1,348 މީހުން ތިބި ޕަސެންޖަރު ލައިނާއެއް ހއ. އުލިގަމަށް
ފަސިންޖަރުންނާއި ފަޅުވެރިން ހިމެނޭހެން މުޅިއެކު 1,348 މީހުންނާއެކު ބޮޑު ޕަސެންޖަރު ލައިނާއެއް ހއ. އުލިގަމުގައި ބަނދަރުކޮށްފިއެވެ. މި އުޅަނދަކީ މިދިޔަ މާރިޗު މަހުގެ 13 ވަނަ ދުވަހު ރާއްޖެއަށް އައި އުޅަނދެކެވެ. މޯލްޑިވްސް ކަސްޓަމްސް އިން ބުނި ގޮތުގައި، “ވާސްކޯ ޑަ ގާމާ” ނަމަކަށް ކިޔާ މި ޕަސެންޖަރު ލައިނާއަށް، ހއ. އުލިގަމު ކަސްޓަމްސްގެ އޮފިސަރުން ވަނީ އިންވާޑް ކްލިއަރަންސް ނުވަތަ ރާއްޖެއަށް ވަނުމުގެ ހުއްދަ ދީފައެވެ. މި އުޅަނދުގައި ފަސިންޖަރުންނާއި ފަޅުވެރިން ހިމެނޭހެން ގިނަ އަދަދެއްގެ […]