📍 ހއ. އިހަވަންދޫ
އިހަވަންދޫ ފުޓްބޯޅަ ދަނޑުގެ ސަބުބޭސް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި
ހއ. އިހަވަންދޫ ގާޒީ ފުޓްބޯޅަ ދަނޑުގެ ސަބުބޭސް ތައްޔާރުކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަސައްކަތުގެ އެއްބަސް ވުމުގައި ސޮއި ކުރެވުނީ 29 އޮކްޓޯބަރު 2020 ގައެވެ. އަދި ސަރުކާރުން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އާރްކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި އެވެ. އިހަވަންދޫ ގާޒީ ފުޓްބޯޅަ ދަނޑުގެ ސަބުބޭސް ތައްޔާރުކުރުމުގެ އަމަލީ މަސައްކަތް ފެށިގެން ދިޔުމާއި ގުޅިގެން އެރަށު ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ”ތިލަދުން”އަށް ވިދާޅުވީ، އިހަވަންދޫ އަކީ ގިނަ ޢަދަދެއްގެ ކުޅިވަރުކުޅޭ […]