މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,981 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,981 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2981 ޚަބަރުގެ ތެރެއިން
ހއ ކެލާއިން މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި 📍 ހއ. ކެލާ

ހއ ކެލާއިން މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި

ހއ ކެލާއިން މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި އެވެ. ޕޮލިސް އިންޓެލިޖެންސްއާއި ހއ ކެލާ ޕޮލިސް ގުޅިގެން، މަސްތުވާތަކެއްޗާއި ދެކޮޅަށް މިއަދު މެންދުރު 11:15 އެހައިކަންހާއިރު ހިންގި އޮޕަރޭޝަންއެއްގައި 28 އަހަރުގެ ދިވެހި ފިރިހެނަކުއް ހައްޔަރުކޮއްފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ. ފުލުހުން ބުނީ އޭނާ ހައްޔަރު ކޮށްފައިވަނީ، އޭނާ މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން  ކެލާ ބަންދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައި ފާސްކުރި އިރު އޭނާ ގެންގުޅުނު ފޮށިގަނޑެއްގެ ތެރެއިން...

ޔުމްނާ ޢަލީ
ކޮވިޑް-19: ތިލަދުންމަތީގެ ޚަބަރުތައް ކުރުކޮށް، އުތީމު ބަންޑާރައިން މިސްކިތު ކާޕެޓް މަތިން ތަރަފާލު އަޅައިފި 📍 ހއ. އުތީމު

ކޮވިޑް-19: ތިލަދުންމަތީގެ ޚަބަރުތައް ކުރުކޮށް، އުތީމު ބަންޑާރައިން މިސްކިތު ކާޕެޓް މަތިން ތަރަފާލު އަޅައިފި

ކޮވިޑް-19 އަށް ހޭލުންތެރިކޮށް، ރައްކާތެރިވުމަށް ރާއްޖޭގެ އެހެން ހިސާބު ތަކެކޭ އެއްފަދައިން، ތިލަދުންމަތީގެ ރަށްތަކުގެ ސަރުކާރުގެ މުވައްސަސާތަކާއި، ކްލަބް ޖަމްޢިއްޔާތަކާއި، އާންމު ފަރުދުން ހިމެނޭހެން އަންނަނީ ހަރަކާތްތައް ހިންގައި ފިޔަވަޅުތަށް އަޅަމުންނެވެ. ތިރީގައި ކުރުކޮށް މިބަލާލަނީ އެގޮތުން ތިލަދުންމަތީގެ ބައެއް ރަށްރަށުގައި ހިންގުނު ބައެއް ހަރަކާތްތަކަށެވެ. އުތީމު ބަންޑާރައިން މިސްކިތު ކާޕެޓް މަތިން ތަރަފާލު އަޅައިފި ކޮވިޑް-19 އަށް ރައްކާތެރިކޮށް ބަލި ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ރާއްޖ...

ޝިއުނާ އާދަމް
އުލިގަމު ކޮވިޑް-19 ޓާސްކް ފޯހުން ރައްޔިތުންނާ ބައްދަލުކުރަނީ

އުލިގަމު ކޮވިޑް-19 ޓާސްކް ފޯހުން ރައްޔިތުންނާ ބައްދަލުކުރަނީ

ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ނޮވެލް ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމުގެ މަސައްކަތް ކުރުމަށް ހއ. އުލިގަމުގައި އެކުލަވާލައިފާ ޓާސްކް ފޯހުން، މިއަދު އެރަށު ރަށްޔިތުންނާއި ބައްދަލުކުރަން ނިންމައިފިއެވެ. އުލިގަމު ކައުންސިލްގެ ޚާއްސަ އެންގުމެއްގައި ބުނެފައިވަނީ ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންގޮސް މިހާރު ރާއްޖެއިންވެސް ފެނިފައިވާ ކޮވިޑް-19 (ކޮރޯނާ ވައިރަސް) އާއި ގުޅޭގޮތުން، ރަށު ޓާސްކްފޯސްގެ ފަރާތުން ރައްޔިތުންނާއި، ބައްދަލުކޮށް މަޢުލޫމާތު ހިއްސާކުރުމަށް ބޭނުންވާތީ، 12 މާރޗް 202...

