މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ދިއްދޫ (788 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
788 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ދިއްދޫގެ އެންމެ ފަހުގެ ޚަބަރުތައް

788 ޚަބަރުގެ ތެރެއިން
ދިއްދޫ "ނެކްސްޓް ބައި ވޮލީބޯޅަ މުބާރާތް 2020" ފަށައިފި 📍 ހއ. ދިއްދޫ

ދިއްދޫ "ނެކްސްޓް ބައި ވޮލީބޯޅަ މުބާރާތް 2020" ފަށައިފި

ހއ.ދިއްދޫ އިޖްތިމާއީ މަރުކަޒާއި، ނެކްސްޓް ބައި ފިހާރަ ގުޅިގެން “ނެކްސްޓް ބައި ވޮލީބޯޅަ މުބާރާތް 2020” ނަމުގައި ކުރިއަށް ގެންދާ ވޮލީބޯޅަ މުބާރާތް ފަށައިފިއެވެ. މި މުބާރާތް 05 އޮކްޓޯބަރ 2020 ވީ ހޯމަ ދުވަހު ދިއްދޫ ޔޫތު ސެންޓަރ ވޮލީ ކޯޓުގައި ފަށާފައިވާއިރު މުބާރާތުގެ ފުރަތަމަ ދުވަހު ވަނީ ދެ މެޗު ކުޅެފައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައިވަނީ ނާޑް ސްޕޯޓްސް ކުލަބާއި ފްލެޓް ސިޓީއެވެ. މި މެޗު ސީދާ ތިންސެޓުން ކާމިޔާބު ކޮށްފައިވަނީ […]

އިބްރާހިމް ޚަލީލް
ދިއްދޫއާއި ފުނަދޫ ވެސް މޮނިޓަރިން ހާލަތުން ނަގައިފި 📍 ހއ. ދިއްދޫ

ދިއްދޫއާއި ފުނަދޫ ވެސް މޮނިޓަރިން ހާލަތުން ނަގައިފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޯވިޑް-19 އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށް މޮނިޓަރިން ހާލަތަށް ގެނައި އުތުރުގެ ރަށްތަކުގެ ތެރެއިން ހއ. ދިއްދޫ އަދި ށ. ފުނަދޫ ވެސް މޮނިޓަރިން ހާލަތުން ނަގައިފިއެވެ. މިރަށްތައް މޮނިޓަރިން ހާލަތަށް ގެނައީ ކުޅުދުއްފުށި ސިޓީގެ ފުލުހަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ރޭގައި އެވެ. ހއ. ދިއްދޫ މޮނިޓަރިން ހާލަތުން ނަގާފައި ވަނީ މިއަދު ހަވީރު 17:01 ގައި އެވެ. އެރަށް މޮނިޓަރިން ހާލަތަށް ގެނައީ ރޭގެ 21:21 […]

ޝިއުނާ އާދަމް
ދިއްދޫގެ ކުޅިވަރާއި އިޖްތިމާޢީ ކަންކަމާއި ބެހޭގޮތުން މަޝްވަރާކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫގެ ކުޅިވަރާއި އިޖްތިމާޢީ ކަންކަމާއި ބެހޭގޮތުން މަޝްވަރާކޮށްފި

ހއ ދިއްދޫގެ ކުޅިވަރު ކަންކަމާއި އިޖްތިމާޢީ އިތުރު ކަންކަމާއި ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް، ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް އާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލު ވުމުގައި ދެކެވިފައިވާ ވާހަކަތައް ހިއްސާކުރަމުން މެންބަރު އަބްދުﷲ ވަހީދު ވިދާޅުވެފައިވަނީ، ދިއްދޫގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތާއި، ފުޓްސަލް ދަނޑުގެ މަރާމާތުގެ މަސައްކަތުގެ އިތުރުން، އެ ރަށުގެ އިޖްތިމާޢީ މަރުކަޒުގެ މަސައްކަތުގެ ވާހަކަ ދެކެވިފައިވާކަމަށެވެ. މި ގޮތުން، ދިއްދޫ ދަނޑުގެ ސަބްބޭސް...

