މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,981 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,981 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2981 ޚަބަރުގެ ތެރެއިން
ހޯރަފުށި އެއަރޕޯޓުގެ ޕެސެންޖަރ ޓަރމިނަލް އަދި ފަޔަރ ބިލްޑިންގް އިމާރާތްކުރަން ހަވާލުކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށި އެއަރޕޯޓުގެ ޕެސެންޖަރ ޓަރމިނަލް އަދި ފަޔަރ ބިލްޑިންގް އިމާރާތްކުރަން ހަވާލުކޮށްފި

ހޯރަފުށި އެއަރޕޯޓުގެ ޕެސެންޖަރ ޓަރމިނަލް އަދި ފަޔަރ ބިލްޑިންގް އިމާރާތްކުރަން ހަވާލުކޮށްފި އެވެ. ހއ. ހޯރަފުށި އެއަރޕޯޓުގެ ޕެސެންޖަރ ޓަރމިނަލް އަދި ފަޔަރ ބިލްޑިންގް އިމާރާތްކުރުމުގެ މަޝްރޫޢު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. ސޯޅަ މިލިއަން އެއް ލައްކަ ތިރީސް އެއް ހާސް ސާޅިސް ދެ ރުފިޔާ / ދެ ލާރި (16،131،042.02) އަށް އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްފަިވަނީ މިއަދު ބޭއްވި […]

އިބްރާހިމް އަސްވާޤް
ދިއްދޫއިން ދޫކޮށްފައިވާ 110 ހައުސިންގ ޔުނިޓްގެ މަރާމާތު ފައިސާ ދޫކުރަނީ 📍 ހއ. ދިއްދޫ

ދިއްދޫއިން ދޫކޮށްފައިވާ 110 ހައުސިންގ ޔުނިޓްގެ މަރާމާތު ފައިސާ ދޫކުރަނީ

ހއ. ދިއްދޫއިން ދެވަނަ ބުރުގައި ދޫކޮށްފައިވާ 110 ހައުސިންގ ޔުނިޓްގެ މަރާމާތު ފައިސާ ދޫކުރަން ފަށަން ހަމަޖެހިފައިވާކަމަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ އިން ބުނެފިއެވެ. ދިއްދޫ ކައުންސިލުން ކޮށްފައިވާ އިޢުލާން ގައި ބުނެފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެދަށުން ދިއްދޫގައި އިމާރާތްކޮށްފައިވާ 250 ހައުސިންގ ޔުނިޓުގެ ތެރެއިން ދެވަނަ ބުރުގައި ދޫކޮށްފައިވާ 110 ހައުސިންގ ޔުނިޓުގެ މަރާމާތު ފައިސާ، އެކައުންސިލަށް ވަނީ ލިބިފައިކަމަށެވެ. ހައުސިން ޔުނިޓް ލިބިލެއްވި ފަރާތުގެ އަމި...

އިބްރާހިމް އަސްވާޤް
ތަކަންދޫ ކުޅީގެ ދިރުންތައް ހިމާޔަތް ކުރުމަށް ޚާއްޞަ ފިޔަވަޅެއް 📍 ހއ. ތަކަންދޫ

ތަކަންދޫ ކުޅީގެ ދިރުންތައް ހިމާޔަތް ކުރުމަށް ޚާއްޞަ ފިޔަވަޅެއް

ހއ. ތަކަންދޫ ކުޅީގެ ދިރުންތައް ހިމާޔަތް ކުރުމަށް އެ ރަށުގެ ކައުންސިލުން ޚާއްޞަ ފިޔަޅެއް އަޅައިފިއެވެ. މިގޮތުން އެ ކައުންސިލުން ވަނީ އިއްޔެއިން ފެށިގެން އެރަށުގެ ކުޅިއާއި، ކުޅިއާއި ގުޅިފައިވާ ފާ އަދި ފެންގަނޑުތަކުން މަސް ހިފުން މަނާ ކޮށްފައެވެ. ތަކަންދޫ ކައުންސިލްގެ މި ނިންމުމާއި ގުޅިގެން ތަކަންދޫ ކައުންސިލްގެ ނައިބު ރައީސް ޢާއިޝަތު އާޞިފާ “ތިލަދުން” އަަށް ވިދާޅުވީ އެ ނިންމުމަކީ އެރަށުގެ ކުޅީގެ ދިރުންތައް އާލާ ކުރުމަށް ފުރުޞަތު ހޯދުމަށް ނިންނި ނިންމުމެއް ކަމަށެވެ. […]

