މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,981 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,981 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2981 ޚަބަރުގެ ތެރެއިން
އުތުރުން އިތުރު ރަށެއްގެ ކަނޑޫފާ މަރުވަނީ، މިފަހަރު އުލިގަމު ކަނޑޫފާ

އުތުރުން އިތުރު ރަށެއްގެ ކަނޑޫފާ މަރުވަނީ، މިފަހަރު އުލިގަމު ކަނޑޫފާ

އުތުރުން މަރުވަމުންދާ ކަނޑޫފާތަކުގެ ލިސްޓަށް ހއ. އުލިގަމު ކަނޑޫފާ އިތުރުވެއްޖެއެވެ. ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ ކުޅުދުއްފުށީގެ ޖަމްޢިއްޔާއެއް ކަމަށްވާ ”ބީލީފް”އިން މިއަދު ވަނީ އުލިގަމު ކަނޑޫފާ މަރުވަމުންދާ މައްސަލަ މީޑިއާގެ ސަމާލު ކަމަށް ގެނެސްފައެވެ. މިކަމާއި ގުޅިގެން އުލިގަމު ކައުންސިލްގެ ނައިބު ރައީސް އިމާދު ޢަބުދުﷲ ”ތިލަދުން” އަށް ވިދާޅުވީ ދާދި ފަހުން ކަނޑު ގަދަވެ ކުރި ގަދަ ވިއްސާރައަށްފަހުން އެ ރަށުގެ ކަނޑޫފާ މަރުވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ”ވަރަށްފަހުން އިންޑިއާ...

ޙުސައިން ޝަހުދީ
އަނެއްކާވެސް ކެލާއިން މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ 📍 ހއ. ކެލާ

އަނެއްކާވެސް ކެލާއިން މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ހއ. ކެލާގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ކެލާ ކައުންސިލުން ބުނީ އެމީހާ ޕޮޒިޓިވްވެފައި ވާކަން އެނގުނީ އެރަށު ގެއެއްގައި ހޯމް ކަރަންޓީންގައި ތިބި 6 މީހެއް ކޯވިޑަށް ޓެސްޓް ކުރުމަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން އެމީހާގެ ސާމްޕަލް ކޯވިޑަށް ޕޮޒިޓިވް ވުމުން ކަމަށެވެ. ޕޮަޒިޓިވް ވެފައިވާ މީހާއަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ކެލާ ކައުންސިލުން ބުންޏެވެ. ” ހޯމް ކަރަންޓީނަށް މާލެއިން އައިސް ތިބޭ ފަރާތްތަކަށް ޒިޔާރަތް ކުރުމަކީ ރައްކާތެރި […]

ޝިއުނާ އާދަމް
"މުރައިދޫ ވޮމެންސް ފުޓްސަލް ޗެލެންޖް 2020" ސެމީފައިނަލް މިއަދު 📍 ހއ. މުރައިދޫ

"މުރައިދޫ ވޮމެންސް ފުޓްސަލް ޗެލެންޖް 2020" ސެމީފައިނަލް މިއަދު

ހއ.މުރައިދޫގެ ކަނބަލުންނަށް ހާއްސަކޮށްގެން އެ ރަށުގެ ޒުވާނުންކޮޅެއް އިސްނަގައިގެން “މުރައިދޫ ވޮމެންސް ފުޓްސަލް ޗެލްންޖް 2020”  ނަމުގައި ކުރިއަށްގެންދާ ފުޓްސަލް މުބާރާތުގެ ސެމީފައިނަލަށް ޓީމުތަށް ދަތުރުކޮށްފިއެވެ. މި މުބާރާތުގެ ސެމީފައިނަލަށް ދަތުރު ކޮށްފައިވާ ޓީމަތަކަކީ ވައި ކާންޓް ވީ، މޫނިމާ ކަންމަތި، ޕްރެޓީ ޕެކްސްގެ އިތުރުން ޓީމު ފޯމަލީ އިން ޝޭޕްއެވެ. މުބާރާތުގެ ސެމީފައިނަލަށް ވައި ކާންޓް ވީ ދަތުރު ކޮށްފައި ވަނީ އެ ޓީމުން ކުޅުނު ފަސް މެޗު ވެސް ކާމިޔާބުކޮށް ލިބުނު ފަނަރަ ޕޮއިންޓާއިއެކު […]

