މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,982 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,982 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2982 ޚަބަރުގެ ތެރެއިން
މާރަންދޫގައި ލޮނުމަސް އެޅުމަށާއި، މަސް ކައްކާ ހިއްކުމަށް ބިން ދޫކުރަނީ 📍 ހއ. މާރަންދޫ

މާރަންދޫގައި ލޮނުމަސް އެޅުމަށާއި، މަސް ކައްކާ ހިއްކުމަށް ބިން ދޫކުރަނީ

ތިލަދުންމަތީ އުތުރުބުރީ މާރަންދޫގައި ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށާއި، މަސް ކައްކާ ހިއްކުމުގެ މަސައްކަތް ކުރުމަށް ބިން ދޫކުރުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށާއި، މަސް ކައްކައި ހިއްކުމުގެ މަސައްކަތް ކުރުމަށް އެ ރަށު ހަވާގޭގެ އިރުމަތިން، ގޮނޑުދޮށާއި ދިމާލު ހޭޅިފަށުން، ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ 1500 އަކަފޫޓުގެ ބިން 5 އަހަރުގެ މުއްދަތަށް ކުއްޔަށް ހިފާނެ ފަރާތ...

އިބްރާހިމް ޚަލީލް
ކެލާ ފަޅުގައި އިންޓަނޭޝަނަލް ޔޮޓް މެރީނާއެއް ތަރައްގީ ކުރުން އުތުރުގެ އިޤްތިޞާދަށް ވަރަށް މުހިންމު 📍 ހއ. ކެލާ

ކެލާ ފަޅުގައި އިންޓަނޭޝަނަލް ޔޮޓް މެރީނާއެއް ތަރައްގީ ކުރުން އުތުރުގެ އިޤްތިޞާދަށް ވަރަށް މުހިންމު

ހއ. ކެލާ ފަޅުގައި އިންޓަނޭޝަނަލް ޔޮޓް މެރީނާއެއް ނުވަތަ ސުޕަރ ޔޮޓް މެރީނާއެއް ތަރައްގީ ކުރުމަކީ އުތުރުގެ އިޤްތިޞާދަށް ވަރަށް މުހިންމު ކަމެއްކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސްގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރަމުން އިބްރޭ ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ ކަންތައްތައް އޮތީ މާލެކައިރިއަށް ޖަމާވެ، ފުނި ޖެހިފައި ކަމަށެވެ. މި ހަރަކާތްތައް ރާއްޖޭގެ ސަރަހައްދުތަކަށް ބަހާލެވި، އިޤްތިޞާދީ މަސައްކަތްތ...

ތިލަދުން
ކުޑަމުރައިދޫ އަތުލީ ގޯސްކޮށް، އަލުން ދޭންޖެހޭނެ: ސުޕްރީމް ކޯޓް

ކުޑަމުރައިދޫ އަތުލީ ގޯސްކޮށް، އަލުން ދޭންޖެހޭނެ: ސުޕްރީމް ކޯޓް

ހދ. ކުޑަމުރައިދޫގައި ރިސޯޓެއް ތަރައްގީ ކުރަން ޖޭއެޗް ރިސޯޓްސްއާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ގާނޫނާ ޚިލާފަށް ކަމަށާއި އަދި އެ އެއްބަސްވުން އަދިވެސް ދެމި އެބައޮތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ކުޑަމުރައިދޫގައި ރިސޯޓެއް ހެދުމަށް 2006 ވަނަ އަހަރު ކުއްޔަށް ދީފައި ވަނިކޮށް ސަރުކާރުން އެ އެއްބަސްވުން 2015 ވަނަ އަހަރު ބާތިލްކުރީ އެއްބަސްވުމުގެ ދަށުން ހުށަހަޅަންޖެހޭ ފައިނޭޝަލް ޑޮކިއުމެންޓްތައް ހުށަނާޅާ ކަމަށް ބުނެ އެވެ. އެކަމަކު ސިވިލް ކޯޓާއި […]

