މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. މާރަންދޫ (83 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
83 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

މާރަންދޫގެ އެންމެ ފަހުގެ ޚަބަރުތައް

83 ޚަބަރުގެ ތެރެއިން
އާރުވީއެސްއޭ ހޭންޑްބޯލް ޓޯނަމެންޓް: ބާވީހުން އިމަގު ބަލިކުރިއިރު، އެއާޕޯޓް އަތުން މާރަންދޫއަށް މޮޅެއް

އާރުވީއެސްއޭ ހޭންޑްބޯލް ޓޯނަމެންޓް: ބާވީހުން އިމަގު ބަލިކުރިއިރު، އެއާޕޯޓް އަތުން މާރަންދޫއަށް މޮޅެއް

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ އާރުވީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “އާރުވީއެސްއޭ ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022” ގައި އިއްޔެ ކުޅުނު މެޗުތައް ހޯރަފުށީ ބާވީސް ސްޕޯޓްސް ކުލަބާއި ޓީމް މާރަންދޫން ކާމިޔާބު ކޮށްފިއެވެ. އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ބާވީސް ސްޕޯޓްސް ކުލަބާއި އިހަވަންދޫ އިމަގެވެ. މި މެޗު 7-15 އިން ކާމިޔާބު ކޮށްފައި ވަނީ ބާވީސް ސްޕޯޓްސް ކުލަބުންނެވެ. މި މެޗުގެ […]

އިބްރާހިމް ޚަލީލް
ހޯރަފުށީ އާރުވީއެސްއޭ ހޭންޑްބޯލް ޓޯނަމެންޓް: ހޯރަފުށީ އެއާޕޯޓް ފެށުން ރަނގަޅުކުރި އިރު މާރަންދޫއަށް ފުރަތަމަ މޮޅު

ހޯރަފުށީ އާރުވީއެސްއޭ ހޭންޑްބޯލް ޓޯނަމެންޓް: ހޯރަފުށީ އެއާޕޯޓް ފެށުން ރަނގަޅުކުރި އިރު މާރަންދޫއަށް ފުރަތަމަ މޮޅު

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ އާރުވީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “އާރުވީއެސްއޭ ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022” ގައި އިއްޔެ ކުޅުނު މެޗުތައް ހޯރަފުށީ އެއާޕޯޓާއި ޓީމް މާރަންދޫން ކާމިޔާބު ކޮށްފިއެވެ. އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފްރިގޭޓާއާއި ހޯރަފުށީ އެއާޕޯޓެވެ. މި މެޗު 10-15 އިން ކާމިޔާބު ކޮށްފައި ވަނީ ހޯރަފުށީ އެއާޕޯޓް ޓީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ […]

އިބްރާހިމް ޚަލީލް
އެމްއެންޑީއެފުން ތަކަންދޫއާއި މާރަންދޫގައި ފަޔާ އެވެއާނަސް ޕްރޮގްރާމްތަކެއް

އެމްއެންޑީއެފުން ތަކަންދޫއާއި މާރަންދޫގައި ފަޔާ އެވެއާނަސް ޕްރޮގްރާމްތަކެއް

އެމްއެންޑިއެފުގެ ފަރާތުން ހއ. އަތޮޅުގެ ތަކަންދޫއާއި މާރަންދޫގައި ފަޔާ އެވެއާނަސް ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމްތަކަކީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ފަޔާ އެންޑް ރެސްކިޔު ސާވިސް ކޮމްޕޯނަންޓުގެ ފަރާތުން އެރަށްތަކުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކެކެވެ. މި ޕްރޮގްރާމްތައް އެ ދެ ރަށުގައި ވެސް ކުރިއަށް ގެންދިޔައީ މި ހިނގާ އޯގަސްޓް 27 ވަނަ ދުވަހު އެވެ. މިގޮތުން ތަކަންދޫ ގައި ހިންގ...

އަލީ އާދިލް
މާރަންދޫ ސްކޫލްގައި ދެ ފަންގިފިލާގެ އިމާރާތެއް އަޅަން ހަވާލުކޮށްފި 📍 ހއ. މާރަންދޫ

މާރަންދޫ ސްކޫލްގައި ދެ ފަންގިފިލާގެ އިމާރާތެއް އަޅަން ހަވާލުކޮށްފި

ހއ. މާރަންދޫ ސްކޫލުގެ ދެ ފަންގިފިލާގެ އިމާރާތް އަޅަން މިއަދު ކޮންޓެކްޓަރާއި ހަވާލު ކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގައި މާރަންދޫ ތަމްސީލް ކުރައްވާ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވެސް ބައިވެރިވެރިވެ ވަޑައިގެންނެވިއެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ، ކޭ އެންޑް އެފް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި ދެބުރީގެ އިމާރާތުގައި ހިމެނެނީ ސްޓާފް ރޫމަކާއި، ސައިންސް ލެބެއްގެ އިތުރުން ދެ ކިލާސް ރޫމެވެ. މި...

