މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ދިއްދޫ (788 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
788 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ދިއްދޫގެ އެންމެ ފަހުގެ ޚަބަރުތައް

788 ޚަބަރުގެ ތެރެއިން
''ދިއްދޫ އުތުރުގެ މުހިންމު މަރުކަޒަކަށް، އާ ފުރުސަތުތައް ހުޅުވި ރައްޔިތުންގެ އާމްދަނީ މަތިވާނެ'' 📍 ހއ. ދިއްދޫ

''ދިއްދޫ އުތުރުގެ މުހިންމު މަރުކަޒަކަށް، އާ ފުރުސަތުތައް ހުޅުވި ރައްޔިތުންގެ އާމްދަނީ މަތިވާނެ''

ހއ. ދިއްދޫގެ އެއާޕޯޓް ތަރައްގީކޮށް ބިން އިތުރުކުރުމުން އެ ރަށަކީ އުތުރުގެ މުހިންމު މަރުކަޒަކަށް ވެގެންދާނެ ކަމަށާއި، އޭގެ ސަބަބުން ރައްޔިތުންގެ އާމްދަނީއާއި ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު އިއްޔެ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދިއްދޫ އެއާޕޯޓާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އިތުރުން އަސާސީ އެހެނިހެން ހިދުމަތްތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފައްޓަވައިދެއްވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި...

ޔުމްނާ ޢަލީ
ދިއްދޫ އެއާޕޯޓަށާއި ބޯހިޔާވަހިކަމަށް ބޭނުންވާ ބިން ހިއްކަން ފަށައިފި 📍 ހއ. ދިއްދޫ

ދިއްދޫ އެއާޕޯޓަށާއި ބޯހިޔާވަހިކަމަށް ބޭނުންވާ ބިން ހިއްކަން ފަށައިފި

ހއ. ދިއްދޫގައި އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިމާއި، އެރަށުގެ ބޯހިޔާވަހިކަމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢު މިއަދު ފަށައިފިއެވެ. މިއަދު ހަވީރު ދިއްދޫގައި އޮތް ރަސްމިއްޔާތުގައި މި މަޝްރޫޢު ފައްޓަވައިދެއްވީ މާލީ ވަޒީރު މޫސާ ޒަމީރެވެ. މި ރަސްމިއްޔާތުގައި ދިއްދޫ ދާއިރާގެ މެމްބަރު ޢަބުދުއްލަތީފް މުހައްމަދު (ލަތީބެ) އާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.   މި މަޝްރޫޢުގައި ބިން ހިއްކުމަށް ބޭނުން ކު...

ޔުމްނާ ޢަލީ
ފައްތާހުގެ ކަށުނަމާދު ފަތިސްނަމާދަށްފަހު ދިއްދޫ ހުކުރު މިސްކިތުގައި 📍 ހއ. ދިއްދޫ

ފައްތާހުގެ ކަށުނަމާދު ފަތިސްނަމާދަށްފަހު ދިއްދޫ ހުކުރު މިސްކިތުގައި

ދިވެހި ފިލްމީ ދާއިރާގައި މަޝްހޫރު ކުރީގެ ފިލްމް ޑައިރެކްޓަރު އަބްދުލް ފައްތާހުގެ މައްޗަށްކުރެވޭ ކަށުނަމާދު ފަތިސްނަމާދަށްފަހު ދިއްދޫ ހުކުރު މިސްކިތުގައި ބާއްވަން ނިންމައިފިއެވެ. ދިއްދޫ ކައުންސިލުން މިރޭ ބުނީ ފައްތާހުގެ މައްޗަށް ކުރެވޭ ކަށުނަމާދު  މިރޭ ފަތިސްނަމާދަށްފަހު އެރަށު މަސްޖިދުއް ޣުފްރާން (ހުކުރު މިސްކިތް)ގައި އޮންނާނެ ކަމަށެވެ. އެއަށްފަހު ޖަނާޒާ ބާއްވަން ނިންމާފައި ވަނީ އެރަށު ދެކުނު ސަހަރާގައެވެ. އުމުރުން 54 އަހަރުގައި ފައްތާހު ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން ދިއްދޫގައި ހުންނަ ހއ.އަތޮޅު...

