މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,981 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,981 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2981 ޚަބަރުގެ ތެރެއިން
އުލިގަމު ކަސްޓަމްސް އާ އޮފީސް ރަސްމީކޮށް ހުޅުވައިފި

އުލިގަމު ކަސްޓަމްސް އާ އޮފީސް ރަސްމީކޮށް ހުޅުވައިފި

ހއ. އުލިގަމުގައި އަލަށް އިމާރާތްކުރި ކަސްޓަމްސްގެ އޮފީސް އިމާރާތް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. ރާއްޖޭގެ އެންމެ އުތުރު ބިތުގައި އޮންނަ އުލިގަމަކީ ރާއްޖެއިން ބޭރުން އަންނަ ޔޮޓު ފަހަރުގެ ވަރަށް މަގުބޫލު މަންޒިލެކެވެ. އެހެންކަމުން އުލިގަމުގައި ކަސްޓަމްސްގެ ޚިދުމަތް ގާއިމު ކޮށްފަ ހުންނަތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. މޯލްޑިވްސް ކަސްޓަމްސްގެ ފަރާތުން ހއ. އުލިގަމުގައި އަލަށް އިމާރާތްކުރި ކަސްޓަމްސް އޮފީސް ހުޅުއްވައި ދެއްވީ މިއަދު އެރަށުގައި އޮތް ރަސްމިއްޔާތެއްގައި ރާއްޖޭގެ ދިފާއީ ވަޒީރު މާރިޔާ...

ޔުމްނާ ޢަލީ
އެޗްއާރްސީއެމުން ހއ. އަމާންވެއްޓަށް 📍 ހއ. ދިއްދޫ

އެޗްއާރްސީއެމުން ހއ. އަމާންވެއްޓަށް

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ދިއްދޫގައި ހުންނަ ހއ. އަމާންވެށި (ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރ)އަށް ޒިޔާރަތްކޮށްދިފިއެވެ. އެ ކޮމިޝަނުން ބުނީ އެއީ މޮނިޓަރިންގެ ޒިޔާރާތެއް ކަމަށާއި، އެ ޒިޔާރާތްކުރީ މި މަހުގެ 14 ވަނަ ދުވަހު ކަމަށެވެ. އެޗްއާރްސީއެމް އިން ބުނުގޮތުގައި މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ، ހއ. އަމާންވެށީގައި ތިބި ކުދިންނާ މެދު ޢަމަލު ކުރެވޭގޮތާއި، ތަނުގެ ޢާންމު ޙާލަތާއި، މި ސެންޓަރުގައި ތިބޭ ކުދިންނާމެދު އެއްވެސް އަނިޔާވެރި ލާއިންސާނީ […]

ޝިއުނާ އާދަމް
ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިއްޖެ 📍 ހއ. ދިއްދޫ

ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިއްޖެ

ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ 73 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން ކޮނުމަށްފަހު ބިންގަނޑު އެއްވަރުކުރަން 7,750 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި ޖިއޯ ބޭގްސްއަށް އެޅުމަށް 1,926 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރާނެއެވެ. އަދި ރަށްގިރުމުން ސަލާމަތްކުރުމަށްޓަކައި 310 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރ...

އަޙްމަދު ވަހީދު
މިދިޔަ ސަރުކާރުގައި ޖަނަވާރަށް ވެސް އިންސާފެއް ނުލިބުނު: ކެލާ އިބްރޭ 📍 ހއ. ކެލާ

މިދިޔަ ސަރުކާރުގައި ޖަނަވާރަށް ވެސް އިންސާފެއް ނުލިބުނު: ކެލާ އިބްރޭ

އިބްރޭ ވިދާޅުވީ އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ ހެޔޮ ނިޔަތުގައި ކަންތައްތައް އިސްލާޙް ކުރުމަށް އަޅުއްވާ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ. އަދި މި ސަރުކާރަކީ މިފަދަ ހުރިހާ މައްސަލައެއް ތަހުގީގުކޮށް ބަލައި، އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އަޅާ ސަރުކާރެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީގެ 65 މެންބަރުންގެ ތެރެއިން އެ މައްސަލަ ބަލައިގަންނަން ވޯޓު ދެއްވި ހުރިހާ މެންބަރުން ވެސް ވޯޓު ދެއްވީ ހެޔޮ ނިޔަތުގައި ނަމަވެސް، މައްސަލަ ހުށަހެޅުއްވި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް […]