މުޙައްމަދު މާއިލް ހަސަން
ދިއްދޫ ގިރާ ސަރަހައްދު ދާއިމީ ގޮތެއްގައި ޙިމާޔަތްކުރަން ފަށަނީ 📍 ހއ. ދިއްދޫ

ދިއްދޫ ގިރާ ސަރަހައްދު ދާއިމީ ގޮތެއްގައި ޙިމާޔަތްކުރަން ފަށަނީ

ހއ. ދިއްދޫ ގިރާ ސަރަހައްދު ދާއިމީ ގޮތެއްގައި ޙިމާޔަތްކުރަން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ދިއްދޫ ދާއިރާގެ މެންބަރ އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އާދަމް އާޒިމްއާއި މިއަދު ބައްދަލުކުރެއްވުމަށް ފަހު ވަހީދު ވިދާޅުވީ ހއ ދިއްދޫ ގިރާ ސަރަހައްދު ދާއިމީ ގޮތެއްގައި ޙިމާޔަތްކުރުމުގެ މަޝްރޫޢު މިނިސްޓްރީ އޮފް ޕްލޭނިންގ ގެ ފަރާތުން ޙަވާލުކުރެއްވުމަށް ނިންމަވާފައިވާ ކޮންޓްރެކްޓަރ އަކީ އެމްޓީސީސީ ކަމ...

ޝިއުނާ އާދަމް
"ދިއްދޫ ރައްޔިތުންގެ އަޑު" ގެ ޢާންމު ޙަރަކާތްތައް ފަށައިފި 📍 ހއ. ދިއްދޫ

"ދިއްދޫ ރައްޔިތުންގެ އަޑު" ގެ ޢާންމު ޙަރަކާތްތައް ފަށައިފި

ދިއްދޫގެ ތަރައްޤީއަށާއި، ދިއްދޫގެ މައްސަލަތަކަށް ޙައްލެއް ހޯދައިދިނުމުގެ ނިޔަތުގައި އުފެއްދި “ދިއްދޫ ރައްޔިތުންގެ އަޑު” ގެ ޢާންމު ޙަރަކާތްތަށް ރަސްމީކޮށް މިއަދު ފަށައިފިއެވެ. މި ހަރަކާތުގެ މައިގަނޑު އަސާސަކީ، ދިއްދޫ ރައްޔިތުންގެ އިތުރުން އަތޮޅުގެ ގިނަ ރައްޔިތުންނަށް ދިއްދޫ އިން ފަސޭހަކަމާއި އެކު ޚިދުމަތްތަށް ހޯދުމުގެ މަގު ފަހި ކޮށްދިނުމެވެ. އެ ގޮތުން ޢާންމު ހަރަކާތްތަށް ފެށުމުގެ ގޮތުން ދިއްދޫގައި ހުރި ސަރުކާރުގެ ބައެއް އިދާރާތަކަށް ސިޓީ ހުށަހެޅުމުގެ ހަރަކާތެއް މިއަދު ހެނދުނު ކުރިއަށް ގެންގޮސްފިއ...

މުޙައްމަދު މާއިލް ހަސަން
ދިއްދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ 📍 ހއ. ދިއްދޫ

ދިއްދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ. ދިއްދޫ ކައުންސިލުން ބުނީ އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ދިއްދޫއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާ މިހާރު ވަނީ އޭނާ ހުރި ގޭގައި އައިސޮލޭޓް ކުރެވިފައި ކަމަށް އެ ކައުންސިލުން ބުންޏެވެ. ހޯމް ކަރަންޓީނުގައި މީހުންނާއި، ބައްދަލުކުރުމަށް އެއްވެސް މީހަކު ނުދިއުމަށާއި ކަރަންޓީނުގައި ތިބި މީހުންގެ ޒަރޫރީ ކަންކަން ފުރިހަމަކޮށް ދިނުމުގައި އެހީތެރިވާ މީހުން ވެސް ރައްކާތެރިކަމުގ...

