މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • އައު ޚަބަރު ފިއްލަދޫގައި ޕޯލްޓްރީ ފާމް ހަދަން 20 އަހަރަށް ހަތަރު ބިން ދޫކޮށްފި
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,984 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,984 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2984 ޚަބަރުގެ ތެރެއިން
އުލިގަމުގައި މަގުތަކުގައި އައު މަގުބައްތި ޖަހައިދޭނެ ފަރާތެއް ހޯދަނީ

އުލިގަމުގައި މަގުތަކުގައި އައު މަގުބައްތި ޖަހައިދޭނެ ފަރާތެއް ހޯދަނީ

ހއ. އުލިގަމު މަގުތަކުގައި އައު މަގުބައްތިޖެހުމާއި، މިހާރު ހުރި މަގު ބައްތި ތަކަށް އަލުން ކޭބަލް އެޅުމާއި ބޭނުންވާ ތަކެތި ފޯރުކޮށްދީ މަގުމަތީ ކޭބަލް އަޅާ ބައްތި ޖަހާ މީޓަރު ފޮށި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް އުލިގަމު ކައުންސިލުން އިއުލާނުކޮށްފިއެވެ. އުލިގަމު ކައުންސިލުން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، އެ އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 3 ސެޕްޓެމްބަރ 2025 އިން 11 ސެޕްޓެމްބަރ 2025 އަށް ބަންދު ނޫން ކޮންމެ […]

އައިޝަތު އައިނީ އާމިރު
ހއ.އަތޮޅު ހޮސްޕިޓަލުގައި ސްޕީޗު ތެރަޕީގެ ޚިދުމަތް ފަށައިފި

ހއ.އަތޮޅު ހޮސްޕިޓަލުގައި ސްޕީޗު ތެރަޕީގެ ޚިދުމަތް ފަށައިފި

ހއ. އަތޮޅު ހޮސްޕިޓަލުގައި ސްޕީޗު ތެރަޕީގެ ޚިދުމަތް އިއްޔެ ފަށައިފިއެވެ. މި ޚިދުމަތް ފެށުމާއި ގުޅިގެން ހއ އަތޮޅު ހޮސްޕިޓަލުން ބުނެފައިވަނީ، މި ޚިދުމަތް ފެށުމުން ހއ އަތޮޅުގައި ޚިިދުމަތް ބޭނުންވާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ވާނެކަމަށާއި، މިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށެވެ. އެގޮތުން އެ ހޮސްޕިޓަލުގައި މި ޚިދުމަތް ވީހާވެސް އަވަހަށް ފެށުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، އިސްނަގައިގެން ސްޕީޗު ތެރަޕިސްޓެއް ހޯދައިދީފައިވަނީ ހއ. ދިއްދޫ ދިއްގާ ފައުންޑޭޝަނުންނެވެ. މި ފައުންޑޭޝަނުން ކޮށްދިނ...

އައިޝަތު އައިނީ އާމިރު
ހަމަސްދުވަހުގެ މުއްދަތަށް ކެލާގައި ބާއްވާ ކަސްރަތު ޕްރޮގުރާމުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. ކެލާ

ހަމަސްދުވަހުގެ މުއްދަތަށް ކެލާގައި ބާއްވާ ކަސްރަތު ޕްރޮގުރާމުގައި ބައިވެރިވާން ހުޅުވާލައިފި

ހަމަސްދުވަހުގެ މުއްދަތަށް ހއ.ކެލާގައި ބާއްވާ ކަސްރަތު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ކެލާ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ގުޅިގެން ކެލާ ރައްޔިތުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ކެލާ ކައުންސިލުން ކުރި އިއުލާނުގައި ބުނީ މި ކަސްރަތު ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ 14:00ގެ ކުރިން ކެލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ހައްވ...

އިބްރާހިމް ޚަލީލް
އިހަވަންދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “”އިހަވަންދޫ ކައުންސިލް ކަޕް ފުޓުބޯޅަ މުބާރާތް 2025” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އިހަވަންދޫ ކައުންސިލުން ބުނީ މި މުބާރާތަކީ އެ ރަށުގެ ޒުވާނުންނަށް ހާއްސަކޮށްފައިވާ މުބާރާތެއް ކަމަށާއި، ވުމާއިއެކު މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ނިންމާފައި ވަނީ ރަށު ޓީމްތަކަށް އެކަނި ކަމަށެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހުއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް...

