📍 ހއ. ދިއްދޫ
ދިއްދޫ އެކުވެރިކަމުގެ ޗޭނުން ޢަރަބި ބަސް ދަސްކޮށްދޭ ކުލާސްތަކެއް ބާއްވަނީ
ހއ.ދިއްދޫގެ ޖަމުޢިއްޔާއެއް ކަމަށްވާ “ދިއްދޫ އެކުވެރިކަމުގެ ޗޭނު” ގެ ފަރާތުން މި އަހަރުގެ ނޮވެންބަރު މަހުން ފެށިގެން ޢަރަބި ބަސް ދަސްކޮށްދޭ ކުލާސްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފި އެވެ. ްއެޖަމިއްޔާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި ކުލާސްތަކުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ޢަރަބި ބަހުންނާއި އިނގިރޭސި ބަހުންކަމަށެވެ. އަދި މި ކުލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސްކޫލް ކުދިންނާއި ބޮޑެތި މީހުންނަށް ވަކިންކަމަށެވެ. މިއިން ކޮންމެ ކުލާހަކުންވެސް ޖާގަ ދިނުމަށް ހަމަޖެހ...