އަލީ އާދިލް
އިހަވަންދޫ ތަރައްގީގެ ޕްލޭނަށް ހިޔާލު ހޯދަން ދޮރުން ދޮރަށް 📍 ހއ. އިހަވަންދޫ

އިހަވަންދޫ ތަރައްގީގެ ޕްލޭނަށް ހިޔާލު ހޯދަން ދޮރުން ދޮރަށް

ހއ. އިހަވަންދޫ ތަރައްގީގެ ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއް މިއަދު ފަށައިފިއެވެ. މި ހަރަކާތުގެ ދަށުން އެރަށުގެ މީހުން ދިރިއުޅޭ ހުރިހާ ގޭބިސީއަކަށް ޒިޔާރަތްކުރަން ހަމަޖެހިފައިވާކަމަށް އިހަވަންދޫ ކައުންސިލުން މައުލޫމާތު ދެއްވައެވެ. އެރަށުގައި މީހުން ދިރިއުޅޭ 400 އެއްހާ ގޭބިސީ އެބަހުއްޓެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް “ތިލަދުން”އަށް ވިދާޅުވީ އިހަވަންދޫ ތަރައްގީގެ ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ދޮރުން ދޮރަށް ހިނގުމަށް މިއަދު ފެށި ހަރަކ...

ޙުސައިން ޝަހުދީ
އިހަވަންދޫ ބަނދަރު އެއްގަމުތޮށި ލާން ބޭނުންވާ ގާ ގެނެސްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބަނދަރު އެއްގަމުތޮށި ލާން ބޭނުންވާ ގާ ގެނެސްފި

ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި މަޝްރޫއުގެ މަސައްކަތް ދަނީ ތާވަލާ އެއްގޮތަށް ކުރަމުންނެވެ. މި މަޝްރޫއުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓ...

އަޙްމަދު ވަހީދު
މާރަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި 📍 ހއ. މާރަންދޫ

މާރަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

ހއ. މާރަންދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތްތައް އެމްޑަބްލިޔުއެސްސީއިން ފަށައިފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތެވެ. އަދި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު މާރަންދޫ އަށް ގެންގޮސްފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން 8.21 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި […]

އަޙްމަދު ވަހީދު
ދިއްދޫއާއި ކޮމަންޑޫ ހިމެނޭހެން ފަސް ރަށަކަށް އައިސްޕްލާންޓް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ދިއްދޫ

ދިއްދޫއާއި ކޮމަންޑޫ ހިމެނޭހެން ފަސް ރަށަކަށް އައިސްޕްލާންޓް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. ދިއްދޫއާއި ށ. ކޮމަންޑޫ ހިމެނޭހެން ފަސް ރަށަކަށް 25 ޓަނުގެ އައިސްޕްލާންޓް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ބޭނުމަށް، ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައި ހިންގަމުންދާ ޑިވެލޮޕްމަންޓް އޮފް ފިޝަރީޒް ސެކްޓަރ ޕްރޮޖެކްޓްގެ ދަށުން އައިސްޕްލާންޓް އިންސްޓޯލް ކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހއ.ދިއްދޫ، ށ.ކޮމަންޑޫ، އއ.ރަސްދޫ، ދ.މީދޫގެ އިތުރުން ލ.މާމ...

