މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ފިއްލަދޫ (138 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
138 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފިއްލަދޫގެ އެންމެ ފަހުގެ ޚަބަރުތައް

138 ޚަބަރުގެ ތެރެއިން
ހޯރަފުށީ ކައިރިން ފިއްލަދޫ އަށް ބޮޑު މޮޅެއް, ކެލާ އަތުން މުރައިދޫ މޮޅުވެއްޖެ 📍 ހއ. ފިއްލަދޫ

ހޯރަފުށީ ކައިރިން ފިއްލަދޫ އަށް ބޮޑު މޮޅެއް, ކެލާ އަތުން މުރައިދޫ މޮޅުވެއްޖެ

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ފިއްލަދޫ އާއި ހޯރަފުށި ބައްދަލުކުރި މެޗުން ފިއްލަދޫ ކުރިހޯދާފައިވާއިރު، ކެލާ އަދި މުރައިިދޫ ބައްދަލުކުރި މެޗު މުރައިދޫ ކާމިޔާބުކޮށްފިއެވެ. ހއ. އުތީމުގައި މިހާރު ކުރިއަށްގެންދާ މި މުބާރާތުގެ 9 ވަނަ މެޗުގައި މިއަދު ހަވީރު ވާދަކުރީ ހޯރަފުއްޓާއި ފިއްލަދޫ އެވެ. ފިއްލަދޫ ޓީމުން މި މެޗު ކާމިޔާބުކޮށްފައިވަނީ 6-1 ގެ ނަތީޖާ އަކުން ހޯރަފުށި ކައިރިން ކުރިހޯދައިގެންނެވެ. މިގޮތުނ...

އައިޝަތު އައިނީ އާމިރު
ތިލައުތުރު ފުޓްސަލް: ކެލާގެ މައްޗަށް ބާރަށުން ކުރިހޯދިއިރު، ވަށަފަރާއި ފިއްލަދޫ މެޗު އެއްވަރު 📍 ހއ. ބާރަށް

ތިލައުތުރު ފުޓްސަލް: ކެލާގެ މައްޗަށް ބާރަށުން ކުރިހޯދިއިރު، ވަށަފަރާއި ފިއްލަދޫ މެޗު އެއްވަރު

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ވަށަފަރާއި ފިއްލަދޫ ބައްދަލުކުރި މެޗުން ދެ ޓީމު އެއްވަރުވެ، ކެލާ އާއި ބާރަށް ބައްދަލުކުރި މެޗުން ކެލާ ބަލިވެއްޖެއެވެ.  މިއަހަރު ހއ. އުތީމުގައި ކުރިއަށްގެންދާ މި މުބާރާތް މިއަދު ހަވީރު ފަށާފައިވާއިރު، މިރޭގެ ފުރަތަމަ މެޗުގައި ވާދަކުރި ވަށަފަރު ޓީމާއި ފިއްލަދޫ ޓީމު އެއްވަރުވެފައިވަނީ 2-2 ގެ ނަތީޖާއަކުންނެވެ. ވާދަވެރިކުޅުމެއް ދެ ޓީމުންވެސް ދައްކައި، އެ މެޗުގެ ފުރަތަމަ...

އައިޝަތު އައިނީ އާމިރު
ފިއްލަދޫގައި އަލަށް މީހުން އާބާދުވި ސަރަހައްދުގައި ކަރަންޓް ކޭބަލް ވަޅުލުމުގެ މަސައްކަތް ފަށައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫގައި އަލަށް މީހުން އާބާދުވި ސަރަހައްދުގައި ކަރަންޓް ކޭބަލް ވަޅުލުމުގެ މަސައްކަތް ފަށައިފި

ހއ. ފިއްލަދޫގައި އަލަށް މީހުން އާބާދުވި ސަރަޙައްދުތަކަށް ކަރަންޓް ޚިދުމަތް ފޯރުކޮށްދިނުމަށް ކޭބަލް ވަޅުލުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތާއި ގުޅިގެން ހއ. ކެލާ ދާއިރާގެ މަޖިލީސް މެންބަރު އަބްދުالله ޝަރީފް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ފިއްލަދޫގައި އަލަށް އާބާދުވި ސަރަޙައްދުތަކަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ކޭބަލް ވަޅުލުމުގެ މަސައްކަތް ފެނަކައިން ފަށައިފިކަމަށެވެ. މިގޮތުން މި މަސައްކަތަކީ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ކަރަންޓްގެ ޚިދުމ...