އިބްރާހިމް އަސްވާޤް
ދިއްދޫ ފަޅަށް ބޮޑު ރާގޮނޑި އައިނެއް، 9000 އަށް ވުރެ ގިނަ ރާގޮނޑި ހިފައިފި 📍 ހއ. ދިއްދޫ

ދިއްދޫ ފަޅަށް ބޮޑު ރާގޮނޑި އައިނެއް، 9000 އަށް ވުރެ ގިނަ ރާގޮނޑި ހިފައިފި

ހއ. ދިއްދޫ ފަޅަށް ބޮޑު ރާގޮނޑި އައިނެއް ވަދެއްޖެއެވެ. ދިއްދޫ ހުޅަނގު ފަރާތުން އަލަށް ހިއްކި ސަރައްދުގެ ފަޅަށް ވަތް މި ރާގޮނޑި އައިން ބައްދާލައި، ގިނަ އަދަދެއްގެ ރާގޮނޑި ވަނީ ހިފާފައެވެ. ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު “ތިލަދުން”އަށް ވިދާޅުވީ އެ ރާގޮނޑި އައިނުން ހިފުނު ރާގޮނޑީގެ ޖުމްލަ 9054 އަށް އަރާ ކަމަށެވެ. “ހެނދުނު 11 ޖެހީއްސުރެ މިކަމުގައި ރައްޔިތުންގެ ގިނަ ބަޔަކު ނުކުމެ އެ އުޅުނީ، މިހާރު ހިފުނު ރާގޮނޑިތައް ގޭބިސީތަކަށް […]

ޙުސައިން ޝަހުދީ
އުތީމު ދޫނި ތުނޑިން ފެނުނު އާސާރީ ވަޅު، ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒަށް ގެންގޮސްފި 📍 ހއ. އުތީމު

އުތީމު ދޫނި ތުނޑިން ފެނުނު އާސާރީ ވަޅު، ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒަށް ގެންގޮސްފި

ހއ. އުތީމު ދޫނި ތުނޑިން ފެނުނު އާސާރީ ވަޅު، ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒަށް ގެންގޮސްފި އެވެ. އުތީމު ކައުންސިލުން ބުނީ، ގައުމީ ތަރިކައާ ބެހޭ މަރުކަޒުގެ ލަފާގެމަތިން، ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ ބޭފުޅުންނާއި އުތީމު ކައުންސިލް އަދި އުތީމު ޕޮލިސް ޑެސްކްގެ އެހީތެރިކަމާއި އެކު ރައްކާތެރިކަމާއި އެކު ވަޅު އެސަރަހައްދުން ނަގާ ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ ބެލުމުގެ ދަށުގައި ރައްކާތެރި ކުރެވިފައިވާ ކަމަށެވެ. މިކަމުގައި އެހީތެރިކަން ދެއްވި އެންމެހާ ފަރާތްތަކަށް އުތީމު ކައުންސިލުންވަނީ ޝުކުރު ދަނ...

އިބްރާހިމް އަސްވާޤް
ތުރާކުނު ޕޮލިސް ޑެސްކު ރަސްމީކޮށް ހުޅުވައިފި 📍 ހއ. ތުރާކުނު

ތުރާކުނު ޕޮލިސް ޑެސްކު ރަސްމީކޮށް ހުޅުވައިފި

ހއ. ތުރާކުނު ޕޮލިސް ޑެސްކު ރަސްމީކޮށް ހުޅުވައިފި އެވެ. މި ޑެސްކް ހުޅުއްވައިދެއްވާފައި ވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ މުޅި ރާއްޖެއަށް ފުލުހުންގެ ހިދުމަތް ފުޅާކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި މިހާރު އެ ހިދުމަތް ދިނުމުގެ އެންމެ މުހިންމު އަސާސީ ފަލްސާއަކީ...