ޝިއުނާ އާދަމް
ތިލަދުންމަތީގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުން (2): ހއ. އުލިގަމް

ތިލަދުންމަތީގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުން (2): ހއ. އުލިގަމް

ރާއްޖޭގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުން: އެކިއެކި ސަބަބާހުރެ ރާއްޖޭގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުމަކީ، އަބަދުވެސް ހިނގަމުން އަންނަކަމެކެވެ. ދިވެހިރާއްޖޭގައި މިކަން ފެށިފައި ވަނީ، ކަނޑައެޅިގެން ކޮން ތާރީޚެއްގައި ކަމެއް އެއްވެސް މުއައްރިޚަކަށް އެނގޭކަށް ނެތެވެ. ރޯގާ ބަލިމަޑުކަން ކުރިމަތި ވުމުން، ސަލާމަތުން ތިބި މީހުންކޮޅެއް ކައިރީއޮތް އެހެން ރަށަކަށް ބަދަލުވެފައި އެބަހުއްޓެވެ. ތާރީޚީ ގޮތުން ފުރިހަމަ ސާބިތެއް ނެތަސް ތުންތުންމަތީން ކިޔަމުން އަންނަ ބައެއްކަހަލަ ހާދިސާއާ ގުޅ...

ތިލަދުން
ހޯރަފުށީ ކައުންސިލުގެ ލޯންއަށް ކުރިމަތިލުމަށް ހުޅުވާލައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ކައުންސިލުގެ ލޯންއަށް ކުރިމަތިލުމަށް ހުޅުވާލައިފި

ހއ. ހޯރަފުށީ ކައުންސިލުން، އެރަށުގެ މަސައްކަތްތެރިކަން ކުރިއަރުވާ، ކުދި ވިޔަފާރި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ދޫކުރާ ލޯންއަށް ކުރިމަތިލުމުގެ ފުރުޞަތު  ހުޅުވާލައިފިއެވެ. އެކައުންސިލުންވަނީ ހޯރަފުށީގެ ރައްޔިތުންނަށް 2020 ވަނަ އަހަރު ހޯރަފުށީ ކައުންސިލުން ލަފާކޮށްފައިވާ ބަޖެޓުން މަސައްކަތްތެރިން ކުރިއަރުވާ، ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ލޯން ދޫކުރުމަށް އެކައުންސިލުން އެކުލަވައިލައިފައިވާ އުޞޫލުވެސް އިއްޔެ އާންމު ކޮށްފައެވެ. އެ އުޞޫލުގައި، އެ ލޯނު ދޫކުރުމު...

އިބްރާހިމް އަސްވާޤް
ފެނަކައިން އިހަވަންދޫގައި އައު އޮފީސް އިމާރާތެއް އަޅަނީ 📍 ހއ. އިހަވަންދޫ

ފެނަކައިން އިހަވަންދޫގައި އައު އޮފީސް އިމާރާތެއް އަޅަނީ

ފެނަކައިން ހއ. އިހަވަންދޫގައި އައު އޮފީސް އިމާރާތެއް ކުރުމަށް ޢިއުލާން ކޮށްފިއެވެ. ފެނަކައިން ބުނީ އެކުންފުނިން ދޭ ކުރެހުމާއި ބީއޯކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް އިހަވަންދޫގައި އައު އޮފީސް އިމާރާތެއް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ. އެމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމަށް ފެނަކައިންވަނީ ފުރުޞަތު ހުޅުވާލާފައެވެ...

އަލީ އާދިލް
ހޯރަފުށީ ކައުންސިލްގެ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ކައުންސިލްގެ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ހޯރަފުށީ ކައުންސިލްގެ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ސްކޮލަރޝިޕަކީ މަތީ ސާނަވީ ތަޢުލީމް ނިންމާ ހޯރަފުށްޓަށް ނިސްބަތްވާ މީހުންގެ ތެރެއިން، ސިވިލް އިންޖިނިއަރިންގއަދި ޞިއްޙީ (މެޑިކަލް އޮފިސަރ) ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތަޢުލީމް ހާޞިލް ކުރުމުގެ ފުރުޞަތު ފަހިކޮށްދީ އަދިމެރިޓް އުޞޫލުން ހޮވޭ ދެ ފަރާތަކަށް ކޯސް ފުރިހަމަ ކުރުމަށްޓަކައި ހޯރަފުށީ ކައުންސިލުން، 100،000.00 (އެއްލައްކަރުފިޔާ) ދޭ ގޮތަށް ފަރުމާކުރެވިފައިވާ ސްކޮލަރޝިޕެކެވެ.  މިގޮތުން އަހަރަކު އެއްފަހަރު މި ސް...

