މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,981 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,981 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2981 ޚަބަރުގެ ތެރެއިން
15 ދުވަސް ފަހުން މުރައިދޫ މޮނީޓަރިންގެ ހާލަތު އުވާލައިފި 📍 ހއ. މުރައިދޫ

15 ދުވަސް ފަހުން މުރައިދޫ މޮނީޓަރިންގެ ހާލަތު އުވާލައިފި

ހއ. މުރައިދޫން ކޯވިޑް19 އަށް ޕޮޒިޓިވް ކޭސް އެއް ފެނުމާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނައި ގެނައުން 15 ދުވަސް ފަހުން އުވާލައިފިއެވެ. އެރަށް މޮނިޓަރިން އަށް ގެނެސްފައި ވަނީ މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހު އެވެ. މުރައިދޫ މޮނިޓަރިންގެ ހާލަތުން ނެގި ކަން އެރަށު ކައުންސިލަށް އަންގާފައިވަނީ ރޭގެ ވަގުތެއްގައެވެ. ހެލްތު ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މުރައިދޫ ކައުންސިލަށް ފޮނުވި ލިއުމުގައި ބުނެފައިވަނީ އެރަށް މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު […]

އަޙްމަދު އަރުޝަމް
ކެލާ ކަނޑޫފާ ނެތިދަނީ 📍 ހއ. ކެލާ

ކެލާ ކަނޑޫފާ ނެތިދަނީ

ހއ. ކެލާ ކަނޑޫފާގެ ބައެއް މަރުވެ، ނެތެމުންދާކަމަށް ކެލާ ކައުންސިލުން ވިދާޅުވެއްޖެއެވެ. ކެލާގެ ކަނޑޫފަލުގައި ދުނިޔޭގެ ނެތިދާނެކަމަށް ބެލެވޭ ބަވާތުގެ ކަނޑޫ ގަސްތަކެއް ހުރިއިރު، އެ ކަނޑޫފާގެ ތިންބައިކުޅަ އެއްބަައި އެއްކޮށް މިހާރު މަރުވެފައިވާކަމަށް “ތިލަދުން”އަށް އެ މައުލޫމާތު ދެއްވަމުން ކެލާ ކައުންސިލްގެ ރައީސް އަބުދުﷲ އިންފާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ ކަނޑޫފަލުން މިހާރު މަރުވަމުންދަނީ ކުރިން ރަނގަޅަށް ހުރި ބޮޑުވަކި ގަސްތައް ހިމެނޭ ސަރަހައްދުގައި ހުރި ކަނޑޫ ގަސްތައް ކަަމަށެވެ. “ވާނުވާ ނޭނގި...

އައިޝަތު އިލްމާ އަދުނާން
ދިއްދޫން މިއަދު އިތުރު 150 ރެންޑަމް ސާމްޕަލް ނަގަނީ 📍 ހއ. ދިއްދޫ

ދިއްދޫން މިއަދު އިތުރު 150 ރެންޑަމް ސާމްޕަލް ނަގަނީ

ހއ. ދިއްދޫއިން މިއަދު އިތުރު 150 ރެންޑަމް ސާމްޕަލް ނަގަން ނިންމާފައިވާ ކަމަށް ހއ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ. ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް “ތިލަދުން”އަށް ވިދާޅުވީ، ދިއްދޫ މޮނިޓަރިން ހާލަތުން ވީއްލުމަށް އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް މިއަދު އިތުރު ރެންޑަމް ސާމްޕަލް ނަގަން ނިންމާފައިވާ ކަމަށެވެ. “ތިނެއް ޖަހާއިރު ސާމްޕަލް ނަގަން ފަށާނެ، މިއަދު ވެސް 150 ސާމްޕަލް ނަގަން ބޭނުންވޭ، ކުރިއެކޭ އެއްގޮތަށް ރައްޔިތުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ” […]

ޔުމްނާ ޢަލީ
ދިއްދޫއިން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވް 📍 ހއ. ދިއްދޫ

