މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,981 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,981 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2981 ޚަބަރުގެ ތެރެއިން
އުލިގަމުގައި އާ އިންޖީނުގެއެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

އުލިގަމުގައި އާ އިންޖީނުގެއެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. އުލިގަމުގައި އާ އިންޖީނުގެއެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފިއެވެ. ސަރުކާރުގެ ގެޒެޓްގައި ފެނަކަ ކޯޕަރޭޝަނުން ކުރި އިއުލާނެއް ގައި ބުނެފައި ވަނީ އެ ކުންފުނިން ދޭ މަޢުލޫމާތާއި، ކުރެހުމާއި، ބީ.އޯ.ކިޔުއާއި އެއްްގޮތަށް އުލިގަމު ގައި އާ އިންޖީނުގެއެއް އަމިއްލަ ތަކެތީގައި އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 10 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ފެނަކައިގެ ހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) […]

އަފްރާހް އަބްދުލް ރަޝީދު
ގޯލްޑެން ފުޓްސަލް ޗެލެންޖް 2019: ހއ އަތޮޅުގެ ޗެންޕިއަންކަން އިހަވަންދޫ ހޯދައިފި 📍 ހއ. އިހަވަންދޫ

ގޯލްޑެން ފުޓްސަލް ޗެލެންޖް 2019: ހއ އަތޮޅުގެ ޗެންޕިއަންކަން އިހަވަންދޫ ހޯދައިފި

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ހއ އަތޮޅުގެ ޗެންޕިއަންކަން އިހަވަންދޫ ހޯދައިފިއެވެ. އިހަވަންދޫ ޗެމްޕިއަންކަން ހޯދީ ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ހޯދައިގެންނެވެ. ގްރޫޕުގެ ފަހު މެޗުގައި ރޭ އިހަވަންދޫ އާއި ވަށަފަރު ބައްދަލުކުރި މެޗު 1-3 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ އިހަވަންދޫ އެވެ. މުބާރާތުގެ ހއ އަތޮޅުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިހަވަންދޫ ޓީމުގެ އިބްރާހިމް ހާމިދުއެވެ. މުބާރާތުގެ ޒޯން ބުރުގެ ފުރަތަމަ މެޗުގައި މާދަމާ އިހަވަންދޫ ބައްދަލުކުރަން ޖެހޭނީ ހދ މަކުނުދޫ އާ...

އަފްރާހް އަބްދުލް ރަޝީދު
📍 ހއ. ކެލާ

ހއ. ކެލާ ޝެއިޚް އިބްރާހީމު ސުކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ޒަލްހާ ޒާހިރު

2018 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ މަރިޔަމް ޒަލްހާ ޒާހިރު ހއ. ކެލާ ބަށިމާގެއެވެ. ަރިޔަމް ޒަލްހާ ޒާހިރުވަނީ 2018 ވަނަ އަހަރުގެ ސްކޫލު ކެޕްޓަން ކަން ކުރުމުގެ އިތުރުން 2016، 2017 ގައި ސްކޫލުގެ ވައިސްކެޕްޓަންކަންވެސް ކޮށްފައެވެ. މީގެ އިތުރުން މަރިޔަމް ޒަލްހާ ޒާހިރުވަނީ އަދަބީ ޙަރަކާތްތަކާއި، ކޯކަރިކިއުލާ ޙަރަކާތްތަކުގައި ވެސް އަތޮޅާއި ޤައުމީ ފެންވަރުގައިވެސް ކާމިޔާބީތަކެއް ހޯދާފައެވެ. ތަޢުލީމީ ގޮތުން އެންމެ މޮޅުދަރިވަރުގެ މަޤާމު ޙާޞިލް ކޮށްފައިވަނީ ވޭތުވެ […]

އަފްރާހް އަބްދުލް ރަޝީދު
📍 ހއ. ހޯރަފުށި

ހޯރަފުށީ ދާއިރާގެ ރައްޔިތުންނާ ސަލީމް ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމް (ސައްލެ)، އެދާއިރާގައި ހިމެނޭ ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. ކޮންމެ ރަށެއްގައިވެސް ވަކި ވަކިން ބޭއްވެވި މި ބައްދަލުކުރެއްވުންތަކުގައި، ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް، މެންބަރު ވަނީ އޮޅުންފިލުއްވާފައެވެ. ހަމައެހެންމެ، ދާއިރާގެ ރަށްރަށުގެ މުއައްސަސާތަކުގެ ވެރިންނާވެސް، މެންބަރު ސަލީމް ވަނީ ބައްދަލުކުރައްވާފައެވެ. މި ހަފްތާގެ ތެރޭގައި މި ބައްދަލުވުންތައް ކުރިއަށް ގެންދަވާފައިވާއިރު، ހޯރަފުށީ ދާއިރާގައި...

