހުންނަ ތަކެތި ނެގުމަށް ކައުންސިލުން އެދިއްޖެ 📍 ހއ. ބާރަށް

ބާރަށު ފާލަންމަތީގައި ބަހައްޓާފައި ހުންނަ ތަކެތި ނެގުމަށް ކައުންސިލުން އެދިއްޖެ

ހއ. ބާރަށުގެ ފާލަންމަތީގައި އަމިއްލަ ފަރާތްތަކުން ބަހައްޓާފައިވާ ތަކެތި ނެގުމަށް ބާރަށު ކައުންސިލުން އެދިއްޖެއެވެ. ބާރަށު ކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ، ރަށުގެ ފާލަންމަތީގައި އަމިއްލަ ފަރާތްތަކުން އެއްޗެހި ބަހައްޓާފައިވާކަމަށް އިދާރާގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި މި ތަކެތި ނެގުމަށް ރައްޔިތުންގެ ފަރާތުން ކުރިންވެސް އެދިފައިވާކަމަށެވެ. އެހެންނަމަވެސް، ބައެއް ތަކެތި ނަގައިފައިނުވާކަމަށާއި އިތުރަށް ތަކެތި ބަހައްޓާފައިވާކަމަށް ކައުންސިލުން ފާހަގަކޮށްފައިވެއެވެ. އެގޮތުން، މިހ...

އައިޝަތު އައިނީ އާމިރު
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހަނިމާދޫ އާއި ފިއްލަދޫއިން 5 މީހަކު ހައްޔަރު 📍 ހދ. ހަނިމާދޫ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހަނިމާދޫ އާއި ފިއްލަދޫއިން 5 މީހަކު ހައްޔަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ހދ.ހަނިމާދޫ އާއި ހއ.ފިއްލަދޫއިން 5 މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މިމަހު 29 ވަނަ ދުވަހު މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އަޕަރ ނޯތު ޕޮލިހާއި ޑްރަގް އެންފޯސްމަންޓު އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އާއި ގުޅިގެން ހދ. ހަނިމާދޫއާއި ހއ. ފިއްލަދޫ ގައި ދެ އޮޕްރޭޝަނެއް ހިންގާފައިވާކަމަށެވެ. މި އޮޕަރޭޝަންތަކުގައި މަސްތުވަތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ 5 މީހަކ...

އައިޝަތު އައިނީ އާމިރު
ފަންނީ ކޯސްތަކުގައި ކިޔެވުމަށް، ހއ.އަތޮޅު ކައުންސިލުން މާލީ އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ފަންނީ ކޯސްތަކުގައި ކިޔެވުމަށް، ހއ.އަތޮޅު ކައުންސިލުން މާލީ އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހއ.އަތޮޅު ކައުންސިލުން، ކޮލެޖު އަދި ޔުނިވަސިޓީގެ ކޯސްތަކުގައި ކިޔަވާ ހއ.އަތޮޅުގެ ކައުންސިލްތަކުގެ 2 މުވައްޒަފުންނަށް މާލީ އެހީތެރިކަން ދިނުމުގެ އެއްބަސްވުންތަކުގައި އިއްޔެ ސޮއިކޮށްފިއެވެ. ހއ. އަތޮޅުގެ ކައުންސިލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ފަންނީ ކޯސްތަކުގައި ކިޔަވާ މުވައްޒަފުންނަށް މާލީ އެހީތެރިކަން ދިނުމަށް ހއ. އަތޮޅު ކައުންސިލުން ނިންމީ އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 149 ވަނަ ޢާންމު ބައްދަލުވުމުގައެވެ. މިގޮތުން މި އަހަރު އެ ކައުންސިލުން ހިންގުމަށް ނިންމާފައިވާ ޙަރަކާތްތަކ...

ޔުމްނާ ޢަލީ
ހޮސްޕިޓަލަށް ގުޅުމަށް ދަތިތަކެއް ކުރިމަތިވެދާނެ: ހއ.އަތޮޅު ހޮސްޕިޓަލް

ހޮސްޕިޓަލަށް ގުޅުމަށް ދަތިތަކެއް ކުރިމަތިވެދާނެ: ހއ.އަތޮޅު ހޮސްޕިޓަލް

ހއ.އަތޮޅު ހޮސްޕިޓަލްގެ ނަންބަރުތަކަށް ގުޅުން ދަތިތަކެއް ކުރިމަތިވެދާނީ އިމަރޖެންސީ ނަންބަރަށް ގުޅުމަށް އެ ހޮސްޕިޓަލުން އެދިއްޖެއެވެ. އެ ހޮސްޕިޓަލުން ބުނީ، އެ ހޮސްޕިޓަލްގައި ދިރާގުގެ ކްލައުޑް ވޮއިސް ސިސްޓަމްގެ މެއިންޓެނަންސް މަސައްކަތެއް ކުރަމުން އަންނަކަމަށެވެ. މި މަސައްކަތް ހިނގާތީ އެ ހޮސްޕިޓަލްގެ ބައެއް ނަންބަރުތަކަށް ގުޅުމުގައި ދަތިތަކެއް ކުރިމަތިވުން އެކަށީގެންވާކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ، އެހެންވެ އިމަރޖެންސީ ޙާލަތްތަކުގައި އެ ހޮސްޕިޓަލްގެ 7290054 އަށް ގުޅުއްވުމަށް ހއ. އަތޮޅު ހޮސްޕިޓަލ...

