މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,983 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,983 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2983 ޚަބަރުގެ ތެރެއިން
ބާރަށު މަސްޖެޓީ އާއި ލަފާފުރާ ޖެޓީގެ މަރާމާތު ސަރވޭ، ޑިޒައިން ރިޕޯޓް ސަރުކާރާއި ހަވާލުކޮށްފި 📍 ހއ. ބާރަށް

ބާރަށު މަސްޖެޓީ އާއި ލަފާފުރާ ޖެޓީގެ މަރާމާތު ސަރވޭ، ޑިޒައިން ރިޕޯޓް ސަރުކާރާއި ހަވާލުކޮށްފި

ހއ. ބާރަށު މަސްޖެޓީ އާއި މިހާރު ލަފާފުރުމަށް ބޭނުން ކުރަމުންގެންދާ ޖެޓީގެ މަރާމަތު މަސައްކަތުގެ ސަރވޭ އަދި ޑިޒައިން ރިޕޯޓު ސަރުކާރާއި ހަވާލުކުރެވިފައިވާކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ. މެންބަރު ޝުޖާއު މިހެން ވިދާޅުވީ މި މަޝްރޫޢުގެ މަސައްކަތާއި ގުޅޭގޮތުން ފޭސްބުކްގައި އާއްމުކުރި ޕޯސްޓެއްގައެއެވެ. އެ ޕޯސްޓުގައި ޝުޖާއު ވިދާޅުވެފައިވަނީ، ޑެންމާކް އެމް.ޓީ ހޯގަރޑް ކުންފުނީގެ ސީ.އެސް.އަރ ގެ ދަށުން ސަރވޭ އަދި ޑިޒައިންގެ މަސައްކަތް ކުރި ބާރަށު މަސްޖެޓީ އާއި، މި...

އައިޝަތު އައިނީ އާމިރު
މެގަ ހޯރަ ބޯޓު ފުންކޮށްފި 📍 ހއ. ދިއްދޫ

މެގަ ހޯރަ ބޯޓު ފުންކޮށްފި

ރޭގެ ވަގުތެއްގައި ނ.އަތޮޅު ފަރަކަށް އެރި ހއ. ދިއްދޫ މެގަ ހޯރަ ބޯޓް މިއަދު ހެނދުނު ފުންކޮށްފިއެވެ. މި ބޯޓު ފުންކޮށްފައި ވަނީ މިއަދު ހެނދުނު 9:20 ހާއިރުކަމަށް މައުލޫމާތު ލިބިއެވެ. ރޭ މި ބޯޓު ފަރަށް އެރިއިރު 61 މީހުން ބޯޓުގައި ދަތުރުކުރިއެވެ. މި ބޯޓު ފުން ކުރުމަށް ބޯޓުގައި ހުރި ބަރު މުދާތައް ވަނީ ކަންނެލި ދެ ދޯންޏަކަށް އަރުވާފައެވެ. ބޯޓަކީ އާންމުކޮށް ދިއްދޫ – ވަށަފަރު – ހަނިމާދޫ – މާލެ ރޫޓުން […]

ޔުމްނާ ޢަލީ
މެގަ ހޯރަ ބޯޓު ފަރަށްއެރުން: ސިފައިން ހަރަކާތްތެރިވާން ފަށައިފި 📍 ހއ. ދިއްދޫ

މެގަ ހޯރަ ބޯޓު ފަރަށްއެރުން: ސިފައިން ހަރަކާތްތެރިވާން ފަށައިފި

ރޭގެ ވަގުތެއްގައި ނ.އަތޮޅު ފަރަކަށް އަރާފައިވާ ހއ. ދިއްދޫ މެގަ ހޯރަ ބޯޓަށް އެހީތެރިވުމުގެ މަސައްކަތް ފަށާފައިވާކަމަށް ސިފައިން ބުނެފިއެވެ. މެގަ ހޯރަ މާލޭގެ ނޯތު ހާބަރުން ފުރީ އިއްޔެ ހެނދުނު 11:59 ގައެވެ. އެ ބޯޓު ފަރަށް އަރާފައި ވަނީ ރޭ 12:10 ޖަހާކަށް ހާއިރުއެވެ. މި ބޯޓަކީ އާންމުކޮށް ދިއްދޫ – ވަށަފަރު – ހަނިމާދޫ – މާލެ ރޫޓުން ދަތުރުތައް ކުރަމުން އަންނަ 98 ފޫޓްގެ އުޅަނދެކެވެ. ދިއްދޫ މެގަ ހޯރަ ބޯޓު […]

