މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. މޮޅަދޫ (64 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
64 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

މޮޅަދޫގެ އެންމެ ފަހުގެ ޚަބަރުތައް

64 ޚަބަރުގެ ތެރެއިން
މޮޅަދޫން 2 ބިދޭސިއަކު ޕޮޒިޓިވްވެއްޖެ 📍 ހއ. މޮޅަދޫ

މޮޅަދޫން 2 ބިދޭސިއަކު ޕޮޒިޓިވްވެއްޖެ

ހއ. މޮޅަދޫ އިންޖީނުގޭ އިމާރާތް ކުރުމުގެ މަސައްކަތް ކުރަން އެރަށަށް ގޮސް ހޯމް ކަރަންޓީނުގައި ތިބި 2 ބިދޭސީއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް ”ތިލަދުން”އަށް ވިދާޅުވީ، މޮޅަދޫން ޕޮޒިޓިވްވި 2 ބިދޭސިންނަކީ، އެރަށުގެ އިންޖީނުގޭ އިމާރާތް ކުރުމުގެ މަސައްކަތްކުރަން އެރަށަށް ގޮސް، ހޯމް ކަރަންޓީނުގައި ތިބި 15 ބިދޭސީންގެ ތެރެއިން 2 މީހުންކަމަށެވެ. ”އެ 15 ބިދޭސީން ވެސް ތިބީ ކަރަންޓީނުގައި، ކަރަންޓީނުގެ މުއްދަތު ހަމަކޮށް ނެގި ރިލީޒް ސާމްޕަލުން 2 މީހުން މި...

ޙުސައިން ޝަހުދީ
މޮޅަދޫގައި ފެނާއި ނަރުދަމާ ގާއިމުކުރަން ހަވާލުކޮށްފި 📍 ހއ. މޮޅަދޫ

މޮޅަދޫގައި ފެނާއި ނަރުދަމާ ގާއިމުކުރަން ހަވާލުކޮށްފި

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހއ. މޮޅަދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށް ފައި ވަނީ ފުލެކްސިންކް ޕްރައިވެޓް ލިމިޓެޑާ އެވެ. މޮޅަދޫގެ އިތުރުން  ލ. މުންޑޫ އަދި މ. ވޭވަށުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ވެސް ޕްލޭނިން މިނިސްޓްރީއިން އެ ކުންފުންޏާ މިއަދު ހަވާލުކުރިއެވެ. ތިން ރަށުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ޖުމްލަ 104،088،337 ރުފިޔާގެ […]

ޖަލްވާން ޖާދުﷲ
މޮޅަދޫ ފެނަކަ އާ އިންޖީނުގެއާއި އޮފީހުގެ ބިންގާ އަޅައިފި 📍 ހއ. މޮޅަދޫ

މޮޅަދޫ ފެނަކަ އާ އިންޖީނުގެއާއި އޮފީހުގެ ބިންގާ އަޅައިފި

ހއ. މޮޅަދޫގައި އިމާރާތްކުރާ ފެނަކަ މޮޅަދޫ އާ އޮފީހާއި، އާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ. ފެނަކަ މޮޅަދޫ އާ އޮފީހާއި، އާ އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އޮތީ އިއްޔެ އެވެ. މި ރަސްމިއްޔާތުގައި އެ ދެ އިމާރާތުގެ ބިންގާ އަޅައިދެއްވީ ފެނަކައިގެ މެނޭޖިން ޑައިރެކްޓަރު އަޙްމަދު ސައީދާއި، ރައްޔިތުންގެ މަޖިލީހުގައި މޮޅަދޫ ތަމްސީލް ކުރަށްވާ، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢުއެވެ. ‏ހއ. މޮޅަދޫގައި އަލަށް އިމާރާތްކުރެވޭ އިންޖީނުގެޔާއި އޮފީސް އިމާރާތުގެ ބިންގާ އެޅުމާއި ގުޅިގެން، […]

