މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ދިއްދޫ (788 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
788 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ދިއްދޫގެ އެންމެ ފަހުގެ ޚަބަރުތައް

788 ޚަބަރުގެ ތެރެއިން
ހއ. އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތަށް ބޮޑު ތަރުހީބެއް 📍 ހއ. ދިއްދޫ

ހއ. އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތަށް ބޮޑު ތަރުހީބެއް

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” އަށް އެ އަތޮޅުން ބޮޑު ތަރުހީބެއް ލިބިފައިވާކަމުގައި މިޑްލް ސްޕޯޓްސް ކުލަބުން ހާމަކޮށްފިއެވެ. މި މުބާރާތަކީ ފާއިތުވި ދެ އަހަރު ރަމަޞާން މަހު ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން “ދިއްދޫ އެންމެ އަލިގަދަތަރި” ނަމުގައި ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ. އެ ދެ އަހަރު މި މުބާރާތް ހާއްސަ ކޮށްފައި ވަނީ ދިއްދޫގައި ދިރިއުޅޭ […]

އިބްރާހިމް ޚަލީލް
ދިއްދޫގައި ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ހޭލުންތެރިކުރުމުގެ ހަރަކާތެއް 📍 ހއ. ދިއްދޫ

ދިއްދޫގައި ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ހޭލުންތެރިކުރުމުގެ ހަރަކާތެއް

ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ހޭލުންތެރިކުރުމުގެ ހަރަކާތެއް ހއ. ދިއްދޫގައި ކުރިއަށް ގެންގޮސްފިއެވެ. މިއީ ޗިލްޑްރެންސް އެމްބަޑްސްޕާސަންގެ އޮފީހުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 26 ގައި މމި ހަރަކާތް ކުރިއަށް ގެންދިޔައީ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ބެލެނިވެރިންނަށް އަމާޒުކޮށްގެންނެވެ. ޗިލްޑްރެންސް އެމްބަޑްޕާސަން އޮފީހުން ވިދާޅުވީ މި ސެޝަންގައި ‘ޗައިލްޑް ޕްރޯއެކްޓިވް ޑިޒިޝަން” ނަގާނެ ގޮތާއި ކުޑަކުދިންގެ ހައްގުތަކާއި ޒިންމާތަކަށް އެކުދިން އަހުލުވެރިކުރުވުމާއި ގުޅޭގޮތުން ބެލ...

މުޙައްމަދު އަފްރާޙް
ލަތީފް ދިއްދޫ ގޮނޑިއަށް ވާދަކުރަނީ 📍 ހއ. ދިއްދޫ

ލަތީފް ދިއްދޫ ގޮނޑިއަށް ވާދަކުރަނީ

ހއ. ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުލްލަތީފު މުހައްމަދު (ލަތީފްބެ) އެ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ނިންމަވައިފިއެވެ. އަންނަ މަޖިލިސް އިންތިޚާބުގައި ލަތީފް ދިއްދޫ ދާއިރާއަށް ވާދަކުރުމަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ހޯދުމަށް ޕްރައިމަރީއަށް ތައްޔާރުވަމުން އަންނަކަން އޭނާގެ ޢާއިލީ މީހަކު ކަށަވަރުކޮށްދީފައެވެ. އަންނަ ދައުރަށް މަޖިލީހަށް ކުރިމަތިލުމުގެ މަސައްކަތް ލަތީފް ފަށާފައިވާއިރު، އޭނާ ދިއްދޫ ގޮނޑިއަށް ވާދަކުރަނީ ވަރަށް ގިނަ ސަޕޯޓަރުންނާއ...

ޔުމްނާ ޢަލީ
"ދިއްދޫ ރައްޔިތުން ފަލަސްތީނާއިއެކު" ނަމުގައި ބޮޑު ހިނގާލުމެއް ބާއްވަނީ 📍 ހއ. ދިއްދޫ

"ދިއްދޫ ރައްޔިތުން ފަލަސްތީނާއިއެކު" ނަމުގައި ބޮޑު ހިނގާލުމެއް ބާއްވަނީ

އިޒްރޭލުގެ ސިފައިން ފަލަސްތީނުގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކާއި ގުޅިގެން ހާލުގައި ޖެހިފައިވާ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑުއުފުލުމުގެ ގޮތުން “ދިއްދޫ ރައްޔިތުން ފަލަސްތީނާއިއެކު” މި ނަމުގައި އެ ރަށުގައި ބޮޑު ހިނގާލުމެއް ބާއްވަން ތައްޔާރު ވެއްޖެއެވެ. މި ހިނގާލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 27 ވާ ހުކުރު ދުވަހުއެވެ. ހިނގާލުން ފެށުމަށް ހަމަޖެހިފައި ވަނީ އެ ދުވަހުގެ ހަވީރު 16:00 ގައި އެ ރަށު ބޮޑުމަގުގެ ރައްސިގަނޑު ސަރަހައްދުންނެވެ. މި ހިނގާލުމާއި ގުޅޭގޮތުން […]