ޔުމްނާ ޢަލީ
ފޭކް އައިޑީ ހަދައިގެން މީސްމީޑިއާގައި މާރަންދޫގެ ކަމުވޮށިގެންވާ މީހުންގެ އަބުރުކަތިލާތީ އެ ރަށު ކައުންސިލުގެ ކަންބޮޑުވުން 📍 ހއ. މާރަންދޫ

ފޭކް އައިޑީ ހަދައިގެން މީސްމީޑިއާގައި މާރަންދޫގެ ކަމުވޮށިގެންވާ މީހުންގެ އަބުރުކަތިލާތީ އެ ރަށު ކައުންސިލުގެ ކަންބޮޑުވުން

“ފޭކް އައިޑީ” ހަދައިގެން މާރަންދޫގެ ކަމުވޮށިގެންވާ މީހުންގެ އަބުރު ކަތިލުން އާންމުވަމުން އަންނާތީ، އެކަމާއި ކަންބޮޑުވުން ފާޅުކޮށް، އެކަމާއި ދެކޮޅު ހެދުމުގެ ގޮތުން މާރަންދޫ ކައުންސިލުން ނޫސް ބަޔާނެއް ނެރެފިއެވެ. މިކަމާއި ގުޅިގެން 30 ޖަނަވަރީ 2022 ގައި އެ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ މިހާރަކަށް އައިސް ” ފޭކް އައިޑީ ” ހަދައިގެން ސޯޝަލް މީޑިޔާގައި އެ ރަށުގެ މީހުންގެ އަގުވައްޓާލައި އަބުރުކަތިލަމުން ގެންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެ ގޮތުން ރައްޔިތުންގެ […]

އިބްރާހިމް ޚަލީލް
އިއާދަކުރަނިވި ހަކަތަ އާއި އެކު، މާރަންދޫގެ މިސްކިތެއް އެއަރކޯން ކޮށްފި 📍 ހއ. މާރަންދޫ

އިއާދަކުރަނިވި ހަކަތަ އާއި އެކު، މާރަންދޫގެ މިސްކިތެއް އެއަރކޯން ކޮށްފި

އިއާދަކުރަނިވި ހަކަތަ އާއި އެކު، ހއ. މާރަންދޫ މަސްޖިދުލް ފަލާހް މިސްކިތުގައި އެއާރކޯން ގެ ހިދުމަތް ދޭން މިއަދު ފަށައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން މާރަންދޫ ކައުންސިލްގެ ރައީސް ޖައިލަމް ހާރޫން ވިދާޅުވީ މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނި 3 ފޭސްއަކަށް ބަހާލެވިގެން ކަމަށާއި އެގޮތުން ފުރަތަމަ ފޭސްގެ ދަށުން 18000btu ގެ 6އެއާރ ކޯން އަދި 2 ވިންޑް ކާރޓަން ހަރުކުރެވިފައިވާ ކަމަށެވެ. ދެވަނަ ފޭސްގައި 3 ފޭސް ކަރަންޓް ލާފައި ވާއިރު އަދި […]

އައިޝަތު ނަސާޔާ
މާރަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި 📍 ހއ. މާރަންދޫ

މާރަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އިން ހއ. މާރަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ފަށަްިފިއެވެ. މިއަދު މާރަންދޫގެ ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފެށުން އިފްތިތާހު ކޮށްދެއްވާފައި ވަނީ، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އާއި، ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އާއި، ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގް އަދި މާރަންދޫ ކައުންސިލްގެ ރައީސް ޖައިލަމް ހާރޫންއެވެ. މި މަޝްރޫގައި ހިމެނޭ ފެނާއި ނަރުދަމާ […]

އަޙްމަދު ވަހީދު
މާރަންދޫގައި ލޮނުމަސް އެޅުމަށާއި، މަސް ކައްކާ ހިއްކުމަށް ބިން ދޫކުރަނީ 📍 ހއ. މާރަންދޫ

