މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,981 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,981 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2981 ޚަބަރުގެ ތެރެއިން
ދިއްދޫ ފުރަބަންދު ކުރަނީ 📍 ހއ. ދިއްދޫ

ދިއްދޫ ފުރަބަންދު ކުރަނީ

މިއަދުން ފެށިގެން ތިން ދުވަހަށް ހއ. ދިއްދޫ ފުރަބަންދު ކުރުމަށް ހއ. ދިއްދޫ ކައުންސިލުން ނިންމައިފިއެވެ. ދިއްދޫ ފުރަބަންދު ކުރުމަށް ނިންމާފައިވަނީ 3 ދުވަހުގެ މުއްދަތަށް، މިއަދު (23 އެޕްރީލް 2020) ހަވީރު 6:00 އިން 26 އެޕްރީލް 2020 ވާ އާދީއްތަ ދުވަހުގެ ހަވީރު 6:00 އަށެވެ. އެ ނިންމުމާއި ގުޅިގެން ދިއްދޫ ކައުންސިލުން ބުނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް ރާއްޖެއިން ފެނިފައިވާތީ، އަދި އެ އަތޮޅުގެ ރަށަކުން ވެސް ވައިރަސް ފެނިފައިވުމާއެކު، އެރަށުގައި […]

ޝިއުނާ އާދަމް
ކޯވިޑް-19 އާ ގުޅިގެން ދިއްދޫ ދާއިރާގެ މެމްބަރު ޙާއްސަ އިލްތިމާސްއެއް ކުރައްވައިފި 📍 ހއ. ދިއްދޫ

ކޯވިޑް-19 އާ ގުޅިގެން ދިއްދޫ ދާއިރާގެ މެމްބަރު ޙާއްސަ އިލްތިމާސްއެއް ކުރައްވައިފި

ކޯވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހއ ދިއްދޫ ދާއިރާގެ މެމްބަރު އަލްފާޟިލް އަބްދު ﷲ ވަހީދު ދާއިރާގެ ރައްޔިތުންނަށް ޙާއްސަ އިލްތިމާސްއެއް ކުރައްވައިފިއެވެ. މިއަދު މެންބަރު ވަހީދު ނެރުއްވި އިލްތިމާގައި ބުނެފައިވަނީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ބަލި، ރާއްޖޭގައި ވެސް ފެތުރެން ފެށުމާއެކު ހއ ދިއްދޫ ދާއިރާގެ ރައްޔިތުންގެ ހިތްތަކުގައި މި ވަގުތު އުފެދިފައިވާ ނުތަނަވަސްކަމާއި، ކަންބޮޑުވުންތައް، ރައްޔިތުންނާއެކު އިޙްސާސްކުރަމުންދާކަމަށެވެ. މީގެ އިތުރުން ބުނެފައިވަނީ މި...

އިބްރާހިމް އަސްވާޤް
ހޯރަފުށީ އަޅާފައިވާ ފިޔަވަޅުތައް ދެމެހެއްޓުމަށް ކައުންސިލުން ނިންމައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ އަޅާފައިވާ ފިޔަވަޅުތައް ދެމެހެއްޓުމަށް ކައުންސިލުން ނިންމައިފި

ކޯވިޑް-19 އާއި ގުޅިގެން ހޯރަފުށީ ކައުންސިލާއި ޓާސްކްފޯހުން އަޅާފައިވާ ފިޔަވަޅުތައް ދެމެހެއްޓުމަށް ހޯރަފުށީ ކައުންސިލުން ނިންމައިއެވެ. އެކަމާއި ގުޅިގެން އެކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ ކޯވިޑް-19 އާއި ގުޅިގެން ހޯރަފުށީ ކައުންސިލާއި ޓާސްކްފޯހުން އެރަށުގައި އަޅާފައިވާ ފިޔަވަޅުތައް ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް، ރަށު ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެނިންމުން ދަމަހަށްޓާފައިވަނީ އެރަށު ކޯވިޑް-19 ޓާސްކް ފޯހުގެ ޓާސްކްފޯހުގެ ލަފާ...

