މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,981 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,981 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2981 ޚަބަރުގެ ތެރެއިން
ހޯރަފުށީ ބަނދަރު ސަރަޙައްދުން ވިޔަފާރި ކުރުމަށް ބިން ދޫކުރުމަށް ހުޅުވާލައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ބަނދަރު ސަރަޙައްދުން ވިޔަފާރި ކުރުމަށް ބިން ދޫކުރުމަށް ހުޅުވާލައިފި

ހޯރަފުށީ ބަނދަރު ސަރަޙައްދުން ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލުން އިޢުލާނު ކޮށްފިއެވެ. ބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  ބިޑުގައި ރަޖިސްޓްރީ ވެލެއްވުމަށްފަހު، މަޢުލޫމާތު ސާފުކުރައްވައި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެ ކައުންސިލުން އެދިފައިވެއެވެ. މި އަންދާސީ ހިސާބު ހުށަހެޅުމަށް ބިޑުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑިއަކީ 16 އޯގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށެވެ. އަދި ބީލަން ފޮތް ގަތުމުގެ ސުންގަޑި އަކީ 23 އޯގަސްޓް 2026 […]

ފާތިމަތު ސަޙާ
ފިއްލަދޫން ވިޔަފާރި އުސޫލުން ދިރޭތަކެތި ގެންގުޅުމުގެ މަސައްކަތަށް ބިން ދޫކުރުމަށް ހުޅުވާލައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫން ވިޔަފާރި އުސޫލުން ދިރޭތަކެތި ގެންގުޅުމުގެ މަސައްކަތަށް ބިން ދޫކުރުމަށް ހުޅުވާލައިފި

ހއ. ފިއްލަދޫގައި ވިޔަފާރި އުސޫލުން ދިރޭތަކެތި ގެންގުޅުމުގެ މަސައްކަތަށް ބިން ދޫކުރުމަށް އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލައި ފިއްލަދޫ ކައުންސިލުން ކުރި ޢިއުލާނެއްގައި ބުނީ މި މަސައްކަތަށް 5000 އަކަފޫޓްގެ 4 ބިން އެރަށުން ދޫކުރުމަށް ނިންމާފައިވާކަމަށެވެ. މި ބިންތައް ދޫކުރުމަށް ނިންމާފައި ވަނީ ފިއްލަދޫގެ ފަސްމަގު (ނަރުދަމާ އައުޓް ފޯލް އަޅާފައިވާ މަގުގެ) އުތުރުންނެވެ. ފިއްލަދޫ ކައުންސިލުން މި ބިންތައް ދޫކުރުމަށް ނިންމާފައި ވަނީ ވިހި އަހަރު ދުވަހުގެ މުއްދަތަށެވެ. ވިޔަފާރި އުސޫ...

ޔުމްނާ ޢަލީ
މަތީ އިމްތިހާނުގައި ބައިވެރިވާ މުރައިދޫ ދަރިވަރުންނަށް ކައުންސިލާއި ޑަބްލިޔުޑީސީން ހިތްވަރު ދިނުމަށް ޙަފްލާއެއް 📍 ހއ. މުރައިދޫ

މަތީ އިމްތިހާނުގައި ބައިވެރިވާ މުރައިދޫ ދަރިވަރުންނަށް ކައުންސިލާއި ޑަބްލިޔުޑީސީން ހިތްވަރު ދިނުމަށް ޙަފްލާއެއް

2026 ވަނަ އަހަރުގެ އޯލެވެލް އަދި އެސް.އެސް.ސީ އިމްތިހާނުގައި ބައިވެރިވާ މުރައިދޫ ސްކޫލްގެ ގްރޭޑް 10ގެ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ޙަފްލާއެއް ބާއްވައިފިއެވެ. މިއީ މުރައިދޫ ކައުންސިލާއި އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) އިން ގުޅިގެން ބޭއްވި ހަފްލާއެކެވެ. މުރައިދޫ ކައުންސިލުން ވަނީ މި ޙަފްލާ ކުރިއަށް ގެންދިއުމަށް އެ ކައުންސިލާއި، ޑަބްލިޔުޑީސީގެ މެމްބަރުންނާއި އަދި ކައުންސިލްގެ އިދާރީ މުވައްޒަފުންގެ ފަރާތުން ދިން އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮ...