އަޙްމަދު އަރުޝަމް
ބާރަށު ޒުވާނުންގެ ދިރުމުން ހއ އަދި ހދ އަތޮޅަށް ހުޅުވާލައިގެން ވޮލީ މުބާރާތެއް ބާއްވަނީ 📍 ހއ. ބާރަށް

ބާރަށު ޒުވާނުންގެ ދިރުމުން ހއ އަދި ހދ އަތޮޅަށް ހުޅުވާލައިގެން ވޮލީ މުބާރާތެއް ބާއްވަނީ

ހއ. ބާރަށުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ބާރަށު ޒުވާނުންގެ ދިރުމުގެ ފަރާތުން އިންތިޒާމް ކޮށްގެން އެންމެ އުތުރުގެ ދެ އަތޮޅު ކަމުގައިވާ ހއ އަދި ހދ އަތޮޅަށް (ތިލަދުންމައްޗަށް) ހުޅުވާލައިގެން ބޭއްވުމަށް ނިންމާފައިވާ ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. 10 ޑިސެމްބަރ 2021 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ދެ ޖިންސަށް ވެސް ވަނީ ހުޅުވާލާފައެވެ. ބާރަށު ޒުވާނުންގެ ދިރުމުގެ ވާދައިގެ ތައްޓަށް ކުޅޭ މި […]

އިބްރާހިމް ޚަލީލް
އެމްއެންޕީ ތިލަދުންމަތީގެ 3 ރަށަކަށް 📍 ހއ. ދިއްދޫ

އެމްއެންޕީ ތިލަދުންމަތީގެ 3 ރަށަކަށް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ތިލަދުންމަތީގެ 3 ރަށަކަށް ކުރާ ދަތުރެއް މިއަދު ފަށައިފިއެވެ. އެމްއެންޕީގެ ރައީސް ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމާއި، އެ ޕާޓީ ބައެއް ނަައިބު ރައީސުންނާއި، ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން މި ދަތުރުކުރުގައި ބައިވެރިވެ ވަޑައިގަންނަވައެވެ. މި ދަތުރުގެ ފުރަތަމަ މަންޒިލެއް ގޮތުން ހަނިމާދޫއަށް ގޮސްފައިވާއިރު، އެ ރަށުން އެ ޕާޓީއާއި އަލަށް ގުޅުނު މެންބަރުންގެ ފޯމްތައް ޕާޓީގެ ރައީސް ނާޒިމާއި ވަނީ ހަވާލުކޮށްފައެވެ. މި ދަތުރުގެ ދެވަނަ މަންޒިލެއްގެ […]

އަލީ އާދިލް
ދިއްދޫ ރައީސް ބާއްވާ ހޭންޑް ބޯލް މުބާރާތުގެ ގުރު ނަގައިފި 📍 ހއ. ދިއްދޫ

ދިއްދޫ ރައީސް ބާއްވާ ހޭންޑް ބޯލް މުބާރާތުގެ ގުރު ނަގައިފި

ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު. އެރަށުގައި ބާއްވާ ހޭންޑް ބޯލް މުބާރާތުގެ ގުރު ނެގުން ކުރިއަށް ގެންގޮސްފިއެވެ. އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މިމުބާރާތުގައި 6 ޓީމަކުން ވވަނީ ބައިވެރިވެފައެވެ. އެއީ 3 އޮފީހަކުން ބައިވެރިވި 3 ޓީމަކާއި،، 3 ކްލަބް،ޖަމިއްޔާއިން ބައިވެރިވި 3 ޓީމެކެވެ. ރޭ މި މުބާރާތުގެ ގުރުނެގުން ކުރިއަށް ގެންގޮސްފައިވާއިރު މި މުބާރާތުގައި ވާދަކުރާ އޮފީސް ތަކަކީ ދިއްދޫގައި ހުންނަ ޖެންޑާ މިނިސްޓްރީގެ ހއ. އަމާންވެށީގެ ޓީމަކާއި، ދިއްދޫ ކައުންސިލް އަދި […]