ޔުމްނާ ޢަލީ
އުލިގަމު މީހާއާ ކޮންޓެކްޓްވި މީހަކު ފައްސި ވެއްޖެ

އުލިގަމު މީހާއާ ކޮންޓެކްޓްވި މީހަކު ފައްސި ވެއްޖެ

ކޮވިޑް-19އަށް އިތުރު ދިވެއްސަކު ޕޮޒިޓިވްވެއްޖެ އެވެ. މި މީހާއަކީ މީގެކުރިން ހއ. އުލިގަމުން ޕޮޒިޓިވްވީ މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ. އޭނާ މިވަގުތު ހުރި ތަނެއް އެޗްޕީއޭއިން ހާމައެއް ނުކުރެ އެވެ. މި މީހާއެކު މާލެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 64 އަކަށް އެރީ އެވެ. އުލިގަމުގައި ހުއްޓާ ކޮވިޑް-19އަށް ޕޮޒިޓިވްވި މީހާއަކީ މި މަހުގެ 15 ވަނަ ދުވަހު މާލެއިން ކަނޑު ބޯޓެއްގައި ފުރައިގެން އުލިގަމަށް ދިޔަ ދިވެއްސެކެވެ. އޭނާ ދަތުރުކޮށްފައިވަނީ ހއ. އިހަވަންދޫ […]

ޔުމްނާ ޢަލީ
ފޭސް މާސްކާއި ފޭސް ޝީލްޑް ތައްޔާރުކުރުމުގައި ހއ އަތޮޅު ހޮސްޕިޓަލުގެ ކަނބަލުން!

ފޭސް މާސްކާއި ފޭސް ޝީލްޑް ތައްޔާރުކުރުމުގައި ހއ އަތޮޅު ހޮސްޕިޓަލުގެ ކަނބަލުން!

މުޅި ދުނިޔެއަށް މިވަގުތު ދިމާވެފައިވާ ކޯވިޑް19 ގެ ބިރުވެރިކަން މިވަނީ ދިވެހި ރާއްޖެއަށްވެސް ކުރިމަތިވެފައެވެ. މާލެއިން މިބައްޔަށް ފައްސިވެފައިވާ އެތައްބަޔެއް ފެނިފައިވާއިރު ރާއްޖޭގެ އަތޮޅަކުން މިބަލި ފެނުނު ފުރަތަމަ އަތޮޅަކީ ހއ އަތޮޅެވެ. އެއާއި އެކު ހއ. އަތޮޅު މިވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ރާއްޖޭގެ އެންމެ އުތުރުގައި އޮންނަން މިއަތޮޅަކީ އެއްބައިވަންތަ ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ އަތޮޅެކެވެ. ކޯވިޑް19 ގެ ބިރުވެރި ރާޅު ތިލަދުންމައްޗަށް ބިންދާލާފައިވާ މިނާޒުކު ދަނޑިވަޅުގައި ހއ އަތޮޅު ހ...

ޔުމްނާ ޢަލީ
ހޯރަފުށީގައި ބޭރަށް ނުކުމެ އުޅުން މަނާކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ބޭރަށް ނުކުމެ އުޅުން މަނާކޮށްފި

ހއ. ހޯރަފުށީގައި ބޭރަށް ނުކުމެ އުޅުން މަނާކޮށް، އިތުރު ފިޔަވަޅުތަކެއް އެރަށު ކައުންސިލުން އަޅައިފިއެވެ. ހޯރަފުށީ ކައުންސިލުން ކުރި ޢިއުލާނެއްގައި ބުނެފައިވަނީ 2020 އެޕްރީލް 19 ވަނަ ދުވަހު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެދަށުން ހޯރަފުށި މޮނިޓަރިން ޙާލަތައް ގެނެސްފައިވާ ކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ހޯރަފުށީ ކައުންސިލުން މިއެންގުން އަންގާ ވަގުތުން ފެށިގެން ވަކިގޮތެއް އަންގަންދެން އެ...