އައިޝަތު އައިނީ އާމިރު
ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ހަވާލުކޮށްފި 📍 ހއ. ފިއްލަދޫ

ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ހަވާލުކޮށްފި

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް އާރުޑީސީއާއި ހަވާލުކޮށްފިއެވެ. ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އާރްޑީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދުއެވެ. އަދި އާރްޑީސީން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމްއެވެ. މި މަސައްކަތް ކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އަ...

އިބްރާހިމް ޚަލީލް
ފިއްލަދޫގައި ޤާއިމްކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫގައި ޤާއިމްކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި

ހއ. ފިއްލަދޫގައި ޤާއިމްކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ. ފިއްލަދޫގައި ޤާއިމްކުރި މި ވޮލީބޯޅަ ކޯޓަކީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އިސްނަގައިންގެން ރަށް ރަށުގައި ފެންވަރު ރަނގަޅު ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ތަރައްްޤީކޮށްފައިވާ ވޮލީބޯޅަ ކޯޓެކެވެ. އެގޮތުން މި ވޮލީބޯޅަ ކޯޓު ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މި ކޯޓު ހުޅުވައިދެއްވާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، އަބްދުالله ރާފިޢު އެވެ. މި ރަސްމިއްޔާތުގައި ފިއްލަދޫ ކައ...

އައިޝަތު އައިނީ އާމިރު
ފިއްލަދޫ ސްކޫލްގެ އިސްލާމް ޑިޕާރޓްމަންޓްގެ ފަރާތުން ސްކޫލަށް ޕޯޑިއަމެއް ހަދިޔާ ކޮށްފި 📍 ހއ. ފިއްލަދޫ

ފިއްލަދޫ ސްކޫލްގެ އިސްލާމް ޑިޕާރޓްމަންޓްގެ ފަރާތުން ސްކޫލަށް ޕޯޑިއަމެއް ހަދިޔާ ކޮށްފި

ހއ. ފިއްލަދޫ ސްކޫލްގެ އިސްލާމް ޑިޕާރޓްމަންޓްގެ ފަރާތުން އެ ސްކޫލަށް ޕޯޑިއަމެއް ހަދިޔާކޮށްފިއެވެ. މި ޕޯޑިއަމަކީ ސްކޫލުގެ އެކި އެކި ހަރަކާތްތަކުގައި، ޚާއްސަކޮށް ރަސްމީ ޖަލްސާތަކުގައި އަދި އެހެނިހެން ރަސްމިއްޔާތުތަކުގައި ބޭނުންކުރެވޭނެ މުހިންމު ވަސީލަތެކެވެ. މިކަމުގެ ސަބަބުން ދަރިވަރުންނަށް އެމީހުންގެ ޚިޔާލުތައް ފާޅުކުރުމަށާއި، ތަޤްރީރު ކުރުމުގެ ހުނަރު ދަސްކުރުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެއެވެ. ސްކޫލުގެ އިދާރާއިން މި ހަދިޔާއާ ގުޅިގެން އިސްލާމް ޑިޕާރޓްމަންޓްގެ މުވައްޒަފުންނަށް ޚާއްސަ ޝުކުރ...

އަލީ އާދިލް
ފިއްލަދޫގައި ބާއްވާ ޖަމާއަތްތެރިކަމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫގައި ބާއްވާ ޖަމާއަތްތެރިކަމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގައި ބާއްވާ ޖަމާއަތްތެރިކަމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ 16 އަހަރުން މަތީގެ ދެޖިންސަށް ވެސް ހުޅުވާލާފައެވެ. ނަމަވެސް އުމުރުން 18 އަހަރު ނުފުރޭ ކުދިން ބައިވެރި ކުރަން ނިންމާފައި ވަނީ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހެޅުމުންނެވެ. ކޯހުގައި ބައިވެރިވާ ފަރާތްތަކަކީ އަސާސީ ތައުލީމު ލިބިފައިވާ ފަރާތްތަކ...

