މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,981 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,981 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2981 ޚަބަރުގެ ތެރެއިން
ދިއްދޫން އިތުރު ތިން މީހުން ޕޮޒިޓިވް ވެއްޖެ 📍 ހއ. ދިއްދޫ

ދިއްދޫން އިތުރު ތިން މީހުން ޕޮޒިޓިވް ވެއްޖެ

ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ތިބި އިތުރު 3 މީހުން ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ. ދިއްދޫއިން ރޭ ވެސް ވަނީ މީހަކު ޕޮޒިޓިވް ވެފައެވެ. ރޭ ޕޮޒިޓިވްވި މީހާއަކީ ވެސް މިއަދު ޕޮޒިޓިވް ތިން މީހުންނަކީ ވެސް އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި ދިވެހިންނެވެ. އެމީހުން ޕޮޒިޓިވްވެފައިވާކަން އެނގުނީ ހޯމް ކަރަންޓީނުގެ 10 ދުވަސް ހަމަވެގެން ނެގި ރިލީޒް ސާމްޕަލުންނެވެ. އެ މައުލޫމާތު ހާމަކުރަށް ވަމުން، ދިއްދޫ ކައުންސިލުން ވިދާޅުވީ، ދިއްދޫއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި […]

ޔުމްނާ ޢަލީ
ރަޝީދުގެ ސަސްޕެންޝަން މައްސަލަ "ވާނުވާގައި" އޮތުމުން މަޖިލީހަށް 📍 ހއ. އުތީމު

ރަޝީދުގެ ސަސްޕެންޝަން މައްސަލަ "ވާނުވާގައި" އޮތުމުން މަޖިލީހަށް

ހއ. އުތީމު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު މުއްދަތެއް ނެތްގޮތަށް ސަސްޕެންޑް ކޮށްފައިވާއިރު، އޭނާގެ ސަސްޕެންޝަނާއި މެދު ގޮތެއް ނުނިއްމާ ދިގުދެމިގެންދާތީ އެ މައްސަލަ މިއަދު ރައްޔިތުންގެ މަޖިލިސްއަށް ހުށަހަޅައިފިއެވެ. ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ރަޝީދު ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެލްޖީއޭ) އިން ރަޝީދަށް، 14 ނޮވެމްބަރ 2020 ހޮނިހިރު ދުވަހު ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ މައްސަލަތަކަކާއި ގުޅިގެން އެ މަހު 8 ވަނަ ދުވަހު...

އަލީ އާދިލް
އަނެއްކާވެސް ދިއްދޫން މީހަކު ޕޮޒިޓިވް ވެއްޖެ 📍 ހއ. ދިއްދޫ

އަނެއްކާވެސް ދިއްދޫން މީހަކު ޕޮޒިޓިވް ވެއްޖެ

ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ. ދިއްދޫ ކައުންސިލްގެ އޮފިޝަލެއް ”ތިލަދުން”އަށް ވިދާޅުވީ، އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެމީހާއަކީ ދިވެއްސެއް ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވިއެވެ. އެމީހާ ޕޮޒިޓިވްވެފައިވާކަން އެނގުނީ އެމީހާގެ ހޯމް ކަރަންޓީނުގެ 10 ދުވަސް ހަމަވެގެން ނެގި ރިލީޒް ސާމްޕަލުން ކަމަށެވެ. އޭނާއާއި އެއް ގެއެއްގައި އިތުރު ދެމީހަކު ވެސް ހޯމް ކަރަންޓީނުގައި ތިއްބެވެ. އެ […]

ޖަލްވާން ޖާދުﷲ
މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު ނިޔާވެ، ކުޅުދުއްފުށްޓަށް ގެންދަނީ 📍 ހއ. ދިއްދޫ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު ނިޔާވެ، ކުޅުދުއްފުށްޓަށް ގެންދަނީ

ހއ. އަތޮޅު ހޮސްޕިޓަލްގައި އޮތް މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު ނިޔާވެއްޖެ އެވެ. ހއ. ދިއްދޫގައި ހުންނަ އެ ހޮސްޕިޓަލްގައި އެފަދަ ހާދިސާއެއް ހިނގާފައިވާކަމަށް އެ ހޮސްޕިޓަލުން ވަނީ މިނޫހަށް ޔަޤީންކޮށްދީފަ އެވެ. އެ ހޮސްޕިޓަލްގެ މެނޭޖަރ އުޘްމާން އަސްރަފް ”ތިލަދުން” އަށް ވިދާޅުވީ، އެ މާބަނޑު މީހާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަށް ގެންދިޔުމަށް އެ ހޮސްޕިޓަލްގެ ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށެވެ. އަޝްރަފް ވިދާޅުވީ، އެ ހާދިސާއާއިގުޅޭ އިތުރު މަޢުލޫމާތު ދެއްވޭނީ ޑޮކްޓަރުން އެ […]