ދިއްދޫއިން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވް

ކޯވިޑްގެ ސަބަބުން ފުރަބަންދުގެ ހާލަތުގައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާ ހއ. ދިއްދޫއިން އެންމެ ފަހުން ނެގި ހުރިހާ ރެންޑަމް ސާމްޕަލެއް ނެގެޓިވްވެއްޖެއެވެ. ދިއްދޫގެ ކޯވިޑް ހާލަތު ވަޒަން ކުރުމަށް އެރަށުން ވަނީ ހުސްވި މަހުގެ 30 ވަނަ ދުވަހު 155 ރެންޑަމް ސާމްޕަލެއް ނަގާފައެވެ. އެ ސާމްޕަލްތަކުގެ ނަތީޖާ ލިބުނީ ރޭގެ ތަންކޮޅެއް ދަންވިފަހުންނެވެ. ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް “ތިލަދުން”އަށް ވިދާޅުވީ، އެ ސާމްޕަލްތަކުގެ ނަތީޖާ ލިބިފައިވާ ކަމަށާއި، 155 ރެންޑަމް ސާމްޕަލް […]

ޙުސައިން ޝަހުދީ
ފަތުރަނީ ޔޯލަ ދޮގު ޚަބަރެއް، ބަންގްލަދޭޝް މީހާއަށް ފުރިހަމަ އެހީތެރިކަން ދިނިން: ހޯރަފުށީ ކައުންސިލް 📍 ހއ. ހޯރަފުށި

ފަތުރަނީ ޔޯލަ ދޮގު ޚަބަރެއް، ބަންގްލަދޭޝް މީހާއަށް ފުރިހަމަ އެހީތެރިކަން ދިނިން: ހޯރަފުށީ ކައުންސިލް

ހއ. ހޯރަފުށީ ރޯޝަނީގޭގައި މެއި 31 ވަނަ ދުވަހު ހިނގާފައިވަނީ އަލިފާނުގެ ހާދިސާއެއްކަމަށާއި، އެކަން ކައިރިން ބަލައި އެ ހާދިސާގައި އެގޭގައި އުޅޭ ބަންގްލަދޭޝްމީހާއަށް ފުރިހަމަ އެހީތެރިކަން ވަނީ ފޯރުކޮށް ދެވިފައިކަމަށް ހޯރަފުށީ ކައުންސިލުން ބުނެފިއެވެ. އެ ހާދިސާއާއި ގުޅިގެން ކަންހިނގާދިޔަ ގޮތް ސާފުކޮށް ދިނުމަށް ހޯރަފުށީ ކައުންސިލުން ވަނީ މިއަދު ނޫސްބަޔާނެއް ނެރެފައެވެ. އެ ނޫސްބަޔާނުގައި ބުނެފައި ވަނީ، 31 މެއި 2021 ވީ ހޯމަދުވަހުގެ ހެނދުނު 10:30 ގައި ހޯރަފުށީ ރޯޝަނީގޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއާއ...

ޔުމްނާ ޢަލީ
ދިއްދޫ ފުރަބަންދުގައި 1 މަސް: މުޅި އަތޮޅުގެ ދުޢާ އަކީ މިހާލަތުން ވީއްލުން 📍 ހއ. ދިއްދޫ

ދިއްދޫ ފުރަބަންދުގައި 1 މަސް: މުޅި އަތޮޅުގެ ދުޢާ އަކީ މިހާލަތުން ވީއްލުން

ދޭތެރެ ދޭތެރެއިން ހޯމް ކަރަންޓީނުގައި ތިބޭ މީހުން ޕޮޒިޓިވްވި ނަމަވެސް، ކަރަންޓީނުގައި ތިބޭ މީހުން ކަރަންޓީނު އުސޫލުތަކަށް ތަބާވެތިބުމާއި، ކަމާގުޅުންހުރި ފަރާތްތަކުން އެފަދަ މީހުންގެ ކަންކަން ކައިރިން ބަލަމުންދާތީއާއިއެކު ދިއްދޫ އޮތީ މާބޮޑު ހާސްކަމެއްނެތިއެވެ. ނަމަވެސް ހުސްވި މޭމަހުގެ 1 ވަނަ ދުވަސް ވެގެން ދިޔައީ މުޅި ދިއްދޫ ސިހުނު ދުވަހަކަށެވެ. އެ ދުވަހަކީ އެރަށު ފްލޫ ކުލިނަކަށް ދެއްކި މީހަކު ކޯވިޑަށް ޕޮޒިޓިވްވި ދުވަހެވެ. އެ މީހާއަކީ ފަހުގެ ތާރީޚެއްގައި ރަށުން ބޭރަށް ދަތުރެއްވެސް ނުކޮށް ހުރިމީހެއ...