އިބްރާހިމް ޚަލީލް
އުތީމުގެ ގޮނޑުދޮށުން ވެލި ނުނެގުމަށް އެދިއްޖެ 📍 ހއ. އުތީމު

އުތީމުގެ ގޮނޑުދޮށުން ވެލި ނުނެގުމަށް އެދިއްޖެ

ހއ. އުތީމުގެ ތިމާވެށީގެ ރައްކާތެރިކަމަށާއި، އާންމު މަސްލަހަތަށްޓަކައި އެރަށު ގޮނޑުދޮށުން ޤަވާޢިދާ ޚިލާފަށް ވެލި ނުނެގުމަށް އުތީމު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. އުތީމު ގޮނޑު ދޮށުން ވެލި ނެގުން އެ ކައުންސިލް ވަނީ ކުރިއްސުރެ މަނާ ކޮށްފައެވެ. އުތީމު ކައުންސިލުން ބުނީ މިހާރަކަށް އައިސް އެ ރަށުގެ ގޮނޑު ދޮށުން ބައެއް ރައްޔިތުން ޤަވާޢިދާ ޚިލާފަށް ވެލި ނަގަމުންދާ ކަމުގެ މަޢުލޫމާތު ލިބެމުންދާ ކަމަށެވެ. އެކަން މަނާކޮށް 9 ޑިސެމްބަރު 2019 ގައި އާންމުކޮށް އަންގާފައިވާ އެންގުމާއި […]

ޙުސައިން ޝަހުދީ
ތިލަދުންމަތީގެ ފަތުރުވެރިކަމުގެ މުހިންމު ބައިވެރިއަކަށް ކެލާ ހެދުމަށް މަސައްކަތް ކުރަނީ 📍 ހއ. ކެލާ

ތިލަދުންމަތީގެ ފަތުރުވެރިކަމުގެ މުހިންމު ބައިވެރިއަކަށް ކެލާ ހެދުމަށް މަސައްކަތް ކުރަނީ

ތިލަދުންމަތީގައި ފަތުރުވެރިކަން ކުރިއަރުވައި، ފުޅާ ކުރުމުގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ހއ. ކެލާ ހެދުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ކެލާ ދާއިރާގެ މަޖިލިސް މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެ އެވެ. މެންބަރު އިބްރޭ ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީވެގެން އަންނައިރު، އެ ސަރަޙައްދުގައި ފަތުރުވެރިކަމަށް 8000 އެނދު ތަރައްޤީ ކުރުމަކީ ސަރުކާރުން އަމާޒު ހިފާފައިވާ ކަމަކަށްވީއިރު، އެ މަސައްކަތުގެ ތެރެއިން ކެލާގައި މަދުވެގެން 500 އެނދު ތަރައްޤީ ވެގެން...

ޝިއުނާ އާދަމް
އުތީމު ރަޝާދު ޙުސައިން ގެ ހަނދާނުގައި ސްކޮލަޝިޕްއެއް ދެނީ 📍 ހއ. އުތީމު

އުތީމު ރަޝާދު ޙުސައިން ގެ ހަނދާނުގައި ސްކޮލަޝިޕްއެއް ދެނީ

ހއ.އުތީމުގެ ތަރައްޤީއަށް މަސައްކަތް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ އުތީމު ޔުނައިޓެޑްގެ ފަރާތުން، އުތީމުގެ ތަޢުލީމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަލްމަރްޙޫމް ރަޝާދު ޙުސެއިން ހަނދާނުގައި ދެވޭ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ. އުތީމު ޔުނައިޓެޑާއި އެމްއައި ކޮލެޖު ގުޅިގެން ހުޅުވައިލާފައިވާ ޔުނިވާސިޓީ ޕްރިޕަރޭޝަން ޕްރޮގުރާމް (ޔޫޕީޕީ) ފުރިހަމަ ކުރައްވާ ފަރާތްތަކަށް އެ ޕްރޮގުރާމް ނިންމާލުމަށްފަހު ތިން ދާއިރާއަކުން ޑިގްރީ ހާސިލް ކުރުމުގެ ފުރުޞަތު ތަނަވަސްވެ...