ޙުސައިން ޝަހުދީ
ހއ. އަތޮޅުގެ 3 ރަށެއްގައި ސްކޭންގެ ހާއްސަ ޑޮކްޓަރެއް ޚިދުމަތް ދެނީ

ހއ. އަތޮޅުގެ 3 ރަށެއްގައި ސްކޭންގެ ހާއްސަ ޑޮކްޓަރެއް ޚިދުމަތް ދެނީ

ހއ.އަތޮޅުގެ 3 ރަށެއްގައި ސްކޭންގެ ހާއްސަ ޑޮކްޓަރ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާކަމަށް ހއ. އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ކުރި ޢިއުލާންނެއްގައި ބުނެފައިވަނީ ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތްކުރައްވާ ރޭޑިއޯލޮޖިސްޓް (ސްކޭންގެ ހާއްސަ ޑޮކްޓަރ) “ޑޮކްޓަރ ކައިލާޝް ކުމާރު 2،1 އަދި 03 ސެޕްޓެމްބަރ 2020 މި ތިންދުވަހު ސްކޭންގެ ޚިދުމަތް އެހޮސްޕިޓަލްގައި ދެމުންގެންދާނެކަމަށެވެ. ސްކޭން ޑޮކްޓަރަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކުން މެންދުރުފަހު 15:00 ން ރޭގަނޑު 20:00ށް އ...

އިބްރާހިމް އަސްވާޤް
މިއަހަރު ނިމުމުގެ ކުރިން ދިއްދޫ ފުޓުބޯޅަ ދަނޑުގައި ޓާފް އަޅައި ނިމޭނެ: މިނިސްޓަރު 📍 ހއ. ދިއްދޫ

މިއަހަރު ނިމުމުގެ ކުރިން ދިއްދޫ ފުޓުބޯޅަ ދަނޑުގައި ޓާފް އަޅައި ނިމޭނެ: މިނިސްޓަރު

މިއަހަރު ނިމުމުގެ ކުރިން ހއ. ދިއްދޫ ފުޓުބޯޅަ ދަނޑުގައި ޓާފް އަޅައި ނިމޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކުޅިވަރާއިބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މަޚްލޫފް މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަދައުރުގެ 30 ވަނަ ޖަލްސާގެ ސުވާލު ކުރުމުގެ ވަގުތުގައި ދިއްދޫގައި ގާއިމު ކުރަމުންދާ ޓާފް ދަނޑުގެ މަސައްކަތް ނިމޭނީ ކިހާތާކުތޯ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ކުރެއްވި ސުވާލެއްގެ ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު މަޚްލޫފް […]

ޝިއުނާ އާދަމް
ތިލަދުންމަތި އުފެއްދި ޝަޚްޞިއްޔަތުން: ދިއްދޫ ޢަބްދުލްޙަކީމް ޢުޘްމާން (ޙަކީމްބެ) 📍 ހއ. ދިއްދޫ

ތިލަދުންމަތި އުފެއްދި ޝަޚްޞިއްޔަތުން: ދިއްދޫ ޢަބްދުލްޙަކީމް ޢުޘްމާން (ޙަކީމްބެ)

ހއ. ދިއްދޫ އަންޑާޕޫލުގޭ އަލްމަރްޙޫމް ޢަބްދުލްޙަކީމް ޢުޘްމާން (ޙަކީމްބެ) އަކީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހުގެ އިސް މަޤާމްތަކެއް ފުރުއްވާފައިވާ، ތެދުވެރި، އިޚްލާޞްތެރި ބޭފުޅެކެވެ. ޙަކީމްބެ އެންމެ ފުރަތަމަ ވަޒީފާ އަދާކުރައްވަން ފެއްޓެވީ ތިލަދުންމަތި ދެބައިކުރެއްވުމުގެ ކުރިން ހ.އަތޮޅު ނޮޅިވަރަންފަރުގައި ހުރި ތިލަދުންމަތީ އަތޮޅު އޮފީހުގައެވެ. އެއިރު ޙަކީމްބެއަކީ އެ އޮފީހުގެ ކާތިބެކެވެ. 21 މެއި 1958 (02 ޛުލްޙިއްޖާ 1377) ވީ ބުދަ ދުވަހު ތިލަދުންމަތި ދެބައި ކުރައްވައި، ތިލަދުންމަތީ އުތުރުބުރީގެ އ...

