📍 ހއ. ދިއްދޫ
ދިއްދޫއަށް ނުދެވިފައި ތިބި އެރަށު މީހުން އަންގައި ދިނުމަށް އެދިއްޖެ
މާލެ ސަރަޙައްދު ފުރަބަންދު ކުރުމާއި ގުޅިގެން ދިއްދޫއަށް ނުދެވި ތިބި ދިއްދޫ ރައްޔިތުން ދެނެގަތުމުގެ މަސައްކަތް ހއ. ދިއްދޫ ކައުންސިލުން ފަށައިފިއެވެ. އެކައުންސިލުން ބުނެފައި ވަނީ އެފަދަ މީހުން އެކައުންސިލަށް އަންގަވައި ދެއްވުން އެދޭ ކަމަށެވެ. އެކަމާއި ގުޅިގެން އެކައުންސިލުން ކުރި ޢިއުލާނެއްގައި ބުނެފައި ވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް -19 މާލޭގައި ފެތުރެން ފެށުމާއި ގުޅިގެން މާލެ ސަރަޙައްދު ފުރަބަންދު ކޮށްފައިވުމާއިއެކު، އެ ސަރަޙައްދުގައި މިވަގުތު ދިރިއުޅޭ ހއ. ދިއްދޫގެ ބައެއް ރައ...