📍 ހއ. ދިއްދޫ
ދިއްދޫގައި އަންނަ އަހަރު ޖޫނިއަރ ކޮލެޖެއް
ހއ. ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ގާއިމުކުރަން 2021 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިސްއަށް ފޮނުވާފައިވާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފި އެވެ. މިގޮތުން ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ގާއިމުކުރަން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ވަނީ 320،000 ރުފިޔާ ހިމަނާފަ އެވެ. ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ގާއިމު ކުރަން ހިމަނާފައިވާއިރު، ރާއްޖޭގެ ދެ ސަރަހައްދެއްގައި ޖޫނިއަރ ކޮލެޖު ގާއިމުކުރުމަށާއި، ގައުމީ ޔުނިވަރސިޓީގެ ވަސީލަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޅާ ކުރުމަށް އަންނަ އަހަރަށް ލަފާކުރ...