ޔުމްނާ ޢަލީ
ދިއްދޫން ކޯވިޑަށް ޕޮޒިޓިވްވި މީހުންނާއި، ކެލާއިން ޕޮޒިޓިވްވި މީހާ ރަނގަޅުވެއްޖެ 📍 ހއ. ދިއްދޫ

ދިއްދޫން ކޯވިޑަށް ޕޮޒިޓިވްވި މީހުންނާއި، ކެލާއިން ޕޮޒިޓިވްވި މީހާ ރަނގަޅުވެއްޖެ

ހއ. ދިއްދޫއިން ކޯވިޑް-19 އަށް ޕޮޒިޓިވް މީހުންނާއި، ހއ. ކެލާއިން ކޯވިޑްއަށް ޕޮޒިޓިވް މީހާ ބަލިން ރަނގަޅު ވެއްޖެއެވެ. ދިއްދޫއިން ކޯވިޑްއަށް ޕޮޒިޓިވް މީހުންނާއި، ކެލާއިން ކޯވިޑްއަށް ޕޮޒިޓިވް މީހާ ބަލިން ރަނގަޅު ވެފައިވާ ކަން އެރަށް ރަށުގެ ކައުންސިލުން ހާމަ ކުރީ އިއްޔެއެވެ. މި ގޮތުން ދިއްދޫ ކައުންސިލުން ބުނީ އެރަށުގައި ހޯމް ކަރަންޓީނުގައި ތިއްބާ ކޯވިޑަށް ޕޮޒިޓިވްވި މީހުން އެޗްޕީއޭގެ ގައިޑްލައިންގައިވާ މުއްދަތު ހަމަކޮށް ހެދި ޓެސްޓުން ނެގެޓިވްވެފައި ވާ ކަމަށެވެ. އެމީހުން ބަލިން […]

ޝިއުނާ އާދަމް
ދިއްދޫ "ނެކްސްޓް ބައި ވޮލީބޯޅަ މުބާރާތް 2020"ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވައިލައިފި 📍 ހއ. ދިއްދޫ

ދިއްދޫ "ނެކްސްޓް ބައި ވޮލީބޯޅަ މުބާރާތް 2020"ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވައިލައިފި

ހއ. ދިއްދޫ އިޖްތިމާޢީ މަރުކަޒާއި އަދި ނެކްސްޓް ބައި ފިހާރަ ގުޅިގެން ފިރިހެނުންނަށް ޚާއްސަ ކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވޮލީބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ. މި މުބާރާތް އިންތިޒާމްކުރާ ކޮމެޓީން “ތިލަދުން” އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު އެއް މަޤުޞަދަކީ ދިއްދޫގައި ވޮލީ ކުޅުންތެރިން އުފެއްދުމާއި، އަދި ވޮލީގެ ހުނަރު ޒުވާނުންގެ މެދުގައި އިތުރު ކުރުނަ ކަމަށެވެ. މި މުބާރާތް ދިއްދޫގެ ޒުވާނުންނަށް ހާއްސަ ކުރެވިފައިވީ ނަމ...

އިބްރާހިމް ޚަލީލް
މަނަފަރު ރިސޯޓުން މުވައްޒަފުން ވަކިކޮށް ގެއަށް ފޮނުވާލުން ބަލައެއް ނުގަންނަން: ދިއްދޫ ކައުންސިލް 📍 ހއ. ދިއްދޫ

މަނަފަރު ރިސޯޓުން މުވައްޒަފުން ވަކިކޮށް ގެއަށް ފޮނުވާލުން ބަލައެއް ނުގަންނަން: ދިއްދޫ ކައުންސިލް

ހއ. ޖޭއޭ މަނަފަރު ރިސޯޓުގައި މަސައްކަތްކުރާ ދިއްދޫގެ ގިނަ ޢަދަދެއްގެ މަސައްކަތްތެރީން ވަޒީފާއިން ވަކިކުރުން ބަލައި ނުގަނެވޭނެ ކަމަށާއި، އެކަމާއި އިންތިހާއަށް ކަންބޮޑުވެ ހިތާމަ ކުރާކަމަށް ހއ. ދިއްދޫ ކައުންސިލުން ބުނެފިއެވެ. ދިއްދޫ ކައުންސިލުން މިގޮތަށް ބުނީ ޖޭއޭ މަނަވަރު ރިސޯޓްގައި މަސައްކަތްކުރަމުންދާ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުން ދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައި އެވެ. އެ ނޫސްބަޔާނުގައި ދިއްދޫ ކައުންސިލުން ބުނެފައި ވަނީ ކޯވިޑް-19 ގެ ބަލިމަ...

