📍 ހއ. އުތީމު
އުތީމު ރައީސަށް ހަތަރު ވަނަ ދައުރަށް ގޮނޑި ކަށަވަރު، ވިދާޅުވީ ހުރިހާ ކަމަކީ ވެސް މާތްﷲގެ ތަނަވަސް ރަޙްމަތްކަމަށް
ހއ. އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދަށް އައު ދައުރަކަށް ކައުންސިލްގެ ގޮނޑި ކަށަވަރުވެފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ. މިހާރު ތިންވަނަ ދައުރު ފުރުއްވަމުން ގެންދަވާ ޢަބުދުﷲ ރަޝީދަށް މި ކާމިޔާބީ ވެގެން ދާނީ ހަތަރު ވަނަ ދައުރަކަށް އުތީމު ރައީސްގެ މަގާމު ކަށަވަރުވެގެން ދިޔުމަށެވެ. މިހާތަނަށް ޕީޕީއެމް/ޕީއެންސީ ފިކުރުގައި ދެމި ހުންނެވި ޢަބުދުﷲ ރަޝީދު ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ އިންތިޚާބު 2026ގައި ވާދަކ...