މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. އުތީމު (233 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
233 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

އުތީމުގެ އެންމެ ފަހުގެ ޚަބަރުތައް

233 ޚަބަރުގެ ތެރެއިން
އެމްޑީއެންގެ ރިޕޯޓް އުތީމު ކައުންސިލުންވެސް ކުށްވެރިކޮށްފި 📍 ހއ. އުތީމު

އެމްޑީއެންގެ ރިޕޯޓް އުތީމު ކައުންސިލުންވެސް ކުށްވެރިކޮށްފި

އެމްޑީއެން އިން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް އަށާއި އިސްލާމްދީނަށް ފުރަށްސާރަކޮށް ނެރެފައިވާ ރިޕޯޓް ހއ އުތީމު ކައުންސިލުންވެސް ކުށްވެރިކޮށްފިއެވެ. އެމްޑީއެން އިން ” ޕްރިލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި އާންމުކުރި ރިޕޯޓާއި ގުޅޭގޮތުން އުތީމު ކައުންސިލުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ އިސްލާމްދީނުގެ އަސާސްތަކާއި ރައްބުލް ކާއިނާތުގެ ވެރި މާތްﷲ ގެ ކުޅަދުންވަންތަކަމާމެދު ޝައްކު އުފައްދާ، އަދި ކީރިތި ޤުރުއާނުން ވާރިދުވެފައިވާ ކަންކަމާމެދު...

އަޙްމަދު މުޖުތަބާ
ތިލަދުންމަތީގެ ބަތަލު - އުތީމު ބޮޑު ތަކުރުފާނު 📍 ހއ. އުތީމު

ތިލަދުންމަތީގެ ބަތަލު - އުތީމު ބޮޑު ތަކުރުފާނު

ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަކީ މީލާދީން 1573 ން 1585 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 981 ން 993 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި 981 ވަނަ އަހަރު ގައެވެ. ދިވެހިތާރީޚްގައި މިރަދުން މަޝްހޫރު ވެފައިވަނީ ބޮޑު ތަކުރުފާނުގެ ނަމުންނެވެ. ބޮޑު ތަކުރުފާނު އަކީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ހަރުދަނާ ބަޠަލެވެ. ބޮޑު ތަކުރުފާނު އަކީ ދިވެހިންގެ ގައުމީ ބަތަލެކެވެ. ގައުމީ ދުވަހުގެ ބަތަލުވެސް މެއެވެ. އައްސުލްޠާން ޣާޒީ […]

Thiladhun
އުތީމު ސުޕޯރޓު އެރީނާގެ ބައެއް މަސައްކަތްތައް ބަޔަކާ ހަވާލު ކޮއްފި 📍 ހއ. އުތީމު

އުތީމު ސުޕޯރޓު އެރީނާގެ ބައެއް މަސައްކަތްތައް ބަޔަކާ ހަވާލު ކޮއްފި

ހއ.އުތީމު ސުޕޯރޓްސް އެރީނާ ޕުރޮޖެކްޓުގައި ހިމެނޭ ބަށި ކޯޓު އަދި 2 ވޮލީ ކޯޓުގެ މަސައްކަތް ބަޔަކާ ހަވާލު ކޮށްފިއެވެ. އިއްޔެ ސޮއި ކޮށް ހަވާލުކުރި ބަށި ކޯޓު ހަވާލުކޮށްފައިވަނީ އުތީމުގެ ބޭފުޅަކާއެވެ. އަަދި ވޮލީ ކޯޓުގެ މަސައްކަތް ހަވާލުވެފައިވަނީ ނ. ވެލިދޫ ބޭފުޅެކެވެ. ނިމި ދިޔަ 2018 ވަނަ އަހަރު އިޢުލާން ކޮށް ބިޑުކުރި މިމަސައްކަތް ޔޫތުމިނިސްޓްރީގެ ފަރާތުން އެފަރާތް ތަކަށް ދީފައިވަނީ ހުށަހެޅި އަގަށް އެފަރާތްތައް އެއްބަސްވުމާގުޅިގެންނެވެ. ރަށް ރަށުގެ ތަރައްޤީ އަށް މިފަދަ ބޮޑެތި […]

ފާތިމަތު ސިނާޒާ
📍 ހއ. އުތީމު

އުތީމުގައި އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކޮށްފި

ހއ. އުތީމު ކައުންސިލާއި އެރަށުގައި ހުންނަ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން އުމުރުން ދުވަސްވީ މީހުންގެ ދުވަސް އެރަށުގައި ފާހަގަކޮށްފިއެވެ. އުތީމު ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދިޔަ މިހަރަކާތުގައި މިއަދުވަނީ އުތީމުގެ އުމުރުން ދުވަސްވީ މީހުން އުޅޭ ގޭގެޔަށް ޒިޔާރަތްކޮށް، އުމުރުން ދުވަސްވީ މީހުންނަށް ހަދިޔާ ދީފައެވެ. މިއަދަކީ، ބައިނަލް އަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހެވެ. މިއަދުގެ އުތީމުގައި އޮތް ހަރަކާތުން އެރަށުގެ އުމުރުން ދުވަސްވީ މީހުނަށްވަނީ އުފާވެރިކަން ލިބިގެންގޮސްފައެވެ.