އަބްދުﷲ ނަޢީމް
އިހަވަންދޫ "މިސްކިތްމަގު މައިޒާން" ހުޅުވައިފި، ވަރަށް ޗާލު 📍 ހއ. އިހަވަންދޫ

އިހަވަންދޫ "މިސްކިތްމަގު މައިޒާން" ހުޅުވައިފި، ވަރަށް ޗާލު

ހއ.އިހަވަންދޫގެ އިރު އުތުރު ފަރާތު އަތިރިމަތީން ގޮނޑަކަށް ވެފައިވާ މިސްކިތްމަގު ނަމަކަށް ކިޔާ ސަރަހައްދު ސާފުކޮށް ރީތި މައިޒާނެއްގެ ގޮތުގައި ތަރައްޤީކޮށް ހުޅުވައިފިއެވެ. މި މައިޒާނަށް ދީފައިވާ ނަމަކީ މިސްކިތްމަގު މައިޒާނެވެ. އެ ރަށުގެ ހައެއްކަ ޒުވާނުންގެ އިސްނެގުމުގެ މަތިން އެ ރަށުގެ ކައުންސިލާ ވެސް މަޝްވަރާ ކުރެވިގެން ފެށިގެންދިޔަ މި މަސައްކަތް ފުރިހަމަ ކަމާއި ކާމިޔާބުކަމާއިއެކު ނިންމާލެވިފައި ވަނީ އެ ޒުވާނުންގެ އާއިލާތަކާއި އަދި އެ ހިސާބުގަނޑުގެ އެންމެހާ ބޭފުޅުންގެ ބުރަ މަސައްކަތާއި އެކުގައެވެ...

އިބްރާހިމް ޚަލީލް
ދިއްދޫގައި ވޮލީ ޓްރެއިނިންގ ޕްރޮގްރާމެއް ހިންގަނީ 📍 ހއ. ދިއްދޫ

ދިއްދޫގައި ވޮލީ ޓްރެއިނިންގ ޕްރޮގްރާމެއް ހިންގަނީ

ހއ. ދިއްދޫގައި ވޮލީ ޓްރެއިނިންގ ޕްރޮގްރާމެއް ހިންގަން ނިންމައި، އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މި ވޮލީ ޓްރެއިނިންގ ޕްރޮގްރާމަކީ ދިއްދޫ އިޖްތިމާއީ މަރުކަޒާއި އަދި ދިއްދޫ ޕޮލިސް ގުޅިގެން ހިންގާ ޓްރެއިނިންގ ޕްރޮގްރާމެކެވެ. އެރަށުގެ ވޮލީ ކުޅުންތެރިން ތަމްރީނު ކުރުމަށް ހިންގާ މި ވޮލީ ޓްރެއިނިންގ ޕްރޮގްރާމް ހިންގުމަށް ނިންމާފައި ވަނީ 7 ސެޕްޓެމްބަރ 2020 އިން 22 ސެޕްޓެމްބަރ 2020 އަށެވެ. މި ޓްރެއިނިންގ ޕްރޮގްރާމް ހިންގުމަށް ފުރުޞަތު ހުޅުވާލަމުން ދިއްދޫ އިޖްތިމާއީ […]

އަޙްމަދު ވަހީދު
ތިން ސިއްހީ މަރުކަޒެއް ގުޅިގެން ހޯރަފުށީ އެއަރޕޯރޓްގައި ގަސްއިންދައިފި 📍 ހއ. ހޯރަފުށި