ޝިއުނާ އާދަމް
ދިއްދޫ ތަރައްޤީވުމުން އޭގެ ފައިދާ ލިބޭނީ މުޅި އަތޮޅަށް: ސިރާޖް 📍 ހއ. ދިއްދޫ

ދިއްދޫ ތަރައްޤީވުމުން އޭގެ ފައިދާ ލިބޭނީ މުޅި އަތޮޅަށް: ސިރާޖް

ހއ. ދިއްދޫ ތަރައްޤީވުމަކީ އޭގެ މަންފާ މުޅި ހއ. އަތޮޅަށް ކުރާނެ ކަމެއް ކަމުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ދިއްދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ އަދި މިހާރު ވެސް ހއ އަތޮޅު ކައުންސިލްގައި ދިއްދޫ ތަމްޞީލްކުރައްވާ މެމްބަރު ޢަބްދުﷲ ސިރާޖް ވިދާޅުވެއްޖެއެވެ. ސިރާޖް މިހެން ވިދާޅުވީ، އެމްޑީޕީގެ ފަރާތުން ހއ ދިއްދޫ ކައުންސިލާއި، ހއ ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ހއ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު […]

އަލީ އާދިލް
އުލިގަމުގައި މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމުގެ ޕްރޮގުރާމެއް ހިންގައިފި

އުލިގަމުގައި މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމުގެ ޕްރޮގުރާމެއް ހިންގައިފި

ހއ. އުލިގަމުގައި މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމުގެ ޕްރޮގުރާމެއް ހިންގައިފި އެވެ. އުލިގަމް ކައުންސިލުން ވިދާޅުވީ، މިޕްރޮގްރާމަކީ އުލިގަމު ކައުންސިލާ އުލިގަމު ޞިއްޙީމަރުޒުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމްގައި އެރަށުގެ ހުރިހާ މުއައްސަސާތަކާއި ޢާއްމުރައްޔިތުން ބައިވެރިވެފައިވާ ކަމަށް އެ ކައުންސިލުން ވިދާޅުވިއެވެ. އުލިގަމް ކައުންސިލުން ވިދާޅުވި ގޮތުގައި މިޕްރޮގުރާމުގެ ދަށުން ކުރެވުނު މަސައްކަތުން އެރަށުގެ ކުނިގޮނޑުތަކުގައި ހުރި ފެންހަރުލާ ޒާތުގެ ތަ...

ޔުމްނާ ޢަލީ
''ރޯ ފުއްގުޅައެއް ރައްޔިތުންނަށް ކާންދޭންވާނީ ރޯފިލުވައިގެން'': ދިއްދޫ ރައްޔިތުންގެ އަޑު 📍 ހއ. ދިއްދޫ

''ރޯ ފުއްގުޅައެއް ރައްޔިތުންނަށް ކާންދޭންވާނީ ރޯފިލުވައިގެން'': ދިއްދޫ ރައްޔިތުންގެ އަޑު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ހއ. ދިއްދޫގައި އިމާރާތްކޮށް ނިމިފައިވާ ހައުސިން ޔުނިޓްތަކުގެ ތެރެއިން 245 ހައުސިންގ ޔުނިޓަށް މަހު ކުލި ދައްކަން ދިއްދޫ ކައުންސިލްގެ އިދާރާއިން އިއްޔެ އެންގުމުން، އެކަމާއި ކަންބޮޑުވުން ފާޅުކޮށް، މި ހައުސިން ޔުނިޓްތަކަށް ފައިސާ ދެއްކުމަށް ލުއިގޮތެއް ހޯދައިދިނުމަށް ”ދިއްދޫ ރައްޔިތުންގެ އަޑު”އިން ގޮވާލައިފިއެވެ. ”ދިއްދޫ ރައްޔިތުންގެ އަޑު”އަކީ ދިއްދޫ ރައްޔިތުންގެ އަޑުއިއްވައި، ރައްޔިތުންގެ ހައްގުތަކަށް ވަކާލާތުކޮށް، ރަށުގެ ތަރައްގީއަށާއި ކުރިއެރުމަށް ބިނާ...