ޔުމްނާ ޢަލީ
އުތީމު ގަނޑުވަރުގެ ޚިދުމަތް ވަގުތީ ގޮތުން މެދު ކަނޑާލައިފި 📍 ހއ. އުތީމު

އުތީމު ގަނޑުވަރުގެ ޚިދުމަތް ވަގުތީ ގޮތުން މެދު ކަނޑާލައިފި

ހއ. އުތީމު ގަނޑުވަރުގެ ޚިދުމަތް ވަގުތީ ގޮތުން މެދު ކަނޑާލައިފިއެވެ. ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މިއަދު ބުނެފައިވަނީ ރައްކާތެރިމުގެ ފިޔަވަަޅެއްގެ ގޮތުން މިއަދުން ފެށިގެން ހއ. އުތީމު ގަނޑުވަރުގެ ޚިދުމަތްތައް ވަގުތީ ގޮތުން މެދު ކަނޑާލާފައިވާ ކަމަށެވެ. އެކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްޓަކައި މާފަށް އެދޭކަމަށްވެސް އެމަރުކަޒުން ބުނެފައިވެއެވެ. އުތީމު ގަނޑުވަރަކީ ގިނަ އަދަދެއްގެ ދިވެހިންނާއި، ފަތުރުވެރިންވެސް ޒިޔާރަތްކުރާ މަރުކަޒެކެވެ. ޚާއްސަކޮށް ސްކޫލް ބަންދުތަކުގައި ގިނަ ރަށް...

އަލީ އާދިލް
"ހާޓުސީން”ގެ ވީޓިއޯތަކުން އުލިގަމާއި ހޯރަފުށީގެ ނަލަ މަންޒަރުތައް ދައްކާލައިފި 📍 ހއ. ހޯރަފުށި

"ހާޓުސީން”ގެ ވީޓިއޯތަކުން އުލިގަމާއި ހޯރަފުށީގެ ނަލަ މަންޒަރުތައް ދައްކާލައިފި

“ހާޓުސީން”ގެ ފުރަތަމަ އެޕިސޯޑުން ގިނަބަޔެއްގެ މަގުބޫލުކަން ލިބިފައިވާއިރު ގިނަބަޔަކު ތިބީ “ހާޓުސީން” ގެ ޓީމުން ނެރެމުންދާ އެޕިސޯޑު ތަކުގެ އިންތިޒާރުގައެވެ. ރާއްޖޭގެ އެންމެ އުތުރުން އޮންނަ ހއ. އަތޮޅުގެ ހުރިހާރަށެއްގެ ސޫޓިން ގާތްގަނޑަކަށް ނިމިފައިވާއިރު މިހާރު އެޓީމުން ކުރަމުންދާ މަސައްކަތަކީ ވީޑިއޯތައް އެޑިޓް ކުރުމުގެ މަސައްކަތެވެ. “ހާޓުސީން” ގެ ކުރޫ ގެ ޓީމުން ތިލަދުންމަތީ އުތުރުބުރީ އުލިގަމުގައި ނަގާފައިވާ ވީޑިއޯތަކުން އެރަށުގެ އާންމު ރައްޔިތުން އުޅެމުންދާ ވައްޓަފާޅިއާއި އެރަށުގެ އާސާރީ ތަންތަން...