ޝިއުނާ އާދަމް
މޮޅަދޫ ސައްޔިދު ތޯހާގެ ވާހަކަ 📍 ހއ. މޮޅަދޫ

މޮޅަދޫ ސައްޔިދު ތޯހާގެ ވާހަކަ

ހއ. މޮޅަދޫ ސައްޔިދު ތޯހާގެ ވާހަކަ ދައްކާ މީހުން މިހާރު މިރަށުގައި ވަރަށް މަދެވެ. އެ ވާހަކަތައް ކުރިން ޤަބޫލުކުރަމުން އައި ގޮތަށް ޤަބޫލުކުރާ މީހަކު އަމުދުންނެތެވެ. ހއ. މޮޅަދޫ ސައްޔިދު ތޯހާގެ ނަމުގައި ހަދާފައި ހުންނަ ޒިއާރަތެއް އަދިވެސް އެބަހުއްޓެވެ. ޒިއާރަތުގެ ދިދަ ދަނޑިވެސް ކޮޅަށް އެބަހުއްޓެވެ. އެއީ ވަރަށް ދިގު ދިދަ ދަނޑިއެކެވެ. ޒިއާރަތުގެ ފުރާޅުގައި ޖަހާފައިވަނީ އީޓެވެ. ގެގަޑަކީ އެހެނިހެން ގިނަ ޒިއާރަތްތަކެކޭ އެއްފަދައިން ލަކުޑިން ހަދާފައިވާ ގެގަޑެކެވެ. ޒިއާރަތުގެ ދޮރު ހުރީ […]

ޢަބްދުﷲ ސަޢީދު
މޮޅަދޫ އާއި މުރައިދޫ އައު އިންޖީނުގެ ޢިމާރާތް ކުރާނެ ބަޔަކު ހޯދަނީ 📍 ހއ. މޮޅަދޫ

މޮޅަދޫ އާއި މުރައިދޫ އައު އިންޖީނުގެ ޢިމާރާތް ކުރާނެ ބަޔަކު ހޯދަނީ

ހއ. މޮޅަދޫ އަދި ހއ. މުރައިދޫ އައު އިންޖީނުގޭގެ އައު ޢިމާރާތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ފެނަކައިން އިޢުލާނުކޮށްފިއެވެ. ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ދުވަސްވީ އިންޖީނުގެތައް ޒަމާނީ ވަސީލަތްތަކާއެކު އެކަހެރި ސަރަހައްދުތަކަށް ބަދަލުކޮށް ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ދަށުން ފެނަކައިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން، މި ދެ އިމާރާތްވެސް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ އެ އިދާރާއިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށެވެ. މި މަސައްކަތ...

މުޙައްމަދު އިނާން
މޮޅަދޫ ކަނޑޫފަލުގެ ރީތިކަން ދައްކާލުމަށް ފޮޓޯ ކޮންޓެސްޓެއް 📍 ހއ. މޮޅަދޫ

މޮޅަދޫ ކަނޑޫފަލުގެ ރީތިކަން ދައްކާލުމަށް ފޮޓޯ ކޮންޓެސްޓެއް

ހއ.މޮޅަދޫގެ އެކިއެކި ތަންތަނުގެ ރީތިކަން ދައްކުވައިދިނުމުގައި މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ މޮޅަދޫ ފޭސްބުކް ޕޭޖްގެ ފަރާތުން އިސްނަގައިގެން އެ ރަށުގެ ކަނޑޫފަލުގެ ރީތިކަން ދައްކުވައިދިނުމުގެ ގޮތުން “މޮޅަދޫ ކަނޑޫފާ ފޮޓޯ ކޮންޓެސްޓް”ގެ ނަމުގައި ކޮންޓެސްޓެއް ފަށައިފިއެވެ. މޮޅަދޫ ކަނޑޫފަލުގައި ނޭޗަރ ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް އެ ރަށުގެ ޒުވާނުން އިސްނަގައިގެން މިހާރު ފަށާފައިވާއިރު، މި ފޮޓޯ ކޮންޓެސްޓްގެ އެންމެ ބޮޑު މަޤުޞަދަކީ ކަނޑޫފަލުގައި ޕާކް ތަރައްޤީ ކުރުމުގެ ކުރިން އެތަން އޮތްގޮތުގ...