އަލީ އާދިލް
ދިއްދޫގެ 245 ހައުސިންގ ޔުނިޓުގެ މަހު ކުލި ދައްކަން އަންގައިފި 📍 ހއ. ދިއްދޫ

ދިއްދޫގެ 245 ހައުސިންގ ޔުނިޓުގެ މަހު ކުލި ދައްކަން އަންގައިފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ހއ. ދިއްދޫގައި އިމާރާތްކޮށް ނިމިފައިވާ 250 ހައުސިންގ ޔުނިޓުގެ ތެރެއިން 245 ހައުސިންގ ޔުނިޓަށް މަހު ކުލި ދައްކަން ދިއްދޫ ކައުންސިލްގެ އިދާރާއިން އަންގައިފިއެވެ. ދިއްދޫ ކައުންސިލްގެ އިދާރާއިން ނެރުނު އިއުލާނެއްގައި ބުނެފައިވާގޮތުން މަހު ކުލި ދައްކަންޖެހޭ ފަރާތްތަކުން 01 މާރޗް އިން ފެށިގެން، އެއްބަސްވުމުގައިވާ ގޮތުގެމަތިން އެޗް.ޑީ.އެފް.ސީ އަށް މަހު ކުލި ދައްކަމުން ގެންދިއުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން...

Thiladhun
އެންމެ ގިނަ ގޮނޑި ކަށަވަރުވެ، އެންމެގިނަ ނަން ނެގި ޕާޓީއަކަށް އެމްޑީޕީ 📍 ހއ. ދިއްދޫ

އެންމެ ގިނަ ގޮނޑި ކަށަވަރުވެ، އެންމެގިނަ ނަން ނެގި ޕާޓީއަކަށް އެމްޑީޕީ

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ކެނޑިޑޭޓުން ނަން އަނބުރާ ގެންދިޔައީ ވެސް. އަދި އިންތިޚާބުގެ ކުރިން އެންމެ ގިނަ ގޮނޑި ކަށަވަރު ވީވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނެފިއެވެ. މިއަދު މެންދުރުފަހު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުން ތަ...

އަލީ އާދިލް
މުރައިދޫ އަދި މަރޮށީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަލުން ބީލަމަށް 📍 ހއ. މުރައިދޫ

މުރައިދޫ އަދި މަރޮށީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަލުން ބީލަމަށް

ހއ. މުރައިދޫއާއި ށ. މަރޮށީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަލުން ބީލަމަށް ހުޅުވާލައިފިއެވެ. މިގޮތުން ޑިޒައިން އެންޑް ބިލްޑް އުސޫލުން މުރައިދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް އަލުން ބީލަމަށް ހުޅުވާލަމުން މިނިސްޓްރީ އޮފް ފިނޭންސްއިން ކުރި ޢިއުލާނެއްގައި ބުނެފައި ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން އެ މަސައްކަތް ބީލަމަށް ހުޅުވާލައި ކުރިން ކުރި ޢިއުލާން އިސްލާޙްކޮށް، އެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް...

ޝިއުނާ އާދަމް
މިއަދަކީ ކެލާގެ ތާރީޚްގައި ރަންއަކުރުން ލިޔެވޭނެ ދުވަހެއް: އިބްރޭ 📍 ހއ. ކެލާ

މިއަދަކީ ކެލާގެ ތާރީޚްގައި ރަންއަކުރުން ލިޔެވޭނެ ދުވަހެއް: އިބްރޭ

ހއ. ކެލާގައި ފަތުރުވެރިކަން ތަރައްގީ ކުރަން 14 ބިމެއް ދޫކުރަން އެ ރަށު ކައުންސިލާއި ޓޫރިޒަމް މިނިސްޓަރީއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކުރެވިގެން ދިޔައިރު މިއަދަކީ ކެލާގެ ތާރީޚްގައި ރަން އަކުރުން ލިޔެވޭނެ ދުވަހެއް ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެ އެވެ. އިބްރޭ މިހެން ވިދާޅުވީ ކެލާއިން ފަތުރުވެރިކަމަށް ބިންތަކެއް ދޫކުރަން ޓޫރިޒަމް މިނިސްޓްރީއާއި ކެލާ ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކުރަން މިއަދު އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައ...