ޔުމްނާ ޢަލީ
އިހަވަންދޫ ބަނދަރުގައި ގަވައިދާ ހިލާފަށް އަޅާފައިވާ އުޅަނދެއްގެ ވެރިފަރާތް ހޯދަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބަނދަރުގައި ގަވައިދާ ހިލާފަށް އަޅާފައިވާ އުޅަނދެއްގެ ވެރިފަރާތް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ބަނދަރުގައި ގަވައިދާ ހިލާފަށް އަޅާފައިވާ ދެކަނދުލީ އުޅަނދެއްގެ ވެރިފަރާތް ހޯދަން އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. އެ އުޅަނދުގެ ވެރިފަރާތެއްވާނަމަ ހަތް ދުވަސްތެރޭ އެ އިދާރާއަށް އެންގުމަށް އެ ކައުންސިލުންކުރި އިއުލާނުގައި ވަނީ ބުނެފައެވެ. އެ މުއްދަތުގެ ތެރޭގައި އުޅަނދުގެ ވެރިޔަކު ނުވެއްޖެނަމަ، އެ ކައުންސިލަށް ފެންނަ ގޮތެއްގެ މަތިން އުޅަނދާއި މެދު އަމަލުކުރެވޭނެ ކަމުގައި އެ ކައުންސިލުންކުރި އިއުލާނުގައި ބުނެފައިވެއެވެ.

އިބްރާހިމް ޚަލީލް
ތިލަދުންމަތީގެ 9 ރަށުން ވާދަކުރާ "މުރައިދޫ ވެޓަރަންސް ވޮލީ މުބާރާތް" ޖޫން މަހު 📍 ހއ. މުރައިދޫ

ތިލަދުންމަތީގެ 9 ރަށުން ވާދަކުރާ "މުރައިދޫ ވެޓަރަންސް ވޮލީ މުބާރާތް" ޖޫން މަހު

ތިލަދުންމަތީގެ 9 ރަށަކުން ވާދަކުރާ “މުރައިދޫ ވެޓަރަންސް އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމަންޓް 2025” އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހު ފަށަން ތާވަލުކޮށްފިއެވެ. މި މުބާރާތް އިންތިޒާމްކޮށް ހިންގަނީ، ހއ.މުރައިދޫގައި ހިންގަމުން އަންނަ އެކަޑަމީއެއް ކަމަށްވާ “ނިޔާ އެކަޑަމީ” އިން ނެވެ. މުރައިދޫގައި ބާއްވާ މި މުބާރާތުގައި މުރައިދޫގެ އިތުރުން ވާދަކުރަނީ އިންތިޒާމްކުރާ ފަރާތުން އިންވައިޓް ކޮށްފައިވާ 8 ރަށަކުންނެވެ. އެ ރަށްތަކަކީ ހއ.ބާރަށް، ހއ.ކެލާ، ހއ.އުތީމް، ހއ.ވަށަފަރު، ހއ.ފިއްލަދޫ، ހއ.ދިއްދޫ އަދި ހދ.ފިނޭގެ...

އިބްރާހިމް ޚަލީލް
ހޯރަފުށީ ބަނދަރު ސަރަހައްދުގައި ކަދުރު ރުއް އިންދަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީ ބަނދަރު ސަރަހައްދުގައި ކަދުރު ރުއް އިންދަނީ

ހއ. ހޯރަފުށީ ބަނދަރު ސަރަހައްދުގައި ޖެހުމަށް ބޭނުންވާ ކަދުރު ރުއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ހޯރަފުށީ ކައުންސިލުން އިއުލާންކޮށްފިއެވެ. ހޯރަފުށީ ކައުންސިލުން ކުރި އިއުލާނުގައިވާ ގޮތުން މި މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށް، ހޯރަފުށީ ކައުންސިލް އިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުމަށް އެދިފައިވެއެވެ. އެގޮތުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފޯމް ހުށަހެޅުމަށް ފުރުސަތު ދީފައިވަނީ 24 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11 ޖަހާއިރުން...