މާރަންދޫގައި ލޮނުމަސް އެޅުމަށާއި، މަސް ކައްކާ ހިއްކުމަށް ބިން ދޫކުރަނީ

ތިލަދުންމަތީ އުތުރުބުރީ މާރަންދޫގައި ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށާއި، މަސް ކައްކާ ހިއްކުމުގެ މަސައްކަތް ކުރުމަށް ބިން ދޫކުރުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށާއި، މަސް ކައްކައި ހިއްކުމުގެ މަސައްކަތް ކުރުމަށް އެ ރަށު ހަވާގޭގެ އިރުމަތިން، ގޮނޑުދޮށާއި ދިމާލު ހޭޅިފަށުން، ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ 1500 އަކަފޫޓުގެ ބިން 5 އަހަރުގެ މުއްދަތަށް ކުއްޔަށް ހިފާނެ ފަރާތ...

އިބްރާހިމް ޚަލީލް
މާރަންދޫ އަންހެނުންގެ ކޮމިޓީން އެރަށު ކައުންސިލަށް ލައުޑް ސްޕީކަރ ހަދިޔާކޮށްފި 📍 ހއ. މާރަންދޫ

މާރަންދޫ އަންހެނުންގެ ކޮމިޓީން އެރަށު ކައުންސިލަށް ލައުޑް ސްޕީކަރ ހަދިޔާކޮށްފި

ހއ. މާރަންދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީން އެރަށު ކައުންސިލަށް ލައުޑް ސްޕީކަރ ހަދިޔާކޮށްފި އެވެ. އެ ކޮމިޓީގެ ރައީސާ ފާތިމަތު ޝިފްނާ ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކައުންސިލަށް ލައުޑް ސްޕީކަރ ހަދިޔާ ކުރަން ނިންމީ އެރަށުގައި ހުރި ކައުންސިލުގެ ލައުޑް ސްޕީކަރ ތަކުން މުޅި ރަށަށް އަޑު ނުދިއުމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުން އައުމުންކަމަށެވެ. އެގޮތުން، އެ ކޮމިޓީން ކައުންސިލާ ބައްދަލުކުރައްވާ ބެލިބެލުމުން، އެ ކައުންސިލުގެ ދެންނެވުންތައް ފޯރުކޮށްދޭ […]

އަޙްމަދު އަރުޝަމް
"އެންމެން އެކުގައި އާ މާރަންދޫއަކަށް" މި ނަމުގައި ހާއްސަ ޕްރޮގްރާމެއް 📍 ހއ. މާރަންދޫ

"އެންމެން އެކުގައި އާ މާރަންދޫއަކަށް" މި ނަމުގައި ހާއްސަ ޕްރޮގްރާމެއް

ހއ. މާރަންދޫ ކައުންސިލާއި، މާރަންދޫ ސްކޫލް ގުޅިގެން “އެންމެން އެކުގައި އާ މާރަންދޫއަކަށް” ނަމުގައި ހޭލުންތެރިކުރުވުމާއި، ހުނަރުވެރިކުރުވުން އަދި މަޢުލޫމާތު ތާޒާކޮށް ދިނުމުގެ ޕްރޮގްރާމް މިރޭ ފެށުމަށް ތައްޔާރުވެއްޖެ އެވެ. މި ޕްރޮގްރާމަކީ ހޭލުންތެރިކަން އިތުރުކޮށް، ހުނަރު ލިއްބައިދީ އަދި މައުލޫމާތު ތާޒާ ކުރުމުގެ ޚާއްޞަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ދާނީ މިރެއިން ފެށިގެން މިފެށޭ އޮކްޓޯބަރުމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް މާރަންދޫ ސްކޫލްގައެވެ. މާރަންދޫ ކައުންސިލްގެ ރައީސް ޖައިލަމް ހާރޫން “ތި...

ޙުސައިން ޝަހުދީ
އިހަވަންދޫ ޕޮލިސް ސްޓޭޝަންނުން މާރަންދޫގައި ކޮމިއުނިޓީ އައުޓް ރީޗް ޕްރޮގްރާމެއް ބާއްވައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ޕޮލިސް ސްޓޭޝަންނުން މާރަންދޫގައި ކޮމިއުނިޓީ އައުޓް ރީޗް ޕްރޮގްރާމެއް ބާއްވައިފި

ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން އެ އަތޮޅު މާރަންދޫގައި ކޮމިއުނިޓީ އައުޓް ރީޗް ޕްރޮގްރާމެއް ބާއްވައިފި އެވެ. އިހަވަންދޫގައި މަސައްކަތްކުރާ ފުލުހުންނާއި މާރަންދޫ ކައުންސިލް އިދާރާ އާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި މާރަންދޫ މަމްސް ޖަމިއްޔާ ގުޅިގެން ބޭއްވުނު މި ޕްރޮގްރާމްތަށް ކުރިއަށް ގެންގޮސްފައިވަނީ މި ސެޕްޓެމްބަރ މަހުގެ 23 އިން 25 ވަނަ ދުވަހާ ހަމައަށެވެ. ފުލުހުން ވިދާޅުވީ މާރަންދޫގައި ކުރިއަށް ގެންދެވުނު މި ޕްރޮގްރާމްތަކުގެ ތެރެއިން އެ ރަށު […]

އަޙްމަދު އަރުޝަމް
މާރަންދޫ ސްކޫލްގައި 02 ކްލާސްރޫމް، ސައިންސްލެބް، ސްޓާފްރޫމްގެ އިތުރުން ހެލްތުރޫމް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. މާރަންދޫ

މާރަންދޫ ސްކޫލްގައި 02 ކްލާސްރޫމް، ސައިންސްލެބް، ސްޓާފްރޫމްގެ އިތުރުން ހެލްތުރޫމް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. މާރަންދޫ ސްކޫލްގައި 02 ކްލާސްރޫމާއި ސައިންސްލެބާއި ސްޓާފްރޫމްގެ އިތުރުން ހެލްތުރޫމްގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުޅުވާލައިފިއެވެ. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު  16 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން  26 ސެޕްޓެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ރަޖިސްޓްރީ ވުމަށް  https://forms.moe.gov.mv/ މި ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމަށް އެ މ...

އިބްރާހިމް ޚަލީލް
މާރަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި 📍 ހއ. މާރަންދޫ

މާރަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

ހއ. މާރަންދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތްތައް އެމްޑަބްލިޔުއެސްސީއިން ފަށައިފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތެވެ. އަދި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު މާރަންދޫ އަށް ގެންގޮސްފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން 8.21 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި […]

އަޙްމަދު ވަހީދު
މާރަންދޫގައި ރޯޑުވާދިނަސްގެ ޚިދުމަތް ދޭން ފަށަނީ 📍 ހއ. މާރަންދޫ

މާރަންދޫގައި ރޯޑުވާދިނަސްގެ ޚިދުމަތް ދޭން ފަށަނީ

ހއ. މާރަންދޫ ގައި ރޯޑުވާދިނަސް ހެއްދޭ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފިއެވެ. އެރަށު ކައުންސިލުން މިއަދު ވިދާޅުވި ގޮތުގައި އެ ރަށަށް ރަޖިސްޓްރީ ކޮށްފައިވާ އެއްގަމު އުޅަނދުފަހަރުގެ ރޯޑްވާދިނަސް ހެއްދުމަށް އެރަށުގެ 1 ސެންޓަރަށް ރޯޑުވާދިނަސް ހެއްދުމުގެ ހުއްދަ ދިނުމަށް އެ ކައުންސިލުން ބޭނުންވެއެވެ. އެގޮތުން، މާރަންދޫން އެއްގަމު އުޅަނދުތަކުގެ ރޯޑުވާދިނަސް ހެއްދުމަށް ބޭނުންވާ ގަރާޖުތަކުން އަންނަ މަހުގެ 1 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ސިޓީއަކުން އެ ކައުންސިލަށް ހު...

އަޙްމަދު އަރުޝަމް
ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާ ދެކޮޅު: މާރަންދޫ ކައުންސިލް 📍 ހއ. މާރަންދޫ

ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާ ދެކޮޅު: މާރަންދޫ ކައުންސިލް

ފަލަސްތީނުގެ ބިމަށް ނުހައްގުންވެރިވެގަތުމަށް އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ދެމުންގެންދާ ލާއިންސާނީ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ހއ.މާރަންދޫގެ ކައުންސިލުން ބަޔާނެއް ނެރެފިއެވެ. މާރަންދޫ ކައުންސިލްގެ 5 މެމްބަރުން ސޮއިކޮށް ނެރެފައިވާ ބަޔާނުގައި، ފަލަސްތީނަށް އަމާޒްކޮށް އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުން ފަލަސްތީނުގެ ރައްޔިތުންނަށް ސަލާމަތްކުރުމުގެ ގޮތުން ކުރެވުންހުރި ހުރިހާ މަސައްކަތެއްކުރާނެކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުން ރައްކާތެރިކުރުމުގ...

އައިޝަތު އިލްމާ އަދުނާން