އިބްރާހިމް ޚަލީލް
އުލިގަމާއި ކުމުންދޫ ސިއްހީ މަރުކަޒުގެ މަސައްކަތް އެމްޓީސީސީއަށް، ފިއްލަދޫ ސިއްހީ މަރުކަޒުގެ މަސައްކަތް އާރުޑީސީއަށް 📍 ހއ. ފިއްލަދޫ

އުލިގަމާއި ކުމުންދޫ ސިއްހީ މަރުކަޒުގެ މަސައްކަތް އެމްޓީސީސީއަށް، ފިއްލަދޫ ސިއްހީ މަރުކަޒުގެ މަސައްކަތް އާރުޑީސީއަށް

ހއ. އުލިގަމާއި، ހދ. ކުމުންދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށް، ހއ. ފިއްލަދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ. އެގޮތުން އެމްޓީސީއާއި ހަވާލުކުރެވުނު މަޝްރޫޢުގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙުމަދު ސަޢުދީ އެވެ. އަދި މިނިސްޓްރީގެ...

އައިޝަތު އައިނީ އާމިރު
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހަނިމާދޫ އާއި ފިއްލަދޫއިން 5 މީހަކު ހައްޔަރު 📍 ހދ. ހަނިމާދޫ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހަނިމާދޫ އާއި ފިއްލަދޫއިން 5 މީހަކު ހައްޔަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ހދ.ހަނިމާދޫ އާއި ހއ.ފިއްލަދޫއިން 5 މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މިމަހު 29 ވަނަ ދުވަހު މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އަޕަރ ނޯތު ޕޮލިހާއި ޑްރަގް އެންފޯސްމަންޓު އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އާއި ގުޅިގެން ހދ. ހަނިމާދޫއާއި ހއ. ފިއްލަދޫ ގައި ދެ އޮޕްރޭޝަނެއް ހިންގާފައިވާކަމަށެވެ. މި އޮޕަރޭޝަންތަކުގައި މަސްތުވަތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ 5 މީހަކ...

އައިޝަތު އައިނީ އާމިރު
ފިއްލަދޫގައި ބާއްވާ ހިޔަލަ ބާޒާރުގައި ބައިވެރިވުމަށް ހުޅުވާލައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫގައި ބާއްވާ ހިޔަލަ ބާޒާރުގައި ބައިވެރިވުމަށް ހުޅުވާލައިފި

ހއ. ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ކައުންސިލުން ގުޅިގެން އަންހެނުންނަށް އަމާޒުކޮއްގެން ބާއްވާ ހިޔަލަ ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމިގެ މައިގަނޑު މަޤުސަދަކީ، ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ކައުންސިލުން ގުޅިގެން ރަށުގެ އަންހެނުންގެ އުފެއްދުންތަކަށް ހާއްސަކޮށްގެން، ކުރިއަށްގެންދެވޭ ބާޒާރެއް އުފެއްދުމެވެ.  އެގޮތުން މި ޕްރޮގްރާމުގައި އުފެއްދުންތެރިކަމުގެ ހުނަރު ދައްކާލުމަށް ގްރޫޕްތަކަށާއި ވަކި ވަކި ފަރުދުނ...

އައިޝަތު އައިނީ އާމިރު
ހަފްތާ ބަންދުގައި ފިއްލަދޫގައި ދީނީ ދަރުސް ޕްރޮގްރާމެއް ކުރިއަށް ގެންދަނީ 📍 ހއ. ފިއްލަދޫ

ހަފްތާ ބަންދުގައި ފިއްލަދޫގައި ދީނީ ދަރުސް ޕްރޮގްރާމެއް ކުރިއަށް ގެންދަނީ

މި ހަފްތާ ބަންދުގައި ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫގައި ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ހަމަޖެހިއްޖެއެވެ. ފިއްލަދޫ ކައުންސިލުން ބުނީ މި ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމަކީ އަމިއްލަ ފަރާތަކާއި އެ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމެއް ކަމަށެވެ. ދަރުސް ޕްރޮގްރާމްގެ ތާވަލު 10 އޭޕްރިލް 2025، (ބުރާސްފަތި) އަސުރު ނަމާދަށް ފަހު މަސްޖިދުލްތައާވުން މިސްކިތުގައި 11 އޭޕްރިލް 2025 (ހުކުރު) ހުކުރު ނަމާދަށް ފަހު މަސްޖިދުލްތައާވުން މިސްކިތުގައި 11 އޭޕްރިލް […]