ޔުމްނާ ޢަލީ
📍 ހއ. އުތީމު

އުތީމު ސްކޫލުގެ ހަތަރު ކްލާސްރޫމުގެ ދެ ބުރި އިމާރާތުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. އުތީމު ޣާޒީ ބަންޑާރައިން ސްކޫލުގެ ހަތަރު ކްލާސްރޫމުގެ ދެ ބުރި އިމާރާތުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފިއެވެ. އެ ސްކޫލުން ސަރުކާރުގެ ގެޒެޓްގައި ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ސްކޫލުގެ އައު އިމާރާތް އެޅައިދޭނެ ފަރާތެއް ހޯދުމަށް މި މަހުގެ ހަތަރު ވަނަ ދުވަހު ކުރި އިއުލާނު ބާތިލްކޮށް، އަލުން އެ ފުރުސަތު ހުޅުވާލާކަމަށެވެ. އެގޮތުން އެ ސްކޫލުގައި އިމާރާތްކުރަން ފަށާފައިވާ ހަތަރު ކްލާސް ރޫމު ދެބުރި އިމާރާތުގެ ނުނިމިހުރި ކޮންޓްރެކްޓިން […]

އަފްރާހް އަބްދުލް ރަޝީދު
އުތީމުގައި ހިނަވާގެއެއް އަޅައިދޭނެ ފަރާތެއް ހޯދަނީ 📍 ހއ. އުތީމު

އުތީމުގައި ހިނަވާގެއެއް އަޅައިދޭނެ ފަރާތެއް ހޯދަނީ

ހއ. އުތީމުގައި ހިނަވާގެއެއް އިމާރަތް ކޮށްދޭނެ ބަޔަކު ހޯދަން އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. އިއްޔެ އުތީމު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކައުންސިލް އިދާރާއިން ދޭ މައުލޫމާތާ އެއްގޮތަށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާކަމަށެވެ. އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދޭނެ ފަރާތެއް، އުތީމު ކައުންސިލުން ހޯދަމުން އަންނައިރު، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް 18 ސެޕްޓެމްބަރު 2019 ވާ ބުދަ ދުވަހުގެ 13:00 ގައި މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން ބޭއް...

Thiladhun
📍 ހއ. އުތީމު

ހދ. އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނަރަލްގެ މަގާމަށް އުތީމު އައްސަދު

ހދ. އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ހއ އަތޮޅު އުތީމު، އަލިމަސް، އަބްދުﷲ އައްސަދު ހަމަޖައްސައިފިއެވެ. ސިވިލް ސާވިސް ކޮމިޝަނުން އައްސަދު މިމަގާމަށް ހަމަޖައްސާފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އައްސަދު އެންމެ ފަހުން ހުންނެވީ އުތީމު ކައުންސިލްގެ ޒިންމާދާރުވެރިއެއްގެ މަގާމުގައެވެ. އޭގެ ކުރިން އޭނާ ވަނީ ނޮޅިވަރަމް ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރގެ މަގާމު ވެސް އަދާކުރައްވާފައެވެ. އަދި އައްސަދު ވަނީ ވައިކަރަދޫ ހެލްތު ސެންޓަރުގައި ވެސް މަސައްކަތް ކޮށްފައެވެ. އައްސަދު ވަނީ...

އަފްރާހް އަބްދުލް ރަޝީދު
ބޮޑު ތަކުރުފާނުގެ ރަސްކަން 📍 ހއ. އުތީމު

ބޮޑު ތަކުރުފާނުގެ ރަސްކަން

ބޮޑު ތަކުރުފާނު ރަސްކަމަށް އިސްވެވަޑައިގަތީ 1 ރަބީޢުލް އައްވަލް 981ހ ގައެވެ. މިރަދުން ރަސްކަމަށް އިސްވެވަޑައިގެންނެވިއިރު ދިވެހިރާއްޖޭގެ ޙާލުވަނީ ވަރަށް ނިކަމެތި ދަރަޖައަކަށް ގޮސްފައެވެ. ޕޯޗުގީޒުންގެ ގޮށްމުށްބާރު ވެރިކަމުގެ އަސަރުތައް ވަނީ އާންމު ވެފައެވެ. ދައުލަތް ހިންގުމުގެ އިންތިޒާމެއް ނެތެވެ. ބޮޑު ތަކުރުފާނުންގެ އެންމެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެވަޑައިގަތީ ދައުލަތް ހިންގުމުގެ އެންމެހާ ކަންތައްތައް ހަރުދަނާ ގަވާޢިދަކަށް އަބުރާލެއްވުމެވެ. ވީރާނާވެގެން ގޮސްފައިވާ ރަސްމީ ޢިމާރާތްތައް އާރާ...

އިބްރާހިމް އަސްވާޤް