Thiladhun
📍 ހއ. އިހަވަންދޫ

އިހަވަންދޫން ގޯތި ދޫކުރަން ކުރި އިއުލާނަށް އިސްލާހު ގެނެސްފި

ހއ. އިހަވަންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކުރި އިއުލާނަށް ބަދަލު ގެނެސްފިއެވެ. މި އިއުލާނަށް ބަދަލު ގެނައުމަށްފަހު، އެރަށު ކައުންސިލުން މިއަދުވަނީ އެކަން އާއްމުކޮށް އިއުލާން ކޮށްފައެވެ. މި މަހުގެ އަށްވަނަ ދުވަހު ކޮށްފައިވާ އިއުލާނުން ބަދަލު ގެނެސްފައިވަނީ ކައިވެނީގެ ބައިންނެވެ. އެގޮތުން، ކައިވެނީގެ ބައިގެ (ރ) ގައި ކުރިން އޮތީ ކާވެންޏަށްވީ ކޮންމެ އަހަރަކަށް 1 ޕޮއިންޓް ދިނުމަށެވެ. އެހެންނަމަވެސް، އިސްލާހުގައިވަނީ ކާވެންޏަށްވީ ކޮންމެ އަހަރަކަށް ( 1 ޕޮއިންޓް)  މިބައިން އެންމެ ގި...

Thiladhun
ދިއްދޫ ހައުސިން ޔުނިޓުތަކާއި ބެހޭ ގޮތުން ކުރީގެ ކައުންސިލަރު ރިޕޯޓެއް ނެރެފި 📍 ހއ. ދިއްދޫ

ދިއްދޫ ހައުސިން ޔުނިޓުތަކާއި ބެހޭ ގޮތުން ކުރީގެ ކައުންސިލަރު ރިޕޯޓެއް ނެރެފި

ހއ. ދިއްދޫގައި އިމާރާތްކުރި ހައުސިން ޔުނިޓުތައް ދޫކުރުމުގައި ހިނގާދިޔަ ކަންތައްތަކުގެ މައްޗަށް އެ ރަށު ކުރީގެ ކައުންސިލަރު އަލީ ހާޝިމް ރިޕޯޓެއް ނެރެފިއެވެ. އަލީ ހާޝިމް ނެރުނު ރިޕޯޓެ ހުލާސާ ބައިގައި ބުނެފައި ވަނީ ދިއްދޫގައި އިމާރާތް ކުރެވިފައިވާ 250 ހައުސިން ޔުނިޓުގެ ތެރެއިން 140 ހައުސިން ޔުނިޓު ދޫކުރުމަށް ދިއްދޫ ކައުސިލުން 19 އެޕްރީލް 2015 ގައި އިއުލާނުކުރުމާއި ގުޅިގެން ހައުސިން ޔުނިޓުތަކަށް އެދި އެކި ފަރާތްތަކުން ދިއްދޫ ކައުންސިލަށް ހުށަހެޅި 440 ފޯމު އިވެލުއޭޓްކޮށް […]

އަފްރާހް އަބްދުލް ރަޝީދު
📍 ހއ. ކެލާ

ކެލާ ސުޕަރ ލީގު 2019ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ކެލާ ސުޕަރ ލީގު 2019 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ހއ. ކެލާ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ މި ލީގުގައި ބައިވެރިވެވޭނި ކެލާގެ މުއައްސަސާތަކާއި ކުލަބް ޖަމްޢިއްޔާތަކާއި ވިޔަފާރިތަކަށެވެ. ކެލާ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މި މުބަރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާކަމަށެވެ. އަދި މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 10 ނޮވެމްބަރ 2019 ވަނަ ދުވަހުގެ 14:00 ކަމަށްވެސް ކެލާ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފ...

Thiladhun
📍 ހއ. ކެލާ

ކެލާ ފުޓްބޯޅަ ދަނޑުގެ ފެންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. ކެލާ ފުޓުބޯޅަ ދަނޑުގެ ފެންސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޮދުމަށް، ކެލާ ކައުންސިލުން އިއުލާނުކޮށް، ގެޒެޓުގައި ޝާއިއުކޮށްފިއެވެ. ކެލާ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނ، ކެލާ ފުޓްބޯޅަ ދަނޑުގެ ފެންސް އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އެގޮތުން މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ފެށޭ އޮކްޓޫބަރ މަހުގެ 6 ވާ އާދީއްތަ ދުވަހު 13:00 ގައި ކެލާ ކައުންސިލް އިދާރާއަށް ހާޒިރުވެ، މައުލޫމާތު ސާފުކުރެއްވުމަށްފަހު، އޮކްޓޫބަރ 15 [...

