އުލިގަމު މަސްފިހުމުގެ ބޮޑު ހަރަކާތް ކުރިއަށް ގެންގޮސްފި
ހއ. އުލިގަމުގައި ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ މަސްފިހުމުގެ އިޖްތިމާއީ ބޮޑު ހަރަކާތް ހޮނިހިރު ދުވަހުގެ ރޭ ކުރިއަށް ގެންގޮސްފިއެވެ. މީގެ އެތައް އަހަރެއްގެ ކުރިން އުލިގަމުގައި ފެށުނު މިހަރަކާތަކީ މިހާރު އެ ރަށުގެ ބްރޭންޑަކަށް ވަނީ ވެފައެވެ. ވުމާއިއެކު ކުރިއާއި ހިލާފަށް މި ހަރަކާތް މިހާރު ކުރިއަށް ގެންދަނީ އެ ރަށުގެ ކައުންސިލުގެ ހަރަކާތް ކަލަންޑަރުގައި ހިމަނައިގެން ކައުންސިލުން ހަރަދު ކޮށްގެން ރަށު އެންމެން ބައިވެރިވުމާއި އެކުގައެވެ. އުލިގަމު ކައުންސިލުން ކުރިން ވިދާޅުވެފައިވާ ގޮތުގައި […]