ޙުސައިން ޝަހުދީ
ކެލައިން ފަތުރުވެރިކަމަށް 14 ބިން ދޫކުރަން ސޮއިކޮށްފި 📍 ހއ. ކެލާ

ކެލައިން ފަތުރުވެރިކަމަށް 14 ބިން ދޫކުރަން ސޮއިކޮށްފި

ހއ. ކެލާގައި ފަތުރުވެރިކަން ތަރައްގީ ކުރަން 14 ބިމެއް ދޫކުރަން އެ ރަށު ކައުންސިލާއި ޓޫރިޒަމް މިނިސްޓަރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ޒޫމް މެދުވެރިކޮށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވީ ސީނިޔަ ޕޮލިސީ ޑިރެކްޓަރު މުހައްމަދު ޚުއްސާނެވެ. ކެލާ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އާދަމް ޣުފްރާނެވެ. މި އެއްބަސްވުމުގެ ދަށުން ގެސްޓްހައުސް އެޅުމަށް 5،000 އަކަފޫޓުގެ 12 ބިމާއި ޓޫރިސްޓް ހޮޓާ ހަދަން 10،000 އަކަފޫޓުގެ ދެ ބިން ދޫކުރާނެއެވ...

އަޙްމަދު ވަހީދު
ތަކަންދޫގެ ފެނަކަ އާ އޮފީސް އިމާރާތް ކުރަން ބަޔަކު ހޯދަން އަލުން ޢިއުލާންކޮށްފި 📍 ހއ. ތަކަންދޫ

ތަކަންދޫގެ ފެނަކަ އާ އޮފީސް އިމާރާތް ކުރަން ބަޔަކު ހޯދަން އަލުން ޢިއުލާންކޮށްފި

ހއ. ތަކަންދޫގެ ފެނަކަ އާ އޮފީސް އިމާރާތް ކުރާނެ ބަޔަކު ހޯދަން ދެވަނަ ފަހަރަށް އިއުލާން ކޮށްފިއެވެ. ފެނަކަ ކޯޕަރޭޝަނުން ނެރުނު އިއުލާނުގައި ބުނީ އެ ކުންފުނިން ހޯދަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މައުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތި ބޭނުންކޮށްގެން މަސައްކަތް ކޮށްދޭނެ ފަރާތެއް ކަމަށެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 14 އިން 16 އަށް ފެނަކަ އޮފީހަށް ގޮސް ރަޖިސްޓްރީވާން ޖެހޭނެއެވެ. މި ޕްރޮޖެކްޓާ ގުޅޭ އަންދާސީ […]

އަޙްމަދު ވަހީދު
އިހަވަންދޫ އިމަގުގެ ''މަންސަފާ'' ހަރަކާތުގެ ފުރަތަމަ ދަތުރު ނޮޅިވަރަންފަރަށް 📍 ހދ. ނޮޅިވަރަންފަރު

އިހަވަންދޫ އިމަގުގެ ''މަންސަފާ'' ހަރަކާތުގެ ފުރަތަމަ ދަތުރު ނޮޅިވަރަންފަރަށް

ހއ. އިހަވަންދޫގައި ފުޅާ ދާއިރާއެއްގައި އިޖުތިމާއީ ހަރަކާތްތައް ހިންގަމުން އަންނަ، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން ”މަންސަފާ”ގެ ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އުނގަންނައި ދިނުމުގެ ހަރަކާތުގެ ފުރަތަމަ ދަތުރު ހދ. ނޮޅިވަރަންފަރަށް ކޮށްފިއެވެ. މިއީ ރާއްޖޭގެ މަދަރުސާތަކުގެ ދަރިވަރުން ”އޭ” ލެވެލް އަދި ”އޯ” ލެވެލް އިމްތިހާނަށް ތައްޔާރުކޮށް ދިނުމަށް އެހީތެރިވުމަށް އިމަގުން ފަށާފައިވާ ހަރަކާތެކެވެ. މިގޮތުން މި ހަރަކާތުގެ ދަށުން އެހީތެރިކަމަށް އެދޭ މަދަރުސާތަކަ...

ޙުސައިން ޝަހުދީ
ދިއްދޫން އިތުރު ކޯވިޑް ކޭހެއް 📍 ހއ. ދިއްދޫ

ދިއްދޫން އިތުރު ކޯވިޑް ކޭހެއް

ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް ”ތިލަދުން”އަށް ވިދާޅުވީ، އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެމީހާ ޕޮޒިޓިވްވެފައިވާކަން އެނގުނީ އެމީހާގެ ހޯމް ކަރަންޓީނުގެ 10 ދުވަސް ހަމަވެގެން ނެގި ރިލީޒް ސާމްޕަލުން ކަމަށެވެ. އޭނާ ޕޮޒިޓިވްކަން އެނގުނީ އިއްޔެގައެވެ. އެ މައުލޫމާތު ހާމަކުރަށް ވަމުން، ދިއްދޫ ކައުންސިލުން ވިދާޅުވީ، […]

ޔުމްނާ ޢަލީ