📍 ހއ. ދިއްދޫ
ދިއްދޫ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކަން ޑިސެމްބަރު މަހު ފަށަނީ
ހއ. ދިއްދޫގައި އަޅަން ނިންމާފައިވާ އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހު ފެށޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫގައި ރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިއްދޫގެ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް ކުރާނީ 45،000 ޓަނުގެ ޑްރެޖަރަކުން ކަމަށެވެ. އަދި މި މަސައްކަތް ގިނަވެގެން ތިން ހަފުތާގެ ތެރޭގައި ނިމޭނެ ކަމަށްވެ...