ފާތިމަތު ސަޙާ
ދިއްދޫ ކައުންސިލަރުން ވެސް ބައިވެރިވި ޖަނާޒާ ޕްރޮގްރާމެއް 📍 ހއ. ދިއްދޫ

ދިއްދޫ ކައުންސިލަރުން ވެސް ބައިވެރިވި ޖަނާޒާ ޕްރޮގްރާމެއް

ހއ ދިއްދޫ ކަށުކަމާކެމީގެ ކަންތައްތައް ދަސްކޮށްދިނުމަށް ޖަނާޒާ ޕްރޮގްރާމެއް ބާއްވައިފިއެވެ. ދިއްދޫ ކައުންސިލުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނިގޮތުގައި މި ޕްރޮގްރާމަކީ އެ ކައުންސިލާއި، އަދި އެރަށު ކީރިތި ގުރުޢާނާއި ބެހޭ މަރުކަޒު ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ދިއްދޫ ކައުންސިލުން ބުނީ މި ޕްރޮގްރާމްގައި އެރަށުގެ ކައުންސިލަރުން ގެ އިތުރުން އެކި އުމުރުފުރާގެ ބޭފުޅުން ބައިވެރި ވެފައިވާކަމަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 6 އިން 8 އަށް ދެ ދުވަހުގެ […]

ފާތިމަތު ސަޙާ
ކެލާގައި "ދަނޑުވެރި މަންފާ" ގްރާންޓްގެ ދެވަނަ ބުރާއި "ދަނޑުވެރި ނަފާ" ފައިނޭންސިންގ އިފްތިތާޙްކޮށްފި 📍 ހއ. ކެލާ

ކެލާގައި "ދަނޑުވެރި މަންފާ" ގްރާންޓްގެ ދެވަނަ ބުރާއި "ދަނޑުވެރި ނަފާ" ފައިނޭންސިންގ އިފްތިތާޙްކޮށްފި

ހއ. ކެލާގައި ބޭއްވި ރަސްމިއްޔާތެއްގައި “ދަނޑުވެރި މަންފާ” އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމްގެ ދެވަނަ ބުރާއި، އިސްލާމީ ފައިނޭންސިންގ ނިޒާމަށް ބަދަލުކޮށްފައިވާ “ދަނޑުވެރި ނަފާ” ފައިނޭންސިންގ ފެސިލިޓީ ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މިއީ ދިވެހި ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދޭ...

ޔުމްނާ ޢަލީ
ކުރިމަގު ޖަމިއްޔާގެ ބިއްލޫރިފުޅި ހަދިޔާކުރުމުގެ ޕްރޮގްރާމަށް ނަން ނޯޓުކުރުމުގެ އައު ފުރުސަތެއް 📍 ހއ. ދިއްދޫ

ކުރިމަގު ޖަމިއްޔާގެ ބިއްލޫރިފުޅި ހަދިޔާކުރުމުގެ ޕްރޮގްރާމަށް ނަން ނޯޓުކުރުމުގެ އައު ފުރުސަތެއް

ހއ. ދިއްދޫއަށް ނިސްބަތްވާ ކުރިމަގު ޖަމިއްޔާއިން ކުރިއަށްގެންދާ “ޕްލާސްޓިކާ ނުލައި” ކެމްޕޭނުގެ ދަށުން، ފެން އަޅާ ބިއްލޫރިފުޅި ހަދިޔާކުރުމުގެ ޕްރޮގްރާމަށް އެދި ނަން ނޯޓުކުރުމުގެ އައު ފުރުސަތެއް މިއަދު ހުޅުވާލައިފިއެވެ. މި ކެމްޕޭނަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމަށާއި، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އާދަތަކަށް ބާރުއެޅުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. މި ޕްރޮގްރާމްގެ ދަށުން ރަށްރަށުގެ ސްކޫލްތަކަށާއި ސަރުކާރުގެ އޮފީސްތަކަށް އަލުން ބޭނުންކުރެވޭ “ވޮސް” (VOSS) ބ...

ފާތިމަތު ސަޙާ
މިއަހަރު ނިމުމުގެ ކުރިން ހޯރަފުށީގައި އިސްލާމީ މަރުކަޒު އަޅަން ފެށުމަކީ އަމާޒު 📍 ހއ. ހޯރަފުށި

މިއަހަރު ނިމުމުގެ ކުރިން ހޯރަފުށީގައި އިސްލާމީ މަރުކަޒު އަޅަން ފެށުމަކީ އަމާޒު

މިއަހަރު ނިމުމުގެ ކުރިން ހޯރަފުށީގައި އިސްލާމީ މަރުކަޒު އަޅަން ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެންބަރު ޢަލީ މޫސާ، އެ ރަށު އިސްލާމީ މަރުކަޒުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީޚެއް އޮޅުން ފިލުއްވުމަށް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ހޯރަފުށީގައި އިސްލާމީ މަރުކަޒެއް ގާއިމުކުރުމަކީ ސަރުކާރުން ވަރަށް [...