އިބްރާހިމް ޚަލީލް
އުތީމު އާދަމްބޭގެ ގަލަމުން: އުތީމު ބޮޑު މައުލޫދު 📍 ހއ. ދިއްދޫ

އުތީމު އާދަމްބޭގެ ގަލަމުން: އުތީމު ބޮޑު މައުލޫދު

އުތީމު ބޮޑުމައުލޫދަކީ ރާއްޖެތެރޭގެ އެހެން ރަށްރަށެކޭވެސް އެއްފަދައިން އަހަރަކު އެއްފަހަރުކިޔާ މައުލޫދެކެވެ. ޢާންމު ގޮތެއްގައި މައުލޫދުކިޔުމުގެ ކަންތައްތައް ހުންނަނީ އެހެނިހެން ރަށް ރަށެކޭވެސް ދާދިއެއްގޮތަކަށެވެ. ނަމަވެސް ބައެއް ޚާއްޞަ ކަންތައްތައްވެސް ހުރެއެވެ. މިފަދަ ގިނަކަންތައްތަކާ ގަނޑުވަރާގުޅުމެއް ހުރިކަމަށް ދަންނަވަންޖެހެއެވެ. އެހެންވީމާ މިދެބައި ވަކިކޮށްނުލާ އުތީމު ބޮޑުމައުލޫދުގެ ކަންތައްތައް މީގެ ސާޅީހަކަށް އަހަރުގެ ކުރިންފެށިގެން އޮންނަގޮތް ދަންނަވާލާނަމެވެ. ތިޔައިން ކޮންމެ ބޭފުޅަކު އެއ...

އުތީމު އާދަމް ޢަބްދުއްރަޙްމާން
ހޮވައިގެން ގެނެސް ދިއްދޫ އޮތް ބޯޓުގެ ވެރިފަރާތެއް ނުވި، ނީލަމުގައި ވިއްކާލަނީ 📍 ހއ. ދިއްދޫ

ހޮވައިގެން ގެނެސް ދިއްދޫ އޮތް ބޯޓުގެ ވެރިފަރާތެއް ނުވި، ނީލަމުގައި ވިއްކާލަނީ

ކަނޑުމަތިން ހޮވައިގެން ގެނެސް، ހއ. ދިއްދޫ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް ބޯޓެއް ނީލަމުގައި ވިއްކާލުމަށް އެ ކައުންސިލުން ނިންމައިފި އެވެ. އެ ކައުންސިލުން މިއަދު ނެރެނު އިއުލާނެއްގައި ބުނެފައިވަނީ އެ ބޯޓު ގަތުމަށް ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެއެވެ. ކައުންސިލުގެ އިއުލާނުގައި ވާގޮތުން، މި ބޯޓަކީ ފައިބަރ ނުވަތަ ލަކުޑިން ހަދާފައިވާ ދިގުމިނުގައި 64 ފޫޓު، ފުޅާ މިނުގައި 16.7 ފޫޓު އަދި ފުންމިނުގައި 5.2 ފޫޓު ހުންނަ މުށި […]

އަޙްމަދު އަރުޝަމް
ހޯރަފުށީ ކުނިކޮށި ފިޔަވައި އިތުރު ސަރަހައްދުތަކަށް ކުނި އެޅުން މަނާކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ކުނިކޮށި ފިޔަވައި އިތުރު ސަރަހައްދުތަކަށް ކުނި އެޅުން މަނާކޮށްފި

ހއ. ހޯރަފުށީ ކުނިކޮށި ފިޔަވައި އިތުރު ސަރަހައްދުތަކަށް ކުނި އެޅުން އެރަށު ކައުންސިލުން މަނާކޮށްފިއެވެ. މިގޮތުން ހޯރަފުށީ ކައުންސިލްއިން ނެރެފައިވާ އިޢުލާންގައި ބުނެފައިވަނީ، އާންމުކޮށް ކުނި އަޅަމުން އަންނަ ސަރަހައްދު މިހާރު ސާފުކޮށްފައިވާކަށާއި، ކުނިކޮށި ފިޔަވައި އިތުރު ސަރަޚައްދުތަކަށް ކުނި އަޅާ ފަރާތްތަކާއި މެދު ކުނި އުކާލުމާއި ކުނި ނައްތާލުމުގެ ޤާނޫނުގައި ބުނެފައިވާގޮތަށް އަމަލުކުރާނެކަމަށެވެ. އެރަށު ކުނިކޮށްޓަށް ކުނި އެޅުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ ހެނދުނު 6:00 އިން ހަވީރު 18:00 އަށެވެ. އ...

