މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ދިއްދޫ (788 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
788 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ދިއްދޫގެ އެންމެ ފަހުގެ ޚަބަރުތައް

788 ޚަބަރުގެ ތެރެއިން
ދިއްދޫ އަށް އެއާޕޯޓަކާއި ޕިކްނިކް އައިލެންޑެއް 📍 ހއ. ދިއްދޫ

ދިއްދޫ އަށް އެއާޕޯޓަކާއި ޕިކްނިކް އައިލެންޑެއް

ހއ. ދިއްދޫގައި ބިން ހިއްކާ ނިމިގެންދާއިރު، އެއާޕޯޓެއް ވެސް އެޅިގެންދާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅެއްގައި ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދިއްދޫގައި ބޭއްވި ”އުފާވެރި އަމާން ރާއްޖެ“  ޖަލްސާގައި ވާހަކަފުޅުު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ރައްޔިތުންގެ ކިބައިން އިވެނީ ރަށާއި...

މުޙައްމަދު އަފްރާޙް
ދިއްދޫ ކަޕް، ހަވަނަ ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލައިފި 📍 ހއ. ދިއްދޫ

ދިއްދޫ ކަޕް، ހަވަނަ ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލައިފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ދިއްދޫ ކަޕް ހަވަނަ ފުޓްބޯޅަ މުބާރާތް” ގެ ގުރުއަތު ލައިފިއެވެ. މި މުބާރާތުގެ ގުރުއަތުލުން އިއްޔެ ދިއްދޫ ކައުންސިލުގައި ބާއްވާފައިވާއިރު، މި މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 20 ވަނަ ދުވަހެވެ. މި މުބާރާތުގައި ބައިވެރިވުކުގެ ފުރުޞަތު ދީފައިވަނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އެމްޕަވަމެންޓުގައި ރަޖިސްޓަރީ ކޮށްފައިވާ ދިއްދޫއަށް ނިސްބަތްވާ ކުލަބް ޖަމިއްޔާތަކަށެވެ. މިގޮތުން މުބާރާތުގައި އަށް ކްލަބަކުން ވާދަކުރެ...

އިބްރާހިމް ޚަލީލް
ދިއްދޫ ކައިރީގައި އޮތް ފިނޮޅު ހިއްކާ ރިސޯޓެއް ހަދާނަން: ނާޒިމް 📍 ހއ. ދިއްދޫ

ދިއްދޫ ކައިރީގައި އޮތް ފިނޮޅު ހިއްކާ ރިސޯޓެއް ހަދާނަން: ނާޒިމް

ހއ. ދިއްދޫ ކައިރީގައި އޮތް ފިނޮޅުހިއްކައި، ރިސޯޓެއް ހައްދައިދޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ބޮޑު ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ދިއްދޫގައި އެ ޕާޓީގެ ޖަގަހައެއް ހުޅުވައިދެއްވުމަށްފަހު ދެއްކެވި ވާހަކައިގައެވެ. ނާޒިމް ވިދާޅުވީ އެރަަށާއި ކައިރީގައި ރިސޯޓު ހެދޭނެ ތަންތަން އެބަހުރި ކަމަށާއި އެގޮތުން އެރަށަށް އެންމެބޮޑު ނަފާ ލިބޭނީ ކިހިނެއްތޯ ދިރ...

މުޙައްމަދު އަފްރާޙް
ދިއްދޫ ދިއްގާ ފައުންޑޭޝަންގެ އެހީތެރިކަމާއިއެކު އެ ރަށު ކުޑަ މިސްކިތުގައި ނެވިލޯން އަޅަނީ 📍 ހއ. ދިއްދޫ

ދިއްދޫ ދިއްގާ ފައުންޑޭޝަންގެ އެހީތެރިކަމާއިއެކު އެ ރަށު ކުޑަ މިސްކިތުގައި ނެވިލޯން އަޅަނީ

ހއ. ދިއްދޫގައި އިޖުތިމާޢީ ކަންކަމުގައި ހަރަކާތްތެރިވަމުން އަންނަ ދިއްގާ ފައުންޑޭޝަންގެ އެހީތެރިކަމާއިއެކު އެ ރަށު ކުޑަ މިސްކިތުގައި ނެވިލޯން އަޅަން ތައްޔާރު ވެއްޖެއެވެ. އެ ފައުންޑޭޝަންގެ ފަރާތުން ދިއްދޫ ކުޑަމިސްކިތުގައި ނެވިލޯން އަޅަން ބޭނުންވާ ސާމާނު ރަސްމީކޮސް ދިއްދޫ ކައުންސިލާއި ހަވާލު ކޮށްފައިވަނީ އިއްޔެ އެ ކައުންސިލުގައި އެކަމަށްޓަކައި ބޭއްވި ބައްދަލުވުމެއްގައެވެ. ދިއްގާ ފައުންޑޭޝަންގެ ފާރާތުން މި ނޫހަށް މަޢުލޫމާތު ދީފައިވާ ގޮތުގައި އެ ފައުންޑޭޝަންގެ އިޖްތިމާއީ ޒިންމާގެ ދަށުން އެ ރަށު ކުޑަ...

