މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ފިއްލަދޫ (138 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
138 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފިއްލަދޫގެ އެންމެ ފަހުގެ ޚަބަރުތައް

138 ޚަބަރުގެ ތެރެއިން
ފިއްލަދޫ ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ނިމިއްޖެ 📍 ހއ. ފިއްލަދޫ

ފިއްލަދޫ ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ނިމިއްޖެ

ހއ. ފިއްލަދޫ ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ނިމިއްޖެކަމަށް ކުޅިވަރާއިބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ. ހއ. ފިއްލަދޫގައި އިމާރާތް ކުރެވުނު ޒުވާނުންގެ މަރުކަޒުގެ ފޮޓޯތައް ހިއްސާކުރައްވާ ކުޅިވަރާއިބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ބުނެފައިވަނީ ފިއްލަދޫގެ ޒުވާނުން ބޭނުންވިގޮތައް، ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ނިމިގެން ދިޔުމަކީ އުފާކުރަށްވާ ކަމެއްކަމުގައެވެ. ޒުވާނުންގެ މަރުކަޒުގެ މަސައްކަތްތައް ނިންމާލުމުގައި، ކެލާދާއިރާގެ މަޖްލިސް މެމްބަރުގެ އިތުރުން ރަށުކައުންސިލްގެ ފަރާތުން ވެދެއްވި...

އަލީ އާދިލް
ފިއްލަދޫން މަސްތުވާ ތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި 📍 ހއ. ފިއްލަދޫ

ފިއްލަދޫން މަސްތުވާ ތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހއ. ފިއްލަދޫއިން މަސްތުވާ ތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އެމީހާ ހައްޔަރުކުރީ ހއ. ދިއްދޫގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. ފިއްލަދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޖޫން މަހުގެ 23 ވަނަ ދުވަހުގެ 12:35 އެހާކަންހާއިރު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރ...

ޔުމްނާ ޢަލީ
ފިއްލަދޫން ދަނޑު ބިން ދޫކުރަނީ 📍 ހއ. ފިއްލަދޫ

ފިއްލަދޫން ދަނޑު ބިން ދޫކުރަނީ

ހއ. ފިއްލަދޫއިން ދަނޑުވެރިކަން ކުރުމަށް ބިންދޫކުރުމަށް ފިއްލަދޫ ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން މިއަދު ކުރި ޢިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19ގެ ހާއްސަ ހާލަތަށް ތައްޔާރުވުމުގެ ގޮތުން ފިއްލަދޫން ދަނޑުވެރިކަން ކުރުމަށް ޝައުގު ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލާކަމަށެވެ. ފިއްލަދޫއިން ދަނޑުބިމަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 7 ދުވަހުގެ ނިޔަލަށެވެ. ދަނޑު ބިމަށް އެދޭ ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ އެ މުއްދަތުގައި ބަންދު ދުވަސްތައްވެސް ހިމެނޭހެން ކޮންމ...

ޔުމްނާ ޢަލީ
ފިއްލަދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އަޅާނެ ބަޔަކު ހޯދަނީ 📍 ހއ. ފިއްލަދޫ

ފިއްލަދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އަޅާނެ ބަޔަކު ހޯދަނީ

ހއ. ފިއްލަދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދަން ޢިއުލާން ކޮށްފިއެވެ. ފިއްލަދޫ ކައުންސިލުން މިއަދު ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ ފިއްލަދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020 މާރިޗު 17 ވާ އަންގާރަ ދުވަހުން ފެށިގެން 2020 މާރިޗު 25 ވާ ބުދަދުވަހުގެ ނިޔަލަށް ފިއްލަދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދޭ...

ޝިއުނާ އާދަމް
މާރަންދޫ، ފިއްލަދޫ އަދި ވަށަފަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕޮރޮޖެކްޓުތައް ކައުންސިލްތަކާއި ހަވާލުކޮށްފި 📍 ހއ. ވަށަފަރު

މާރަންދޫ، ފިއްލަދޫ އަދި ވަށަފަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕޮރޮޖެކްޓުތައް ކައުންސިލްތަކާއި ހަވާލުކޮށްފި

ހއ. މާރަންދޫ، ފިއްލަދޫ އަދި ވަށަފަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕޮރޮޖެކްޓުތައް އެރަށްތަކުގެ ކައުންސިލްތަކާއި ހަވާލުކޮށްފިއެވެ. އެރަށްތަކުގެ ސިއްޚީ މަރުކަޒުތަކުގެ އެކްސްޓެންޝަން ޕޮރޮޖެކްޓުތައް ކައުންސިލްތަކާއި ހަވާލުކޮށްފައިވަނީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން ގާނޫނަށް ގެނައި އިސްލާހާއެކު، ހެލްތު މިނިސްޓްރީގެ 20 ޕްރޮޖެކްޓެއް 20 ރަށެއްގެ ކައުންސިލްއާ ހަވާލުކުރުމަށް މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައެވެ. ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެ...