ޙުސައިން ޝަހުދީ
އިހަވަންދޫ ބަނދަރުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބަނދަރުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ އިރު، އެއްގަމުތޮށި ލުމަށްބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 30،509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެސަރަހައްދެއްގައި ބޭރު ތޮށިލުމާ...

އަޙްމަދު ވަހީދު
ލިބުނީ ޗާލު ޓާފް ދަނޑެއް، އެކަމަކު ބޭނުންކުރުމުގައި ދަތިތަކެއް 📍 ހއ. ތުރާކުނު

ލިބުނީ ޗާލު ޓާފް ދަނޑެއް، އެކަމަކު ބޭނުންކުރުމުގައި ދަތިތަކެއް

ހއ. ތުރާކުނުގައި ތަރައްގީކޮށްފައިވާ ޓާފް ދަނޑާގުޅޭ ގޮތުން އެރަށުގެ ބައެއް ޒުވާނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ތުރާކުނުގައި ތަރައްގީކޮށްފައި ވަނީ ރީތި ޓާފް ދަނޑެއް ނަމަވެސް އެ ދަނޑުގައި ރަބަރު އަޅާފައި ހުރީ އެކަށޭނަ މިންވަރަށްވުރެ މަދުން ކަމަށާއި، އެކަމުގެ ސަބަބުން ކުޅެންދާ ޒުވާނުންނަށް އަނިޔާއާއި ކުރިމަތިލާންޖެހޭ ކަމަށް އެ ޒުވާނުން ބުންޏެވެ. “އެހާ ފަސޭހައިން އެ ދަނޑަށް ކުޅެންދާ ކުދިންނަށް އަނިޔާވާން ދިމާވަނީ ދަނޑުގައި އެކަށޭނަ މިންވަރަށްވުރެ މަދުން ރަބަރު އަޅާފައި ހުރުމުންކަމަށް އަޅުގަނޑު ގަބޫ...

ތިލަދުން
ދިއްދޫގައި ހުރި ސާފު ނުކުރާ ފަޅު ގޯތިތައް ސާފުކުރުމަށް އަންގައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި ހުރި ސާފު ނުކުރާ ފަޅު ގޯތިތައް ސާފުކުރުމަށް އަންގައިފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ހުރި ސާފު ނުކުރާ ފަޅު ގޯތިތައް ސާފުކުރުމަށް އަންގައިފި އެވެ. ދިއްދޫ ކައުންސިލް އިދާރާއިން މިއެންގުން އަންގާފައިވަނީ އިއްޔެ ނެރުނު އިޢުލާނެއްގައެވެ. މި އިޢުލާނުގައި ބުނެފައިވަނީ، ދިއްދޫއަކީ ދިވެހިރާއްޖޭގެ ނިސްބަތުން ފާހަގަކުރެވޭ ފަދަ ސާފުތާހިރު އަދި ރީތި ރަށެއްގެ ގޮތުގައި ހެދުމަކީ ހަމަ ކޮންމެ ރައްޔިތެއްގެ އިތުރުން އެ ކައުންސިލުންވެސް ނުހަނު ބޮޑު އިސްކަމެއްދޭ ކަމެއްކަމަށެވެ. އެގޮތުން ދިއްދޫގައި ހުރި ސާފު ނުކުރާ ފަޅުގޯތިތަކުގައި ވިނަހެދި ގިނައަދަދަކަށް ކުނި ޖަމާވު...