ޔުމްނާ ޢަލީ
ދިއްދޫ ބަކުރުބެ ނިޔާވެއްޖެ 📍 ހއ. ދިއްދޫ

ދިއްދޫ ބަކުރުބެ ނިޔާވެއްޖެ

ހއ. ދިއްދޫގައި މޫދަށް އެރި އުޅުނު މީހަކު ނިޔާވެއްޖެ އެވެ. ނިޔާވެފައި ވަނީ ހއ ދިއްދޫ، ހެޕީ ފިއުޗަރ، ޢަބޫބަކުރު ޢަބްދުﷲ (ބަކުރުބެ) އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބަކުރުބެ ނިޔާވެފައިއޮއްވާ ފެނުނީ ދިއްދޫ ދެކުނު ފަރާތު މޫދުން ކުޑަކުދިން ތަކަކަށެވެ. އެކުދިން ގޮސް ޒުވާނުންގެ މަރުކަޒުގައި ކުޅެންތިބި ބަޔެއްކައިރީ ބުނުމުން ބަކުރުބެ މޫދުން ނަގާފައިވަނީ އެމީހުން ނެވެ. ބަކުރުބެ މޫދަށް ދިޔައީ ހަވީރު ކަސްރަތަށް ފަހުކަމަށް ވެއެވެ. ދިއްދޫ ކައުންސިލުން ބުނެފައިވަނީ އަބޫބަކުރު އަބްދުﷲ ގެ މައްޗަށް ކުރެވޭ ކަށު...

ޔުމްނާ ޢަލީ
ރިޓޯ 3އިން3 ބާސްކެޓް މުބާރާތުގެ ޗެމްޕިއަންކަން މިޑްލް ސްޕޯޓްސްއަށް 📍 ހއ. ދިއްދޫ

ރިޓޯ 3އިން3 ބާސްކެޓް މުބާރާތުގެ ޗެމްޕިއަންކަން މިޑްލް ސްޕޯޓްސްއަށް

މިޑްލް ސްޕޯރޓްސް ކުލަބާއި ހއ.ދިއްދޫ ޒުވާނުންގެ މަރުކަޒާއި ގުޅިގެން ކުރިއަށް ގެންދިޔަ ރިޓޯ ސޮލިއުޝަން 3އިން3 ބާސްކެޓް ބޯޅަ މުބާރަތުގެ ޗެމްޕިއަންކަން މިޑްލް ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ. ދިއްދޫ ޔޫތު ސެންޓަރުގެ ބާސްކެޓް ކޯޓުގައި 16 ސެޕްޓެމްބަރ 2020 ވީ ބުދަ ދުވަހު (މިއަދު) ހަވީރު ވަނީ މި މުބާރާތުގެ ސެމީފައިނަލްގެ ދެ މެޗާއި ފައިނަލް މެޗު ކުޅެފައެވެ. ނާޑް ސްޕޯޓްސްއިން ފައިނަލްގެ ފުރަތަމަ ޖާގަ މިއަދު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ޓީމް ވައިޕާރސްގެ […]

އިބްރާހިމް ޚަލީލް
ރިޓޯ 3އިން3 ބާސްކެޓް މުބާރާތުގެ ސެމީ އަދި ފައިނަލް މިއަދު 📍 ހއ. ދިއްދޫ

ރިޓޯ 3އިން3 ބާސްކެޓް މުބާރާތުގެ ސެމީ އަދި ފައިނަލް މިއަދު

ހއ.ދިއްދޫގައި މިހާރު ކުރިއަށްދާ ރިޓޯ ސޮލިއުޝަން 3އިން3 ބާސްކެޓް ބޯޅަ މުބާރާތުގެ ސެމީފައިނަލް އަދި ފައިނަލް މެޗު މިއަދު އޮންނާނެއެވެ. ދިއްދޫ ޔޫތު ސެންޓަރުގެ ބާސްކެޓް ކޯޓުގައި 16 ސެޕްޓެމްބަރ 2020 ވީ ބުދަ ދުވަހު (މިއަދު) ހަވީރު ކުޅުމަށް ހަމަޖެހިފައިވާ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ނާޑް ސްޕޯޓްސް އާއި ވައިޕާރސްއެވެ. ނާޑް ސްޕޯޓްސް މި މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދާފައިވަނީ ގްރޫޕް އޭ ގައި އެ ޓީމުން ކުޅުނު ހަތަރު މެޗު ވެސް […]

އިބްރާހިމް ޚަލީލް
ދިއްދޫ ބަނދަރުން ދޫކޮށްފައިވާ ކުލީ ބިންތަކާއިގުޅިގެން އޭސީސީއިން ތަޙްޤީގެއް ފަށައިފި 📍 ހއ. ދިއްދޫ