ޝިއުނާ އާދަމް
ފިއްލަދޫ އައުޓްޑޯރ ޖިމުގެ ސާމާނުތައް ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަނީ 📍 ހއ. ފިއްލަދޫ

ފިއްލަދޫ އައުޓްޑޯރ ޖިމުގެ ސާމާނުތައް ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަނީ

ހއ. ފިއްލަދޫގައި އައުޓްޑޯރ ޖިމެއް ޤާއިމުކުރުމަށް ޓަކައި، އެ އައުޓްޑޯރ ޖިމުގެ ސާމާނު ބެހެއްޓުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެފަރާތެއް ހޯދަން ޢިއުލާން ކޮށްފިއެވެ. ހއ. (ތިލަދުންމަތީ އުތުރުބުރީ) ފިއްލަދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ ފިއްލަދޫ އައުޓްޑޯރ ޖިމެއް ޤާއިމުކުރުމަށް ޓަކައި، އައުޓްޑޯރ ޖިމުގެ ސާމާނު ބެހެއްޓުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ފުރުސަތު ހުޅުވާ...

ޝިއުނާ އާދަމް
📍 ހއ. ފިއްލަދޫ

ފިއްލަދޫ މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި

އެމްއެންޑީއެފްގެ ފަރާތުން ހއ. ފިއްލަދޫގައި ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފިއެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރު 15 އިން މިއަހަރުގެ ޖެނުއަރީ 4 އަށް ފިއްލަދޫގައި ކުރިއަށް ގެންދެވުނު ޕްރޮގްރާމްގައި އެރަށުގެ 60 މީހުން ބައިވެރިވެފައި ވެއެވެ. އެ ޕްރޮގްރާމް ނިންމުމުގެ ގޮތުން ރަސްމިޔާތެއްވަނީ ހއ. ފިއްލަދޫގައި ބާއްވާފައެވެ. MNDF Northern Area in HA. Filladhoo gai kuriahgendhiya “Moodhu Kasrathu Program” nimmaalaifi. 2019 December 15 in 2020 January […]

އަލީ އާދިލް
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ފިއްލަދޫން 18 އަހަރުގެ މީހަކު ހައްޔަރުކޮށްފި 📍 ހއ. ފިއްލަދޫ

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ފިއްލަދޫން 18 އަހަރުގެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހއ. ފިއްލަދޫން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފިއްލަދޫގައި މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު 07:30 އެހައިކަންހާއިރު ހިންގި އޮ...

އިބްރާހިމް އަސްވާޤް
ފިއްލަދޫ ހޮލިޑޭ ކަޕްގެ ޗެންޕިއަންކަން އެފްސީ ޑީޖޭ އަމިކޯ 📍 ހއ. ފިއްލަދޫ

ފިއްލަދޫ ހޮލިޑޭ ކަޕްގެ ޗެންޕިއަންކަން އެފްސީ ޑީޖޭ އަމިކޯ

ފޯރިގަދަ ފިއްލަދޫ ހޮލިޑޭ ކަޕްގެ ޗެންޕިއަންކަން އެފްސީ ޑީޖޭ އަމިކޯ ހޯދައިފިއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލްގައި އެފްސީ ޑީޖޭ އަމިކޯ އާއި ބައްދަލުކުރީ މިދިޔައަހަރު ޗެންޕިއަން ޑަޒަލިން ރޯވާރސް އެވެ. މިމެޗުގެ ފުރަތަމަ ގޯލް އަކީ ޑަޒަލިން ރޯވާރސް ގެ ޑިފެންޑަރ އާދަމް ނަސީމްގެ އަތުން ބައިކޮޅަށް ވަންގޯލެކެވެ. އެފްސީ ޑީޖޭ އަމިކޯގެ ދެވަނަ ގޯލް ޖަހައިދިނީ ހުސައިން ޒިމްޔާންއެވެ. މިގޯލާއިއެކު ޑަޒްލިން ރޯވާރސް އެޓޭކްތައް ވަރުގަދަކޮށް ގޯލަށް އަމާޒުކޮށް ހަމަލާތައް ދެމުން ދިޔަތަނެވެ. ނަތީޖާއަކަށް ވެގެ...