ޔުމްނާ ޢަލީ
ދިއްދޫ ބިންހިއްކުމަށް ޑްރެޖަރު އެރަށަށް، ''މިއުޅެނީ ދިއްދޫގެ ތަރައްގީއަށް އިންގިލާބެއް ގެންނަން'': ލަތީފް 📍 ހއ. ދިއްދޫ

ދިއްދޫ ބިންހިއްކުމަށް ޑްރެޖަރު އެރަށަށް، ''މިއުޅެނީ ދިއްދޫގެ ތަރައްގީއަށް އިންގިލާބެއް ގެންނަން'': ލަތީފް

ހއ. ދިއްދޫގައި އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްކުރުމަށާއި، އެރަށަށް އިތުރު ކުރަން ނިންމާފައިވާ ބިން ހިއްކުމަށް ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ޑްރެޖަރު އެރަށަށް މިހާރު ދަތުރުކުރަމުން އަންނަކަމަށް  ދިއްދޫ ދާއިރާގެ މެމްބަރު ޢަބުދުއްލަތީފް މުހައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ. ދިއްދޫ އެއާޕޯޓު މަސައްކަތްކުރުމަށާއި، އިތުރު ކަންކަމަަށް ބޭނުންކުރަން ރަށަށް އިތުރުކުރާ ބިން ހިއްކުމަށް ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ޑްރެޖަރު އެރަށަށް ދަތުރުކުރަމުން އަންނަކަމަށް މީސްމީޑިއާ...

ޔުމްނާ ޢަލީ
މަރާމާތުކުރުމުގެ މަސައްކަތަށް ހއ.އަތޮޅު ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރ ވަގުތީގޮތުން ބަންދު 📍 ހއ. ދިއްދޫ

މަރާމާތުކުރުމުގެ މަސައްކަތަށް ހއ.އަތޮޅު ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރ ވަގުތީގޮތުން ބަންދު

ހއ.އަތޮޅު ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރ މަރާމާތު ކުރުމުގެ މުހިންމު މަސައްކަތަށް އެ ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރ ވަގުތީގޮތުން ބަންދުކޮށްފިއެވެ. އެ މަސައްކަތް އަތޮޅު ހޮސްޕިޓަލުން މިއަދު ވަނީ އެމްއެންބީ ކޮންސްޓްރަކްޝަންސްއާ ހަވާލުކޮށްފައެވެ. މި މަސައްކަތަކީ ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ފެންވަރު ރަނގަޅު ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. މި މަރާމާތަކީ ހޮސްޕިޓަލުން ވަރަށް ގިނަ ދުވަހު އިންތިޒާރު ކުރަމުންދިޔަ މަސައްކަތެކެވެ. އެއީ އޮޕަރޭޝަން...

ޔުމްނާ ޢަލީ
ޔައިޝާ ތިންވަނަ ފަހަރަށް އިހަވަންދޫ ރަސްތަރީގެ މަގާމަށް، އެއްވަނަ ރަށަކަށް ދިއްދޫ 📍 ހއ. ދިއްދޫ

ޔައިޝާ ތިންވަނަ ފަހަރަށް އިހަވަންދޫ ރަސްތަރީގެ މަގާމަށް، އެއްވަނަ ރަށަކަށް ދިއްދޫ

ހއ. އިހަވަންދޫ ކައުންސިލުން ހއ.އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބޭއްވި “ރަސްތަރި ޤުރްއާން މުބާރާތް 2025″ގެ ފަޚުރުވެރި އެއް ވަނަ ޔައިޝާ ޔާސިރު އިބްރާހިމް/ދޭލިޔާގެ، ހއ.އިހަވަންދޫ ހޯދައިފިއެވެ. މީގެ ކުރިން ބޭއްވި އިހަވަންދޫ ކައުންސިލް ރަސްތަރި ޤުރްއާން ދެ މުބާރަތުގެ އެއް ވަނަ ވެސް ހޯދާފައިވާ ޔައިޝާގެ މި ކާމިޔާބާއެކު ޔައިޝާ ވަނީ ޖެހިޖެހިގެން ތިންފަހަރު އިހަވަންދޫ ރަސްތަރީގެ މަގާމު ދިފާޢުކޮށްފައެވެ. ފުރިހަމަ އިންތިޒާމުތަކާއެކު ބޭއްވުނު މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ރޭ ބާއްވާފައިވާއިރު، މި ރ...

ޙުސައިން ޝަހުދީ
އިސްލާމީ މަރުކަޒަކީ މުޢިއްޒުގެ ޒަޢާމަތުގައި ދިއްދޫ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު އިނާމު: ލަތީފް 📍 ހއ. ދިއްދޫ

އިސްލާމީ މަރުކަޒަކީ މުޢިއްޒުގެ ޒަޢާމަތުގައި ދިއްދޫ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު އިނާމު: ލަތީފް

ހއ. ދިއްދޫގައި އިއްޔެ ހުޅުވި އިސްލާމީ މަރުކަޒަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދިއްދޫ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ހަދިޔާ އަދި އިނާމުކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުޙައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ. ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވިގެންދިޔުމާއި ގުޅިގެން ދިއްދޫގައި ހުންނަަވައި ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ލަތީފް ވިދާޅުވީ، ދިއްދޫ އިސްލާމީ މަރުކަޒަކީ، ދިއްދޫ އާއި މުޅި ހއ.އަތޮޅު އަދި މުޅި ޤައުމުގެ ރައްޔިތުންނަށް ވެސް ލިބިދިން ދީނީ އަދި ޢިލްމީ...

