މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ވަށަފަރު (75 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
75 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ވަށަފަރުގެ އެންމެ ފަހުގެ ޚަބަރުތައް

75 ޚަބަރުގެ ތެރެއިން
ވަށަފަރު ކައުންސިލުގެ ރަސްމީ ލޯގޯ ފަރުމާ ކުރުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހއ. ވަށަފަރު

ވަށަފަރު ކައުންސިލުގެ ރަސްމީ ލޯގޯ ފަރުމާ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ ރަސްމީ ލޯގޯއާއި ދިދަ އަދި ޓީޝާޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ. އެ ކައުންސިލުގެ ލޯގޯ ފަރުމާކުރުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ކައުންސިލުން ބާއްވާ މުބާރާތްތަކާއި ބައިވެރިވާ ހަރަކާތްތަކާއި އެކިއެކި ރަސްމިއްޔާތި ތަކުގައި އަދި ރަސްމީ ލިޔެކިޔުންތަކުގައި ބޭނުން ކުރުމަށް އެ ކައުންސިލު ރަމްޒުކޮށްދޭނެ ލޯގޯއެއް އޮތުމެވެ. ލޯގޯ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެކަމާއި ގުޅޭ މައުލޫމާތު ޝީޓުގައި ހިމެނޭ ކަންކަން ފުރިހަމަ ކުރުމަށްފަހު މ...

އިބްރާހިމް ޚަލީލް
ވަށަފަރު ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ފަށަނީ 📍 ހއ. ވަށަފަރު

ވަށަފަރު ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ފަށަނީ

ހއ. ވަށަފަރު ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް މި އަހަރު ފަށާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަށަފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނު ކެމްޕެއިންގެ ތެރޭގައި ވައުދުވެވަޑައިގެންނެވި ކަންކަމާއި އިތުރު ކަންކަން ވެސް ރައްޔިތުންނަށްޓަކައި ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ވަށަފަރު ބިން ހިއްކުމުގެ މަޝްރޫއަކީ ވެސް ކެމްޕެއިންގެ ތެރޭގައި ވެ...

މުޙައްމަދު
ގޯލްޑަން ފުޓްސަލް: މާރަންދޫ، އިހަވަންދޫ، ހޯރަފުށި، އުތީމް އަދި ވަށަފަރު ފެށީ މޮޅަކުން 📍 ހއ. ހޯރަފުށި

ގޯލްޑަން ފުޓްސަލް: މާރަންދޫ، އިހަވަންދޫ، ހޯރަފުށި، އުތީމް އަދި ވަށަފަރު ފެށީ މޮޅަކުން

“ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024” ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި ފަށާފައިވާއިރު، ހއ.އަތޮޅުގެ ފުރަތަމަ ބުރުގައި މާރަންދޫ، އިހަވަންދޫ، ހޯރަފުށި، އުތީމް އަދި ވަށަފަރުން ކުޅުން މެޗުތައް ކާމިޔާބުކުރި އިރު ބާރަށާއި ދިއްދޫ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. މިއަހަރު ހއ. އަތޮޅުން ވަނީ 12 ޓީމަކުން ބައިވެރިވެފައެވެ. އެހެންކަމުން އެ އަތޮޅުގެ އަތޮޅު ބުރު ކުރިއަށް ދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ހަތަރު ގްރޫޕުގެ ތެރެއިން އެންމެ މޮޅު 8 ޓީމު […]

އިބްރާހިމް ޚަލީލް
ވަށަފަރު ކުރީގެ ރައީސް މުހައްމަދު، ހިލާލީގޭގެ ޗީފް އޮފް ސްޓާފްގެ މަގާމަށް 📍 ހއ. ވަށަފަރު

ވަށަފަރު ކުރީގެ ރައީސް މުހައްމަދު، ހިލާލީގޭގެ ޗީފް އޮފް ސްޓާފްގެ މަގާމަށް

ހއ. ވަށަފަރު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން، ޗީފް އޮފް ސްޓާފް އެޓް ދަ ވައިސް ޕްރެސިޑެންޓްސް ރެޒިޑެންސްގެ މަގާމަށް ރޭ ޢައްޔަނުކޮށްފިއެވެ. މުޙައްމަދު މަގާމަށް ޢައްޔަނުކޮށް މަގާމުގެ ލިޔުން ހަވާލުކުރީ ރޭ ރައީސް އޮފީހުގައޮ އޮތް ރަސްމިއްޔާތެއްގަ އެވެ. މުޙައްމަދާއި ލިޔުން ހަވާލުކޮށް ދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މުޙައްމަދަކީ ކައުންސިލްތަކުގެ ނިމުނު ދައުރުގެ ވަށަފަރު ކައުންސިލްގެ ރައީސް އެވެ. އޭނާ އެ މަގާމު ފުރުއްވީ ޕްރޮގްރެސިވް ޕާޓީ އޮފް […]