ޔުމްނާ ޢަލީ
މުރައިދޫއިން ފުރައިގެން ބާރަށަށް ދިޔަ މީހަކު ހައްޔަރުކޮށްފި 📍 ހއ. ބާރަށް

މުރައިދޫއިން ފުރައިގެން ބާރަށަށް ދިޔަ މީހަކު ހައްޔަރުކޮށްފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމާ ޚިލާފަށް ހއ. މުރައިދޫއިން ފުރައިގެން އެއަތޮޅު ބާރަށަށް ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ހައްޔަރުކޮށްފައިވަނީ ހއ. މުރައިދޫ އިން ޑިންގީއެއްގައި ހއ. ބާރަށަށް ގޮސް، އަންބުރާ ހއ. މުރައިދޫ އަށް ދިޔަ 39 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ގެ އެންގެވުމާ ޚިލާފުވި މިމީހާ ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 20 ވަނަ ދުވަހުގެ 23:36 ހާއިރު ހައްޔަރުކޮށް މިމައްސަލަ ތަޙްޤީގު ކުރަމުން އަ...

ޝިއުނާ އާދަމް
ކާވިޔާ ބޯޓުން ދަތުރުކުރި މީހުން އެކަހެރިވާން އަނގައިފި 📍 ހއ. އިހަވަންދޫ

ކާވިޔާ ބޯޓުން ދަތުރުކުރި މީހުން އެކަހެރިވާން އަނގައިފި

ހއ. އިހަވަންދޫ ކާވިޔާ ބޯޓުން އެރަށަށް ދަތުރުކުރި މީހުންނާއި، އެމީހުންނާއި ސީދާ ދިމާވެފައިވާ މީހުން  އަމިއްލައަށް އެކަހެރިވުމަށް ހއ. އިހަވަންދޫ އާމިނާދިޔޯ ސިއްހީމަރުކަޒުން އަންގައިފިއެވެ. ހއ. އިހަވަންދޫ އާމިނާދިޔޯ ސިއްހީމަރުކަޒުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު މާލެއިން އިހަވަންދޫ އަށް ކާވިޔާ ބޯޓުން ދަތުރުކުރައްވާފައިވާ މީހެއް ކޯވިޑް-19 އަށް ފައްސިވެފައިވާތީ، އިތުރަށް ބަލަންޖެހޭ ބެލުންތައް ބެލުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކާވިޔާބޯޓުން ދަތުރުކުރެއްވ...

ޝިއުނާ އާދަމް
ދިއްދޫއަށް އަރާ ފޭބުމުގައި އަމަލު ކުރަންވީ ގޮތް ހާމަކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫއަށް އަރާ ފޭބުމުގައި އަމަލު ކުރަންވީ ގޮތް ހާމަކޮށްފި

ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭއިން އަންގާފައިވާ ގޮތުގެ މަތީން އަމަލު ކުރުމަށްޓަކައި، ހއ. ދިއްދޫއަށް އަރާ ފޭބުމުގައި އަމަލު ކުރަންވީ ގޮތް ދިއްދޫ ކައުންސިލުން ހާމަ ކޮށްފިއެވެ. ދިއްދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ ކޯވިޑް-19 ބަލިމަޑުކަން ދިވެހި މުޖްތަމަޢުގެ ތެރޭގައި ފެތުރެމުންދާ ކަމަށް އެޗްޕީއޭ އިން ކަނޑައަޅުއްވައި، އެ ބަލި އިތުރަށް ފެތުރުން ކޮންޓްރޯލު ކުރުމުގެ ގޮތުން މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ ހުރިހައި ރަށެއްގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް އަންގައި ނެރުރުއްވާފައިވާ ބަޔާނު...