އިބްރާހިމް ޚަލީލް
ބޮޑެތި ތުހުމަތުތަކަކާއި އެކު މޮޅަދޫ ކައުންސިލް ނައިބު ރައީސާ ދެކޮޅަށް ރައްޔިތުންގެ ޕެޓިޝަނެއް 📍 ހއ. މޮޅަދޫ

ބޮޑެތި ތުހުމަތުތަކަކާއި އެކު މޮޅަދޫ ކައުންސިލް ނައިބު ރައީސާ ދެކޮޅަށް ރައްޔިތުންގެ ޕެޓިޝަނެއް

ހއ. މޮޅަދޫ ކައުންސިލް ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަޙްމަދު އާދަމް، އުދަރެސް/ހއ. ހޯރަފުށި، ކައުންސިލް މެންބަރުކަމުން ދުރުކޮށް، ކައުންސިލްގެ ނައިބު ރައީސްގެ މަގާމުން ވަކޮށްދިނުމަށް ގޮވާލައި، މޮޅަދޫ ރައްޔިތުންގެ ޕެޓިޝަނެއް އެރަށު ކައުންސިލަށް ހުށަހަޅައިފިއެވެ. މޮޅަދޫ ކައުންސިލް ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަޙްމަދު އާދަމްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ އެ ޕެޓިޝަންގައި މޮޅަދޫގެ 160 މީހުން ވަނީ ސޮއި ކޮށްފައެވެ. އެ ޕެޓިޝަން ކައުންސިލަށް ހުށަހެޅުމަށް ގިނަ ޢަދެއްގެ ރައްޔުތުން...

އަޙްމަދު ވަހީދު
މޮޅަދޫ ލަގްޒަރީ ފުޓްސެލް ލީގް 2020ގެ ޗެމްޕިއަންކަން ޗިލް ބްރޯސް ހޯދައިފި 📍 ހއ. މޮޅަދޫ

މޮޅަދޫ ލަގްޒަރީ ފުޓްސެލް ލީގް 2020ގެ ޗެމްޕިއަންކަން ޗިލް ބްރޯސް ހޯދައިފި

ހއ. މޮޅަދޫގައި ކުރިއަށް ދިޔަ ލަގްޒަރީ ފުޓްސެލް ލީގް 2020ގެ ޗެމްޕިއަންކަން ޗިލް ބްރޯސް ހޯދައިފި އެވެ. މި މުބާރާތަކީ މޮޅަދޫ ކައުންސިލް މެންބަރު އަޙްމަދު ރިފާއު އިންތިޒާމް ކޮށްގެން މި ހިނގާ އޯގަސްޓް 13 އިން 17 މޮޅަދޫގައި ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މުބާރާތުގައި 4 ޓީމެއް ވާދަކޮށްފައި ވެއެވެ. އެ ޓީމު ތަކަކީ އެފް ސީ އޯޝަން، ވަޑި އެފް ސީ، އެފް ސީ ޕްރިޑޭޓާރސް އަދި ޗިލް ބްރޯސްއެވެ. މި މުބާރާތުގެ ވެމްޕިއަންކަން […]