އިބްރާހިމް ޚަލީލް
ހއ.އަތޮޅުގެ ރަށަކަށް ގެނެވުނު އެންމެބޮޑު ޖަނަރޭޓަރ ސެޓް، އިހަވަންދޫއަށް 📍 ހއ. އިހަވަންދޫ

ހއ.އަތޮޅުގެ ރަށަކަށް ގެނެވުނު އެންމެބޮޑު ޖަނަރޭޓަރ ސެޓް، އިހަވަންދޫއަށް

އެންމެ ފުރަތަމަ ހއ. އަތޮޅައް ގެނެވުނު 1 މެގަވޯޓްގެ ޖަނަރޭޓަރު ހއ. އިހަވަންދޫއަށް ގެނެސްފިއެވެ. އިހަވަންދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމުގެ ގޮތުން 1 މެގަވޯޓްގެ ޖަނަރޭޓަރ ސެޓެއް ގެނެސްފައިވަނީ އިއްޔެ ހަވީރު ގެ ވަގުތެއްގަ އެވެ. މި ޖަނަރޭޓަރ ބެހެއްޓި ހިދުމަތް ދޭން ފެށުމުން ފެނަކަ ކޯޕަރޭޝަން އިހަވަންދޫ ބުރާންޗުން ފޯރުކޮށްދެމުންދާ ކަރަންޓްގެ ހިދުމަތް ވަރަށް ބޮޑަށް ރަނގަޅު ވެގެން ދާނެކަމަށް ފެނަކަ ކޯޕަރޭޝަން އިހަވަންދޫ ބުރާންޗުން މައުލޫމާތު ދެއްވައެވެ. ފެނަކަ ކޯޕަރެޝަނުން އިހަވަންދޫގ...

އިބްރާހިމް އަސްވާޤް
އިހަވަންދޫ ބަނދަރުގެ %24 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބަނދަރުގެ %24 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

‏ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 24 ޕަސެންޓް ނިމިއްޖެ ކަމަށް އެ މަޝްރޫޢުގެ މަސައްކަތް ކުރަމުންދާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ތެރެއިން އެރަށު ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 38 ޕަސެންޓް މިހާރު މިފައިވާ ކަމަށެވެ. މި މަޝްރޫޢު ފެށުމަށް އިހަވަންދޫއަށް، މަޝްރޫޢުއަށް ބޭނުންވާ ސާމާނު މޮބިލައިޒް ކުރެވިފައިވަނީ 30 މެއި 2020 ގައި އެވެ. މި މަޝްރޫއުގެ ދަށުން […]

އަޙްމަދު ވަހީދު
ތިލަދުންމަތީގެ 5 ރަށެއްގެ ދަނޑުގައި ޓާރފް އަޅަން ސޮއިކޮށްފި 📍 ހއ. ހޯރަފުށި

ތިލަދުންމަތީގެ 5 ރަށެއްގެ ދަނޑުގައި ޓާރފް އަޅަން ސޮއިކޮށްފި

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ނިންމާފައިވާ ޓާރފް ދަނޑުގެ ތެރެއިން ތިލަދުންމަތީގެ 5 ރަށެއްގެ ދަނޑުގައި ޓާރފް އެޅުމަށް މިއަދު ސޮއިކޮށްފިއެވެ. މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު މަޙްލޫފްއެވެ. މި 5 ރަށުގެ...