އަލީ އާދިލް
އުލިގަމުން 3 ބިމެއް ވިއްކަން ހުޅުވާލުމުން އެކަކުވެސް ނުލި، ދެވަނަ ފަހަރަށް ހުޅުވާލައިފި

އުލިގަމުން 3 ބިމެއް ވިއްކަން ހުޅުވާލުމުން އެކަކުވެސް ނުލި، ދެވަނަ ފަހަރަށް ހުޅުވާލައިފި

ހއ. އުލިގަމުން  ބިން ގަތުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލައިފިއެވެ. އުލިގަމު ކައުންސިލުން މި ފުރުސަތު އަލުން ހުޅުވާލީ، އެ ރަށުން ބިން ގަތުމަށް 25 މެއި 2025 ގައި ކުރި އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިން ގަތުމަށް ހުށަހަޅާފައި ނުވާތީއެވެ. އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ވިއްކުމަށް ހަމަޖެހިފައިވަނީ އުލިގަމުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކޮށްފައިވާ ސަރަހައްދުން 2،500 އަކަފޫޓުގެ ތިން ބިމެވެ. މި ބިންތައް ގަތުމަށް ބީލަން ހުށަހެޅޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމުގައި […]

އިބްރާހިމް އަސްވާޤް
ކެލާގައި މަގު ކޮންނަނިކޮށް މީހެއްގެ ގަޔަށް ފާރެއް ވެއްޓި ބޮޑެތި އަނިޔާތަކެއް ވެއްޖެ 📍 ހއ. ކެލާ

ކެލާގައި މަގު ކޮންނަނިކޮށް މީހެއްގެ ގަޔަށް ފާރެއް ވެއްޓި ބޮޑެތި އަނިޔާތަކެއް ވެއްޖެ

ހއ. ކެލާގެ މަގުހެދުމުގެ މަޝްރޫއުގައި ކޭބަލް ހޮޅި ވަޅުލުމަށް މަގު ކޮންނަމުން ދަނިކޮށް، ހަ ފޫޓުގެ ބާ ފާރެއް ވެއްޓި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މުވައްޒަފަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ. މިއަދު ހެނދުނު ހިނގި މިހާދިސާ ގައި އަނިޔާވެފައިވަނީ، އެރަށުގެ އުމުރުން 60 އަހަރުން މަތީގެ ފިރިހެނަކަށެވެ. އޭނާގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް މިއަދު ހަވީރު ވަނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެރަށުން ވާހަކަ ދެއްކި މީހާކު […]

އިބްރާހިމް އަސްވާޤް
ކެލާ ދާއިރާގައި ކުރިއަށް ގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި 📍 ހއ. ކެލާ

ކެލާ ދާއިރާގައި ކުރިއަށް ގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކެލާ ދާއިރާގައި ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް މިއަދު މަޝްވަރާ ކުރައްވައިފިއެވެ. ކެލާ ދާއިރާގެ ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ މުހިންމު މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި މި ބައްދަލުވުމުގައި، އެމްޓީސީސީގެ އެމްޑީ ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީއާއެކު މަސައްކަތްތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ފުޅާ ދ...

wp-needuser
އެމްޑީޕީން ދިއްދޫގައި 18 މިލިއަނަށް އެޅޭނެ އިންޖީނުގެއަކަށް 64 މިލިއަން ޚަރަދުކުރި، ދެބައިކުޅަ އެއްބައިވެސް ނުނިމޭ: ލަތީފް

އެމްޑީޕީން ދިއްދޫގައި 18 މިލިއަނަށް އެޅޭނެ އިންޖީނުގެއަކަށް 64 މިލިއަން ޚަރަދުކުރި، ދެބައިކުޅަ އެއްބައިވެސް ނުނިމޭ: ލަތީފް

ނިމުނު އެމްޑީޕީގެ ސަރުކާރުން ހއ. ދިއްދޫގައި 18 މިލިއަން ރުފިޔާއަށް އެޅޭނެ ފަދަ އިންޖީނުގެއެއް އެޅުމަށް 64 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، ނަމަވެސް އެތަނުގެ މަސައްކަތުގެ ދެބައިކުޅަ އެއްބައިވެސް ނިމިފައި ނުވާކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުޙައްމަދު (ލަތީބެ) މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ހުރިހާ ރަށަކ...