ޔުމްނާ ޢަލީ
ތިލައުތުރު ފުޓްސަލް މުބާރާތް: ފައިނަލުގައި އުތީމާއި ވަށަފަރު 📍 ހއ. އުތީމު

ތިލައުތުރު ފުޓްސަލް މުބާރާތް: ފައިނަލުގައި އުތީމާއި ވަށަފަރު

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2023” ގެ ފައިނަލުން އުތީމާއި ވަށަފަރު ޖާގަ ހޯދައިފިއެވެ. މި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު މިއަދު ހަވީރު މާރަންދޫގައި ކުޅެފައިވާއިރު ފުރަތަމަ ސެމީގައި ބައްދަލުކުރީ އުތީމާއި މުރައިދޫއެވެ. މި މެޗު ފުރިހަމަ ވަގުތު ހަމަވިއިރު 0-0 ގެ ނަތީޖާއިން ދެ ޓީމް އޮތީ އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މުރައިދޫ މައްޗަށް އުތީމުން ކުރިހޯދީ […]

އިބްރާހިމް ޚަލީލް
ވަށަފަރާއި ހޯރަފުށީގެ ބިން ހިއްކަން ބަޖެޓްގައި ހިމަނައިފި 📍 ހއ. ހޯރަފުށި

ވަށަފަރާއި ހޯރަފުށީގެ ބިން ހިއްކަން ބަޖެޓްގައި ހިމަނައިފި

ހއ. ވަށަފަރު ބިން ހިއްކުމާއި، އެ އަތޮޅު ހޯރަފުށީގެ ބިން ހިއްކުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ. ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓްގައި  ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮޖެކްޓު (ޕީއެސްއައިޕީ) ތަކަށް 8.6 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ހިމަނާފައިވާއިރު، ބޮޑު ތިލަދުންމަތިން ހއ. އަތޮޅުގެ ދެ ރަށެއްގެ ބިން ހިއްކަން މުޅިން އަލަށް ބަޖެޓްގައި ހިމަނ...

ޔުމްނާ ޢަލީ
ދިއްދޫ ނެރުމައްޗަށް ލޯންޗެއް އުރި އޭގެން ދަތުރުކުރި މީހުންނަށް އަނިޔާވެއްޖެ 📍 ހއ. ދިއްދޫ

ދިއްދޫ ނެރުމައްޗަށް ލޯންޗެއް އުރި އޭގެން ދަތުރުކުރި މީހުންނަށް އަނިޔާވެއްޖެ

ހއ. ދިއްދޫގެ ނެރުމައްޗަށް ލޯންޗެއް އުރި އޭގެން ދަތުރުކުރި މީހުންނަށް އަނިޔާވެއްޖެއެވެ. އެ އަތޮޅު ވަށަފަރުން ފުރައިގެން ދިއްދޫއަށް ދަތުރުކުރި ލޯންޗް، ދިއްދޫގެ ނެރުމައްޗަށް އުރިފައި ވަނީ މިރޭ 08:30 ހާއިރުއެވެ. މި ހާދިސާއާއި ގުޅޭގޮތުން މި ނޫހަށް މަޢުލޫމާތު ދެމުން ދިއްދޫ ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު ބުނީ އެ ރަށު ނެރުމައްޗަށް އުރިފައި ވަނީ އެ އަތޮޅު ވަށަފަރުން ފުރައިގެން އައި ލޯންޗެއް ކަމަށެވެ. އެ ލޯންޗްގައި 10 މީހުން ދަތުރުކުރި ކަމަށާއި، އެ […]

އިބްރާހިމް ޚަލީލް
ތިލަދުންމަތީ ހުނަރުވެރިން: އަބޫ ފަނުން ނުހަދާކަށް އެއްޗެއް ނެތް 📍 ހއ. ވަށަފަރު

