މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ދިއްދޫ (788 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
788 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ދިއްދޫގެ އެންމެ ފަހުގެ ޚަބަރުތައް

788 ޚަބަރުގެ ތެރެއިން
ދިއްދޫ ކައުންސިލުން އެމްޑީއެންގެ ރިޕޯޓް ކުށްވެރިކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ ކައުންސިލުން އެމްޑީއެންގެ ރިޕޯޓް ކުށްވެރިކޮށްފި

މާތްވެގެންވާ އިސްލާމްދީނުގެ މާތް އަސާސްތަކަށް ފާޑުކިޔައި އަދި ކައު އިތުރު މާތް ނަބިއްޔާ މުޙައްމަދު ﷺ އަށް ފުރައްސާރަކޮށް ”ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން އާންމު ކުރި ރިޕޯޓް ހއ.ދިއްދޫގެ ލޮބުވެތި ރައްޔިތުންނާއި ދިއްދޫގެ ކައުންސިލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން އާންމު ކުރި ރިޕޯޓާއި ގުޅޭގޮތުން އެކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި ރިޕޯޓަކީ...

ފާތިމަތު ސިނާޒާ
ހައުސިން މިނިސްޓްރީން އެމިނިސްޓްރީގެ މުވައްޒަފުންގެ މައްސަލަ އޭސީސީއަށް 📍 ހއ. ދިއްދޫ

ހައުސިން މިނިސްޓްރީން އެމިނިސްޓްރީގެ މުވައްޒަފުންގެ މައްސަލަ އޭސީސީއަށް

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް އިން އެމިނިސްޓްރީގެ މުވައްޒަފުންގެ ކޮރްޕްޝަންގެ މައްސަލައެއް އުޅޭތޯބަލަން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައަޅައިފިއެވެ. އަމިއްލި ފަރާތަކުން މިނިސްޓްރީއަށް ހުށައެޅި މައްސަލައަކަށް ޖަވާބު ދެއްވަމުން މިނިސްޓްރީން ފޮނުވި ސިޓޭގެ ޖަވާބުގައި ބުނެފައިވަނީ މިނިސްޓްރީގެ އެއްވެސް މުވައްޒަފެއް ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިވޭތޯ އާއި މަޤާމުގެ ނޫފުޒު ނާޖާއިޒުގޮތުގައި ބޭނުންކޮށްފައިވޭތޯ ބަލާ ތަޙްޤީޤުކޮށްދެއްވުމަށް އެދި މިނިސްޓްރީން އެންޓި ކޮރަޕްޝަން ކޮމ...

އަޙްމަދު މުޖުތަބާ
ދިއްދޫ، ނެއްލައިދޫ އަދި އިތުރު ރަށްތަކެއްގައި ޓާފް އެޅުމަށް ހަވާލުކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ، ނެއްލައިދޫ އަދި އިތުރު ރަށްތަކެއްގައި ޓާފް އެޅުމަށް ހަވާލުކޮށްފި

ހއ.ދިއްދޫ، ހދ.ނެއްލައިދޫ އަދި އިތުރު ރަށްތަކެއްގައި ފީފާ އެޕްރޫވްޑް ޓާފް އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއަދު މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި ބޭއްވި ބައްދަލުވުމެއްގައި 13 ރަށުގެ ފުޓްބޯޅަދަނޑުގެ ޓާފް އެޅުމުގެ މި މަސައްކަތް ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން އާއެވެ. މި ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ މުހައްމަދު އެވެ.ޔޫތުމިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއ...