އަޒްފާ ރަޝީދު
ބަޖެޓް 2022: ހއ. އަތޮޅުގައި އަލަށްފަށާ 32 މަޝްރޫޢުއެއް

ބަޖެޓް 2022: ހއ. އަތޮޅުގައި އަލަށްފަށާ 32 މަޝްރޫޢުއެއް

އަންނަ 2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި، ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ހއ. އަތޮޅުގެ 14 ރަށުގައި އަލަށް 32 މަޝްރޫޢުއެއް ހިންގަން ހިމަނައިފިއެވެ. މިގޮތުން ފިނޭންސް މިނިސްޓްރީން އާންމު ކުރަށްވާފައިވާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފޮތުގައި ހއ. އަތޮޅުގެ 14 ރަށުގައި އަންނަ އަހަރު ފެށުމަށް އަލަށް ހިމެނި މަޝްރޫޢުތަތަކީ، ހއ. ތުރާކުނު ޒޯން 1 ގެ ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުން (އަލަށްފަށާ) މީގެއިތުރަށް ތުރާކުނަށް […]

ޙުސައިން ޝަހުދީ
ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމިއްޖެ 📍 ހއ. ދިއްދޫ

ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމިއްޖެ

ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މިބމަޝްރޫއުގެ މަސައްކަތް ނިންމާލީ މި މަހުގެ 27 ވަނަ ދުވަހު ކަމަށެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގައެވެ. މި މަޝްރޫއުގެ ދަށުން ރަށްގިރުމުން ސަލާމަތްކުރުމަށްޓަކައި 310 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މިއީ 10.02 […]

އަޙްމަދު ވަހީދު
ދިއްދޫ "ރަށްސިގަނޑު" ޕާކް ހުޅުވައިފި 📍 ހއ. ދިއްދޫ

ދިއްދޫ "ރަށްސިގަނޑު" ޕާކް ހުޅުވައިފި

“ރަށްސިގަނޑު” ގެ ނަމުގައި ހއ. ދިއްދޫގައި ކޮމިއުނިޓީ ޕާކެއް ހުޅުވައިފިއެވެ. އެރަށު އަތިރިމަތީގައި ގާއިމްކުރި މި ޕާކް ހުޅުވާދެއްވީ ދިއްދޫ ފެނަކަ ބްރާންޗްގެ ސްޓޭޝަން އިންޗާރގް މުހައްމަދު ނައީމެވެ. އެގޮތުން މި ޕާކް ތަރައްގީކޮށްފައި ވަނީ ދިއްދޫގައި ގިނަ އިޖްތިމާއީ މަސައްކަތްތަކެއް ކުރަށްވަމުން އަންނަ އެރަށުގެ މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުންނެވެ. މިއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑަށް އެ ކްލަބުން ހުށަައެޅި ޕްރޮޕޯސަލް ކާމިޔާބުވެ، އެ ފަންޑްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ...

އައިޝަތު ނަސާޔާ
އުތީމު "ވިންގާސް"އިން އެރަށުގެ ބަނދަރުގައި ރަށުގެ މުހިންމު ތަންތަން އަންގައިދޭ ބޯޑެއް ހަރުކޮށްފި 📍 ހއ. އުތީމު

އުތީމު "ވިންގާސް"އިން އެރަށުގެ ބަނދަރުގައި ރަށުގެ މުހިންމު ތަންތަން އަންގައިދޭ ބޯޑެއް ހަރުކޮށްފި

ހއ. އުތީމުގެ މަގުތަކުގައި ނަންބޯޑު ތަކެއްގެ އިތުރުން ޒަމާނީ ފެންވަރަކަށް ހަދާފައިވާ އެރަށުގެ މައުލޫމާތުތައް ހިމެނޭ ބޯޑެއް ބަނދަރު ސަރަހައްދުގައި ހަރުކޮށްފިއެވެ. މި ހަރަކާތަކީ އެރަށުގެ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ “ވިންގާސް” ޖަމްއިއްޔާއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންގޮސްފައިވާ ހަރަކާތެކެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިންގާސް ޖަމްއިއްޔާގެ މެންބަރު، މުޙައްމަދު ބަޝީރު ވިދާޅުވީ މި ޕްރޮޖެކްޓްއަކީ ރަށަށް އަންނަ މެހެމާނުންނަށް ރަށުގެ ހާއްސަ ތަންތަނަށް ޒިޔާރަތް ކުރުމަށް އެހީތެރި ވުމ...