އިބްރާހިމް ޚަލީލް
ޗެމްޕިއަން ޓީމަށް 50000 ރުފިޔާދޭ ދިއްދޫ ކަޕްގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. ދިއްދޫ

ޗެމްޕިއަން ޓީމަށް 50000 ރުފިޔާދޭ ދިއްދޫ ކަޕްގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ދިއްދޫ ކަޕް ހަވަނަ ފުޓްބޯޅަ މުބާރާތް” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުކުގެ ފުރުޞަތު ދިނުމަށް ނިންމާފައިވަނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އެމްޕަވަމެންޓުގައި ރަޖިސްޓަރީ ކޮށްފައިވާ ދިއްދޫއަށް ނިސްބަތްވާ ކުލަބް ޖަމިއްޔާތަކަށެވެ. މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫގެ ކުލަބް ޖަމިއްޔާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި ދިއްދޫގެ ޒުވާނުންގެ ފުޓްބޯޅައިގެ ހުނ...

އިބްރާހިމް ޚަލީލް
ދިއްދޫ ޖޫނިއަރ ކޮލެޖުގެ މަސައްކަތް ކުރިއަށްދާގޮތް ހަޔާ އެޑިއުކޭޝަން މިނިސްޓަރ ބައްލަވާލައްވައިފި 📍 ހއ. ދިއްދޫ

ދިއްދޫ ޖޫނިއަރ ކޮލެޖުގެ މަސައްކަތް ކުރިއަށްދާގޮތް ހަޔާ އެޑިއުކޭޝަން މިނިސްޓަރ ބައްލަވާލައްވައިފި

ހއ. ދިއްދޫގައި ގާއިމުކުރާ ޖޫނިއަރ ކޮލެޖުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން އެރަަށަށް ޒިޔާރަތްކުރައްވައިފިއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދާއި ހަޔަރ އެޑިޔުކޭޝަންގެ އިސްވެރީން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ކޮލެޖް އޮޕަރޭޝަނަލައިޒް ކުރުމުގެ ތައްޔާރީތަކާއި ގުޅޭގޮތުން ދިއްދޫ ކައުންސިލާއެކު މިނިސްޓްރީގެ ޓީމުން ބޭއްވި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ވިދާޅުވީ މަތީ ތަޢުލީމާއި ތަމްރީނު ފޯރުކ...

މުޙައްމަދު އަފްރާޙް
ދިއްދޫ އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ރޯޑް ރިކްރިއޭޝަން ކުލަބަށް 📍 ހއ. ދިއްދޫ

ދިއްދޫ އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ރޯޑް ރިކްރިއޭޝަން ކުލަބަށް

ހދ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޔޫތު ސެންޓަރ ގުޅިގެން ކުރިއަށް ގެންދިޔަ “މިޑްލް ސްޕޯޓްސް ކްލަބް އިންޓަ އޮފީސް ފުޓްސަލް މުބާރާތް 2023” ގެ ޗެމްޕިއަންކަން ރޯޑް ރިކްރިއޭޝަން ކުލަބް (އާރުއާރުސީ) އިން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު މިއަދު ހަވީރު ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ އާރުއާރުސީއާއި ހއ އަތޮޅު ހޮސްޕިޓަލްގެ ޓީމެވެ. ވާދަވެރި ފޯރިގަދަ ކުޅުމަކަށް ފަހު ފައިނަލް މެޗު 4-3 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ […]

އިބްރާހިމް ޚަލީލް
މިސަރުކާރު ނިމުކަކަށް ގެނައުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނަށް: ސުމިތް 📍 ހއ. ދިއްދޫ

މިސަރުކާރު ނިމުކަކަށް ގެނައުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނަށް: ސުމިތް

މިސަރުކާރު ނިމުކަކަށް ގެނައުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުން ވަކިކުރެއްވި އަލީ ހާޝިމް (ސްމިތް) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުން އުފައްދާ ދަ ޑިމޮކްރެސް އަށް ސޮއިކުރުމުން، އޭނާ އަދާ ކުރައްވަމުން ގެންދެވި މަގާމުން ވަކި ކުރުމާއި ގުޅިގެންނެވެ. ސްމިތް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ އިސްލާހީ މަސަކަތުގައި އަބަދު ވެސް އުޅެނީ ހުސްއަތާ ކަމަ...