އިބްރާހިމް ޚަލީލް
ހއ. އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގައި ބައިވެރިވެވޭ މުއްދަތު އިތުރުކޮށް އުމުރުފުރާއަށް ބަދަލެއް 📍 ހއ. ދިއްދޫ

ހއ. އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގައި ބައިވެރިވެވޭ މުއްދަތު އިތުރުކޮށް އުމުރުފުރާއަށް ބަދަލެއް

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ގައި ބައިވެރިވެވޭ މުއްދަތު އިތުރުކޮށް، މުބާރާތުގައި ބައިވެރިވެވޭ އުމުރުފުރާއަށް ބަދަލު ގެނެސްފިއެވެ. ކުރިން މި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހުޅުވާލާފައި އޮތީ މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މިހާރު މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފައެވެ. މި މުބާރާތުގައި […]

އިބްރާހިމް ޚަލީލް
ދިއްދޫގައި ބަންގި އާއި ޤުރްއާން ވޯކްޝޮޕެއް ބާއްވައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި ބަންގި އާއި ޤުރްއާން ވޯކްޝޮޕެއް ބާއްވައިފި

ހދ. ދިއްދޫގައި ބަންގި އަދި ޤުރްއާން ވަރކްޝޮޕެއް ބާއްވައިފިއެވެ. މިއީ އެރަށު ޖަމިއްޔާއެއް ކަމަށްވާ، ދިއްދޫ އެކުވެރިކަމިގެ ޗޭނުގެ ފަރާތުން އިންތިޒާމުކޮށް، އެކަޑަމީ އޮފް ތަޢައްލަމް އަލް ޤުރްއާން އާއި އަޖުރު އެކަޑަމީގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ވަރކްޝޮޕާއި ގުޅޭގޮތުން ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ދިއްދޫ އެކުވެރިކަމުގެ ޗޭނުގެ ނައިބު ރައީސް އަބްދުﷲ ޝަފީގު ވިދާޅުވީ މިއީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ. އަދި ސްކޫލު ކުދިންނާ އާންމުންނާއެކ...

މުޙައްމަދު އަފްރާޙް
ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ އެއްވަނައަށް ތިން އުމްރާ ދަތުރު 📍 ހއ. ދިއްދޫ

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ އެއްވަނައަށް ތިން އުމްރާ ދަތުރު

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ގެ އެއްވަނަ ހޯދާ ފަރާތަކަށް ތިން އުމްރާ ދަތުރު ދިނުމަށް ނިންމައިފިއެވެ. މި މުބާރާތަކީ ފާއިތުވި ދެ އަހަރު ރަމަޞާން މަހު ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން “ދިއްދޫ އެންމެ އަލިގަދަތަރި” ނަމުގައި ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ. އެ ދެ އަހަރު މި މުބާރާތް ހާއްސަ ކޮށްފައި ވަނީ ދިއްދޫގައި ދިރިއުޅޭ ފަރާތްތަކަށެވެ. […]

އިބްރާހިމް ޚަލީލް
ދިއްދޫ ބަނދަރާއި ޖެޓީ ހެދުމުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ 📍 ހއ. ދިއްދޫ

ދިއްދޫ ބަނދަރާއި ޖެޓީ ހެދުމުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ

ހއ. ދިއްދޫ ބަނދަރު ތަރައްގީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. އަދި މި މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައެވެ. މި މަޝްރޫއުގެ ދަށުން އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތް 98 އިންސައްތަ ވަނީ ފުރިހަމަކުރެވިފައެވެ. ސައިޓުގައި މިހާރު […]

އަޙްމަދު ވަހީދު
ފަލަސްތީނަށް އެހީވުމަށް ދިއްދޫގައި ހިންގި ހަރަކާތްތަކުން ލައްކައަކަށް ވުރެގިނަ ރުފިޔާ ހޯދައިފި

ފަލަސްތީނަށް އެހީވުމަށް ދިއްދޫގައި ހިންގި ހަރަކާތްތަކުން ލައްކައަކަށް ވުރެގިނަ ރުފިޔާ ހޯދައިފި

އިޒްރޭލުގެ ސިފައިން ފަލަސްތީނުގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކާއި ގުޅިގެން ހާލުގައި ޖެހިފައިވާ، ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހއ.ދިއްދޫގައި ހިންގި ހަރަކާތްތަކުން ލައްކައަކަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ. މި މަހުގެ 9 ވަނަ ދުވަހުން 14 ވަނަ ދުވަހުގެ ނިޔަލަށް އެ ރަށުގައި ހިންގި ހަރަކާތްތަކުން ވަނީ 132000.88 (އެއްލައްކަ ބައްތިރީސް ހާސް ރުފިޔާ، އައްޑިހައަށް ލާރި) ހޯދާފައެވެ. މި ހަރަކާތާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާ ކުރަމުން، މި އިވެންޓ...