ދިއްދޫ ބަނދަރުން ދޫކޮށްފައިވާ ކުލީ ބިންތަކާއިގުޅިގެން އޭސީސީއިން ތަޙްޤީގެއް ފަށައިފި

ހއ. ދިއްދޫ ބަނދަރުން މީގެ 10 އަހަރު ކުރިން ވިޔަފާރިކުރުމަށް ކުއްޔަށް ދޫކުރެވިފައިވާ ބިންތަކުގެ މުއްދަތު ހަމަވުމަށްފަހު އިތުރު 6 މަސްދުވަސް އިތުރު ކުރެވިފައިވަނީ ކޮންއުޞޫލަކުންތޯ ބަލައިދިނުމަށް އެދި އެމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައަޅާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ތިލަދުންއަށް މަޢުލޫމާތު ދެމުން އޭސީސީއިން ބުނެފައިވަނީ މިމައްސަލައާއި ގުޅޭގޮތުން ބަލަންޖެހޭ އިތުރު ކަންކަން ހުރުމުން ތަޙްޤީގެއް ފަށާފައިވާކަމަށެވެ. އެގޮތުން މިހާރު އެމަސައްކަތް އެކޮމިޝަނުން ކ...

އިބްރާހިމް އަސްވާޤް
ރިޓޯ 3އިން3 ބާސްކެޓް ބޯޅަ މުބާރަތް ދިއްދޫގައި ފަށައިފި 📍 ހއ. ދިއްދޫ

ރިޓޯ 3އިން3 ބާސްކެޓް ބޯޅަ މުބާރަތް ދިއްދޫގައި ފަށައިފި

ދިއްދޫ މިޑްލް ސްޕޯރޓްސް ކުލަބާއި، ދިއްދޫ ޒުވާނުންގެ މަރުކަޒާއި ގުޅިގެން ބާއްވާ “ރިޓޯ ސޮލިއުޝަން 3އިން3 ބާސްކެޓް ބޯޅަ މުބާރަތް ފަށައިފިއެވެ. ޖުމަލް ދިހަ ޓީމު ބައިވެރިވި މި މުބާރާތް 13 ސެޕްޓެމްބަރ 2020 ވީ އާދީއްތަ ދުވަހު ހަވީރު ދިއްދޫ ޔޫތްސެންޓަރުގެ ބާސްކެޓް ކޯޓުގައި ފަށާފައިވާއިރު، މި މުބާރާތުގެ ފުރަތަމަ ދުވަހު ޖުމްލަ ހަތްމެޗު ކުޅެން ހަމަޖެހިފައި ވީ ނަމަވެސް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކުޅެފައިވަނީ ހަ މެޗެވެ. މެޗުތަކުގެ ނަތީޖާ އަދި މެޗްތަކުގެ […]

އިބްރާހިމް ޚަލީލް
ޝުޖާޢު ޢަދުނާން ނިޔާވި ޚަބަރާއެކު ދިއްދޫއަށް ކުއްލި ސިހުމެއް! 📍 ހއ. ދިއްދޫ

ޝުޖާޢު ޢަދުނާން ނިޔާވި ޚަބަރާއެކު ދިއްދޫއަށް ކުއްލި ސިހުމެއް!

ފުލުހުންގެ ވަޒީފާ އަދާކުރަމުން ދިޔަ ހއ ދިއްދޫ، އާސާމް، ޝުޖާޢު ޢަދުނާން ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ. ޝުޖާޢު ޢަދުނާން ނިޔާވެފައިވަނީ މިރޭ ވަގުތެއްގަ އެވެ. ދިއްދޫ ކައުންސިލުން ބުނެފައިވަނީ ޝުޖާޢު ޢަދުނާންގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭ ފަތިސް ނަމާދަށްފަހު ދިއްދޫ މަސްޖިދުލް ގުފްރާން، ހުކުރު މިސްކިތުގައި ކަމަށެވެ. ވީމާ ހެޔޮ އެދޭ ފަރާތްތަކުން އެމަރްޙޫމްގެ ކަށު ނަމާދުގައި ބައިވެރިވެ ދެއްވުމީ އާއިލާގެ ފަރާތުން އެދޭ ވަރަށް ބޮޑު އެދުމެކެވެ. ޕޮލިސް ސާރޖެންޓް ޝުޖާޢު […]

ތިލަދުން