އިބްރާހިމް އަސްވާޤް
ފިއްލަދޫ ހޮލިޑޭ ކަޕް: ފައިނަލްގެ ފަހު ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ޑެޒްލިން ރޯވާސްއަށް 📍 ހއ. ފިއްލަދޫ

ފިއްލަދޫ ހޮލިޑޭ ކަޕް: ފައިނަލްގެ ފަހު ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ޑެޒްލިން ރޯވާސްއަށް

ފިއްލަދޫ ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ކުރިއަށްދާ 12 ވަނަ ފިއްލަދޫ ހޮލިޑޭ ކަޕްގެ ފައިނަލްގައި އެފްސީ ޑީޖޭ އަމިކޯއާއި ދެކޮޅަށް ނުކުންނާނެ ޓީމަކަށް މިމުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ކަމުގައިވާ ޑެޒްލިން ރޯވާސް ހޮވިއްޖެއެވެ. ޑެޒްލިން ރޯވާސްއިން ފައިނަލްގެ ފަހު ޖާގަ ކަށަވަރު ކުރީ މިއަދު ބޯ ވިއްސާރައިގައި ކުޅުނު ފޯރިގަދަ ސެމީފައިނަލް މެޗްގައި އެފްސީ ލެޖެންޑްސްގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މެޗްގެ ހަމައެކަނި ގޯލް ޑެޒްލިން ރޯވާސްއަށް ކާމިޔާބުކޮށްދިނީ މުހައްމަދު ހުޝާމްއެވ...

އަޙްމަދު އަސްފާން
ފިއްލަދޫ ހޮލިޑޭ ކަޕް: ޑީޖޭ އަމީކޯ ފައިނަލަށް، ސެމީފައިނަލް މާދަމާ 📍 ހއ. ފިއްލަދޫ

ފިއްލަދޫ ހޮލިޑޭ ކަޕް: ޑީޖޭ އަމީކޯ ފައިނަލަށް، ސެމީފައިނަލް މާދަމާ

އެހެން އަހަރުތަކޭކޭވެސް އެއްފަދައިން މިއަހަރުވެސް ބޮޑު ޗުއްޓީއާއި ދިމާކޮށް ފިއްލަދޫ ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ކުރިއަށްދާ ފިއްލަދޫ ހޮލިޑޭ ކަޕްގެ ލީގު އުސޫލުން ކުޅުމަށް ހަމަޖެހިފައިވާ މެޗްތަކުގެ ކުޅުން ނިންމާލައިފިއެވެ. ފަހު ދެމެޗްގެ ކުޅުން މިއަދު ނިމުނުއިރު ހެނދުނުގެ މެޗްގައި އެފްސީ ލެޖެންޑްސް އަދި ފޮލޯމީ ބައްދަލުކޮށް އެފްސީ ލެޖެންޑްސްއިން މެޗް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މެޗްގެ ދެގޯލްވެސް ކާމިޔާބުކޮށްދިން އަބްދުﷲ ޝިފާއު ހާޝިމްއެ...

އަޙްމަދު އަސްފާން
ފިއްލަދޫ ހޮލިޑޭ ކަޕް: ޑީޖޭ އަމިކޯ މޮޅުވިއިރު ފޮލޯމީ އަދި ޑެޒްލިން ރޮވާސްއަށް ހަމަހަމަ ނިމުމެއް. 📍 ހއ. ފިއްލަދޫ

ފިއްލަދޫ ހޮލިޑޭ ކަޕް: ޑީޖޭ އަމިކޯ މޮޅުވިއިރު ފޮލޯމީ އަދި ޑެޒްލިން ރޮވާސްއަށް ހަމަހަމަ ނިމުމެއް.

ފިއްލަދޫ ހޮލިޑޭ ކަޕްގައި މިއަދުގެ ފުރަތަމަ މެޗްގައި ފޮލޯމީ އަދި ޑެޒްލިން ރޮވާސް ބައްދަލުކޮށް މެޗް ނިމިފައިވަނީ 2-2 ން ދެޓީމް އެއްވަރު ވެގެންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އަބްދުﷲ މަޖީދު (އައްޕަ) އެވެ. މިއަދު ހަވީރު ކުޅުނު މެޗްގައި އެފްސީ ގޫޕްސް އަދި ޑީޖޭ އަމިކޯ ބައްދަލުކޮށް 3-0 ގެ ނަތީޖާއަކުން މެޗް ކާމިޔާބުކޮށްފައި ވަނީ ޑީޖޭ އަމިކޯއެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޑީޖޭ އަމިކޯގެ އަލީ އިހްސާނެވެ. މާދަމާވެސް މި […]