ޔުމްނާ ޢަލީ
ދިއްދޫ މެގަ ހޯރަ ބޯޓު ފަރަށް އަރައިފި 📍 ހއ. ދިއްދޫ

ދިއްދޫ މެގަ ހޯރަ ބޯޓު ފަރަށް އަރައިފި

ހއ. ދިއްދޫ މެގަ ހޯރަ ބޯޓު މާލެ އިން ފުރައިގެން ދަތުރުކުރަމުން ދަނިކޮށް ފަރަށް އަރައިފިއެވެ. ’’ދިއްދޫ އޮންލައިން’’ ފޭސްބުކް ޕޭޖުން ބުނެފައިވާގޮތުގައި މި ބޯޓު އަރާފައި ވަނީ ނ.އަތޮޅުގެ ފަރަކަށެވެ. މި ހާދިސާގެ އިތުރު މައުލޫމާތު ހޯދަން ބޯޓަށް ގުޅޭގޮތް ނުވުމުން އިތުރު މައުލޫމާތު ސާފުވާގޮތެެއް އަދި ނުވެއެވެ. އަދި މި ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފުން ވެސް އެއްޗެއް ނުބުނެއެވެ. މެގަ ހޯރަ މާލޭ ނޯތު ހާބަރުން ފުރީ މިއަދު (21 ސެޕްޓެމްބަރ) ހެނދުނު […]

ޔުމްނާ ޢަލީ
ހއ.އަތޮޅު ކައުންސިލްގެ މުވައްޒަފުންނަށް ސައިބަރ ސެކިއުރިޓީއަށް އަހުލުވެރިކުރުމުުގެ ޕްރޮގްރާމެއް

ހއ.އަތޮޅު ކައުންސިލްގެ މުވައްޒަފުންނަށް ސައިބަރ ސެކިއުރިޓީއަށް އަހުލުވެރިކުރުމުުގެ ޕްރޮގްރާމެއް

ހއ. އަތޮޅު ކައުންސިލްގެ މުވައްޒަފުން ސައިބަރ ސެކިއުރިޓީއަށް އަހުލުވެރިކުރުމުގެ ގޮތުން ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ. މި ސެޕްޓެމްބަރ 19 އިން 20 އަށް ކުރިއަށް ގެންދިޔަ މި ދެ ދުވަހުގެ ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާއިރު، މި ޕްރޮގްރާމް ފެސިލިޓޭޓް ކޮށްދެއްވާފައިވަނީ ސައިބަރ ކްރައިމް އަށް އާންމުން އަހުލުވެރިކުރުމަށް މިފަދަ ސެޝަންތައް ކުރިއަށް ގެންދާ ތަޖުރިބާކާރު މުޙައްމަދު ޝަރީފް އެވެ. މިގޮތުން މި ޕްރޮގްރާމުގައި އިންޓަރނެޓްގެ ޒަރީއާއިން ހިންގާ ކުށްތަކަށް އަރައިގަތުމަށްޓަކަ...