މުޙައްމަދު އަފްރާޙް
ދިއްދޫ އޮފީސް ފުޓްސަލް މުބާރާތުގެ ފައިނަލުގައި އާރުއާރުސީއާއި ހއ އަތޮޅު ހޮސްޕިޓަލް 📍 ހއ. ދިއްދޫ

ދިއްދޫ އޮފީސް ފުޓްސަލް މުބާރާތުގެ ފައިނަލުގައި އާރުއާރުސީއާއި ހއ އަތޮޅު ހޮސްޕިޓަލް

ހދ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޔޫތު ސެންޓަރ ގުޅިގެން ކުރިއަށް ގެންދާ “މިޑްލް ސްޕޯޓްސް ކްލަބް އިންޓަ އޮފީސް ފުޓްސަލް މުބާރާތް 2023” ގެ ފައިނަލުން ރޯޑް ރިކްރިއޭޝަން ކުލަބް (އާރުއާރުސީ) އާއި ހއ އަތޮޅު ހޮސްޕިޓަލް ޖާގަ ހޯދައިފިއެވެ. މި މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް އިއްޔެ ހަވީރު ކުޅެފައިވާއިރު، ފުރަތަމަ ސެމީގައި ބައްދަލު ކޮށްފައި ވަނީ އާރުއާރުސީ އާއި ފެނަކައެވެ. މި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދީ […]

އިބްރާހިމް ޚަލީލް
ދިއްދޫ އޮފީސް ފުޓްސަލް: ސެމީގައި އާރުއާރުސީއާއި ފެނަކަ އަދި ހޮސްޕިޓަލާއި ޕޮލިސް 📍 ހއ. ދިއްދޫ

ދިއްދޫ އޮފީސް ފުޓްސަލް: ސެމީގައި އާރުއާރުސީއާއި ފެނަކަ އަދި ހޮސްޕިޓަލާއި ޕޮލިސް

ހދ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޔޫތު ސެންޓަރ ގުޅިގެން ކުރިއަށް ގެންދާ “މިޑްލް ސްޕޯޓްސް ކްލަބް އިންޓަ އޮފީސް ފުޓްސަލް މުބާރާތް 2023” ގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ރޯޑް ރިކްރިއޭޝަން ކުލަބާއި ފެނަކަ ބައްދަލު ކުރަން ޖެހުނުއިރު، ސެމީގެ ދެވަނަ މެޗުގައި ހއ އަތޮޅު ހޮސްޕިޓަލް ޓީމާއި ދިއްދޫ ޕޮލިސް ޓީމް ވާދަ ކުރަން ޖެހިއްޖެއެވެ. އިއްޔެ މި މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތައް ކުޅެ ނިމިފައިވާއިރު، އިއްޔެގެ ފުރަތަމަ މެޗުގައި ބައްދަލު […]

އިބްރާހިމް ޚަލީލް
ދިއްދޫ އޮފީސް ފުޓްސަލް: ހޮސްޕިޓަލުން ފެށުން ރަނގަޅު ކުރިއިރު، އާރުއާރުސީއަށް ބޮޑު މޮޅެއް 📍 ހއ. ދިއްދޫ

ދިއްދޫ އޮފީސް ފުޓްސަލް: ހޮސްޕިޓަލުން ފެށުން ރަނގަޅު ކުރިއިރު، އާރުއާރުސީއަށް ބޮޑު މޮޅެއް

ހދ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޔޫތު ސެންޓަރ ގުޅިގެން ކުރިއަށް ގެންދާ “މިޑްލް ސްޕޯޓްސް ކްލަބް އިންޓަ އޮފީސް ފުޓްސަލް މުބާރާތް 2023” މިއަދު ކުޅުނު މެޗުތައް ހއ.އަތޮޅު ހޮސްޕޮޓަލު ޓީމާއި ރޯޑް ރިކްރިއޭޝަން ކުލަބުން ކާމިޔާބު ކޮށްފިއެވެ. މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ އަތޮޅު ހޮސްޕިޓަލާއި ފެނަކައެވެ. މި މެޗު ވާދަވެރި ކުޅުމަކަށް ފަހު 2-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ އަތޮޅު ހޮސްޕިޓަލް ޓީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް […]

އިބްރާހިމް ޚަލީލް
ދިއްދޫ އިންޓަ އޮފީސް ހަތަރުވަނަ ފުޓްސަލް މުބާރާތް ފަށައިފި 📍 ހއ. ދިއްދޫ