Thiladhun
އުލިގަމު ސިޓީ ހޮޓެލްގެ މަޝްރޫއު އަލުން ފެށުމަށް މި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ސަލީމު ތައުރީފު ކުރައްވައިފި

އުލިގަމު ސިޓީ ހޮޓެލްގެ މަޝްރޫއު އަލުން ފެށުމަށް މި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ސަލީމު ތައުރީފު ކުރައްވައިފި

ހުއްޓިފައިވާ ހއ. އުލިގަމު ސިޓީ ހޮޓެލްގެ މަޝްރޫއު އަލުން ފެށުމަށް މި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ތައުރީފް ކުރައްވައިފިއެވެ. އުލިގަމުގައި 100 ކޮޓަރީގެ ޓޫރިސްޓު ހޮޓަލެއް ތަރައްގީ ކުރުމަށް 27 ފެބްރުއަރީ 2007 ގައި އެމްޓީޑީސީ އާއި ކުރެވުނު އެގްރީމަންޓު 21 ޖުލައި 2015 ގައި ވަނީ ބާތިލު ކުރެވިފައިވާއިރު މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލު ބެލުމުގެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ކުއަނ...

އަފްރާހް އަބްދުލް ރަޝީދު
📍 ހއ. އުތީމު

އުތީމު ސްކޫލުގެ ހަތަރު ކްލާސްރޫމުގެ ދެ ބުރި އިމާރާތުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. އުތީމު ޣާޒީ ބަންޑާރައިން ސްކޫލުގެ ހަތަރު ކްލާސްރޫމުގެ ދެ ބުރި އިމާރާތުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފިއެވެ. އެ ސްކޫލުން ސަރުކާރުގެ ގެޒެޓްގައި ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ސްކޫލުގެ އައު އިމާރާތް އެޅައިދޭނެ ފަރާތެއް ހޯދުމަށް މި މަހުގެ ހަތަރު ވަނަ ދުވަހު ކުރި އިއުލާނު ބާތިލްކޮށް، އަލުން އެ ފުރުސަތު ހުޅުވާލާކަމަށެވެ. އެގޮތުން އެ ސްކޫލުގައި އިމާރާތްކުރަން ފަށާފައިވާ ހަތަރު ކްލާސް ރޫމު ދެބުރި އިމާރާތުގެ ނުނިމިހުރި ކޮންޓްރެކްޓިން […]

އަފްރާހް އަބްދުލް ރަޝީދު
ހަނިމާދޫއާއި ބާރަށް އަދި ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޑިރެކްޓަރުން ހޯދަނީ 📍 ހއ. ބާރަށް

ހަނިމާދޫއާއި ބާރަށް އަދި ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޑިރެކްޓަރުން ހޯދަނީ

ހދ. ހަނިމާދޫ ކައުންސިލް އިދާރާއަށާއި ހއ. ބާރަށު ކައުންސިލްގެ އިދާރާއަށް އަދި ހއ. ހޯރަފުށީ ކައުންސިލްގެ އިދާރާގެ ޑިރެކްޓަރުގެ މަޤާމަށް މީހަކު ހޯދަން، ސިވިލް ސަރވިސް ކޮމިޝަނުން އިއުލާން ކޮށްފިއެވެ. މި ކައުންސިލްތަކުގެ އިދާރާއަށް ޑިރެކްޓަރުގެ މަޤާމަށް މީހުން ހޯދަން އިއުލާންކޮށްފައިވަނީ މިއަދު ވަކިވަކިންނެވެ. ކޮންމެ އިދާރާއަކަށްވެސް އެއް ޑިރެކްޓަރަކު ބޭނުންވާއިރު، ޑިރެކްޓަރުގެ މަޤާމަށް ކަނޑައަޅާފައިވާ މުސާރައަކީ މަހަކު 8835 ރުފިޔާއެވެ. ސަރވިސް އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 2000 ރުފިޔާ ދިނުމަށާ...

Thiladhun
ލޯކަލް ކައުންސިލް ރޭންކިންގ: ހއ އަތޮޅުން އެންމެ ކުރީގައި މާރަންދޫ އަދި ކެލާ ކައުންސިލް 📍 ހއ. ކެލާ

ލޯކަލް ކައުންސިލް ރޭންކިންގ: ހއ އަތޮޅުން އެންމެ ކުރީގައި މާރަންދޫ އަދި ކެލާ ކައުންސިލް

ލޯކަލް ގަވަރމަންޓް އޮތޯރިޓީ(އެލްޖީއޭ) އިން އާންމުކުރި 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް ރޭންކިންގައި ހއ. އަތޮޅުގެ ކައުންސިލްތަކުން އެއްވަނަ މާރަންދޫ ކައުންސިލް އަދި 2018 ވަނަ އަހަރު ކެލާ ކައުންސިލުން ހޯދައިފިއެވެ. އެލްޖީއޭއިން އާންމުކުރި މައުލޫމާތައް ބަލާއިރު ހއ އަތޮޅު ކައުންސިލުންނާއި ރަށު ކައުންސިލްތަކުން ވަނީ ލިސްޓުތަކުގެ ކުރީ ކޮޅުން ޖަގަ ހޯދާފައެވެ. ހދ. އަތޮޅު ރޭންކިންގ2017: މާރަންދޫ ކައުންސިލް އުތީމު ކައުންސިލް ތުރާކުނު ކައުންސިލް ހޯރަފުށި ކައުންސިލް ތަކަންދޫ ކައުންސިލް އިހަވަންދޫ ކައުން...