އިބްރާހިމް ޚަލީލް
އިހަވަންދޫ ކައުންސިލް ކަޕް، ވޮލީ މުބާރާތް ފެށިގެން ކުރިއަށް 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކައުންސިލް ކަޕް، ވޮލީ މުބާރާތް ފެށިގެން ކުރިއަށް

ހއ.އިހަވަންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކައުންސިލް ކަޕް، ފިރިހެން ވޮލީބޯޅަ މުބާރާތް 2025” ފެށިގެން ފޯރިއާއިއެކު އެބަކުރިއަށްދެއެވެ. މި މުބާރާތް ފަށާފައި ވަނީ މި މަހު އެއްވަނަ ދުވަހުއެވެ. މުބާރާތް ކުރިއަށްދަނީ އެ ރަށު ހުރަވީ އައުޓްޑޯ ވޮލީ ކޯޓުގައެވެ. މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމަކުން ވާދަކުރެއެވެ. އެ ޓީމަތްކަކީ އެންވީކޭ، މިސްކިތްމަގު އެސްސީ، ޖަންގަލް އަދި ޔުނައިޓެޑް ޔޫތެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައި ވަނީ ޖަންގަލްއާއި ޔުނައިޓެޑް ޔޫތެވެ. އެ […]

އިބްރާހިމް ޚަލީލް
ތުރާކުނު ކައުންސިލްގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި 📍 ހއ. ތުރާކުނު

ތުރާކުނު ކައުންސިލްގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ހއ. ތުރާކުނު ކައުންސިލް ޤުރުއާން މުބާރާތް 2025 ގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލަމުން ތުރާކުނު ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި މުބާރާތް ހުޅުވާލެވިފައިވަނީ ތުރާކުނު ސްކޫލު މަދަރުސާތަކުގެ ދަރިވަރުންނަށާއި ރަށުގެ ރަށްވެހިންނަށް އަދި ރަށުގައި ދިރިއުޅޭ ފަރާތްތަކަށް ކަމަށެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:30 ގެ ކުރިން ކައުންސިލުން އާން...

އައިޝަތު އައިނީ އާމިރު
ތުރާކުނު ކައުންސިލުން އެ ރަށު ސްކޫލަށް 20،000 ރުފިޔާގެ މާލީ 📍 ހއ. ތުރާކުނު

ތުރާކުނު ކައުންސިލުން އެ ރަށު ސްކޫލަށް 20،000 ރުފިޔާގެ މާލީ

ހއ. ތުރާކުނު ކައުންސިލުން އެ ރަށު ސްކޫލަށް 20،000 ރުފިޔާގެ މާލީ އެހީ ފޯރުކޮށްދީފިއެވެ. ތުރާކުނު ކައުންސިލުން ބުނީ، މި އެހީތެރިކަމަކީ ދަރިވަރުންގެ ރަސްމީ ތަޢުލީމާއި، މުދައްރިސުންގެ ފަންނީ ހުނަރު ތަރައްޤީކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވެދިން އެހީތެރިކަމެއްކަމަށެވެ. އެގޮތުން ތުރާކުނު ކައުންސިލުން ދޭ ފައިސާގެ އެހީ އެ ރަށު ސްކޫލާއި ހަވާލުކުރުމަށާއި ތުރާކުނު ކައުންސިލްގެ ޤުރުއާން މުބާރާތުގައި ސްކޫލުގެ ފަރާތުން ފަންނީ އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ބައްދަލުވުމެއްވެސް ބާ...