ދިއްދޫ އިންޓަ އޮފީސް ހަތަރުވަނަ ފުޓްސަލް މުބާރާތް ފަށައިފި

ހދ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޔޫތު ސެންޓަރ ގުޅިގެން ކުރިއަށް ގެންދާ “މިޑްލް ސްޕޯޓްސް ކްލަބް އިންޓަ އޮފީސް ފުޓްސަލް މުބާރާތް 2023” ފަށައިފިއެވެ. މި މުބާރާތް މިއަދު ހަވީރު ދިއްދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި އަޅާފައިވާ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު، މިއަދު ހަވީރު ވަނީ ދެ މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ދިއްދޫ ޕޮލިސް އާއި ދިއްދޫ ކައުންސިލެވެ. މި މެޗު 14-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި […]

އިބްރާހިމް ޚަލީލް
ދިއްދޫ އޮފީސް ފުޓްސަލް: ޗެރިޓީ ޝީލްޑް މެޗް ފެނަކައިން ކާމިޔާބުކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ އޮފީސް ފުޓްސަލް: ޗެރިޓީ ޝީލްޑް މެޗް ފެނަކައިން ކާމިޔާބުކޮށްފި

ހދ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޔޫތު ސެންޓަރ ގުޅިގެން “މިޑްލް ސްޕޯޓްސް ކްލަބް އިންޓަ އޮފީސް ފުޓްސަލް މުބާރާތް 2023” ނަމުގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތް ފެށުމުގެ ކުރިން ކުޅުނު ޗެރިޓީ ޝީލްޑް މެޗް ދިއްދޫ ފެނަކަ ޓީމުން ކާމިޔާބު ކޮށްފިއެވެ. ޗެރިޓީ ޝީލްޑް މެޗު އިއްޔެ ހަވީރު ދިއްދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ތައްޔާރު ކޮށްފައިވާ ފުޓްސަލް ދަނޑުގައި ކުޅުނުއިރު، އެ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފާއިތުވި އަހަރު […]

އިބްރާހިމް ޚަލީލް
ދިއްދޫގެ ކޮންމެ ގެއަކަށް ފޮތިކޮތަޅެއް

ދިއްދޫގެ ކޮންމެ ގެއަކަށް ފޮތިކޮތަޅެއް

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ދި ފައުންޑޭޝަން ގުޅިގެން ދިއްދޫގެ ކޮންމެ ގޭބިސީއަކަށް ފޮތިކޮތަޅެއް ހަދިޔާކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. ދިއްދޫގެ ކޮންމެ ގެއަކަށް ފޮތިކޮތަޅެއް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމް ފެށުމުގެ ގޮތުން އިއްޔެ ހެނދުނު ވަނީ ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައެވެ. މި ރަސްމިއްޔާތުގައި އެ ސްކޫލުގެ 994 ދަރިވަރުންނަށް ވަނީ ފޮތިކޮތަޅު ހަދިޔާކޮށްފައެވެ. މީގެއިތުރުން އެ ސްކޫލުގެ މުވައްޒަފުން ހިމެނޭހެން ޖުމްލަ 1100 ކޮތަޅު...

އިބްރާހިމް ޚަލީލް
ދިއްދޫ އިންޓަ އޮފީސް ހަތަރުވަނަ ފުޓްސަލް މުބާރާތުގެ ގުރުއަތުލައިފި 📍 ހއ. ދިއްދޫ

ދިއްދޫ އިންޓަ އޮފީސް ހަތަރުވަނަ ފުޓްސަލް މުބާރާތުގެ ގުރުއަތުލައިފި

ހދ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޔޫތު ސެންޓަރ ގުޅިގެން ކުރިއަށް ގެންދާ “މިޑްލް ސްޕޯޓްސް ކްލަބް އިންޓަ އޮފީސް ފުޓްސަލް މުބާރާތް 2023” ގެ ގުރުއަތު ލައިފިއެވެ. މި މުބާރާތުގެ ގުރުއަތުލުން ރޭ ބާއްވާފައި ވަނީ ދިއްދޫ ސިޓީ ކިއު ރެސްޓޯރެންޓްގައެވެ. މި މުބާރާތުގައި ބައިވެރިވެފައި ވަނީ ހަ ޓީމަކުންނެވެ. އެ ޓީމްތަކަކީ ދިއްދޫ ކައުންސިލް، ރޯޑް ރިކްރިއޭޝަން ކްލަބް، ދިއްދޫ ޕޮލިސް ކްލަބް، ހއ އަތޮޅު ހޮސްޕިޓަލް، ފެނަކަ އަދި ތިލައުތުރު ރިކްރިއޭޝަބް […]

އިބްރާހިމް ޚަލީލް