ޙުސައިން ޝަހުދީ
ކޯވިޑް-19 އާއި ގުޅިގެން ދިއްދޫ ކައުންސިލުގެ އިތުރު ފިޔަވަޅުތަކެއް 📍 ހއ. ދިއްދޫ

ކޯވިޑް-19 އާއި ގުޅިގެން ދިއްދޫ ކައުންސިލުގެ އިތުރު ފިޔަވަޅުތަކެއް

ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ހއ. ދިއްދޫ ކައުންސިލުން ފިޔަވަޅުތަކެއް އަޅަން ނިންމައި އެކަން އާންމުކޮށް ޢިއުލާން ކޮށްފިއެވެ. ދިއްދޫ ކައުންސިލުން އިއްޔެ ކުރި ޢިއުލާނެއްގައި ބުނެފައިވަނީ ކޯވިޑް-19 ބަލިމަޑުކަން ދިވެހި މުޖްތަމަޢުގެ ތެރޭގައި ހަލުވި ކަމާއެކު ފެތުރެމުންދާތީ، އެ ބަލި އިތުރަށް ފެތުރުން ކޮންޓްރޯލު ކުރުމުގެގޮތުން ހއ. ދިއްދޫ ކޮވިޑް ޓާސްކް ފޯސް ގެ ލަފާގެ މަތިން 20 އެޕްރީލް 2020 (މިއަދު) އިން ފެށިގެން ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައި ވާކަމަށެވެ. ދިއްދޫ ކައުންސިލުން އަޅަން ނިންމި […]

ޔުމްނާ ޢަލީ
ކޯވިޑް-19 އާއި ގުޅިގެން ދިއްދޫގައި ފުލޫ ކްލިނިކެއް ހުޅުވައިފި 📍 ހއ. ދިއްދޫ

ކޯވިޑް-19 އާއި ގުޅިގެން ދިއްދޫގައި ފުލޫ ކްލިނިކެއް ހުޅުވައިފި

ހއ. ދިއްދޫގައި ހުންނަ އެ އަތޮޅު އަތޮޅު ހޮސްޕިޓަލްގެ ފަރާތުން ދިއްދޫގައި ފުލޫ ކްލިނިކެއް ހުޅުވައިފިއެވެ. ކޯވިޑް-19 އާއި ގުޅިގެން ދިއްދޫގައި ހުޅުވުނު ފުލޫ ކުލިނިކް ހުޅުވާފައިވަނީ ދިއްދޫ ޕްރީސުކޫލުގައިއެވެ. އެ ފުލޫ ކުލިނިކް ހުޅުވިފައި ހުންނާނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، އެ ދުވަސްތަކުގެ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށެވެ. އެ ފުލޫ ކްލިނިކަށް ދެއްކުމަށް ހުޅުވާލާފައި ވަނީ ރޯގާގެ އަލާމާތް ހުންނަ ދިވެހިންނާއި ބިދޭސީން ނަށެވެ. ދިވެއްސެއްނަމަ […]

އަލީ އާދިލް
އުލިގަމުން ފައްސިވި މީހާއާއި ގުޅުން ހުރި 131 މީހުން ދެނެގަނެފި

އުލިގަމުން ފައްސިވި މީހާއާއި ގުޅުން ހުރި 131 މީހުން ދެނެގަނެފި

ހއ. އުލިގަމުން ކޯވިޑް-19 އަށް ފައްސިވި މީހާއާއި ގުޅުން ހުރި 131 މީހުން ހޯދިއްޖެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ. މިހާރު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) ގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ. ނަޒްލާ ވިދާޅުވީ ކޭސް 52 އާއި ސީދާ ބައްދަލުވި 131 މީހުން ދެނެގަނެވިފައި ވާކަމަށެވެ. ކޭސް 52 އަކީ ހއ. އުލިގަމުން ކޯވިޑް-19 އަށް ފައްސިވެފައިވާ މީހާއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މި މަހުގެ […]

ޝިއުނާ އާދަމް
ބާރަށު ޒުވާނުންގެ ދިރުމުގެ ފަރާތުން ކޮންމެ ގެޔަކަށް 15 ކިލޯ ހަނޑޫ ބަހައިފި 📍 ހއ. ބާރަށް