ފާތިމަތު ސިނާޒާ
📍 ހއ. ދިއްދޫ

ދިއްދޫގައި ހިލޭ އިލެކްޓްރިކް ދާއިރާގެ 2 ކޯހެއް ހިންގަނީ

ހއ. ދިއްދޫ ކައުންސިލާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން އިލެކްޓްރިކް ހައުސް ވަރިންގ ނުވަތަ ރެފްރިޖެރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ ކޯހެއް ހިންގުމަށް އިޢުލާންކޮށްފިއެވެ. އަންނަ ނޮވެންބަރމަހުގެ ތެރޭގައި ދިއްދޫގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ލިސްޓެއް އެކުލަވާލުމަށް ދިއްދޫ ކައުންސިލުން ވަނީ އިޢުލާން ކޮށްފައެވެ. އެގޮތުން މިތަނުން ކޯހެއް ހަދަން ބޭނުންވާ ފަރާތްތަކުން ދިއްދޫ ކައުންސިލަށް ދުރުވެ ނުވަތަ އެކައުންސިލަށް ގުޅައިގެން ނަން ނޯޓު ކުރެއްވުމަށް...

އަޙްމަދު މުޖުތަބާ
ތައިލެންޑު އެމްބަސީގެ ސެކަންޑް ސެކްރަޓަރީއަކަށް ދިއްދޫ އަލީ ހާޝިމް 📍 ހއ. ދިއްދޫ

ތައިލެންޑު އެމްބަސީގެ ސެކަންޑް ސެކްރަޓަރީއަކަށް ދިއްދޫ އަލީ ހާޝިމް

ތައިލެންޑުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރަޓަރީއަކަށް ހއ ދިއްދޫ އަލީ ހާޝިމް ދީދީ އިއްޔެ ހަމަޖައްސައިފިއެވެ. https://twitter.com/hashimex/status/1184512577432276992?s=21 އަލީ ހާސިމްއަކީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޙާބުގައި އެމްޑީޕީ ޓިކެޓުގައި ދިއްދޫ ކައުންސިލަށް ވާދަކޮށް ހޮވުނު ފަރާތެކެވެ. އަދި މިހާރު ހިނގަމުން މިދާ ކައުންސިލް ދައުރުގެ ދިއްދޫ ކައުންސިލްގެ ރައީސް ކަންވެސް ކޮށްފައިވާ ފަރާތެކެވެ. އެހެންނަމަވެސް ވަކި ހިސާބަކުން ކައުންސިލް ރައީސް ކަމުން އަލީ ހާޝިމް...

އަޙްމަދު މުޖުތަބާ
ދިއްދޫ ފުޓުބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ދިއްދޫ

ދިއްދޫ ފުޓުބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ ދިއްދޫ އަދި ނ ވެލިދޫ ފުޓްބޯޅަދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން މިއަދު އިޢުލާން ކޮށްފިއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުން އޮންނާނީ 2019 އޮކްޓޫބަރ 20 ވާ އާދިއްތަ ދުވަހު 12:00 ގައި މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (ހ.ބޯޅަގެ 3 ވަނަ ފަންގިފިލާ) ގައެވެ. އަންދާސީ ހިސާބު ހުށައަޅަން ޖެހޭނީ 2019 އޮކްޓޫބަރ 27 ވާ […]

އަޙްމަދު މުޖުތަބާ
ދިއްދޫ ޗޭނު ޖަމިއްޔާގެ 7 ވަނަ ޤުރުއާން މުބާރާތް ނޮވެމްބަރު މަހު 📍 ހއ. ދިއްދޫ

ދިއްދޫ ޗޭނު ޖަމިއްޔާގެ 7 ވަނަ ޤުރުއާން މުބާރާތް ނޮވެމްބަރު މަހު

ހއ ދިއްދޫ އެކުވެރިކަމުގެ ޗޭނު ޖަމިއްޔާގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ 7 ވަނަ ޤުރުއާން މުބާރާތް މިއަންނަ ނޮވެމްބަރު މަހުގައި ބޭއްވުމަށް އިޢުލާން ކޮށްފިއެވެ. އެޖަމިއްޔާއިން އޮކްޓޫބަރ 7 ވަނަ ދުވަހު ކުރި އިޢުލާންގައި އެދިލައްވާފައިވަނީ ނޮވެމްބަރު މަހު ބާއްވާ މުބާރާތުގައި ބައިވެރިވާން އެދޭ ދަރިވަރުން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު އެޖަމިއްޔާގެ އިދާރާއަށް ހުށައެޅުއްވުމަށެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 2019 އޮކްޓޫބަރ 31 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 1...