އައިޝަތު އައިނީ އާމިރު
ހޯރަފުށީގައި ތަޢުލަޤް ދީނީ ސުވާލު މުބާރާތެއް 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ތަޢުލަޤް ދީނީ ސުވާލު މުބާރާތެއް

ހއ. ހޯރަފުށީގައި “ތަޢުލަޤް ދީނީ ސުވާލު މުބާރާތް 2025” ފަށައިފިއެވެ. އޭޕްރީލް 20 އިން 24 އަށް ކުރިއަށް ގެންދާ މި މުބާރާތަކީ ހއ. އަތޮޅު މަދަރުސާގެ ގްރޭޑް 6 އިން ދަށުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު ކުރިއަށް ގެންދާ މުބާރާތެކެވެ. އެގޮތުން 60 އަށް ވުރެއް ގިނަ ދަރިވަރުން މިއަހަރު ވަނީ ބައިވެރިވެފައެވެ. މި މުބާރާތް ކޮންމެ އަހަރަކު ބޭއްވުމުގެ މަގުސަދަކީ، އިސްލާމީ ތަރުބިއްޔަތު އެނގިތިބި، ދީނީ ކަންކަމަށް ފަރުވާތެރިވެ، މައިންބަފައިންދެކެ ލޯބިވާ، އަދި […]

އައިޝަތު އައިނީ އާމިރު
ފިއްލަދޫގައި ބާއްވާ ހިޔަލަ ބާޒާރުގައި ބައިވެރިވުމަށް ހުޅުވާލައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫގައި ބާއްވާ ހިޔަލަ ބާޒާރުގައި ބައިވެރިވުމަށް ހުޅުވާލައިފި

ހއ. ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ކައުންސިލުން ގުޅިގެން އަންހެނުންނަށް އަމާޒުކޮއްގެން ބާއްވާ ހިޔަލަ ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމިގެ މައިގަނޑު މަޤުސަދަކީ، ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ކައުންސިލުން ގުޅިގެން ރަށުގެ އަންހެނުންގެ އުފެއްދުންތަކަށް ހާއްސަކޮށްގެން، ކުރިއަށްގެންދެވޭ ބާޒާރެއް އުފެއްދުމެވެ.  އެގޮތުން މި ޕްރޮގްރާމުގައި އުފެއްދުންތެރިކަމުގެ ހުނަރު ދައްކާލުމަށް ގްރޫޕްތަކަށާއި ވަކި ވަކި ފަރުދުނ...

އައިޝަތު އައިނީ އާމިރު
ހއ.އަތޮޅު ރައްޔިތުން ޕިކްނިކް ދާނެ ދެ ރަށް ހޯދަން އެދެން ފާސްކޮށްފި

ހއ.އަތޮޅު ރައްޔިތުން ޕިކްނިކް ދާނެ ދެ ރަށް ހޯދަން އެދެން ފާސްކޮށްފި

ހއ.އަތޮޅު ރައްޔިތުން ޕިކްނިކް ދާނެ ދެ ރަށް ހޯދަން ރައީސް އޮފީހުގައި ދެންނެވުމަށް އެއަތޮޅު ކައުންސިލުން ފާސްކޮށްފިއެެވެ. ހއ. އަތޮޅު ކައުންސިލުން މިގޮތަށް ފާސްކުރީ 15 އޭޕްރިލް 2025 ގައި ބޭއްވި އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 155 ވަނަ ބައްދަލުވުމުގައެވެ. ހއ. އަތޮޅު ކައުންސިލުން ނިންމާފައި ވަނީ އެ އަތޮޅު ރައްޔިތުން ޕިކްނިކް ދާނެ ދެ ރަށް އަތޮޅުގެ ދެ ބިތުން ހަމަޖެއްސުމަށް ދެންނެވުމަށެވެ. މި ގޮތުން ދެ ރަށެއް އެ ކައުންސިލުން ވަނީ […]

ޔުމްނާ ޢަލީ
ދިއްދޫގެ ވެމްކޯ އޮޕަރޭޝަނަށް ބޭނުންވާ ކޮމްޕެކްޓަރ އާއި ޕިކަޕު ދިއްދުއަށް 📍 ހއ. ދިއްދޫ

ދިއްދޫގެ ވެމްކޯ އޮޕަރޭޝަނަށް ބޭނުންވާ ކޮމްޕެކްޓަރ އާއި ޕިކަޕު ދިއްދުއަށް

ހއ. ދިއްދޫގައި ކުނީގެ ހިދުމަތް ދިނުމަށް ވެމްކޯގެ އޮޕަރޭޝަނަށް ބޭނުންވާ ކޮމްޕެކްޓަރ އަދި ޕިކަޕު އިއްޔެ އެރަށަށް ގެންގޮސްފިއެވެ. ދިއްދޫގައި ވެމްކޯ މެދުވެެރިކޮށް ކުނީގެ ޚިދުމަތް ފޯރުކޮށް ދިނުމަކީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރުން ވެފައިވާ ވަޢުދެކެވެ. މަޖިލީހުގެ އިންތިޚާބުގެ ވަޢުދާއި އެއްގޮތަށް 22 ފެބްރުއަރީ 2025 ގައި އެރަށުގައި ވަނީ ވެމްކޯގެ ޚިދުމަތް ފަށާފައެވެ. މި މަސައްކަތާއެކު އެރަށުގައި ހުރި ކުނި ފުނިވެސް މިހާރު ދަނީ ނަގަމުންނެވެ. މިކަމަކީ އެރަށުގެ ރައްޔިތުންނަށް ވަރަށް...

އައިޝަތު އައިނީ އާމިރު