މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,981 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,981 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2981 ޚަބަރުގެ ތެރެއިން
ތަކަންދޫއިން އިހަވަންދޫއަށް 2 ގްރާމްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި 📍 ހއ. އިހަވަންދޫ

ތަކަންދޫއިން އިހަވަންދޫއަށް 2 ގްރާމްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ހއ. ތަކަންދޫއިން އެ އަތޮޅު އިހަވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މަޢުލޫމާތުދިން ގޮތުގައި، މި މައްސަލައިގައި އޭނާ ހައްޔަރުކޮށްފައި ވަނީ ތަކަންދޫ ބަނދަރު ސަރަހައްދުންނެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހއ. އިހަވަންދޫ، ބިޖިލީގެ، އަޙްމަދު ޝައްމާޚް (26އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މިއީ އިހަވަންދޫ ޕޮލިހާއި، ތަކަންދޫ ޕޮލިސްގެ އިތުރުން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގ...

އަލީ އާދިލް
ދައްޕަރު 50 އަހަރަށް ކުއްޔަށް ދޭ ޓެންޑަރު ބާތިލްކުރަން ފިއްލަދޫ ރައްޔިތުންގެ ޕެޓިޝަނެއް 📍 ހއ. ފިއްލަދޫ

ދައްޕަރު 50 އަހަރަށް ކުއްޔަށް ދޭ ޓެންޑަރު ބާތިލްކުރަން ފިއްލަދޫ ރައްޔިތުންގެ ޕެޓިޝަނެއް

ހއ. ފިއްލަދޫގެ އިހުތިސޯސްގައި ހިމެނޭ ދައްޕަރު، ގާނޫނު ބުނާގޮތަށް ރަސްމީކޮށް ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭންގައި ޓޫރިޒަމަށް ކަނޑައަޅާފައި ނުވަނީސް 50 އަހަރަށް ކުއްޔަށް ދިނުމަށް އިއުލާނުކުރުމާ ގުޅިގެން، އެ ޓެންޑަރު ހުއްޓުވައި ބާތިލުކުރުމަށް އެދި ފިއްލަދޫ ރައްޔިތުންގެ ޕެޓިޝަނެއް ކައުންސިލަށް ހުށަހެޅުމުގެ މަސައްކަތް ފަށައިފިއެވެ. ފިއްލަދޫ ކައުންސިލްގެ އިދާރާއަށް އެޑްރެސްކޮށް ތައްޔާރުކޮށްފައިވާ މި ޕެޓިޝަނުގެ ކޮޕީއެއް ވަނީ މި ނޫހަށްވެސް ލިބިފައެވެ. މި ޕެޓިޝަނުގައި ސޮއިކުރާ ރައްޔިތުން ގޮވާލަނީ، ދައްޕ...

އަލީ އާދިލް
އުލިގަމުން ދަނޑުބިމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

އުލިގަމުން ދަނޑުބިމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

”ހއ.އުލިގަމުން ދަނޑުބިން ދޫކުރުމާއި، ދަނޑުވެރިކަންކުރުމާ ބެހޭ އުޞޫލު” ގެ ދަށުން އުލިގަމުގައި ދަނޑުވެރިކަން ކުރުމަށް ދަނޑުބިމަށް އެދުމުގެ ފުރުޞަތު އުލިގަމު ކައުންސިލުން، އާންމުކޮށް ހުޅުވާލައިފިއެވެ. އާންމު ދަނޑުވެރިކަމަށް ދޫކުރާ ދަނޑުބިމަށް އެދޭއިރު، “ދަނޑުބިމަށް އެދޭ ފޯމް” އާއެކު ގޭބިސީ އަންގައިދޭ ލިޔުން (ކަރަންޓް ބިލު ނުވަތަ ފެންބިލު ނުވަތަ ގޯތީގެ ރަޖިސްޓްރީގެ ކޮޕީ)، އަދި ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއާއި ގޭބިސީގެ ވެރިޔާގެ ހުއްދަ ހުށަހެޅުމަށް، ކައުންސިލުގެ އިޢުލާނުގައި އެދިފައިވެއެވެ. މީ...