ޝިއުނާ އާދަމް
އަނެއްކާވެސް މޮޅަދޫއަށް ތާރީޚީ ދުވަހެއް 📍 ހއ. މޮޅަދޫ

އަނެއްކާވެސް މޮޅަދޫއަށް ތާރީޚީ ދުވަހެއް

ހއ. މޮޅަދޫގެ ރައްޔިތުން އެކި ބޭނުންތަކުގައި ފެރީގައި ދަތުރުކުރުކަށް އުފުލަމުން އައި ތަކުލީފަކީ އެ ތަކުލީފު އުފުލަން ނުޖެހޭ މީހަކަށް އިހުސާސްވެސް ކޮށްނުލެވޭނެ އުނދަގޫ، ދަތި ތަކުލީފެކެވެ. މޮޅަދޫއަށް ދަތުރުކުރާ ފެރީ މީގެ 3 އަހަރު ކުރިން ކައިރި ކުރަމުން ދިޔައީ ރަށުގެ ރައްޔިތުން އަރާ ފޭބުމަށް ހަދާފައި އޮންނަ ފާލަމަށެވެ. އެ ރަށަކީ، ބަނދެއްރެއް ހެދިފައި ނެތުމުން ރަށަށް އަރާ ފޭބުމުގައި ރައްޔިތުން އެތައް އުނދަގުލަކާއި، ދަތިކަމެއް ތަހައްމަލު ކުރަމުން އަންނަ ރައްޔިތެއް ދިރިއުޅެމުން އަންނަ […]

ޔުމްނާ ޢަލީ
މިއަދަކީ މޮޅަދޫއަށް އުފާވެރި ތާރީޚީ ދުވަހެއް: އެމްޕީ ޝިފާއު 📍 ހއ. މޮޅަދޫ

މިއަދަކީ މޮޅަދޫއަށް އުފާވެރި ތާރީޚީ ދުވަހެއް: އެމްޕީ ޝިފާއު

މިއަދަކީ ހއ. މޮޅަދޫއަށް އުފާވެރި ތާރީޚީ ދުވަހެއް ކަމަށް މޮޅަދޫ ނިސްބަތްވާ އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ. ޝިފާއު މިމޭރުމުން ވިދާޅުވީ ޒަމާނުއްސުރެ މޮޅަދޫ ރައްޔިތުން ދެކެމުންއައި ހުވަފެނެއްގައި ކުލަޖެހި، މިއަދަކީ އެރަށު ފަޅަށް ފުރަތަމަ ފަހަރަށް ދޯންޏެއްވަދެ މުދާ ހުސްކުރި ދުވަހަށް ވުމުންނެވެ. މޮޅަދޫގައި ފަޅުކޮންނަމުން ދަނީ ސަރުކާރުން އެ ރަށުގައި ތަރައްޤީކުރުމަށް ނިންމަވާފައިވާ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ތެރެއިންނެވެ. މީގެ ކުރިން މޮޅަދޫއަށް މުދާ ބޭލުމަށާއި،...

ޝިއުނާ އާދަމް
މޮޅަދޫ ޒުވާނުން މިއަދު ނުކުތީ ރުއް އިންދަން 📍 ހއ. މޮޅަދޫ

މޮޅަދޫ ޒުވާނުން މިއަދު ނުކުތީ ރުއް އިންދަން

ހއ. މޮޅަދޫ ޒުވާނުން އިސްނަނަގައިގެން އެރަށުގައި ރުއް އިންދުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. މޮޅަދޫ ޒުވާނުން އިސްނަގައިގެން އެރަށުގައި މިއަދު ކުރިއަށް ގެންދިޔަ ރުއް އިންދުމުގެ ހަރަކާތަށް ވާގިވެރިވެ، ޒުވާނުންނަށް ހިތްވަރު ދިނުމުގެ ގޮތުން އެރަށުގެ ހަރު މީހުންވެސް އެމަސައްކަތުގައި ވަނީ ބައިވެރިވެފައެވެ. މޮޅަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ނިޝާމް “ތިލަދުން” އަށް ވިދާޅުވީ، މިއަދު އެރަށުގައި ޒުވާނުން އިސްނަނަގައިގެން ކުރިއަށް ގެންދިޔަ ރުއް އިންދުމުގެ ހަރަކާތުގައި އެރަށުގެ ގިނަ ޢަދަދެއް...