އައިޝަތު އައިނީ އާމިރު
އިހަވަންދޫ ކައުންސިލުން އެ ރަށު މަސްވެރިންނަށް އައިސް އުފުލުމަށް އުޅަނދެއް ފޯރުކޮށްދެނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކައުންސިލުން އެ ރަށު މަސްވެރިންނަށް އައިސް އުފުލުމަށް އުޅަނދެއް ފޯރުކޮށްދެނީ

ހއ. އިހަވަންދޫ އައިސްޕްލާންޓުން މަސްވެރިންނަށް އައިސް އުފުލުމަށްޓަކައި އިހަވަންދޫ ކައުންސިލުގެ ފަރާތުން އުޅަނދެއް ފޯރުކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިހަވަންދޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާހު އެވެ. އަދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އަޙުމަދު ޒާހިރު އެވެ. އިހަވަންދޫ މަސްވެރިންނަށް ކައުންސިލުން މިވެދިން އެހީ...

އައިޝަތު އައިނީ އާމިރު
ހޯރަފުށި، ނޮޅިވަރަންފަރު، ހަނިމާދޫ ހިމެނޭހެން 7 ރަށެއްގެ މިސްކިތްތަކަށް މުސްޙަފް 📍 ހއ. ހޯރަފުށި

ހޯރަފުށި، ނޮޅިވަރަންފަރު، ހަނިމާދޫ ހިމެނޭހެން 7 ރަށެއްގެ މިސްކިތްތަކަށް މުސްޙަފް

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ރަށްރަށުގެ މިސްކިތްތަކަށް މުސްޙަފް ހަދިޔާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިތުރު 7 ރަށެއްގެ މިސްކިތްތަކަށް މުސްޙަފް ހަދިޔާކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު އަދީލްއެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ އުއްމީދު ޖަމިއްޔާއާއެވެ. މި އެއްބަސްވުމުގެ ދަށުން މުސްޙަފް ހަދިޔާކުރާނެ ރަށްތަކުގ...

ޔުމްނާ ޢަލީ
އިހަވަންދޫގައި އެމްއެންޔޫގެ އައުޓްރީޗް ކެމްޕަހެއް ޤާއިމްކުރުމަށް އިމާރާތް ހަވާލުކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި އެމްއެންޔޫގެ އައުޓްރީޗް ކެމްޕަހެއް ޤާއިމްކުރުމަށް އިމާރާތް ހަވާލުކޮށްފި

ހއ. އިހަވަންދޫގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އައުޓްރީޗް ކެންޕަހެއް ޤާއިމްކުރުމަށް އިމާރާތް ހަވާލުކޮށްފިއެވެ. މި އިމާރާތް ޤާއިމްކުރުމަށް އިމާރާތް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި އިވަހަންދޫ ކައުންސިލުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް، އަޙުމަދު ސޮބާހު އެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ އައިޝަތު ޝެހެނާޒް އާދަމް އެވެ. މި މަޝްރޫޢުއާއި ގުޅޭގޮތުން އިހަވަންދޫ ކައުންސިލުގެ ރައީސް އަޙުމަދު ސޮބާހު “ތިލަދު...

އައިޝަތު އައިނީ އާމިރު
ތިލަދެކުނު ވޮލީ: އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހަނިމާދޫ ސާއްބައަށް 📍 ހދ. ހަނިމާދޫ

ތިލަދެކުނު ވޮލީ: އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހަނިމާދޫ ސާއްބައަށް

ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ތިލަދެކުނު ވޮލީ މުބާރާތް 2025” ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހަނިމާދޫ ސާއްބަ އެކުވެރިކްލަބް ހޯދައިފިއެވެ. ހަނިމާދޫ ސާއްބަ އެކުވެރި ކްލަބް މި މުބާރާތުގެ އަންހެން ޑިވިޛަންގެ ޗެމްޕިއަންކަން ހޯދީ ފިނޭ ޑެޒަޔަރ ކްރޫ ސްޕޯޓްސް ކްލަބް ސީދާ 3-0 އިން ބަލިކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ހަނިމާދޫ ސާއްބައިގެ ޖާޒީ ނަންބަރު 12 ޝަހުމީލާ އަބުދުލްހަކީމް އެވެ. އެންމެ މޮޅު އަންހެން 6 […]