އިބްރާހިމް އަސްވާޤް
ވަކި ޕާޓީއަކަށް ތާއީދުކޮށް އުޅުމަކީ ކާފަރު ކަމުގެ ޓެގު ކުރަން އޮތް ދަލީލެއް ނޫން: ރަޝީދު 📍 ހއ. އިހަވަންދޫ

ވަކި ޕާޓީއަކަށް ތާއީދުކޮށް އުޅުމަކީ ކާފަރު ކަމުގެ ޓެގު ކުރަން އޮތް ދަލީލެއް ނޫން: ރަޝީދު

ވަކި ޕާޓީއަކަށް ތާއީދުކޮށް އުޅުމަކީ ކާފަރު ކަމުގެ ޓެގު ކުރަން އޮތް ދަލީލެއް ނޫންކަމަށް ހއ. އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. ލޯކަލް ކައުންސިލް އިންތިގާބުގެ ފޯރި ރަށްރަށުގައި ގަދަވެފައިވާ މިދަނޑިވަޅުގައި އެމްޑީޕީގެ ޓިކެޓުގައި އިހަވަންދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާ މުޙައްމަދު ރަޝީދު ވިދާޅުވެފައިވަނީ އިހަވަންދޫގެ އެއްވެސް ރައްޔިތަކީ ދީނުން ބޭރުވެފައިވާ މީހެކަން އަދި އެންގިފައެއް ނެތްކަމަށެވެ. އިހަވަންދޫގެ ރައްޔިތުއްނަކީ 100% އިން 100% މުސްލިމުން ތިބި ރަށެ...

އަލީ އާދިލް
މާރަންދޫ، ފިއްލަދޫ އަދި ވަށަފަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕޮރޮޖެކްޓުތައް ކައުންސިލްތަކާއި ހަވާލުކޮށްފި 📍 ހއ. ވަށަފަރު

މާރަންދޫ، ފިއްލަދޫ އަދި ވަށަފަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕޮރޮޖެކްޓުތައް ކައުންސިލްތަކާއި ހަވާލުކޮށްފި

ހއ. މާރަންދޫ، ފިއްލަދޫ އަދި ވަށަފަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕޮރޮޖެކްޓުތައް އެރަށްތަކުގެ ކައުންސިލްތަކާއި ހަވާލުކޮށްފިއެވެ. އެރަށްތަކުގެ ސިއްޚީ މަރުކަޒުތަކުގެ އެކްސްޓެންޝަން ޕޮރޮޖެކްޓުތައް ކައުންސިލްތަކާއި ހަވާލުކޮށްފައިވަނީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން ގާނޫނަށް ގެނައި އިސްލާހާއެކު، ހެލްތު މިނިސްޓްރީގެ 20 ޕްރޮޖެކްޓެއް 20 ރަށެއްގެ ކައުންސިލްއާ ހަވާލުކުރުމަށް މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައެވެ. ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެ...

ޝިއުނާ އާދަމް
ތާރީޚުގެ ތެރެއިން ތިލައުތުރު ދިއްދޫ (1) 📍 ހއ. ދިއްދޫ

ތާރީޚުގެ ތެރެއިން ތިލައުތުރު ދިއްދޫ (1)

ހއ.ދިއްދޫ ނުވަތަ ތިލަ އުތުރު ދިއްދޫއަކީ ތިލަދުންމަތީ އުތުރުބުރީގެ އެންމެ އުތުރުން އަތޮޅުގެ މެދުތެރޭގައި އޮންނަ ރަށެކެވެ. މިރަށް އިހަވަންދިއްޕޮޅާ ވަކިކޮށްލަނީ ރަށުގެ އުތުރު ފަރާތުން ގައްލަންދޫއާއި ދެމެދުން އޮންނަ ގައްލަންދޫ ކަނޑު އޮޅިއެވެ. އަތޮޅުގެ އެހެން ރަށްރަށުގެ ނިސްބަތުން ދިއްދުއަކީ ބިމުގެ ގޮތުން އެހާ ބޮޑުރަށެއްނޫނެވެ. ހަނި ދިގުކޮށް އޮންނަ މިރަށުގެ ފުޅާ މިނުގައި 0.35  ކިލޯމީޓަރު ހުންނަ އިރު ރަށުގެ ދިގުމިނުގައި ގާތްގަނޑަކަށް 2 ކިލޯމީޓަރ ހުންނާނެ ކަމަށް ލަފާކުރެވެއެވެ. ދާދިފަހަކާ ޖެހެންދެންވެސ...