އަލީ އާދިލް
ދިއްދޫގައި 7000 ގަސް އިންދުމުގެ ބޮޑު ހަރަކާތް ފަށައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި 7000 ގަސް އިންދުމުގެ ބޮޑު ހަރަކާތް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން، ހއ. ދިއްދޫގައި 7000 ގަސް އިންދުމުގެ ބޮޑު ހަރަކާތެއް އިއްޔެ ފަށައިފިއެވެ. ދިއްދޫ ކުރިމަގު ޖަމިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، ރައީސްގެ 5 މިލިއަން ގަސް އިންދުމުގެ ވަޢުދުގެ ދަށުން ހއ. ދިއްދޫ ކައުންސިލާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 26 ޖުލައި 2026 ގައެވެ. ދިވެހިރާއްޖޭގެ މިނިވަން ދުވަހާ […]

ޔުމްނާ ޢަލީ
ދިއްދޫގައި 7000 ގަސް އިންދުމުގެ ބޮޑު ހަރަކާތަށް ބައެއް ރަށްތަކުން ގަސް ހަދިޔާކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫގައި 7000 ގަސް އިންދުމުގެ ބޮޑު ހަރަކާތަށް ބައެއް ރަށްތަކުން ގަސް ހަދިޔާކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން، ހއ. ދިއްދޫގައި ހިންގާ ބޮޑު ގަސް އިންދުމުގެ ހަރަކާތަށް އެކި ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ތަކުން ގަސް ހަދިޔާކޮށްފިއެވެ. ދިއްދޫ ‘ކުރިމަގު ޖަމިއްޔާ’ އިން އިސްނަގައިގެން ކުރިއަށްގެންދާ މި ހަރަކާތަކީ މިއަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން ޖުލައި 26 ވަނަ ދުވަހު އެރަށުގައި 7،000 ގަސް އިންދުމަށް ހިންގާ ބ...

ޔުމްނާ ޢަލީ
މެންބަރު ޢަލީ މޫސާ ހޯރަފުށީ ކައުންސިލަށް ޑަސްބިން ހަދިޔާކޮށްފި 📍 ހއ. ހޯރަފުށި

މެންބަރު ޢަލީ މޫސާ ހޯރަފުށީ ކައުންސިލަށް ޑަސްބިން ހަދިޔާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު ޢަލީ މޫސާ، ހޯރަފުށީ ކައުންސިލް އިދާރާއަށް ޑަސްބިންތަކެއް ހަދިޔާކުރައްވައިފިއެވެ. މި ތަކެތި ހަދިޔާކުރައްވާފައިވަނީ ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ. “ހޯރަފުށީގައި ސާފުތާހިރު ވެއްޓެއް ޤާއިމުކުރެއްވުމަށް ރަށު ކައުންސިލުން ކުރައްވާ މަސައްކަތަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި އަޅުގަނޑު ވާނީ ޑަސްބިން ހަދިޔާކޮށްދީފައި،”މިކަމާ ގުޅޭގޮތުން މެންބަރު ޢަލީ މޫސާ މީސްމީޑިއާގައި ކުރެ...

އަލީ އާދިލް
ދިއްދޫގައި އަޅާ 75 ހައުސިން ޔުނިޓުގެ މަސައްކަތް ނިމުމަކާ ގާތަށް 📍 ހއ. ދިއްދޫ

ދިއްދޫގައި އަޅާ 75 ހައުސިން ޔުނިޓުގެ މަސައްކަތް ނިމުމަކާ ގާތަށް

ހއ. ދިއްދޫގައި ސަރުކާރުން އިމާރާތްކުރަމުންދާ 75 ހައުސިން ޔުނިޓުގެ ބޮޑުބައި ނިމި، އަމަލީ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، ދިއްދޫގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މި މަޝްރޫއުގެ 98.55 އިންސައްތަ މަސައްކަތް މިހާރު ވަނީ މުޅިން ނިންމާލާފައެވެ. މިހާރު ކުރިއަށްދަނީ އިމާރާތްތަކުގެ އެންމެ ފަހުގެ ފިނިޝިންގ މަސައްކަތްތަކެވެ. ޖުމްލަ 120 މިލިއަން ރުފިޔާ ހ...

ޝިއުނާ އާދަމް