އިބްރާހިމް އަސްވާޤް
ދިއްދޫއިން 155 ރެންޑަމް ސާމްޕަލް ނަގައިފި 📍 ހއ. ދިއްދޫ

ދިއްދޫއިން 155 ރެންޑަމް ސާމްޕަލް ނަގައިފި

ކޯވިޑް ބަލީގެ ސަބަބުން އަދިވެސް މޮނިޓަރިން ހާލަތުގައި އޮތް ހއ. އަތޮޅުގެ ވެރިރަށް ދިއްދޫއިން އިއްޔެ 155 ރެންޑަމް ސާމްޕަލެއް ނަގައިފިއެވެ. އެރަށް މޮނިޓަރިން ހާލަތުގައި އޮންނަތާ މިއަދަށް އެއް މަސް ދުވަސް ހަމަވާނެއެވެ. ދިއްދޫއިން ޕޮޒިޓިވްވާ ނިސްބަތް ވަރަށް ބޮޑަށް ދަށަށް ގޮސް މިވަގުތު އެރަށުގައި ތިބި އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 16 އެވެ. ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް “ތިލަދުން”އަށް ވިދާޅުވީ، މިހާލަތުން އަރައި ގަތުމަށް މުޅި ދިއްދޫ ގުޅިގެން ގިނަ […]

ޔުމްނާ ޢަލީ
ބާރަށުން މީހަކު ޕޮޒިޓިވްވެއްޖެ 📍 ހއ. ބާރަށް

ބާރަށުން މީހަކު ޕޮޒިޓިވްވެއްޖެ

ހއ. ބާރަށު ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ބާރަށު ސިއްހީ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި އެޑްމިނިސްޓްރޭޓިވް އޮފިސަރ މުޙައްމަދު ޒާހިރު “ތިލަދުން”އަށް ވިދާޅުވީ އެރަށު ގެއެއްގައި ހޯމްކަރަންޓީނުގައި ތިބި ދެ މީހުންކުރެ އެކަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ޕޮޒިޓިވްވީ ކަރަންޓިނުގައި ތިބި ދެމަފިރިން ތެރެއިން ފިރިމިހާއެވެ. އެ މީހުން ކަރަންޓީނުގައި ތިބީ އެހެން މީހުން ނޫޅޭ ގެއެއްގައެވެ. “އިތުރު ބަޔަކު އެގޭގައި ނޫޅޭނެ، އިތުރަށް ބަލަންޖެހޭ ކަންކަން އަޅުގަނޑުމެނ...

ޙުސައިން ޝަހުދީ
އާރްވީ ސްޕޯޓްސް އީދު ހޯރަ ވޮލީ ލީގް ޗެމްޕިއަން ޓީމް ތްރީޑީއަށް 📍 ހއ. ހޯރަފުށި

އާރްވީ ސްޕޯޓްސް އީދު ހޯރަ ވޮލީ ލީގް ޗެމްޕިއަން ޓީމް ތްރީޑީއަށް

އާރްވީ ސްޕޯޓްސް އީދު ހޯރަ ވޮލީ ލީގްގެ މުބާރާތުގެ ޗެމްޕިއަންކަން ޓީމް ތްރީޑީ ހޯދައިފި އެވެ. ފައިނަލް މެޗްގައި ހޯރަ އެއާރޕޯރޓް އާއި ބައްދަލް ކޮށް ޓީމް ތްރީޑީ ޗެންޕިއަންކަން ހޯދާފައިވަނީ ސީދާ 03 ސެޓުން މެޗްކާމިޔާބް ކޮށްގެންނެވެ. ފޯރިގަދަކުޅުމެއްފެނިގެންދިޔަ ފައިނަލް މެޗްގެ މޮޅު ކުޅުން ތެރިއަކަށް ހޮވިފައިވަނީ ޓީމް ތްރީޑީގެ އަޙްމަދު މުހައްމަދު (ދޮނާ) އެވެ. މުބާރާތުގެ ޗެމްޕިއަންޓީމް އަށް ތަށްޓާއި މެޑަލް އަދި ފައިސާގެ އިނާމް ހަވާލް ކޮށްދެއްވީ ހއ އަތޮޅު މަދަރުސާގެ ޕްރިންސިޕަލް […]