ތިލަދުންމަތީ ހުނަރުވެރިން: އަބޫ ފަނުން ނުހަދާކަށް އެއްޗެއް ނެތް

ދިވެހި ރުކުގެ ފަން ބޭނުން ކޮށްގެން އިހުގައި ދިވެހިންތެރޭ ތަފާތު ތަކެތި ވިޔެ އުޅުނެވެ. އޭގެތެރޭގައި ދިވެހިންގެ އޭރު ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް ވިޔެ އުޅުނު ތަކެތީގެ އިތުރުން، ހުސް ވަގުތުފުރާލައި ފޫހި ފިލުވައިލަން ވިޔެ އުޅުނު ތަކެތި ވެސް ހިމެނެއެވެ. ނަމަވެސް މިއަދު މި މަސައްކަތްކުރާ މީހުން މަދުވެ، މި ހުނަރުވެރި މަސައްކަތް ވަނީ މުޖުތަމަޢުން ނެތިދާން ފަށާފައެވެ. ތިލަދުންމަތީ އުތުރުބުރީ ވަށަފަރު، އަބްދުﷲ ސުޖާޢު (އަބޫ) އަކީ ރުކުގެ ފަން ބޭނުން ކޮށްގެން ތަފާތު […]

އިބްރާހިމް ޚަލީލް
ސިޓީ ހޮޓަލުގެ އެއްބަސްވުން ބާތިލް ކުރީ، ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުވާތީ: ވަށަފަރު ކައުންސިލް 📍 ހއ. ވަށަފަރު

ސިޓީ ހޮޓަލުގެ އެއްބަސްވުން ބާތިލް ކުރީ، ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުވާތީ: ވަށަފަރު ކައުންސިލް

ހއ. ވަށަފަރުގައި ތަރައްޤީ ކުރަމުން އަންނަ ސިޓީ ހޮޓަލުގެ އެއްބަސްވުން ބާތިލް ކުރީ، ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުވާތީކަމަށް ވަށަފަރު ކައުންސިލުގެ ރައީސް އަޙްމަދު މުޢީން ވިދާޅުވެއްޖެ އެވެ. މުއީން މިފަދައިން ވިދާޅުވީ، “ވަށަފަރު ސިޓީ ހޮޓަލުގެ އެއްބަސްވުން ބާތިލު ކުރުމުން އޭސީސީއަށް” މި ސުރުހީގައި ރާއްޖޭގެ އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ އާޓިކަލްއަށް ރައްދުދީ ވަށަފަރު ކައުންސިލުން ނެރުނު ނޫސް ބަޔާނާއި ގުޅޭގޮތުން “ތިލަދުން” އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މުޢީން ވިދާޅުވީ، ސިޓ...

މުޙައްމަދު އަފްރާޙް
ހއ. އަތޮޅު ކައުންސިލުން ހަތް ރަށަކަށް މާލީ އެހީ، ރަށަކަށް ލައްކައެއް 📍 ހއ. ބާރަށް

ހއ. އަތޮޅު ކައުންސިލުން ހަތް ރަށަކަށް މާލީ އެހީ، ރަށަކަށް ލައްކައެއް

ހއ. އަތޮޅު ކައުންސިލުން އެއަތޮޅުގެ ހަތް ރަށަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. އެކައުންސިލުން ވިދާޅުވީ، މާލީ އެހީގެ ގޮތުގައި ކޮންމެ ރަށަކަށް -/100،000ރ (އެއްލައްކަ ރުފިޔާ) ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މާލީ އެހީދިނުމުގެ އެއްބަސްވުމުގައި، މިއަދު ސޮއިކުރެވުނު ހަތްރަށަކީ، ތުރާކުނު، އިހަވަންދޫ، ވަށަފަރު، ދިއްދޫ، މާރަންދޫ، އުތީމު، އަދި ބާރަށެވެ. އެކައުންސިލުން ވިދާޅުވީ، މިއީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނުގައިވާ...

އިބްރާހިމް އަސްވާޤް
ތިލަދުންމަތީ ހުނަރުވެރިން: ވަށަފަރު ހަ ބެއިން، ދަނޑުމަތީގައި އަލިގަދަ ތަރިންތަކެއް 📍 ހއ. ވަށަފަރު

ތިލަދުންމަތީ ހުނަރުވެރިން: ވަށަފަރު ހަ ބެއިން، ދަނޑުމަތީގައި އަލިގަދަ ތަރިންތަކެއް