ތިން ސިއްހީ މަރުކަޒެއް ގުޅިގެން ހޯރަފުށީ އެއަރޕޯރޓްގައި ގަސްއިންދައިފި

ހއ. ހޯރަފުށީގައި ތަރައްގީ ކުރަމުންދާ އެއަރޕޯރޓް ފެހިކުރުމުގެ ޕްރޮގްރާމްގައި ހޯރަފުށީ ދާއިރާއަށް ނިސްބަތްވާ ތިން ސިއްހީ މަރުކަޒަކުން ބައިވެރި ވެއްޖެއެވެ. އިއްޔެ ކުރިއަށްދިޔަ މި ހަރަކާތުގައި ގަސްއިންދުމުގައި ބައިވެރިވެފައި ވަނީ ހޯރަފުށީ ސިއްހީ މަރުކަޒުގެ އިތުރުން އުލިގަމާއި، ތުރާކުނު ސިއްހީ މަރުކަޒުންނެވެ. މި ގަސްއިންދުމުގެ ހަރަކާތާއި ގުޅިގެން ހޯރަފުށީ ކައުންސިލުން ބުނީ ހޯރަފުށީ އެއަރޕޯރޓް ފެހިކުރުމުގެ 100000 ގަސް އިންދުމުގެ ޕްރޮގްރާމްގައިހޯރަފުށީ ސިއްހީ މަރުކަޒާއި، އުލިގަމް ސިއްހީ މަރުކަޒާއި އަދި...

ޔުމްނާ ޢަލީ
އިހަވަންދޫން ކޯވިޑް-19އަށް ޕޮޒިޓިވް އެންމެން ރަނގަޅުވެއްޖެ 📍 ހއ. އިހަވަންދޫ

އިހަވަންދޫން ކޯވިޑް-19އަށް ޕޮޒިޓިވް އެންމެން ރަނގަޅުވެއްޖެ

ހއ. އިހަވަންދޫން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުން ތެރެއިން ބަލިން ރަނގަޅުނުވެ ތިބި ދެމީހުން، ބަލިން ރަނގަޅު ވުމުން ދޫކޮށް ލައިފިއެވެ. އެއާއިއެކު އެރަށުން ކޯވިޑަށް ޕޮޒިޓިވްވި އެންމެން ރަނގަޅުވީއެވެ. އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުން ބުނީ އެރަށުން ކޯވިޑަށް ޕޮޒިޓިވްވި އެންމެން ބަލިން ރަނގަޅުވުމާއި އެކު މިހާރު ދޫކޮށްލާފައި ވާކަމަށެވެ. އެރަށު ތަޚުތު ބޯޓުގެ ކޭހާއި، 242 ބޯޓުގެ ކޭހާއިގުޅިގެން ކޯވިޑަށް ޕޮޒިޓިވްވީ ޖުމްލަ ފަސް މީހެކެވެ. އޭގެ ތެރެއިން ތިން މީހުން ކުރިން […]

އަޙްމަދު ވަހީދު
ބާރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފެއްގެ ސައިކަލުގައި ރޯކޮށްލައިފި 📍 ހއ. ބާރަށް

ބާރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފެއްގެ ސައިކަލުގައި ރޯކޮށްލައިފި

ހއ. ބާރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފެއްގެ ސައިކަލުގައި ރޯކޮށްލައިފި އެވެ. ތިލަދުންއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުން ބުނީ ބާރަށު ގެއެއްގެ ކައިރީ ޕާކުކޮށްފައިވާ ސައިކަލެއްގައި ރޭ 03:00 އެހާކައްހާއިރު ރޯކޮށްލާފައިވާކަމުގެ މައްސަލައެއް ފުލުހުންނަށް ހުށައެޅިފައިވާކަމަށެވެ. ފުލުހުން ބުނީ ރޯކޮށްލި ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ވެފައިކަމަށާއި އެސައިކަލަކީ ބާރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ސިވިލް މުވައްޒަފެއްގެ ސައިކަލެއްކަމަށެވެ. މިމައްސަލައާއި ގުޅިގެން އަދި އ...

އަލީ އާދިލް
"އެގްރޯ ނެޓް" އާ  އެކު ދަނޑުވެރިކަން ކުރުމަށް، ކެލާ ކައުންސިލުން ހުޅުވާލައިފި 📍 ހއ. ކެލާ