އައިޝަތު ނަސާޔާ
ހއ. އަތޮޅު ހޮސްޕިޓަލުގައި ދަރިމައިވުމުގެ ހޯމޯން ޓެސްޓު ހެދުމުގެ ހިދުމަތް ފަށައިފި 📍 ހއ. ދިއްދޫ

ހއ. އަތޮޅު ހޮސްޕިޓަލުގައި ދަރިމައިވުމުގެ ހޯމޯން ޓެސްޓު ހެދުމުގެ ހިދުމަތް ފަށައިފި

ހއ. އަތޮޅު ހޮސްޕިޓަލުގައި ދަރިމައިވުމުގެ ހޯމޯން ޓެސްޓް ހެދުމުގެ ޙިދުމަތް ދޭން ފަށައިފިއެވެ. އެ ހޮސްޕިޓަލުން “ތިލަދުން” އަށް މައުލޫމާތު ދެއްވިގޮތުގައި މިއަދު ހެނދުނު 8 ޖެހި އިރު މި ޙިދުމަތް ދޭން ފަށާފައި ވާއިރު ހަފްތާ ގެ ކޮންމެ ދުވަހެއްގެ ވެސް ލެބޯޓްރީ ހުޅުވިފައި ހުންނަ ގަޑިތަކުގައި މި ޚިދުމަތް ލިބެމުން ދާނެއެވެ. އެގޮތުން މި ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފާއިތުވި 1 އަހަރު ތެރޭގައި ކުރެވުނު މަސައްކަތުން ހުރިހާ ވަސީލްތަތައް ހަމަވެފައިވަނީ މިދިޔަ ބުދަ […]

އައިޝަތު ނަސާޔާ
ތިލަދުންމަތީ ހުނަރުވެރިން: މޭކަޕް ކުރުމުގެ ދާއިރާއިން ވަށަފަރު ހަމްދާ 📍 ހއ. ވަށަފަރު

ތިލަދުންމަތީ ހުނަރުވެރިން: މޭކަޕް ކުރުމުގެ ދާއިރާއިން ވަށަފަރު ހަމްދާ

ހއ. ވަށަފަރު، ސޭވް، ހަމްދާ ހަސަންއަކީ ކައިވެނި ހަފްލާތަކަށް މޭކަޕް ކޮށްދީ އެ ޚަފްލާތައް ފުރިހަމަ ކުރުމުގައި މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ. ހަމްދާ އުމުރުން ވަރަށް ހަގުއިރު ވެސް މޭކަޕް ކުރުމަށް ވަރަށް ފޯރިހުރެއެވެ. އޭރުވެސް ލިބެން ހުންނަ މަދުސާމާނާއި އެކު އަމިއްލައަށް މޭކަޕްކޮށް އަދި ދައްތަމެން މޭކަޕްކޮށްދީ އުޅެނީ، އެއްވެސް ހާލެއްގައި މޭކަޕް ކޮށްދީގެން އާމްދަނީއެއް ހޯދަން ވިސްނައިގެނެއް ނޫނެވެ. މޭކަޕް ކުރުމަކީ މާބޮޑު ޝަޢުޤެއް ހިތުގައި އޮންނަކަމަކަށް ވުމުން ހިތްހަމަ ޖައްސާލުމަށެވެ. ވިސްނުން...

އިބްރާހިމް ޚަލީލް