📍 ހއ. ބާރަށް
ފިއްލަދޫން ވެސް ބާރަށަށް ޓަނެއްހާ މަސް ހަދިޔާކޮށްފި
ހއ. ބާރަށުން ކޯވިޑް-19 ކޭސްތަކެއް ފެނުމާއި ގުޅިގެން މާރިޗް 1 ވަނަ ދުވަހުގެ ރޭން ފެށިގެން އަދިވެސް އެރަށަށް ފުރަބަންދުގެ ހާލަތުގައި އޮތްއިރު، އެ އަތޮޅު ފިއްލަދޫ ރައްޔިތުންގެ ފަރާތުން ބާރަށު ރައްޔިތުންނަށް އެހީތެރިވުމށް ޓަނެއްހާ ރޯމަސް މިއަދު ހަދިޔާކޮށްފިއެވެ. މިގޮތުން ފިއްލަދޫ ރައްޔިތުންގެ ފަރާތުން ބާރަށު ރައްޔިތުންނަށް ހަދިޔާ ކުރީ، 917 ކިލޯ ރޯމަހެވެ. ބާރަށުގެ ރައްޔިތުން ރަށުގައި ބަންދުވެފައިވައިތިބި މިހާލަތުގައި ފިއްލަދޫގެ އިތުރުން އެ އަތޮޅުގެ ބައެއް ރަށްތަކުން ވަނީ ކުރިން ވެސް ބާރަށަށް އެހީތެރި...