ޝިއުނާ އާދަމް
ހޯރަފުށީ އެއާޕޯޓަށް ހާއްސަ ޖެޓީއެއް ބޭނުންވޭތަ؟ 📍 ހއ. ހޯރަފުށި

ހޯރަފުށީ އެއާޕޯޓަށް ހާއްސަ ޖެޓީއެއް ބޭނުންވޭތަ؟

ހއ. ހޯރަފުށީ ފަޅުތެރެއިން ބައެއް ހިއްކައިގެން ތަރައްޤީ ކުރަމުން އަންނަ އެއާޕޯޓަށް ލަފާފުރުމަށް ވަކި ހާއްސަ ޖެޓީއެއް ނާޅާތީ، އެކަމުގެ ކަންބޮޑުވުން އެ އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލުތަކުން ދަނީ ފާޅު ކުރަމުންނެވެ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީ) އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާއި ދާދި ކައިރިވެފައެވެ. އެ އެއާޕޯޓުގައި ލަފާ ފުރުމަށް ޖެޓީއެއް ހަ...

އިބްރާހިމް ޚަލީލް
"މުރައިދޫ ވޮމެންސް ފުޓްސަލް ޗެލެންޖް 2020" ފަށައިފި 📍 ހއ. މުރައިދޫ

"މުރައިދޫ ވޮމެންސް ފުޓްސަލް ޗެލެންޖް 2020" ފަށައިފި

ހއ.މުރައިދޫގެ ކަނބަލުންނަށް ހާއްސަކޮށްގެން އެ ރަށުގެ ޒުވާނުންކޮޅެއް އިސްނަގައިގެން “މުރައިދޫ ވޮމެންސް ފުޓްސަލް ޗެލްންޖް 2020”  ނަމުގައި ބާއްވާ ފުޓްސަލް މުބާރާތް ފަށައިފިއެވެ. 26 ސެޕްޓެމްބަރ 2020 ވީ ހޮނިހިރު ދުވަހު ހަވީރު މުރައިދޫ ފުޓްސަލް ދަނޑުގައި ފަށައިގެން ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 6 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ ޓީމް ޝާހީ، މޫނިމާ ކަންމަތި، ޕްރެޓީ ޕެކް، ވައި ކާންޓް ވީ، ލާސްޓް މިނެޓްގެ އިތުރުން ޓީމް ފޯމަލީ އިން […]

އިބްރާހިމް ޚަލީލް
އަންނަމަހު އުލިގަމު ސިޓީ ހޮޓާ އަލުން ބިޑަށް ހުޅުވާލަނީ

އަންނަމަހު އުލިގަމު ސިޓީ ހޮޓާ އަލުން ބިޑަށް ހުޅުވާލަނީ

ހއ. އުލިގަމުގައި ތަރައްޤީ ކުރުުގެ މަސައްކަތް ފަށައި، މަސައްކަތް ހުއްޓިފައިއޮތް ސިޓީ ހޮޓަލުގެ މަސައްކަތް ފުރިހަމަކޮށް، އެ ސިޓީ ހޮޓާ ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް، އެ މަޝްރޫޢުއަށް ކުރިމަތި ލުމުގެ ފުރުޞަތު އަންނަ މަހު ހުޅުވާލާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބުދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިގޮތަށް ވިދާޅުވެފައި ވަނީ އުލިގަމު ސިޓީ ހޮޓާ އަދި ޔޮޓް މެރީނާ މަޝްރޫޢުގެ މަޢުލޫމާތު ހިއްސާކުރެއްވުމަށް ރޭ ބޭއްވި އޮލައިން ބައްދަލުވުމުގައެވެ. މިބައްދަލުވުމުގައި ހޯރަފުށީ ދާއިރާގެ މެންބަރު އ...

ޝިއުނާ އާދަމް
ހޯރަފުށިން މީހަކު ޕޮޒިޓިވް ވެއްޖެ 📍 ހއ. ހޯރަފުށި

ހޯރަފުށިން މީހަކު ޕޮޒިޓިވް ވެއްޖެ

ހއ. ހޯރަފުށިން މީހަކު ކޯވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއިން ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ ހޯމް ކަރަންޓީންގައި ހުރި ފަރާތެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. އެއިދާރާއިން ނެރެފައިވާ ދެންނެވުމެއްގައި ބުނެފައިވަނީ 2020 ސެޕްޓެންބަރު 09 ވަނަ ދުވަހުން ފެށިގެން ހޯމް ކަރަންޓީންގައި ހުރި ފަރާތްތަކުގެ ތެރެއިން 14 ދުވަހުގެ މުއްދަތު ހަމަވުމާއި ގުޅިގެން ނެގި ސާމްޕަލްތަކުގެ ތެރެއިން 01 ފަރާތެއްގެ ސާމްޕަލް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައ...