އަޙްމަދު މުޖުތަބާ
1438 އަންނަ މަހު 27ގަ ދިއްދޫ ގައި 📍 ހއ. ދިއްދޫ

1438 އަންނަ މަހު 27ގަ ދިއްދޫ ގައި

ސާދަ ތިރީސްއަށެއްގެ ބޭންޑު އަންނަ މަހު 27 ވަނަދުވަހު ދިއްދޫ ގައި ޕާފޯމް ކުރާ ގޮތަށް ވަނީ ހަމަ ޖެހިފައެވެ. މިއީ މިއަހަރު އަޟްހާ އީދުގައި ހަބޭސް ބޮޑުބެރު ގުރޫޕްގެ ފަރާތުން އެރަށުގައި ބާއްވަން ހަމަޖެހިފައިވާ ޝޯވ ކެންސަލް ކުރިފަހުން އެހެން ފަރާތަކުން ޝޯވ އެއް ބާއްވަން އިޢުލާން ކުރި ފުރަތަމަ ފަހަރުވެސްމެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ސާދަތިރީސްއަށެއް އަންނަ މަހު 27 ދިއްދޫ ގައި ޕާފޯމް ކުރާނީ ކައިވެނި ހަފްލައެއްގައެވެ. އެގޮތުން ސާދަތިރިސްއަށެއްގެ ފަރާތުން މުސީގެ އިތުރުން […]

ފާތިމަތު ސިނާޒާ
ހއ.ދިއްދޫ ރައްޔިތުން، ކައުންސިލާއި ބައްދަލުކޮށް ކަންބޮޑުވުން ފާޅުކޮށްފި 📍 ހއ. ދިއްދޫ

ހއ.ދިއްދޫ ރައްޔިތުން، ކައުންސިލާއި ބައްދަލުކޮށް ކަންބޮޑުވުން ފާޅުކޮށްފި

ހއ. ދިއްދޫގައި އާންމުނަށް އުދަނގޫ ވާހެން ކަންކަން ހުރުމުން އެރަށު ރައްޔިތުން އެރަށުގެ ކައުންސިލާއި ބައްދަލުކޮށް ކަންބޮޑުވުން ފާޅުކޮށްފިއެވެ. ދިއްދޫގެ ބައެއް ރައްޔިތުން ކައުންސިލާއި ބައްދަލުކޮށްފައިވަނީ ކުނިގޮނޑުގެ ސަބަބުން ދިމާވާ އުނދަގުލާއި، މަސް ކައްކާ ސަރަހައްދުން އަރާ ދުމުން ވަމުންދާ އުނދަގުލުގެ ސަބަބުންކަމަށްށާއި ދެކުނު ސަރަހައްދު ޕަމްޕް ސްޓޭޝަން މީހުންއުޅޭ ގެ ތަކާއި އިންވެގެން ހުރުމުން ދިމާވާ އުނދަގުލާއި، އެ ސަރަހައްދުގައި ހުރި ބަކަރި ކޮށީގެ ސަބަބުން ދިމާވާ އުނދަގުލުގެ ވާހަކަތަށް ކައުންސިލ...

ފާތިމަތު ސިނާޒާ
ދިއްދޫ ހައުސިން ޔުނިޓުތަކާއި ބެހޭ ގޮތުން ކުރީގެ ކައުންސިލަރު ރިޕޯޓެއް ނެރެފި 📍 ހއ. ދިއްދޫ