ޔުމްނާ ޢަލީ
ދިއްދޫ އިސްލާމީ މަރުކަޒު ކައުންސިލާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ އިސްލާމީ މަރުކަޒު ކައުންސިލާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހއ. ދިއްދޫ އިސްލާމީ މަރުކަޒު ކައުންސިލާއި ޙަވާލުކޮށް ބެލެހެއްޓުމުގެ އިންތިޒާމްތަކާ ގުޅޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. ދިއްދޫ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ދިއްދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް ޢަބުދުﷲ ރަޝީދެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ. ދިއްދޫގައި ޤާއިމްކުރި އިސްލާމީ މަރުކަޒު ހުޅުވާފައި ވަނީ އިއްޔެ (28 ނޮވެމްބަރު 2025) ގައެވެ. މި މަރުކަޒު ތަރައްގީކޮށްފައި ވަނީ މިސ...

ޔުމްނާ ޢަލީ
ދިއްދޫގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ހުޅުވައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ހުޅުވައިފި

ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި ޤާއިމްކޮށްފައިވާ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ. މި ގޮފި ހުޅުވައިދެއްވީ މިރޭ ދިއްދޫ އިސްލާމީ މަރުކަޒުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްއެވެ. މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަޠީފް މުޙައްމަދާއި، ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގ...

ޔުމްނާ ޢަލީ
ދިއްދޫ މަސްޖިދުއްރަޙްމާ ހުރި ބިމުގައި ޒަމާނީ މިސްކިތެއް 📍 ހއ. ދިއްދޫ

ދިއްދޫ މަސްޖިދުއްރަޙްމާ ހުރި ބިމުގައި ޒަމާނީ މިސްކިތެއް

ދިއްދޫ މަސްޖިދުއްރަޙްމާ ހުރި ބިމުގައި ޒަމާނީ މިސްކިތެއް އެޅުމަށް މިއަދު އެ މިސްކިތުގެ ބިންގާ އަޅައިފިއެވެ. ދިއްދޫގައި މިއަދު އެކަމަށް ބޭއްވި ރަސްމިއްޔާތުގައި އެ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ މަރުކަޒުގެ އިސް އިމާމު، އައްސައިޚް މުޙައްމަދު ލަތީފާއި، ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދެވެ. މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދާއި، އެ ވުޒާރާގެ ވެރިންނާއި، ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ) އާއި، […]

ޔުމްނާ ޢަލީ
ރައީސްގެ ތަހުނިޔާ ދިއްދޫ ރައްޔިތުންނަށް، ރޯދައިގެ ކުރިން އެކިރަށްރަށުގައި 15 ވަރަކަށް މިސްކިތް ހުޅުވޭނެ 📍 ހއ. ދިއްދޫ

ރައީސްގެ ތަހުނިޔާ ދިއްދޫ ރައްޔިތުންނަށް، ރޯދައިގެ ކުރިން އެކިރަށްރަށުގައި 15 ވަރަކަށް މިސްކިތް ހުޅުވޭނެ

ރާއްޖޭގެ އެކި ރަށްރަށުގައި ބިނާ ކުރަމުން އަންނަ 15 ވަރަކަށް މިސްކިތުގެ މަސައްކަތް ނިންމައި، އަންނަ ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން ހުޅުވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެެވެ. ރައީސް މިކަން ހާމަކުރެއްވީ، ހއ. ދިއްދޫގައި މިއަދު ހުޅުވުނު އިސްލާމީ ދާއިރާގެ ތަންތަން ހުޅުވުމުގެ މުނާސަބާގައި އެރަށުގެ ރައްޔިތުންނަށް ފޮނުއްވި ތަހްނިޔާގެ މެސެޖެއްގައެވެ. ދިއްދޫގައި މިއަދު ހުޅުވުނު އިސްލާމީ މަރުކަޒުގައި ހިމެނެނީ މިސްކިތަކާއި، އިސްލާމީ ކުތުބުޚާނާއަކާއި، ކީރިތި ޤުރުއާނާ ބެހޭ ޤައ...