ޔުމްނާ ޢަލީ
މުރައިދޫގައި ޕޭސްޓްރީ ކޯހެއް ހިންގައިދޭނެ ފަރާތެއް ހޯދަނީ 📍 ހއ. މުރައިދޫ

މުރައިދޫގައި ޕޭސްޓްރީ ކޯހެއް ހިންގައިދޭނެ ފަރާތެއް ހޯދަނީ

ހއ. މުރައިދޫ ކައުންސިލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕޭސްޓްރީ ކޯސް، ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިއުލާނުކޮށްފިއެވެ. މި އަންނަ އޮކްޓޯބަރ މަހު ބާއްވަން ހަމަޖެހިފައިވާ މި ކޯހާއި ގުޅިގެން މުރައިދޫ ކައުންސިލުން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، ޕްރޮޕޯސަލް ހުށަހެޅުމަށެވެ. އެގޮތުން މި މަސައްކަތްކުރުމަށް ޕްރޮޕޯސަލް ހުށަހެޅޭނީ، ޤާނޫނު ނަމްބަ...

އައިޝަތު އައިނީ އާމިރު
އިހަވަންދޫ އިން ގޯތި ލިބޭ މީހުންގެ ލިސްޓް ޢިއުލާންކުރުން މަޑުޖައްސާލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ އިން ގޯތި ލިބޭ މީހުންގެ ލިސްޓް ޢިއުލާންކުރުން މަޑުޖައްސާލައިފި

ހއ. އިހަވަންދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާއި ގުޅޭ މަސައްކަތް މަޑު ޖައްސައި ލާފައިވާކަމަށް އިހަވަންދޫ ކައުންސިލުން އިއުލާން ކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން އާއްމު ކޮށްފައިވާ ޢިއުލާނުގައި ބުނެފައިވަނީ، އެރަށުން ، ގޯއްޗަށް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ކަނޑައަޅައި އިޢުލާނުކުރުމުގެ މަސައްކަތް މަޑުޖައްސާާފައިވާ ކަމަށެވެ. މިގޮތަށް މަޑުޖައްސައިލީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު 16 ވަނަ އިޞްލާހާއި ގުޅިގެން،...

އައިޝަތު އައިނީ އާމިރު
އުތީމުގައި ވެރިފަރާތް ނޭނގި ގިނަދުވަސްވެފައިވާ ދޯންޏެއް ވެރި ފަރާތް ހޯދަނީ 📍 ހއ. އުތީމު

އުތީމުގައި ވެރިފަރާތް ނޭނގި ގިނަދުވަސްވެފައިވާ ދޯންޏެއް ވެރި ފަރާތް ހޯދަނީ

ހއ. އުތީމު ބަނދަރުގައި ވެރިފަރާތެއް ނޭނގި ގިނަ ދުވަސްތަކެއްވާންދެން އޮތް ދޯންޏެއްގެ ވެރިފަރާތް ހޯދުމަށް އުތީމު ކައުންސިލުން އިއުލާނުކޮށްފިއެވެ. އުތީމު ކައުންސިލުން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އުތީމު ބަނދަރުގައި ވެރިފަރާތެއް ނޭނގި ގިނަ ދުވަސްތަކެއްވާންދެން އޮންނަ، ރަޖިސްޓްރީ ނަންބަރު : P2189B-01 05-K ދޯނީގެ މިލްކު ވެރިފަރާތް ހޯދަން ބޭނުންވާކަމަށެވެ. އެހެންކަމުން އެ ދޯނީގެ ވެރިފަރާތެއްވާނަމަ، 17 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހު މެންދުރު 2 ޖެހުމުގެ ކުރިން އުތީމު ކައުންސިލް އިދާރާއަށް...