ދިއްދޫ ހައުސިން ޔުނިޓުތަކާއި ބެހޭ ގޮތުން ކުރީގެ ކައުންސިލަރު ރިޕޯޓެއް ނެރެފި

ހއ. ދިއްދޫގައި އިމާރާތްކުރި ހައުސިން ޔުނިޓުތައް ދޫކުރުމުގައި ހިނގާދިޔަ ކަންތައްތަކުގެ މައްޗަށް އެ ރަށު ކުރީގެ ކައުންސިލަރު އަލީ ހާޝިމް ރިޕޯޓެއް ނެރެފިއެވެ. އަލީ ހާޝިމް ނެރުނު ރިޕޯޓެ ހުލާސާ ބައިގައި ބުނެފައި ވަނީ ދިއްދޫގައި އިމާރާތް ކުރެވިފައިވާ 250 ހައުސިން ޔުނިޓުގެ ތެރެއިން 140 ހައުސިން ޔުނިޓު ދޫކުރުމަށް ދިއްދޫ ކައުސިލުން 19 އެޕްރީލް 2015 ގައި އިއުލާނުކުރުމާއި ގުޅިގެން ހައުސިން ޔުނިޓުތަކަށް އެދި އެކި ފަރާތްތަކުން ދިއްދޫ ކައުންސިލަށް ހުށަހެޅި 440 ފޯމު އިވެލުއޭޓްކޮށް […]

އަފްރާހް އަބްދުލް ރަޝީދު
ދިއްދޫ ހިއްކި ސަރަހައްދުގެ މަގުތަކުގައި މަގު ބައްތި ޖެހުމުގެ މަސައްކަތް ފަށައިފި 📍 ހއ. ދިއްދޫ

ދިއްދޫ ހިއްކި ސަރަހައްދުގެ މަގުތަކުގައި މަގު ބައްތި ޖެހުމުގެ މަސައްކަތް ފަށައިފި

ހއ. ދިއްދޫގައި ހިއްކި ސަރަހައްދުގެ މަގުތަކުގައި މަގު ބައްތި ޖެހުމުގެ މަސައްކަތް ފަށައިފިއެވެ. ހައުސިން މިނިސްޓްރީން ހިންގާ މި މަޝްރޫއު ހަވާލު ކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ. މި މަޝްރޫއުގެ ދަށުން މިހާރު ވަނީ މަގުތައް ލެވެލްކޮށް ނިންމާފައެވެ. ދިއްދޫ ކައުންސިލްގެ ރައީސް މުހައްމަދު ހާޝިމް “ތިލަދުން” އަށް ވިދާޅުވީ މި މަސައްކަތް ފެށިތާ މިހާރު މަހެއްހާ ދުވަސް ވެއްޖެކަމަށާއި މަސައްކަތް ލަސްވީ ފަސްގަނޑު އެއްވަރުނުކޮށް ހުރުމުގެ ސަބަބުން އެކަން ކުރުމަށް ވަގުތު ހޭދަވީމަ ކަމަށެވެ. “މިހާރު ބަޔަކާ ހަވަލުކޮ...

އަފްރާހް އަބްދުލް ރަޝީދު
ރައީސް ސޯލިހު އަކީ "ބޭވަފާތެރިއެއް": ދިއްދޫ ލަތީފް 📍 ހއ. ދިއްދޫ

ރައީސް ސޯލިހު އަކީ "ބޭވަފާތެރިއެއް": ދިއްދޫ ލަތީފް

ރައީސް ސޯލިހު އަކީ “ބޭވަފާތެރިއެއް” ކަމަށާއި، ރައީސް ސޯލިހު ބޭވަފާތެރިވީ ހަމައެކަނި އޭނާއަށް އެކަނި ނޫންކަމަ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު ލަތީފް ވިދާޅުވެއްޖެ އެވެ. ޕީޕީއެމް/ޕީޕީއެންސީއިން އިންތިޒާމްކޮށްގެން ކާނިވާ ސަރަހައްދުގައި މިރޭ ކުރިއަށްދާ “ދަވާލައިފި” ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއް ލަޠީފު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ވެރިކަމެއް ނުކުރެވޭ ކަމަށާއި ރައްޔިތުންނަށް ދިން އުއްމީދު ފެއިލްވެފައިވާ ކަމަށެވެ. ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ވާހަކަފުޅު...