ޝީޒާ މުހައްމަދު
ތިލަދުންމަތީގެ ހުނަރުވެރިން: ކައިވެނީގެ ރަން ޒަމާނާއި ގުޅުވާލި "އުތީމު މަހާރަދުން" 📍 ހއ. އުތީމު

ތިލަދުންމަތީގެ ހުނަރުވެރިން: ކައިވެނީގެ ރަން ޒަމާނާއި ގުޅުވާލި "އުތީމު މަހާރަދުން"

“ކައިވެނީގެރަން ޒަމާނާއި ގުޅުވާލި މޭސްތިރިޔާ” މިވަރަށް ބުނެލުމުން ވެސް ގިނަބަޔަކަށް މި ދައްކަން އުޅެނީ ކާކުގެ ވާހަކައެއް ކަން އެނގޭނެއެވެ. ހއ.އުތީމަށް އުފަން އެ ރަށު ކޮތަރިވިލާ، އަޙްމަދު ޝުހައިލްއަކީ ކައިވެނީގެ ހަފްލާތަކުގައި ރަނުގެ ގޮތުގައި ދެމުންއަންނަ ފައިސާ ހުށަހަޅައިދިނުން ޒަމާނާއި އެއްގޮތަށް ބަދަލު ކޮށްލި ބޮޑު ތިލަދުންމައްޗަށް ނިސްބަތްވާ ހުނަރުވެރިޔާއެވެ. އެމްއެންޑީފްގައި ވަޒީފާ އަދާކުރަމުން އަންނަ ޝުހައިލް މި މަސައްކަތް ފެށުނުގޮތް ނުވަތަ މި މަސައްކަތުގެ ތެރެއަށް ވަދެވުނު ގޮތް “ތިލަދުން” އ...

އިބްރާހިމް ޚަލީލް
ދިއްދޫން ކޯވިޑަށް ޕޮޒިޓިވްވި މީހުންނާއި، ކެލާއިން ޕޮޒިޓިވްވި މީހާ ރަނގަޅުވެއްޖެ 📍 ހއ. ދިއްދޫ

ދިއްދޫން ކޯވިޑަށް ޕޮޒިޓިވްވި މީހުންނާއި، ކެލާއިން ޕޮޒިޓިވްވި މީހާ ރަނގަޅުވެއްޖެ

ހއ. ދިއްދޫއިން ކޯވިޑް-19 އަށް ޕޮޒިޓިވް މީހުންނާއި، ހއ. ކެލާއިން ކޯވިޑްއަށް ޕޮޒިޓިވް މީހާ ބަލިން ރަނގަޅު ވެއްޖެއެވެ. ދިއްދޫއިން ކޯވިޑްއަށް ޕޮޒިޓިވް މީހުންނާއި، ކެލާއިން ކޯވިޑްއަށް ޕޮޒިޓިވް މީހާ ބަލިން ރަނގަޅު ވެފައިވާ ކަން އެރަށް ރަށުގެ ކައުންސިލުން ހާމަ ކުރީ އިއްޔެއެވެ. މި ގޮތުން ދިއްދޫ ކައުންސިލުން ބުނީ އެރަށުގައި ހޯމް ކަރަންޓީނުގައި ތިއްބާ ކޯވިޑަށް ޕޮޒިޓިވްވި މީހުން އެޗްޕީއޭގެ ގައިޑްލައިންގައިވާ މުއްދަތު ހަމަކޮށް ހެދި ޓެސްޓުން ނެގެޓިވްވެފައި ވާ ކަމަށެވެ. އެމީހުން ބަލިން […]

ޝިއުނާ އާދަމް