ޝިއުނާ އާދަމް
މޮޅަދޫ ޒުވާނުން ރަށުތެރެ ސާފުކޮށްފި 📍 ހއ. މޮޅަދޫ

މޮޅަދޫ ޒުވާނުން ރަށުތެރެ ސާފުކޮށްފި

ޤަވާޢިދުން ސާފުކުރަމުން ދިޔަ ހއ. މޮޅަދޫގެ އިޖުތިމާއީ ސަރަހައްދުތައް، ކޯވިޑް-19 ހާލަތާއި ގުޅިގެން ސާފުކުރުމަށް ދަތިތައް ކުރިމަތިވެ ވެފައި ވަނިކޮށް އެރަށު ޒުވާނުން އިސްނައިގެން އެ ރަށުގެ އިޖުތިމާއީ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މޮޅަދޫ ޒުވާނުން އިސްނަގައިގެން މިއަދު މިފެށި މަސައްކަތް މިއަދު މެންދުރު ފަހު 2:30 އިން ހަވީރު 17:30 އަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. މޮޅަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ނިޝާމް “ތިލަދުން” އަށް ވިދާޅުވީ، މިއަދު އެރަށުގައި ފެށުނު ރަށުގެ އިޖުތި...

ޔުމްނާ ޢަލީ
ހޯރަފުށީ ރައްޔިތުންގެ ފަރާތުން މޮޅަދޫއަށް ކާޑުގެ ބާވަތްތައް ހަދިޔާ ކޮށްފި

ހޯރަފުށީ ރައްޔިތުންގެ ފަރާތުން މޮޅަދޫއަށް ކާޑުގެ ބާވަތްތައް ހަދިޔާ ކޮށްފި

ހއ. މޮޅަދޫ ރައްޔިތުންނަށް ކާޑު ލިބުން ދަތިވުމާއި ގުޅިގެން ހއ. ހޯރަފުށީ ރައްޔިތުންނާއި، ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމްގެ ފަރާތުން މޮޅަދޫ ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ހަދިޔާކޮށްފި ކަމަށް ހޯރަފުށީ ކައުންސިލުން ބުނެފިއެވެ. ހޯރަފުށީ ކައުންސިލުން ބުނީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި، ހޯރަފުށީ ރައްޔިތުންގެ ނަމުގައި މޮޅަދޫ ރައްޔިތުންނަށް 40 ބަސްތާ ކާޑުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. މިގޮތުން ފޯރުކޮށް ދިން 40 ބަސްތާ ކާޑުގެ ތެރޭގައި ހިމެނެނީ 20...

ޔުމްނާ ޢަލީ
އުތީމު, މޮޅަދޫ އަދި ނައިވާދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމު ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. އުތީމު

އުތީމު, މޮޅަދޫ އަދި ނައިވާދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމު ކޮށްދޭނެ ފަރާތެއް ހޯދަނީ

މިނިސްޓްރީ އޮފް ފިނޭންސް އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން ޑިޒައިން އެންޑް ބިލްޑް އުޞޫލުން 18 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. އެ 18 ރަށުގެ ތެރޭގައި ހއ އަތޮޅުން ހިމެނެނީ ހއ. އުތީމާއި ހއ މޮޅަދޫއެވެ. ހދ އަތޮޅުން ހދ ނައިވާދޫ ވަނީ ލިސްޓުގައި ހިމެނިފައެވެ. މި ތިންރަށުގެ އިތުރުން ގއ.ކޮނޑޭ، ގދ.ރަތަފަންދޫ، ލ.މުންޑޫ، […]

އިބްރާހިމް އަސްވާޤް
ހއ. މޮޅަދޫން ބަންޑާރަ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ޢާންމުކޮށްފި 📍 ހއ. މޮޅަދޫ

ހއ. މޮޅަދޫން ބަންޑާރަ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ޢާންމުކޮށްފި

ހއ. މޮޅަދޫން ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓަށް ގެނެވުނު ބަދަލުތަކާއެކު ދާއިމީ ލިސްޓް ޢާންމުކޮށްފި އެވެ. 17 ޑިސެންބަރު 2019 ވަނަ ދުވަހު ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލް އިދާރާގެ ނަމްބަރު 246/246/2019/62 އިޢުލާނާއި ގުޅިގެން ދިރިއުޅުމަށްޓަކައި، ހއ. މޮޅަދޫން ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ދާއިމީ...

އިބްރާހިމް އަސްވާޤް