ޔުމްނާ ޢަލީ
ދިއްދޫ އިސްލާމީ ކުތުބުޚާނާ ހުޅުވައިފި 📍 ހއ. ދިއްދޫ

ދިއްދޫ އިސްލާމީ ކުތުބުޚާނާ ހުޅުވައިފި

ހއ.ދިއްދޫ އިސްލާމީ މަރުކަޒުގައި ގާއިމުކޮށްފައިވާ އިސްލާމީ ކުތުބުޚާނާ މިއަދު ހުޅުވައިފިއެވެ. މިތަން ހުޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ. ދިއްދޫ ގައި މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ ދިއްދޫގެ ދަރިވަރުން ވަގުތު ހޯދައިގެން މަދުވެގެން ހަފުތާއަކު އެއްފަހަރު އެތަނުގައި ވަގުތު ހޭދަކޮށް މައުލޫމާތު ލިބިގަތުމަށް އެދިވަޑައިގަތެވެ. އަދި ބެލެނިވެރިން ވެސް އެކަމަށް ސަމާލުކަން ދެއްވުމަށް އެދިވަޑައިގަތެވެ. ވަޒީރު ވިދާޅުވީ އެ ކު...

ޔުމްނާ ޢަލީ
ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވައިފި 📍 ހއ. ދިއްދޫ

ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވައިފި

ހއ. ދިއްދޫގައި ޤާއިމްކުރި އިސްލާމީ މަރުކަޒު މިއަދު ހުޅުވައިފިއެވެ. މި މަރުކަޒު ހުޅުއްވައިދެއްވީ މިއަދު 11:30 ހާއިރު ބޭއްވި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދުއެވެ. އަދި އެތަން ހުޅުއްވައި ދެއްވުމަށްފަހު ޝަހީމް ވަނީ ނއިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރަށްވާފައެވެ. މި މަރުކަޒު ތަރައްގީކޮށްފައި ވަނީ މިސްކިތަކާއި، އިސްލާމީ ކުތުބުޚާނާ އަކާއި، ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕަކާއި، މަލްޓި ޕާޕަސް ހޯލަކާއި، ފަސް ކްލާސް ރޫމާއި، ސެމިނަރ […]

ޔުމްނާ ޢަލީ
ބޮޑު ތިލަދުންމަތީގެ ފުރަތަމަ އިސްލާމީ މަރުކަޒު ދިއްދޫގައި މާދަމާ ހުޅުވާނެ 📍 ހއ. ދިއްދޫ

ބޮޑު ތިލަދުންމަތީގެ ފުރަތަމަ އިސްލާމީ މަރުކަޒު ދިއްދޫގައި މާދަމާ ހުޅުވާނެ

ހއ. ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށް ދިއްދޫ ކައުންސިލުން ބުނެފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތުދިން ގޮތުގައި ދިއްދޫގައި ޤާއިމްކުރި އިސްލާމީ މަރުކަޒު ހުޅުވަން ހަމަޖައްސާފައި ވަނީ މާދަމާގެ ހުކުރު ކުރިން 11:30 ހާއިރުއެވެ. ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ”ތިލަދުން” އަށް މިއަދު ވިދާޅުވީ، އެރަށުގައި ގާއިމުކުރި އިސްލާމީ މަރުކަޒު ހުޅުވުމުގެ އެންމެފަހުގެ ވަމުން އަންނަކަމަށެވެ. ”މިއަދު ހަވީރު ރައްޔިތުން ނުކުމެ އިސްލާމީ މަރުކ...

ޔުމްނާ ޢަލީ
ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވާ ރަސްމިއްޔާތުގައި ބާއްވާ ޖާފަތަށް ކޭން ހަދިޔާ ކުރުމުގެ ފުރުސަތު 📍 ހއ. ދިއްދޫ

ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވާ ރަސްމިއްޔާތުގައި ބާއްވާ ޖާފަތަށް ކޭން ހަދިޔާ ކުރުމުގެ ފުރުސަތު

ހއ. ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވުމަށް ބާއްވާ ރަސްމިއްޔާތުގައި ބާއްވާ ޖާފަތަށް ކޭން ހަދިޔާ ކުރުމުގެ ފުރުސަތު ދިއްދޫ ކައުންސިލުން ހުޅުވާލައިފިއެވެ. ދިއްދޫގައި ޤާއިމްކުރި އިސްލާމީ މަރުކަޒު މި މަހު 28ވާ ދުވަހު ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު ހުޅުވަން ވަނީ ނިންމާފައެވެ. އެކަމަށް ބާއްވާ ރަސްމިއްޔާތާއި ގުޅުވައި ޖާފަތެއް ބޭއްވުމަށް ދިއްދޫ ކައުންސިލުން ނިންމާފައިވާއިރު، އެ ޖާފަތުގައި ބައިވެރިވުމަށް ރައްޔިތުން އެދެމުން އަންނަކަމަށް ދިއްދޫ ކައުންސިލުން ބުންޏެވެ. އެހެންވެ، ރައްޔިތުންނަށް އެ ފުރުސަތު ދިނ...

ޔުމްނާ ޢަލީ