ހއ. ވަށަފަރު ގިރީތެރޭގޭ މުޙައްމަދު ރަޝީދާއި ވަސީމާ ޢަލީއަށް ލިބުނު 6 ފިރެހެން ދަރީން ވެސް އަންނަނީ ފުޓްބޯޅައިގެ ދުނިޔޭގެ އެންމެ އުހުގައި ފިޔަޖަހަމުންނެވެ. ކުޑައިރުއްސުރެ، ފުޓްބޯޅައަކީ އެކުދިންގެ އެންމެ މަޤްބޫލް ކުޅިވަރެވެ. އެހެންކަމުން ގޭތެރެއިން އުފެދިގެން އައި ފުޓްސަލް ޓީމް ކަމަށްވާ “ޗެލެންޖާރސް އެފްސީ” އަކީ މިކުދިންގެ އަމިއްލަ ޓީމެކެވެ. އަޙްމަދު ސިނާން، (32އ) އަދި 31 އަހަރުގެ ޙަސަން ސިނާނާއި ޙުސައިން ސިނާން އަދި 27 އަހަރުގެ ޢަބްދުﷲ ސިނާނާއި 25 އަހަރުގެ އިބްރާހިމް […]

ސަލާމާ ޢަބްދުލް ޢަލީމް
ޔާމީނަށް ހުކުމް ކުރީ ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލުވައިލަން: ވަށަފަރު ކައުންސިލް 📍 ހއ. ވަށަފަރު

ޔާމީނަށް ހުކުމް ކުރީ ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލުވައިލަން: ވަށަފަރު ކައުންސިލް

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރި ހުކުމަކީ، އެމަނިކުފާނަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވައިލަން ކުރި ޙުކުމެއް ކަމަށް ހއ. ވަށަފަރު ކައުންސިލުން ވިދާޅުވެއްޖެއެވެ. ވ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން އާދީއްތަ ދުވަހު ވަނީ ޙުކުމް ކޮށްފައެވެ. އެ މައްސަލާގައި […]

ޔުމްނާ ޢަލީ
ވަށަފަރު ކައުންސިލުން ތަރައްގީކުރި ކުޑަކުދިންގެ ޕާކު ހުޅުވައިފި 📍 ހއ. ވަށަފަރު

ވަށަފަރު ކައުންސިލުން ތަރައްގީކުރި ކުޑަކުދިންގެ ޕާކު ހުޅުވައިފި

ހއ. ވަށަފަރު ކައުންސިލުން އެރަށުގައި ތަރައްގީކުރި ކުޑަކުދިންގެ ޕާކު ހުޅުވައިފި އެވެ. ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން އެ ކައުންސިލުން ވިދާޅުވީ މި ޕާކު ތަރައްގީކޮށްފައިވަނީ 3،25،000 ރުފިޔާ ހަރަދުކޮށްގެން ކަމަށެވެ. އެއީ ކައުންސިލުގެ ބަޖެޓުން ކުރި ހަރަދެއް ކަމަށެވެ. މި ޕާކުގައި ބަހައްޓާފައިވާ ސާމާނަކީ ޔޫތް މިނިސްޓްރީން ހަދިޔާކޮށްފައިވާ ތަކެތި ކަމަށާއި އެ ކައުންސިލަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ލިބުނު ތަކެތި ކަމަށް ވެސް ވިދާޅުވި އެވެ. […]

މުޙައްމަދު އަފްރާޙް
ވަށަފަރު ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފި 📍 ހއ. ވަށަފަރު

ވަށަފަރު ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފި

ހއ. ވަށަފަރުގެ ފެރީ ހަޓްގެ މަސައްކަތްތައް ނިންމާލައިފިއެވެ. މި ފެރީ ހަޓް ހެދުމުގެ މަސައްކަތުގެ ތެރެއިން ކިއޮސްކަކާއި ޔުނިވާސަލް ޓޮއިލެޓަކާއި ވެއިޓިންގް އޭރިއާއެއް ވަނީ ހަދައިފައެވެ. މިއީ ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ “އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް” މަޝްރޫއުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1ގެ ދަށުން ގާއިމުކުރި ފެރީ ސްޓޮޕެކެވެ. ޒޯން 1...

އަޙްމަދު ވަހީދު
ވަށަފަރު ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި ވަށާފާރު ރާނަން ހަވާލުކޮށްފި 📍 ހއ. ވަށަފަރު

ވަށަފަރު ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި ވަށާފާރު ރާނަން ހަވާލުކޮށްފި

ހއ. ވަށަފަރު ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި ވަށާފާރު ރޭނުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި އެވެ. މިނިސްޓްރީ އޮފް ހެލްތު ގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ސަމާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 1,988,107.06 ރުފިޔާ (އެއް މިލިއަން ނުވަ ލައްކަ އަށްޑިހަ އަށްހާސް އެއްސަތޭކަ ހަތްރުފިޔާ ހަ ލާރި) އަށް 150 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މީގެ އިތުރުން އެ މިނިސްޓްރީން ވަނީ […]

މުޙައްމަދު އަފްރާޙް