"އެގްރޯ ނެޓް" އާ އެކު ދަނޑުވެރިކަން ކުރުމަށް، ކެލާ ކައުންސިލުން ހުޅުވާލައިފި

އެގްރޯ ނޭޝަނަލްއާއި ގުޅިގެން ކޮންޓްރެކްޓް ފާމިންގެ ދަށުން ހއ. ކެލާގައި ދަނޑުވެރިކަން ކުރަންބޭނުންވާ ކެލާ ދަނޑުވެރިންނަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ. ކެލާ ކައުންސިލުން ބުނީ އެގްރޯ ނޭޝަނަލްއާއި ގުޅިގެން ކޮންޓްރެކްޓް ފާމިންގެ ދަށުން ހއ. ކެލާގައި ދަނޑުވެރިކަން ކުރަންބޭނުންވާ ކެލާ ދަނޑުވެރިންނަށް އެ ފުރުޞަތު ހުޅުވާލާފައި ވާ ކަމަށެވެ. ‏ކެލާ ކައުންސިލުން ބުނީ އެރަށަކީ ދަނޑުވެރިކަން ދިރުވާ އާލާކުރުމުގެ މަޤްޞަދުގައި ސަރުކާރުން އުފައްދާފައިވާ ކުންފުނި، އެގްރޯ ނެޝެނަލް ކޯޕަރޭޝަންއިން ކުރިއަށް ގެންދާ ކޮން...

ޝިއުނާ އާދަމް
މޮޅަދޫ ލަގްޒަރީ ފުޓްސެލް ލީގް 2020ގެ ޗެމްޕިއަންކަން ޗިލް ބްރޯސް ހޯދައިފި 📍 ހއ. މޮޅަދޫ

މޮޅަދޫ ލަގްޒަރީ ފުޓްސެލް ލީގް 2020ގެ ޗެމްޕިއަންކަން ޗިލް ބްރޯސް ހޯދައިފި

ހއ. މޮޅަދޫގައި ކުރިއަށް ދިޔަ ލަގްޒަރީ ފުޓްސެލް ލީގް 2020ގެ ޗެމްޕިއަންކަން ޗިލް ބްރޯސް ހޯދައިފި އެވެ. މި މުބާރާތަކީ މޮޅަދޫ ކައުންސިލް މެންބަރު އަޙްމަދު ރިފާއު އިންތިޒާމް ކޮށްގެން މި ހިނގާ އޯގަސްޓް 13 އިން 17 މޮޅަދޫގައި ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މުބާރާތުގައި 4 ޓީމެއް ވާދަކޮށްފައި ވެއެވެ. އެ ޓީމު ތަކަކީ އެފް ސީ އޯޝަން، ވަޑި އެފް ސީ، އެފް ސީ ޕްރިޑޭޓާރސް އަދި ޗިލް ބްރޯސްއެވެ. މި މުބާރާތުގެ ވެމްޕިއަންކަން […]

ޝިއުނާ އާދަމް
އިހަވަންދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު 22 އިންސައްތަ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު 22 އިންސައްތަ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ %22 މަސައްކަތް ނިމިފައިވާ ކަމަށް، އެ މަޝްރޫޢޫގެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ބުނެފިއެވެ. އެގޮތުން މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ބަނދަރު ފުން ކުރުމުގެ މަސައްކަތް ކަމަށާއި، މި މަސައްކަތުގެ %46 ވަނީ މިހާރު ނިމިފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފައި ވެއެވެ. މި މަޝްރޫޢުގެ ދަށުން 21،295 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް ބިން […]

ޖަލްވާން ޖާދުﷲ
📍 ހއ. އިހަވަންދޫ

އިހަވަންދޫން އިތުރު ދެ މީހުން ކޯވިޑް-19 ބަލިން ރަނގަޅުވެއްޖެ

ހއ. އިހަވަންދޫން ކޯވިޑް-19 އަށް ޕޮޒިޓިވްވި އިތުރު ދެ މީހުން ބަލިން ރަނގަޅު ވުމުން ދޫކޮށް ލައިފިއެވެ. އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުން ބުނީ އެރަށުން ދެވަނަ އަދި ތިން ވަނައަށް ކޯވިޑަށް ޕޮޒިޓިވްވި މީހުން ބަލިން ރަނގަޅުވުމާއި އެކު މިހާރު ދޫކޮށްލާފައި ވާކަމަށެވެ. އެރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާ ވެސް ބަލިން ރަނގަޅުވުމާއި އެކު އިއްޔެވަނީ ދޫކޮށްލާފައި އެވެ. އިއްޔެ ބަލިން ރަނގަޅުވެފައި ވަނީ އިހަވަންދޫ 242 ބޯޓުގެ ކޭޝިއަރެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި […]

ޙުސައިން ޝަހުދީ