📍 ހއ. ތަކަންދޫ
ތަކަންދޫ ދަރިކޮޅުގެ ރަސްކަން: ލިބުނު ވެރިކަމާއި، ނުލިބުނު ވެރިކަން (1)
ތިލަދުންމަތީ ތަކަންދުއަކީ ވަރަށް ގިނަ ދިވެހި ރަސްރަސްކަލުންގެ މަތިކޮޅު ގުޅިފައިވާ ރަށެކެވެ. މިގޮތުން، އަލްޣާޒީ ބޮޑުރަސްގެފާނެވެ. އަދި އަލްޣާޒީ ބޮޑު އިސްކަންދަރު ރަސްގެފާނެވެ. އަދި ކުޑަމުޙައްމަދު ރަސްގެފާނެވެ. އަދި އަލްޣާޒީ ޣިޔާޘުއްދީން ރަސްގެފާނެވެ. ތަކަންދުއަކީ ރަނިރަނިބޭކަނބަލުން ނިސްބަތްވެ ވަޑައިގަންނަވާ ވެސް ރަށެކެވެ. މިގޮތުން، ދިޔަމިނގިލީ އިބްރާހީމް ރަސްގެފާނުންގެ މުޅި ދަރިފަސްކޮޅުގެ މައިކަމަނާ ތަކަންދޫ ޢާއިޝާ މަނިކުފާނެއެވެ. އަދި ދިޔަމިނގިލީ މުކައްރަމް މުޙައްމަދު ޢިމާދުއްދީން ރަސްގެފާނުންގ...