އަޒްފާ ރަޝީދު
ތިލަދުންމަތީ ދިއްދޫ ފެރީ ޓާމިނަލުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް 📍 ހއ. ދިއްދޫ

ތިލަދުންމަތީ ދިއްދޫ ފެރީ ޓާމިނަލުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ހއ. ދިއްދޫގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރއކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އިމާރާތް ކުރަމުން އަންނަ ފެރީ ޓާމިނަލުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ޓާމިނަލުގެ ފައުންޑޭޝަން ފޫޓިންގ މަސައްކަތްތަކުގެ 70 އިންސައްތަ ނިމިފައިވާ ކަމަށެވެ. މި ފެރީ ޓާރމިނަލަކީ “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްގީ ކުރާ ޓާރމިނަލެކެވެ. މި ނެޓްވޯކަކީ ރާއްޖޭގެ އަތޮޅުތަކާއި ރަށް...

އަޙްމަދު ވަހީދު
އިހަވަންދޫގައި ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށް ކުލީބިން ދޫކުރަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށް ކުލީބިން ދޫކުރަނީ

ހއ.އިހަވަންދޫގައި ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށް ކުލީ ބިން ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށް ދޫކުރުމަށް އެ ކައުންސިލުން ނިންމާފައި ވަނީ އެ ރަށުގެ ބަނދަރުގެ އިރުމަތީ ފަރާތުގައި އޮތް 1600 އަކަފޫޓުގެ ހަތަރު ބިމެވެ. މި ހަތަރު ބިން ހަ މަސްދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ. މިކަން އާންމުކޮށް 02 ސެޕްޓެމްބަރ 2021 ގައި އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ލޮނުމަސް […]

އިބްރާހިމް ޚަލީލް
ކެލާގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ރަޖިސްޓްރީ ވުމަށް ފުރުޞަތު ހުޅުވާލަނީ 📍 ހއ. ކެލާ

ކެލާގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ރަޖިސްޓްރީ ވުމަށް ފުރުޞަތު ހުޅުވާލަނީ

ޤަވައިދާ ހިލާފަށް ޑޮކިއުމަންޓުނެތި ހއ.ކެލާގައި ދިރިއުޅެމުންދާ ބިދޭސީންގެ ތެރެއިން ރަޖިސްޓްރީ ވުމަށް ބޭނުންވާ ބިދޭސީން ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވާލުމަށް ކެލާ ކައުންސިލުން ނިންމައިފިއެވެ. ކެލާ ކައުންސިލާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން އެ ރަށުގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ރަޖިސްޓަރީ ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މި ހިނގާ ސެޕްޓެމްބަރ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ބި...

އިބްރާހިމް ޚަލީލް
އިހަވަންދޫ މޮނިޓަރިން އުވާލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ މޮނިޓަރިން އުވާލައިފި

ހއ. އިހަވަންދޫ މޮނިޓަރިން އުވާލައިފި އެވެ. ހުސްވި އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ދ. ކުޑަހުވަދޫން އެރަށަށް ދަތުރުކުރި 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވެ، އެމީހުންނާ ޑައިރިކްޓް ކޮންޓެކްޓްވި 2 މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެރަށް މޮނިޓަރިން އަށް ލާފައިވަނީ އޯގަސްޓް މަހުގެ 16 ވަނަ ދުވަހުގައެވެ. އިހަވަންދޫ ކައުންސިލުން ވިދާޅުވީ ކޮވިޑް 19 ގެ ކޭސްތަކާއި ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެވިފައި އޮތް […]

އަޙްމަދު އަރުޝަމް