ޔުމްނާ ޢަލީ
ދިއްދޫ އާއި ނެއްލައިދޫގައި ޓާފް ދަނޑު އެޅުން އަމިން ކޮންސްޓްރަކްޝަން އަށް 📍 ހއ. ދިއްދޫ

ދިއްދޫ އާއި ނެއްލައިދޫގައި ޓާފް ދަނޑު އެޅުން އަމިން ކޮންސްޓްރަކްޝަން އަށް

ރައްޖޭގެ 13 ރަށެއްގައި ޓާފް ދަނޑު އެޅުމަށް ހިންގާ މަޝްރޫއުގެ ދަށުން ހއ. ދިއްދޫ އަދި ހދ. ނެއްލައިދޫގައި ޓާފް ދަނޑު އެޅުމުގެ މަސައްކަތް އަމިން ކޮންސްޓްރަކްޝަނާ ހަވާލުކުރުމަށް ނެޝަނަލް ޓެންޑަރ ބޯޑުން ނިންމައިފިއެވެ. ފިނޭންސް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި މަސައްކަތް އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނީ 90 ދުވަސް ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ. އަދި މި މަޝްރޫއަށް 8.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް އެ ޓްވީޓުގައި ވެއެވެ. […]

އަފްރާހް އަބްދުލް ރަޝީދު
​ބީ.އެމް.އެލް މުއައްސަސާ ކަަޕް 2019ގެ ޗެމްޕިއަންކަން ދިއްދޫ ޕޮލިސް ޓީމްއިން ހޯދައިފި 📍 ހއ. ދިއްދޫ

​ބީ.އެމް.އެލް މުއައްސަސާ ކަަޕް 2019ގެ ޗެމްޕިއަންކަން ދިއްދޫ ޕޮލިސް ޓީމްއިން ހޯދައިފި

ހއ.ދިއްދޫގެ ސަރުކާރު އޮފީސްތަކަށް ޚާއްސަކޮށްގެން ހއ.ދިއްދޫގެ މިޑްލް ސްޕޯޓްސް ކުލަބް އިން އިންތިޒާމް ކޮަށް ބޭންކް އޮފް މޯލްޑިވްސްއިން ސްޕޮންސަރ ކޮށްފައިވާ ”ބީ.އެމް.އެލް މުއައްސަސާ ކަޕް 2019“ ގެ ޗެމްޕިއަންކަން ދިއްދޫ ޕޮލިސް ޓީމްއިން ހޯދައިފިއެވެ. ދިއްދޫ ފުޓްސަލް ދަނޑުގައި ރޭ 9:00 ގައި ކުޅުނު ފައިނަލް މެޗްގައި ހއ އަތޮޅު ހޮސްޕިޓަލްގެ ޓީމާއި ވާދަކޮށް ދިއްދޫ ޕޮލިސްއިން މެޗް ކާމިޔާބުކުރީ 6-8 ގެ ނަތީޖާއަކުންނެވެ. ފައިންލް މެޗްގެ މޮޅު މޮޅުކުޅުންތެރިއަކށް ހޮވިފައިވަނީ ދިއްދަު ޕޮލިސް ޓީމްގެ […]

އަޙްމަދު އަސްފާން
ދިއްދޫގައި ބޭއްވި ބޭސިކް ސްވިމިންގ ކޯޗިން ކޯސް ނިންމާލައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި ބޭއްވި ބޭސިކް ސްވިމިންގ ކޯޗިން ކޯސް ނިންމާލައިފި

މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ސްވިމިން އެސޯސިއޭޝަން ގުޅިގެން ހއ ދިއްދޫގައި ފަތަންދަސްކޮށްދޭ ކޯޗުން ތަމްރީނުކުރުމުގެ ކޯހެއް ކުރިއަށް ގެންގޮސްފިއެވެ. މިކޯސް ކުރިއަށް ގެންގޮސްފައިވަނީ މިހިނގާ އޯގަސްޓް މަހުގެ 20 ވީ ބުރާސްފަތި ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 30 ވީ ހުކުރު ދުވަހުގެ ނިޔަލަށެވެ. މި ކޯހުގައި އިރުޝާދު ދެއްވާފައިވަނީ ސްވިމިން އެސޯސިއޭޝަން ކޯޗު އާދަމް މުހައްމަދުއެވެ. މިކޯހުގައި ބައިވެރިވި 30 ބައިވެރިންގެ ތެރެއިން 25 ބައިވެރިން ވަނީ ކޯހުން ފާސްވެފައެވެ. ޢަދި […]

އަޙްމަދު އަސްފާން