ފާތިމަތު ސަޙާ
ޕޮލިސް ފެމިލީ ނައިޓުގައި ބާރަށު ޝިޔާމްގެ ފޯރިގަދަ ހުށަހެޅުންތަކެއް! 📍 ހއ. ބާރަށް

ޕޮލިސް ފެމިލީ ނައިޓުގައި ބާރަށު ޝިޔާމްގެ ފޯރިގަދަ ހުށަހެޅުންތަކެއް!

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްސަ “ޕޮލިސް ފެމިލީ ނައިޓް” ގައި، މަގުބޫލު ސަގާފީ ނެށުންތެރިޔާ ބާރަށު ޝިޔާމްގެ ފޯރިގަދަ ހުށަހެޅުންތަކެއް ދައްކުވައިދިނުމަށް ހަމަޖެހިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ. ބޮޑުޢީދުގައި ބޮޑު މަގުބޫލްކަމެއް ހޯދި ހއ. ބާރަށަށް އުފަން ޝިޔާމަކީ ގިނަ ބަޔެއްގެ އިހްތިރާމާއި ލޯބި ލިބިފައިވާ ބޭފުޅެކެވެ. ނެށުމަކީ އޭނާ ހޮބީއެއްގެ ގޮތުން ކުރަށްވާކަމަކަށްވާއިރު، ޝިޔާމްގެ އަނބިކަނބަލުންގެ ރަށް ރ. އުނގޫފާރުގައި މިއަހަރު ބޮޑު އީ...

ޔުމްނާ ޢަލީ
މާރަންދޫ ގޮނޑުދޮށް ހިމާޔަތްކޮށް، އިންނަމާދޫ މޫދަށް އެރޭ ސަރަހައްދު ތަރައްގީކުރަން ހަވާލުކޮށްފި 📍 ހއ. މާރަންދޫ

މާރަންދޫ ގޮނޑުދޮށް ހިމާޔަތްކޮށް، އިންނަމާދޫ މޫދަށް އެރޭ ސަރަހައްދު ތަރައްގީކުރަން ހަވާލުކޮށްފި

ހއ. މާރަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި ރ. އިންނަމާދޫ މޫދަށް އެރޭ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި ދެ ރަށުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓްއާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރީ މިއަދެވެ. މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރ...

ޔުމްނާ ޢަލީ
ވެށީގެ އެކުވެރިޔާ ''ކުރިމަގު ޖަމިއްޔާ''ގެ އިޖްތިމާއީ ޚިދުމަތުގެ ކާމިޔާބު ދަތުރު 📍 ހއ. ދިއްދޫ

ވެށީގެ އެކުވެރިޔާ ''ކުރިމަގު ޖަމިއްޔާ''ގެ އިޖްތިމާއީ ޚިދުމަތުގެ ކާމިޔާބު ދަތުރު

ދިއްދޫ ކުރިމަގު ޖަމްޢިއްޔާއަކީ، ހއ. ދިއްދޫގައި ހަރަކާތްތެރިވާ، އަމިއްލަ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގެ ރައީސް ޢަބްދުﷲ މާހިރުގެ އިސްނެންގެވުމުގެ ދަށުން އުފެއްދި މިއީ މައިގަނޑު ގޮތެއްގައި ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި، ޒުވާނުން ބާރުވެރިކުރުވުމާއި، ތަޢުލީމާއި، ޓެކްނޮލޮޖީގެ ދާއިރާއިން މަސައްކަތް ކުރާ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދަކީ، މި ރަށުގެ ތިމާވެށި ހިމާޔަތްކޮށް، ތަޢުލީމާއި ޓެކްނޮލޮޖީއަށް މީހުން ހޭލުންތެރިކުރުވުމެވެ. މި ޖަމްޢިއްޔާއިން އިސްނަގައިގެން ތަފާތު ޕްރޮގްރާމްތަކ...