ބާރަށު ޒުވާނުންގެ ދިރުމުގެ ފަރާތުން ކޮންމެ ގެޔަކަށް 15 ކިލޯ ހަނޑޫ ބަހައިފި

ކޯވިޑް-19 އާ ގުޅިގެން ރައްޔިތުންމަށް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން ހއ. ބާރަށު ޒުވާނުންގެ ދިރުމުގެ ފަރާތުން އެރަށުގެ ކޮންމެ ގޭބީސީއަކަށް 15 ކިލޯ ހަނޑޫ ފޯރުކޮށްދީފި އެވެ. ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން އެޖަމިއްޔާގެ އިފިސަލަކު ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ޖަމިއްޔާއިން އިސްނަގައިގެން އިއްޔެ 260 ގޭބީސީއަކަށް ހަނޑޫ ބަހާފައިވާނެ ކަމަށެވެ. އެގޮތުން ކޮންމެ ގެއަކަށް 15 ކިލޯގެ ރޭޓުން ހަނޑޫ ފޯރުކޮށްދީފައިވާނެކަން ފާހަގަކުރެއްވި އެވެ. މީގެ އިތުރުން އެފަރ...

ޝިއުނާ އާދަމް
ވަށަފަރު ގެއެއް މޮނިޓަރިންގ ހާލަތަށް ގެެނެސްފި 📍 ހއ. ވަށަފަރު

ވަށަފަރު ގެއެއް މޮނިޓަރިންގ ހާލަތަށް ގެެނެސްފި

މާލެއިން ކޯވިޑް-19 އަށް ފައްސިވި ކޭސް 21، ކޭސް 22 އަދި 23 އާއި ގުޅިގެން ހއ. ވަށަފަރުން ގެއެއް މޮނިޓަރުން ހާލަތަށް ގެނެސްފިއެވެ. ހއ. ވަށަފަރުން މޮނިޓަރިން ހާލަތަށް ގެނެސްފައި ވަނީ ހއ. ނިޔަނދުރުމާގެއެވެ. އެ ގެޔާއި އެކު އެކޭސްތަކާއި ގުޅުން ހުރި 22 ގެއެއްވަނީ މޮނިޓަރިންގ ހާލަތަށް ގެނެސްފައެވެ. މިގެތައް މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައިވަނީ މާލެއިން ކޯވިޑް-19 އަށް ފުރަތަމަ ފައްސިވި މީހާއާ ސީދާ ދިމާވި މީހުން ހޯދުމަށްފަހުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއާއެކު މި […]

ޔުމްނާ ޢަލީ
މާލެއިން އިހަވަންދޫއަށް ގޮސްފައިވާ މީހުން ގޭގައި މަޑުކޮށް ދިނުމަށް އެދިއްޖެ 📍 ހއ. އިހަވަންދޫ

މާލެއިން އިހަވަންދޫއަށް ގޮސްފައިވާ މީހުން ގޭގައި މަޑުކޮށް ދިނުމަށް އެދިއްޖެ

1 އޭޕްރިލް 2020 ގެ ފަހުން މާލެއިން ހއ. އިވަންދޫއަށް ގޮސްފައިވާ މީހުން ގޭގައި މަޑުކޮށް ދިނުމަށް ހއ. އިހަވަންދޫ ކައުންސިލުން އެދިއްޖެއެވެ. އެ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ބުނެފައި ވަނީ 1 އޭޕްރިލް 2020 ގެ ފަހުން މާލެއިން ހއ. އިވަންދޫއަށް އައިސްފައިވާ މީހުން ގޭގައި މަޑުކޮށް ދިނުމަށް އެދޭ ކަމަށެވެ. އަހަވަންދޫ ކައުންސިލްގެ މި ފިޔަވަޅަކީ، އިއްޔެ މާލެއިން ކޯވިޑްގެ އައު ކޭސްތަކެއް ފެނުމުން އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅެކެވެ. އެ ކައުންސިލުން […]

ޔުމްނާ ޢަލީ