ތިލަދުން
އެލްޖީއޭގެ ބޯޑަށް ހއ އަތޮޅުން 2 ކައުންސިލަރުން، 1 މިނެޓް ލަސްވުމުން ނައީމްގެ ފޯމް ބާތިލް 📍 ހއ. ފިއްލަދޫ

އެލްޖީއޭގެ ބޯޑަށް ހއ އަތޮޅުން 2 ކައުންސިލަރުން، 1 މިނެޓް ލަސްވުމުން ނައީމްގެ ފޯމް ބާތިލް

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރުން ހޮވުމުގެ އިންތިޚާބަށް ހއ. އަތޮޅުގެ ދެރަށެއްގެ ކައުންސިލް މެންބަރުން ފޯމު ލައްވައިފި އެވެ. އަންނަ މަހުގެ 12 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ މިއިންތިހާބުގައި ވާދަކުރެއްވުމަށް ކުރިމަތިލެއްވީ ހއ. ފިއްލަދޫ ކައުންސިލްގެ މެންބަރު މުޙައްމަދު ރަޒީފް އާއި ހއ. ތަކަންދޫ ކައުންސިލްގެ ރައީސް ޙުސައިން ނަޢީމް އެވެ. ތަކަންދޫ ކައުންސިލްގެ ރައީސް ޙުސައިން ނަޢީމްގެ ފޯމް އިލެކްޝަން ކޮމިޝަން (އީސީ) އަށް […]

އަލީ އާދިލް
އިމަަގުން ފަޔަރ ފައިޓިން ކޯހެއް ފަށަނީ 📍 ހއ. އިހަވަންދޫ

އިމަަގުން ފަޔަރ ފައިޓިން ކޯހެއް ފަށަނީ

އިހަވަންދޫ މަސްވެރިންގެ ގުޅުން، (އިމަގު)އިން އެރަށުގައި ފަޔަރ ފައިޓިން ކޯހެެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. އިހަވަންދޫގެ މަސްވެރިންނަށާއި އާންމުންނަށް ހުޅުވައިލާގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިކޯސް ކުރިއަށްގެންދާނީ މޯލްޑްވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އިސްޓްްރަކުުުޓަރުންގެ  އެހީތެރިކަމާއެކުގައި ކަމަށް އިމަގުން މައުލޫމާތުދެއެވެ. މިކޯހުގައި އަލިފާން ނިއްވުމުގެ އުކުޅުތަކާއި ސަމާލުވަންވީ ކަންތައްތައް ކިޔައިދޭނެވެ. މި ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން...

އައިޝަތު އިލްމާ އަދުނާން
ދިއްދޫއިން 3 މީހަކު، މުރައިދޫން އެކަކު ޕޮޒިވްވެއްޖެ 📍 ހއ. މުރައިދޫ

ދިއްދޫއިން 3 މީހަކު، މުރައިދޫން އެކަކު ޕޮޒިވްވެއްޖެ

ހއ. ދިއްދޫން އިތުރު 3 މީހަކު އަދި އެއަތޮޅު މުރައިދޫން އިތުރު މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއިއެކު ދިއްދޫގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 35 އަށް އަރާފައެވެ. އެރަށުން ބަލިޖެހުނު 132 މީހުން ތެރެއިން މިހާތަނަށް 100 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެރަށުން ވަނީ މިބަލީގައި އެކަކު ނިޔާވެފައެވެ. ކޯވިޑަށް ޓެސްޓް ކުރުމަށް މިހާތަނަށް 1614 ސާމްޕަލެއް ނަގާފައިވާއިރު އެހުރިހާ ސާމްޕަލެއްގެ ނަތީޖާވެސް ވަނީ ލިބިފައެވެ. މިމަހު 1 ވަނަ ދުވަހުން ފެށިގެން […]

އައިޝަތު އިލްމާ އަދުނާން