އައިޝަތު އައިނީ އާމިރު
އިހަވަންދޫ ރަސްމީ ފާލަމާއި މޮނިއުމެންޓްގެ ޑިޒައިން އާންމުކޮށް ހިޔާލަށް ހުޅުވާލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ރަސްމީ ފާލަމާއި މޮނިއުމެންޓްގެ ޑިޒައިން އާންމުކޮށް ހިޔާލަށް ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލުން އެ ރަށު ބަނދަރުގައި ތަރައްގީކުރަން ނިންމާފައިވާ ރަސްމީ ފާލަމާއި މޮނިއުމަންޓްގެ ޑިޒައިން އާންމުކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ”ތިލަދުން” އަށް މައުލޫމާތު ހިއްސާ ކުރައްވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވީ ކައުންސިލްގެ ވައުދުގެ ތެރޭގައި ހިމެނޭ އެ ރަށުގެ ރަސްމީ ފާލަން ފަރުމާކޮށްފައި އެވަނީ އޭގައި ވަރަށްގިނަ ކަންތައްތަކެއް ހިމަނައިގެން ކަމަށެވެ. ސޮބާހް ވިދާޅުވީ އެތަނަކީ ފާލަމެއްގެ އިތުރުން ރަށުގެ މޮނިއުމެންޓ...

އިބްރާހިމް ޚަލީލް
ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ނުނިމި އެންމެ އިންސައްތައެއް، ވަރަށް ޗާލު 📍 ހއ. ދިއްދޫ

ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ނުނިމި އެންމެ އިންސައްތައެއް، ވަރަށް ޗާލު

ހއ. ދިއްދޫގައި ޤާއިމްކުރާ އިސްލާމީ މަރުކަޒުގެ 99 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އިސްލާމީ ކަންތަކާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ. އެ ވުޒާރާއިން ބުނެފައިވަނީ ވުޒާރާގެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަންގެ ވަފުދު ދިއްދޫގައި ސަރުކާރުން ޢިމާރާތްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށްދާގޮތް ބަލައިފައިވާ ކަމަށެވެ. އެގޮތުން 1500 މީހުންގެ ޖާގައިގެ މި މަރުކަޒުު އެއްކޮށް ނިންމާލެވޭނެކަމަށް ލަފާކުރެވެނީ މިއަންނަ އޮކްޓޯބަރ މަހު 15 ގައިކަމަށް އެ ވުޒާރާއިން ބުންޏެވެ. “މި މަރުކަޒުގެ 99%...

އައިޝަތު އައިނީ އާމިރު
ހއ.އަތޮޅު މަދަރުސާގެ ގްރޭޑް 11 އަށް ކުދިން ވެއްދުމުގެ މުއްދަތު އިތުރުކޮށްފި 📍 ހއ. ހޯރަފުށި

ހއ.އަތޮޅު މަދަރުސާގެ ގްރޭޑް 11 އަށް ކުދިން ވެއްދުމުގެ މުއްދަތު އިތުރުކޮށްފި

ހއ. ހޯރަފުށީގައި ހުންނަ އެ އަތޮޅު މަދަރުސާއަށް ގްރޭޑް 11 އަށް ކުދިން ވެއްދުމުގެ ފުރުސަތު އިތުރުކޮށްފިއެވެ. 2025 ވަނަ އަހަރުގެ ދިރާސީ އަހަރު ހއ. އަތޮޅު މަދަރުސާގައި މަތީ ޘާނަވީ ގްރޭޑް 11 އަށް ކިޔަވައިދިނުމުގެ ހުއްދަ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ދީފައެވެ. އެހެންވެ އެ މަދަރުސާއިން ވަނީ 21 އޯގަސްޓް 2025 ގައި އެ މަދަރުސާގެ ގްރޭޑް 11 އަށް ކުދިންވެއްދުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެއިރު މިކަމަށް މުއްދަތު ދީފައި ވަނީ 31 އޯގަސްޓްގެ […]

ޔުމްނާ ޢަލީ
ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ހއ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ. ހއ. އަތޮޅު ކައުންސިލުން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލީ 23 ޖުލައި 2025 ގައެވެ. އޭގެ ފަހުން ޓީމު ލިސްޓު ހުށަހަޅުމުގެ ފުރުސަތު ވެސް އިތުރުކުރިއެވެ. އެއަށްފަހު މިއަދު ވަނީ މި މުބާރާތުގައި ރަޖިސްޓްރީވުމުގެ މުއްދަތު 2025 ސެޕްޓެންބަރު 03 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށް އިތުރުކޮށްފައެވެ. އަދި މި މުބާރާތުގައި [...