އިބްރާހިމް ޚަލީލް
ދިއްދޫ ނެރުމައްޗަށް ލޯންޗެއް އުރި އޭގެން ދަތުރުކުރި މީހުންނަށް އަނިޔާވެއްޖެ 📍 ހއ. ދިއްދޫ

ދިއްދޫ ނެރުމައްޗަށް ލޯންޗެއް އުރި އޭގެން ދަތުރުކުރި މީހުންނަށް އަނިޔާވެއްޖެ

ހއ. ދިއްދޫގެ ނެރުމައްޗަށް ލޯންޗެއް އުރި އޭގެން ދަތުރުކުރި މީހުންނަށް އަނިޔާވެއްޖެއެވެ. އެ އަތޮޅު ވަށަފަރުން ފުރައިގެން ދިއްދޫއަށް ދަތުރުކުރި ލޯންޗް، ދިއްދޫގެ ނެރުމައްޗަށް އުރިފައި ވަނީ މިރޭ 08:30 ހާއިރުއެވެ. މި ހާދިސާއާއި ގުޅޭގޮތުން މި ނޫހަށް މަޢުލޫމާތު ދެމުން ދިއްދޫ ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު ބުނީ އެ ރަށު ނެރުމައްޗަށް އުރިފައި ވަނީ އެ އަތޮޅު ވަށަފަރުން ފުރައިގެން އައި ލޯންޗެއް ކަމަށެވެ. އެ ލޯންޗްގައި 10 މީހުން ދަތުރުކުރި ކަމަށާއި، އެ […]

އިބްރާހިމް ޚަލީލް
ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. ދިއްދޫ

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ ފާއިތުވި ދެ އަހަރު ރަމަޞާން މަހު ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން “ދިއްދޫ އެންމެ އަލިގަދަތަރި” ނަމުގައި ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ. އެ ދެ އަހަރު މި މުބާރާތް ހާއްސަ ކޮށްފައި ވަނީ ދިއްދޫގައި ދިރިއުޅޭ ފަރާތްތަކަށެވެ. ނަމަވެސް މިދިޔަ އަހަރުގެ މުބާރާތް ނިންމުމުގެ […]

އިބްރާހިމް ޚަލީލް
ދިއްދޫގައި ބާއްވާ ޖަނާޒާ ކޯހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫގައި ބާއްވާ ޖަނާޒާ ކޯހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ހއ. ދިއްދޫގައި ބާއްވާ ޖަނާޒާ ކޯހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ. މި ކޯހަކީ ދިއްދޫ އަންހެނުންގެ ތަަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެރަށުގައި ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރަމުން އަންނަ ކޯހެކެވެ. މި ކޯހާއި ގުޅިގެން އެ ކޮމިޓީން މިއަދު ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ހުޅުވައިލި ފުރުސަތަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން މި ކޯހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ވިދާޅުވެއެވެ...

މުޙައްމަދު އަފްރާޙް
ހއ. އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. ދިއްދޫ

ހއ. އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ސްޕޮންސަރ ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ ފާއިތުވި ދެ އަހަރު ރަމަޞާން މަހު ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން “ދިއްދޫ އެންމެ އަލިގަދަތަރި” ނަމުގައި ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ. އެ ދެ އަހަރު މި މުބާރާތް ހާއްސަ ކޮށްފައި ވަނީ ދިއްދޫގައި ދިރިއުޅޭ ފަރާތްތަކަށެވެ. ނަމަވެސް މިދިޔަ އަހަރުގެ މުބާރާތް ނިންމުމުގެ […]

އިބްރާހިމް ޚަލީލް
ހިޔާ ފްލެޓުން ވެއްޓުނު އައިހަމް ނިޔާވެއްޖެ، ކަށުނަމާދު މިއަދު 10:00ގައި 📍 ހއ. ދިއްދޫ

ހިޔާ ފްލެޓުން ވެއްޓުނު އައިހަމް ނިޔާވެއްޖެ، ކަށުނަމާދު މިއަދު 10:00ގައި

ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރެއްގެ ފްލެޓަކުން ރޭ ވެއްޓުނު ކުއްޖާ ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މި ކުއްޖާ އަކީ ހއ. ދިއްދޫ، ޝަމަންވިލާ، އުމުރުން 15 އަހަރުގެ މުހައްމަދު އައިހަމް އިސްމާއީލް އެވެ. އެ ކުއްޖާ ވެއްޓިފައި އޮތްތަނުގައި ގިނަ އަދަދެއްގެ ލޭ ހުރިއިރު، އެ ކުއްޖާ ވެއްޓުމުން ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެ ކުއްޖާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ކަނޑައެޅީ ރޭ 00:45 ހާއިރުއެވެ. ހިޔާ ޓަވަރެއްގެ 12 ވަނަ ފަންގިފިލާއިން ކުއްޖަކު […]

ޔުމްނާ ޢަލީ
ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި 📍 ހއ. ދިއްދޫ

ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. ދިއްދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު ފައްޓަވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަޙުމަދު ދީދީ އާއި ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުالله ވަހީދާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ. ދިއްދޫއަކީ 4،186 މީހުންގެ އާބާދީއެއް އޮންނަ ރަށަކަށްވާއިރު އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބިމުގެ ދަތިކަމުގެ މައްސަލައެވެ. މި މަޝްރޫއާއެކު އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބ...

އަޙްމަދު ވަހީދު