އަޙްމަދު އަސްފާން
ފިއްލަދޫ ހޮލިޑޭ ކަޕް: އެފްސީ ގޫޕްސް އަދި ޑީޖޭ އަމިކޯ މޮޅުވެއްޖެ 📍 ހއ. ފިއްލަދޫ

ފިއްލަދޫ ހޮލިޑޭ ކަޕް: އެފްސީ ގޫޕްސް އަދި ޑީޖޭ އަމިކޯ މޮޅުވެއްޖެ

ފިއްލަދޫ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ ގޮތުން ފިއްލަދޫ ސްޕޯޓްސް އެކަޑަމީ އިން އިންތިޒާމްކޮށް ކޮންމެ އަހަރަކު ސްކޫލް ބަންދާއި ދިމާކޮށް ބާއްވަމުން އަންނަ ފިއްލަދޫ ހޮލިޑޭ ކަޕްގެ 12 ވަނަ މުބާރާތްފެށިގެން ކުރިއަށްދާއިރު މިއަދު ހެނދުނު ކުޅުނު މެޗްގައި ޑީޖޭ އަމިކޯ އަދި ފޮލޯމީ ބައްދަލުކޮށް 5-3 ން ކާމިޔާބުކުރީ ޑީޖޭ އަމިކޯއެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑީޖޭ އަމިކޯގެ އަލީ ކާމިލްއެވެ. މިއަދުގެ ދެވަނަ މެޗްގައި މިއަދު ހަވީރު ބައްދަލުކުރީ އެފްސީ ލެޖެންޑް އަދި […]

އަޙްމަދު އަސްފާން
12 ވަނަ ފިއްލަދޫ ހޮލިޑޭ ކަޕް: ޑަޒްލިން ރޯވަރސް އާއި ފޮލޯ މީއަށް ރަނގަޅު ފެށުމެއް 📍 ހއ. ފިއްލަދޫ

12 ވަނަ ފިއްލަދޫ ހޮލިޑޭ ކަޕް: ޑަޒްލިން ރޯވަރސް އާއި ފޮލޯ މީއަށް ރަނގަޅު ފެށުމެއް

ހއ.ފިއްލަދޫގެ ޒުވާންނުންގެ މެދުގައި ފުޓްބޯޅައިގެ ހުނަރު ކުރިއެރުވުމާއި ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ ގޮތުން ފިއްލަދޫގައި ކުރިއަށްގެންދާ ހޮލިޑޭ ކަޕް ފަށައިފިއެވެ. މި މުބާރާތުގައި ޖުމްލަ 5 ޓީމަކުން ބައިވެރިވެފައި ވާއިރު މުބާރާތުގެ ފުރަތަމަ މެޗް ކުޅެފައިވަނީ މިއަދު ހެނދުނު 6:15 ގައެވެ. މިމެޗުގައި ބައްދަލުކުރީ ޑަޒްލިން ރޯވާރސް އާއި އެފްސީ ލެޖެންޑްސް އެވެ. މިމެޗް 4-0 ކާމިޔާބުކުރީ މިދިޔަ އަހަރުގެ ޗެންޕިއަން ޑަޒްލިން ރޯވާރސް އެވެ. މިމެޗުގެ މޮޅު ކުޅުން ތެރިއަކަށް ހޮވިފައިވަނީ ޑަޒްލިން ރޯ...

ހުސައިން ހަބީބް
ފިއްލަދޫ ހޮލިޑޭ ކަޕްގެ ގުރުއަތުލުން ބާއްވައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫ ހޮލިޑޭ ކަޕްގެ ގުރުއަތުލުން ބާއްވައިފި

ހއ.ފިއްލަދޫގެ ޒުވާންނުންގެ މެދުގައި ފުޓްބޯޅައިގެ ހުނަރު ކުރިއެރުވުމާއި ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ ގޮތުން ފިއްލަދޫގައި ކުރިއަށްގެންދާ ހޮލިޑޭ ކަޕްގެ ގުރުއަތުލުން ބާއްވައިފިއެވެ. މި ގުރުއަތުލުން ބާއްވާފައިވަނީ ފިއްލަދޫ ސުކޫލުގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނަކީ ޑިވިޝަން ކޮމާންޑާރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ފާއިޒް އެވެ. މީގެ އިތުރުން މިރަސްމިއްޔާތުގައި ފިއްލަދޫ މުވައްސަސާ ތަކުގެ ވެރިންނާއި ފިއްލަދޫއިން މިމުބާރާތައ...

ފާތިމަތު ސިނާޒާ