ނައްޝާމް ނަސީރު
އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ދިއްދޫގައި ޤުރްއާން މުބާރާތެއް ބާއްވަނީ 📍 ހއ. ދިއްދޫ

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ދިއްދޫގައި ޤުރްއާން މުބާރާތެއް ބާއްވަނީ

ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހއ ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ދިއްދޫ އެކުވެރިކަމުގެ ޗޭނު ގުޅިގެން ޤުރްއާން މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ. މި މުބާރާތަކީ 18 އަހަރުންމަތީގެ އަންހެން ބޭފުޅުންނަށް ހުޅުވާލެވިފައިވާ މިބާރާތެކެވެ. މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު އެ ޖަމުޢީއްޔާގެ އޮފީހަށް ހުށަހެޅުއްވުމަށް އެޖަމިއްޔާއިން ކުރި އިޢުލާނުގައިވަނީ އެދިފައެވެ....

ޔުމްނާ ޢަލީ
ދިއްދޫއިން ޕްލާސްޓިކް ހުސްކުރުމަށް ތަފާތު ނަމޫނާ ހަރަކާތްތަކެއް! 📍 ހއ. ދިއްދޫ

ދިއްދޫއިން ޕްލާސްޓިކް ހުސްކުރުމަށް ތަފާތު ނަމޫނާ ހަރަކާތްތަކެއް!

ހއ ދިއްދޫއިން ޕްލާސްޓިކް ހުސްކުރުމަށް ތަފާތު ނަމޫނާ ހަރަކާތްތެއް އެރަށުގެ ޖަމިއްޔާއެއްކަމަށްވާ މިޑްލް ސްޕޯރސް ކުލަބާއި ދިއްދޫ ކައުންސިލް އިދާރާ، ހއ. އަތޮޅު ތައުލީމީ މަރުކަޒު، ޕާރލޭ ޖަމިއްޔާގެ އަދި އުދަރެސް އިން ގުޅިގެން އެރަށުގައި ހިންގަން ފަށައިފިއެވެ. ހއ އަތޮޅު ތައުލީމީ މަރުކަޒުގެ ސައިންސް އެންޑް އެންވަޔަރަމަންޓް ކުލަބާއި މިޑްލް ސްޕޯޓްސް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ޕްލާސްޓިކް ކަލެކްޝަން އަދި ގަސްއިންދުމުގެ ޕްރޮގްރާމް އިފްތިތާޙް ކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ބާއްވާފައިވަނީ މިމަހުގެ...

އިބްރާހިމް އަސްވާޤް
ދިއްދޫގައި އަޅާ އާ ހޮސްޕިޓަލް ޕްލޭން އިފްތިތާހުކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫގައި އަޅާ އާ ހޮސްޕިޓަލް ޕްލޭން އިފްތިތާހުކޮށްފި

އަތޮޅުތެރޭގެ ސިއްހީ ހިދުމަތްތައް ތަރައްޤީކޮށް ފުޅާކުރުމުގެ ގޮތުން ސަރުކާރުން އެކުލަވާލައިފައިވާ ސިޔާސަތުގެ ދަށުން ހއ. ދިއްދޫ އާ ހޮސްޕިޓަލެއް އަޅަން ނިންމައި، އެ ހޮސްޕިޓަލްގެ ޕްލޭން މިއަދު އިފްތިތާހްކޮށްފިއެވެ. އަތޮޅުތެރޭގެ ސިއްހީ ހިދުމަތްތައް ފުޅާކުރުމަށް ދ. ކުޑަހުވަދޫގައިވެސް އާ ހޮސްޕިޓަލެއް އަޅަން ނިންމައި އެކަންވަނީ މިއަދު ސަރުކާރުން ޢިއުލާން ކޮށްފައެވެ. މިއަދު އިފްތިތާހްކުރި ޕްލޭންގެ ދަށުން، އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލްގެ ބާ އިމާރާތް ތަޅާލައި އެތަނުގައި ވެސް ދިއްދޫ އަދި ކުޑަހުވަދ...

ޝިއުނާ އާދަމް