ފާތިމަތު ސަޙާ
ކުރިމަގު ޖަމިއްޔާއިން ހަނިމާދޫ އަންހެނުންގެ ކޮމިޓީއަށް ބިއްލޫރި ފުޅި ހަދިޔާކޮއްފި 📍 ހއ. ދިއްދޫ

ކުރިމަގު ޖަމިއްޔާއިން ހަނިމާދޫ އަންހެނުންގެ ކޮމިޓީއަށް ބިއްލޫރި ފުޅި ހަދިޔާކޮއްފި

ހއ. ދިއްދޫ ކުރިމަގު ޖަމިއްޔާއިން، ހދ. ހަނިމާދޫ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އަށް ބިއްލޫރި ފުޅި ހަދިޔާ ކޮއްފިއެވެ. އެ ޖަމިއްޔާއިން ކުރިއަށް ގެންދާ ބިއްލޫރި ފުޅި ހަދިޔާ ކުރުމުގެ ޚާއްޞަ ޕްރޮގްރާމްގެ ދަށުން، ހަނިމާދޫ އަންހެނުންގެ ކޮމިޓީއަށް ޖުމްލަ 168 ބިއްލޫރި ފުޅި ވަނީ ހަދިޔާކޮށްފައެވެ. މި އެހީތެރިކަމަށްޓަކައި، ހަނިމާދޫ އަންހެނުންގެ ކޮމެޓީއާއި ހަނިމާދޫ ކައުންސިލުން ވަނީ ކުރިމަގު ޖަމިއްޔާއިން ޝުކުރުއަދާކޮށްފައެވެ. މިއީ ކުރިމަގު ޖަމިއްޔާއިން ކުރިއަށްގެންދާ “ޕްލާ...

ފާތިމަތު ސަޙާ
މުރައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި ކެލާ ބަނދަރު އަޕްގްރޭޑްކޮށް މަސްވެރިކަމުގެ މަސައްކަތަށް ބިން ހިއްކަން ހަވާލުކޮށްފި 📍 ހއ. ކެލާ

މުރައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި ކެލާ ބަނދަރު އަޕްގްރޭޑްކޮށް މަސްވެރިކަމުގެ މަސައްކަތަށް ބިން ހިއްކަން ހަވާލުކޮށްފި

ހއ. މުރައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢާއި، ހއ. ކެލާ ބަނދަރު އަޕްގްރޭޑް ކުރުމާއެކު މަސްވެރިކަމުގެ ވަސީލަތް ބިނާކުރުމަށް ބިން ހިއްކުމާއި، ބ. ކިހާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމާއި އަދި ދ. ބަނޑިދޫ ބަނދަރު ފުންކުރުމާއި ޖެޓީ ތަރައްޤީކުރުމުގެ މަޝްރޫޢުތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާ...

ޔުމްނާ ޢަލީ
އުލިގަމުން ދަނޑުބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމާބެހޭ އުޞޫލަށް އިސްލާހް ގެނެސްފި

އުލިގަމުން ދަނޑުބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމާބެހޭ އުޞޫލަށް އިސްލާހް ގެނެސްފި

ހއ. އުލިގަމުން ދަނޑުބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމާބެހޭ އުޞޫލަށް މުހިންމު އިސްލާޙުތަކެއް ގެނެސް، އެ އުޞޫލު މިއަދު އާންމުކޮށްފިއެވެ. “ހއ. އުލިގަމުން ދަނޑުބިން ދޫކުރުމާއި ދަނޑުވެރިކަންކުރުމާ ބެހޭ އުޞޫލު” އަށް ބަދަލުގެނެސް އުލިގަމު ކައުންސިލުން އާންމުކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އުޞޫލަށް 3 ވަނަ އިޞްލާޙް ގެނައުމަށް ނިންމާފައިވަނީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ އަދި 14 ވަނަ އާންމު ބައްދަލުވުމުގައެވެ. މި އިސްލާޙުތަކާއެކު އެކުލަވާލެވުނު އައު އުޞޫލު ވެސް މިހާރު ވަނީ […]

ފާތިމަތު ސަޙާ
އެފްއޭއެމްގެ ރީޖަނަލް އޮފީސްތައް ދިއްދޫ، މަހިބަދޫ، ގަން އަދި މާލޭގައި ގާއިމުކުރަނީ 📍 ހއ. ދިއްދޫ

އެފްއޭއެމްގެ ރީޖަނަލް އޮފީސްތައް ދިއްދޫ، މަހިބަދޫ، ގަން އަދި މާލޭގައި ގާއިމުކުރަނީ

ދިވެހިރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގެ ހިންގުން ލާމަރުކަޒީކޮށް، މުޅި ރާއްޖެއަށް ފުޓްބޯޅަ ފުޅާކުރުމުގެ ގޮތުން ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ އޮފީސްތައް ޤާއިމުކުރާނެ ރަށްތައް އެ އެސޯސިއޭޝަނުން ކަނޑައަޅައިފިއެވެ. ނިންމުން ނިންމާފައިވަނީ ރޭ ބޭއްވުނު އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީ (އެކްސްކޯ) ގެ 16 ވަނަ ބައްދަލުވުމުގައެވެ. މި މަޝްރޫޢުގެ ދަށުން އޮފީސްތައް ޤާއިމުކުރުމަށް ކަނޑައަޅާފައިވަނީ ނޯތު، ސެންޓްރަލް، މާލެ އަދި ސައުތު ރީޖަންގެ އިދާރާތަކެވެ. އެގޮތުން ނޯތު ރީޖަން ފުޓްބޯލް އ...

ޔުމްނާ ޢަލީ
ދިއްދޫ ރައްޔިތުންގެ އެދުމަށް ކޯޗު މުސްތަޓޭ ނިންމުން ބަދަލުކޮށް، އަލުން ޓީމާ ހަވާލުވެއްޖެ 📍 ހއ. ދިއްދޫ

ދިއްދޫ ރައްޔިތުންގެ އެދުމަށް ކޯޗު މުސްތަޓޭ ނިންމުން ބަދަލުކޮށް، އަލުން ޓީމާ ހަވާލުވެއްޖެ

2026/2027 ދިވެހި ޕްރިމިއާ ލީގަށް ހއ. ދިއްދޫ ކޮލިފައިކޮށްދިން ކާމިޔާބުކޯޗު މޫސާ އިބްރާހީމް (މުސްތަޓޭ) އޭނާގެ ނިންމުން ބަދަލުކުރުމަށްފަހު ދިއްދޫ ޓީމުގެ ފަރިތަކުރުންތައް ރަސްމީކޮށް ފަށައިފިއެވެ. މުސްތަޓޭގެ ކޯޗުކަމުގައި ދިއްދޫ ވަނީ ނޯތު ލީގުގެ ޗެމްޕިއަންކަން ހޯދައި، ބޮޑުތިލަދުންމަތިން ފުރަތަމަ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވި ޓީމްގެ ޝަރަފް ދިއްދޫ އަށް ހޯދައިދީފައެވެ. ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވެފައިވުމަށް ކުޅުނު ޕްލޭއޮފް މެޗުތަކުގައި ނޯތު ރީޖަން ދިއްދޫ ވަނީ ރާއްޖޭގެ އަނެއް ތިން ރީޖަންގެ ޗެމްޕި...

ޔުމްނާ ޢަލީ
މުރައިދޫ އަންހެނުންގެ ކޮމިޓީން ބޮނބިފަންނު ބީޗުގައި ޖޯލިފައްޗާއި މޭޒު އަދި ގޮނޑި ބަހައްޓައިފި 📍 ހއ. މުރައިދޫ

މުރައިދޫ އަންހެނުންގެ ކޮމިޓީން ބޮނބިފަންނު ބީޗުގައި ޖޯލިފައްޗާއި މޭޒު އަދި ގޮނޑި ބަހައްޓައިފި

ހއ. މުރައިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) ގެ ފަރާތުން އެ ރަށު ބޮނބިފަންނު ބީޗުގައި އާންމުން ބޭނުންކުރުމަށްޓަކައި ޖޯލިފައްޗާއި، މޭޒު އަދި ގޮނޑި ބަހައްޓައިފިއެވެ. ބޮނބިފަންނު ބީޗު ޒީނަތްތެރި ކުރުމަކީ، އެރަށުގައި ފެށުމަށް ތައްޔާރުވެފައިވާ “މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމެންޓް” އާ ގުޅިގެން ރަށުތެރެ ރީތި ކުރުމުގެ ޕްރޮގްރާމްގެ ދަށުން ކޮށްފައިވާ އަގުހުރި މަސައްކަތެކެވެ. މުރައިދޫ ބަނދަރުމަތީގައި އޮންނަ ބޮނބިފަންނު ބީޗަކީ އެންމެންގެ ހިތްތަކަށް ފިނ...