އަފްރާހް އަބްދުލް ރަޝީދު
ރޭންކިން: ހުރިހާ ގޮތަކުން ވެސް ހދ އަށް ވުރެ ހއ އަތޮޅު ކައުންސިލް ރަނގަޅު!

ރޭންކިން: ހުރިހާ ގޮތަކުން ވެސް ހދ އަށް ވުރެ ހއ އަތޮޅު ކައުންސިލް ރަނގަޅު!

ލޯކަލް ގަވަރމަންޓު އޮތޯރިޓީ(އެލްޖީއޭ) އިން މިވަނީ 2017 އަދި 2018 ވަނަ އަހަރުގެ ލޯކަލް ކައުންސިލް ޕަރފޯމަންސް އިންޑެކްސް ރޭންކިން އާންމު ކޮށްފައެވެ. މި ރޭންކިންގ ރިޕޯޓު އިން ދައްކާ ގޮތުން ހއ. އަތޮޅުގެ ކައުންސިލްތައް ހދ. އަތޮޅުގެ ކައުންސިލްތަކަށް ވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅެވެ. އެގޮތުން މި ރޭންކިންގ ރިޕޯޓުގައި ހުރި ބައެއް ކަންކަމަށް އަލިއަޅުވާލާނަމެވެ. 2017 ގެ ރޭންކިންގ: އަތޮޅު ކައުންސިލްގެ ރޭންކިންގ އަށް ބަލާއިރު މި ލިސްޓުގެ އެންމެ ކުރި ލިބެނީ […]

އަފްރާހް އަބްދުލް ރަޝީދު
📍 ހއ. އިހަވަންދޫ

މިނިސްޓަރު އަމީން އިހަވަންދޫ ސިއްހީ މަރުކަޒުގެ ހާލަތު ބައްލަވާލައްވައިފި

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު އިހަވަންދޫ އަށް ވަޑައިގަތް އެ ރަށު ސިއްހީ މަރުކަޒުގެ ހާލަތު ބައްލަވާލައްވައިފިއެވެ. މިނިސްޓަރުގެ މިދަތުރުފުޅަކީ އިހަވަންދޫ ސްކޫލްގެ ދައުވަތަކަށް، އެސްކޫލްގެ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިނިސްޓަރު އަމީންއާ އެކު މި ދަތުރުފުޅުގައި ހެލްތް މިނިސްޓްރީގެ ބައެއް އިސްވެރިން ވެސް ބައިވެރިވެއެވެ. ދަތުރުފުޅުގައ އިހަވަންދޫގެ ސިއްޙީ ނިޒާމް ހި...

އަފްރާހް އަބްދުލް ރަޝީދު
މޮޅަދޫ ބަނދަރު ހެދުމުގެ އުފާވެރި ޚަބަރު! 📍 ހއ. މޮޅަދޫ

މޮޅަދޫ ބަނދަރު ހެދުމުގެ އުފާވެރި ޚަބަރު!

ޒަމާންތަކަކަށްފަހު ހއ. މޮޅަދޫ ބަނދަރު ހެދުމުގެ މަސައްކަތް ސެނޮކް ޓްރޭޑް ކޮންބައިން ޕްރައިވެޓް ލިމިޓެޑާ ސަރުކާރުން ޙަވާލުކުރައްވައިފިއެވެ. 650 ފޫޓް ދިގު 250 ފޫޓް ފުޅާ މިނުގެ މި ބަނދަރަކީ ޒާމާނާ އެއްގޮތަށް ފަރުމާކޮށްފައިވާ ބަނދަރެކެވެ. މި ބަނދަރުގައި 232 މީޓަރގެ ބޭރު ތޮށި 42 މީޓަރު ރިވެޓް މެންޓާއި 70 މީޓަރު ގްރޮއިން 20 މީޓަރގެ އެއްގަމު ތޮށި 20 ބަނދަރު ބައްތިއާއި ރޭންޕަކާއި 600 ސްކްއާމީޓަރ ޕޭވްމަންޓް ހެދުމަށް ހަމަޖެހިފައިވެއެވެ. 365 ދުވަހުގެ ތެރޭގައި […]

Thiladhun