އިބްރާހިމް ޚަލީލް
ފިއްލަދޫއަށް ތަރައްގީގެ ފުރުސަތު ބޮޑު، ދިވެހި ގިނަ ރައްޔިތުންނަށް ފައިދާ ކުރާނެ: ރައީސް 📍 ހއ. ފިއްލަދޫ

ފިއްލަދޫއަށް ތަރައްގީގެ ފުރުސަތު ބޮޑު، ދިވެހި ގިނަ ރައްޔިތުންނަށް ފައިދާ ކުރާނެ: ރައީސް

ހއ. ފިއްލަދޫގެ ތަރައްޤީއިން ދިވެހި ގިނަ ރައްޔިތުންނަށް ފައިދާތަކެއް ކުރާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ދެވަނަ މަންޒިލެއްގެ ގޮތުގައި ފިއްލަދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިގޮތުގައި، ފިއްލަދޫގެ ތަރައްޤީއިން ދިވެހި ގިނަ ރައްޔިތުންނަށް ފައިދާތަކެއް ކުރާނެއެވެ. މިގޮތުން މި ސަރަހައްދ...

ޔުމްނާ ޢަލީ
ފިއްލަދޫއަށް ބޭނުންވެފައިވާ ކަންކަން ރައީސަށް ދަންނަވައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫއަށް ބޭނުންވެފައިވާ ކަންކަން ރައީސަށް ދަންނަވައިފި

ހއ. ފިއްލަދޫއަށް ބޭނުންވެފައިވާ ކަންކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު އާއި މިއަދު އެ ރަށު ކައުންސިލުން ހިއްސާކުރަށްވައިފިއެވެ. ހއ. އަތޮޅުގެ 10 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގޮތުގައި ރައީސް ވަނީ ފިއްލަދޫ އަށް ވަޑައިގެންފައެވެ. އެރަށަށްކުރެއްވި ޒިޔާރަތުގައި ރައީސް ވަނީ ފިއްލަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރަށްވާ...

ޔުމްނާ ޢަލީ
ފިއްލަދޫ މީހަކު ޑަންލޮޕް ދަޅަކަށް ފައިސާ ނުދީ ދިއުމުން 1މަހާއި 24 ދުވަހަށް ޖަލަށް 📍 ހއ. ފިއްލަދޫ

ފިއްލަދޫ މީހަކު ޑަންލޮޕް ދަޅަކަށް ފައިސާ ނުދީ ދިއުމުން 1މަހާއި 24 ދުވަހަށް ޖަލަށް

ހއ. ފިއްލަދޫ ފިހާރައަކުން ފައިސާ ނުދީ ޑަންލޮޕް ދަޅެއް ހިފައިގެން ދިޔަ މީހަކު އެއް މަހާއި 24 ދުވަހަށް ޖަލަށްލުމަށް އެ ރަށު ކޯޓުން ހުކުމްކޮށްފި އެވެ. ހއ. ފިއްލަދޫ ސުވާސާގޭ މުއައްލިމް މުހައްމަދު މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު ފިއްލަދޫ ވިވިޑް މާޓުން ކުޑަ ޑަންލޮޕް ދަޅެއް ނެގުމަށްފަހު އެއަށް ވާ ފައިސާ ނުދީ ދިޔަ މައްސަލާގައި ދައުލަތުން ކުރީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ […]

ހުސައިން ހަބީބް
ފިއްލަދޫ ކައުންސިލް ކަޕް ފުޓްސަލް އަދި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫ ކައުންސިލް ކަޕް ފުޓްސަލް އަދި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ފިއްލަދޫ ކައުންސިލް ކަޕް 2024” ފުޓްސަލް (ފިރިހެން) އަދި ހޭންޑްބޯޅަ (އަންހެން) މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ދެ މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމެވެ. މިމުބާރާތްތަކުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން މުބާރާތުގައި ޓީމް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް ފުރިހަމ...

އިބްރާހިމް ޚަލީލް