ޔުމްނާ ޢަލީ
އިހަވަންދޫގައި ކުރިޔަށް ގެންދިޔަ އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމުގެ ތަމްރީން ނިންމާލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ކުރިޔަށް ގެންދިޔަ އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމުގެ ތަމްރީން ނިންމާލައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ކުރިއަށް ގެންދިޔަ އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މި ތަމްރީން ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސްއާއި އިހަވަންދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. ޖުމްލަ 12 ބައިވެރިންނާއިއެކު އިހަވަންދޫގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި މަހު 21 އިން 26 އަށެވެ. ‏މި ތަމްރީނު ޕްރޮގްރާމުގައި، މަހުން ތައްޔާރު...

އިބްރާހިމް ޚަލީލް
ކެލާގައި ބޭއްވި މާލިއްޔަތު ޤަވާއިދަށް އަހުލުވެރިކުރުމުގެ ތަމްރީނު ނިންމާލައިފި 📍 ހއ. ކެލާ

ކެލާގައި ބޭއްވި މާލިއްޔަތު ޤަވާއިދަށް އަހުލުވެރިކުރުމުގެ ތަމްރީނު ނިންމާލައިފި

ހއ. ކެލާގައި ދައުލަތުގެ މާލިއްޔަތު ޤަވާއިދަށް އަހުލުވެރިކުރުމަށް ބޭއްވި ތަމްރީނު ޕްރޮގްރާމު ނިންމާލައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ކެލާ ކައުންސިލާއި ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓާއި ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި އޮގަސްޓް މަހު 20 އިން 21 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ހއ. އަތޮޅުގެ 10 ރަށެއްގެ ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. އެގޮތުން މި ޕްރޮގްރާމުގައި ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދަށް އަހުލުވެރިކުރުމުގެ ގޮތުން ދައުލަތުގެ ޕްރޮކިއުމަ...

އައިޝަތު އައިނީ އާމިރު
ޤައުމީ އިނާމު ޢިއްޒަ އާއި ވަހީދު ހިމެނޭހެން 9 ބޭފުޅަކަށް 📍 ހއ. ކެލާ

ޤައުމީ އިނާމު ޢިއްޒަ އާއި ވަހީދު ހިމެނޭހެން 9 ބޭފުޅަކަށް

ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު މިއަހަރު 9 ބޭފުޅަކަށް މިއަދު ދެއްވައިފިއެވެ. މި ބޭފުޅުންނަށާއި ކުންފުންޏަށް މި އިނާމް ދެއްވާފައި ވަނީ މިއަދު ހއ. އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މީގެ ތެރޭގައި ބޮޑުތިލަދުންމައްޗަށް ނިސްބަތްވާ ދެ ބޭފުޅުން ހިމެނެއެވެ. އެ ބޭފުޅުންނަކީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން: ޢިއްޒަތު އަޙްމަދު ނިޒާރު ސެލްވިން، ހދ.މަކުނުދޫ އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން ޖަމާޢަ...

ޔުމްނާ ޢަލީ
އުތީމު ''އޮނުހިޔާ'' ހުޅުވައިފި 📍 ހއ. އުތީމު

އުތީމު ''އޮނުހިޔާ'' ހުޅުވައިފި

އުތީމު އިސްރަށްވެހީންގެ މައިޒާން، ”އޮނުހިޔާ” ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ. ރައީސް މިތަން ހުޅުއްވައިދެއްވީ، ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވުމަށް މިއަދު އުތީމަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އުތީމު އިސްރަށްވެހީންގެ މައިޒާން، އޮނުހިޔާ ހުޅުއްވައިދެއްވުމަށްފަހު ބޮޑުތަކުރުފާނުގެ ހަނދާނުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ އެ މައިޒާނުގައި ހައިވަކަރު ދެ ގަސް އިންދަވާފައެވެ. ޤައުމީ ދުވަހުގެ މުނާސަބަތުގައި...

ޔުމްނާ ޢަލީ