ފާތިމަތު ސަޙާ
މާރަންދޫގައި ކެންވަރ ދަސްކޮއްދޭ ކޯހެއް، ބައިވެރިވާން ހުޅުވާލައިފި 📍 ހއ. މާރަންދޫ

މާރަންދޫގައި ކެންވަރ ދަސްކޮއްދޭ ކޯހެއް، ބައިވެރިވާން ހުޅުވާލައިފި

ހއ.މާރަންދޫގައި ބާއްވާ ކެންވަރ ދަސްކޮއްދޭ ކޯހުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ މާރަންދޫ ކައުންސިލާއި އުކުޅަސް ހޯޕް އަދި ޚިދުމަތް ޖަމްޢިއްޔާ ގުޅިގެން ހިންގާ ކޯހެކެވެ. މާރަންދޫ ކައުންސިލުން ބުނެފައިވާގޮތުގައި މިއީ އެރަށުގެ ޢުމުރުން 16 އަހަރުން މަތީގެ ދެ ޖިންސްގެ މީހުންނަށް އަމާޒުކޮށް ހިންގަން ނިންމާފައިވާ ކޯހެކެވެ. މި ކޯހުގައި މައިގަނޑުގޮތެއްގައި ކިޔަވައިދޭނީ ދެ ބައެކެވެ. އެއީ ފޮޓޯ އާއި ވީޑިޔޯ ހަދާނެ ގޮތެވެ. އޭގެ ތެރޭގައި އެކި ކަހަލަ ޕޯސްޓަރ ހެދުމާއި، ޕްރެޒެންޓޭޝަން (ޕީޕީޓީ)، […...

ފާތިމަތު ސަޙާ
މާރަންދޫގައި ހުވަނި ގިނަވެއްޖެ، ކައުންސިލުން ބޭސް ހޯދަނީ! 📍 ހއ. މާރަންދޫ

މާރަންދޫގައި ހުވަނި ގިނަވެއްޖެ، ކައުންސިލުން ބޭސް ހޯދަނީ!

ހއ. މާރަންދޫގައި މިދަުވަސްވަރު ހުވަނި ގިނަވެފައިވާތީ، ރައްޔިތުން ސަމާލުވާން އެ ރަށު ކައުންސިލުން އެދެފިއެވެ. އެކައުންސިލުން މިއަދު މީސް މީީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މާރަންދޫގެ އެކި ސަރަޙައްދުތަކުގައި ހުވަނި ގިނަވުމާގުޅިގެން، އާންމު ރައްޔިތުން ދިރިއުޅޭ ގެތަކާއި، އާންމުން އެއްވެ އުޅޭ މައިޒާންތަކަށް ހުވަނީގެ އަސަރު ކުރަމުންދާކަމަށެވެ. އެފަދަ ތަންތަނަށް ދާއިރު، ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އެ ކައުންސިލުން ރައްޔިތުންނަށް އިލްތިމާސްކޮއްފައިވެއެވެ. އެރަށުން ހުވަނި ނައްތާލުމަށްޓަކައި ހު...

ފާތިމަތު ސަޙާ
މަންތާ އެއާ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ މުބާރާތުގައި ހއ. އާއި ހދ.ގެ 10 ރަށެއް 📍 ހއ. މުރައިދޫ

މަންތާ އެއާ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ މުބާރާތުގައި ހއ. އާއި ހދ.ގެ 10 ރަށެއް

ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ” މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ ހއ. އާއި ހދ. އަތޮޅުގެ 10 ރަށަކުން ބައިވެރިވެއްޖެއެވެ. ނިޔާ އެކަޑެމީގެ ރައީސް، އަޙްމަދު ނިޔާޒް “ތިލަދުން”އަށް ވިދާޅުވީ 35 އަހަރުން މަތީގެ ފަރާތްތަކަށް އަމާޒުކޮއްގެން ބާއްވާ މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ 35 އަހަރުން މަތީގެ ފަރާތްތައް ކުޅިވަރަށް އަޙުލުވެރިކުރުވާ، ކަސްރަތާއި ދުޅަހެޔޮކަމަށް އިސްކަންދިނުމާއި، ވާދަވެރި މާޙައުލެއްގައި ކުޅިވަރު ކުޅުމުގެ […]

ފާތިމަތު ސަޙާ