އައިޝަތު އައިނީ އާމިރު
ތިލައުތުރު ރަންތާޖު މުބާރާތް އަންނަ އަހަރަށް ފަސްކޮށްފި

ތިލައުތުރު ރަންތާޖު މުބާރާތް އަންނަ އަހަރަށް ފަސްކޮށްފި

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ތިލައުތުރު ރަންތާޖު މުބާރާތް މިއަންނަ 2026 ވަނަ އަހަރު ބޭއްވުމަށް ފަސްކޮށްފިއެވެ. އެގޮތުން ހއ. އަތޮޅު ކައުންސިލުން މި ނިންމުން ނިންމާފައިވަނީ، އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 167 ވަނަ އާންމު ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ހއ އަތޮޅު ކައުންސިލުން ވަނީ، ތިލައުތުރު ރަންތާޖު މުބާރާތް އެކި ފަހަރު މަތިން ފަސްވެފައިވާތީ ޤައުމީ މުބާރާތުގެ ޤަވާއިދަށް އަންނަ ބަދަލުތަކަށް ރިއާޔާތްކުރުމަށް ފަހު އަންނަ އަހަރު މި މުބާރާތް ބޭއްވުމަށް […]

އައިޝަތު އައިނީ އާމިރު
ދި-ފައުންޑޭޝަނުން ދިއްދޫގައި ދާއިމީ ގޮތެއްގައި 4 ތެރަޕީއެއްގެ ހިދުމަތްދޭން ފަށަނީ 📍 ހއ. ދިއްދޫ

ދި-ފައުންޑޭޝަނުން ދިއްދޫގައި ދާއިމީ ގޮތެއްގައި 4 ތެރަޕީއެއްގެ ހިދުމަތްދޭން ފަށަނީ

ދި-ފައުންޑޭޝަނުން ހއ.ދިއްދޫގައި ދާއިމީ ގޮތެއްގައި 4 ތެރަޕީއެއްގެ ހިދުމަތް ފެށުމަށުމަށް ވާންޖެހޭ ރައްޔާރީތައް ފަށައިފިއެވެ. ހއ.އަތޮޅާއި ދިއްދޫގައި ތެރަޕީގެ ހިދުމަތް ބޭނުންވާ ފަރާތްތައް ތިބި އަދަދު ދެނެގަތުމަށްޓަކައި ދި-ފައުންޑޭޝަނާއި ބްލޫސްޕަން ކެއާ ގުޅިގެން މި މަހުގެ ތިންވަނަ ދުވަހުން ހަވަނަ ދުވަހުގެ ނިޔަލަށް ވަނީ، ތެރަޕީ ދިނުމުގެ ކޭމްޕެއް ކުރިއަށް ގެންގޮސްފައެވެ. އެ ކޭމްޕްގައި ހަތަރު ތެރަޕީއެއްގެ ހިދުމަތް ވަނީ ފޯރުކޮށްދީފައެވެ. އެ ތެރަޕީތަކުގެ ތެރޭގައި ހިމެނެނީ ސްޕީޗް ތެރަޕީ، އޮކިއުޕޭޝަނަލް ތެރ...

އިބްރާހިމް ޚަލީލް
އުލިގަމުގައި މަގުތަކުގައި އައު މަގުބައްތި ޖަހައިދޭނެ ފަރާތެއް ހޯދަނީ

އުލިގަމުގައި މަގުތަކުގައި އައު މަގުބައްތި ޖަހައިދޭނެ ފަރާތެއް ހޯދަނީ

ހއ. އުލިގަމު މަގުތަކުގައި އައު މަގުބައްތިޖެހުމާއި، މިހާރު ހުރި މަގު ބައްތި ތަކަށް އަލުން ކޭބަލް އެޅުމާއި ބޭނުންވާ ތަކެތި ފޯރުކޮށްދީ މަގުމަތީ ކޭބަލް އަޅާ ބައްތި ޖަހާ މީޓަރު ފޮށި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް އުލިގަމު ކައުންސިލުން އިއުލާނުކޮށްފިއެވެ. އުލިގަމު ކައުންސިލުން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، އެ އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 3 ސެޕްޓެމްބަރ 2025 އިން 11 ސެޕްޓެމްބަރ 2025 އަށް ބަންދު ނޫން ކޮންމެ […]

އައިޝަތު އައިނީ އާމިރު