ހއ. އިހަވަންދޫގައި 1 މެގަވޯޓްގެ ޖަނަރޭޓަރު އިންސްޓޯލްކޮށް ޚިދުމަތް ދޭންފަށައިފި އެވެ.

އެންމެ ފުރަތަމަ ހއ. އަތޮޅައް ގެނެވުނު 1 މެގަވޯޓްގެ ޖަނަރޭޓަރު ހއ. އިހަވަންދޫއަށް ގެނެސްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 29 ވަނަ ދުވަހު އެވެ.

Ad
rt

އިހަވަންދޫގައި އަލަށް އިންސްޓޯލް ކުރެވުނު 1 މެގަވޯޓްގެ ޖެނެރޭޓަރ ސެޓާއި އިންޖީނުގެއަށް އަލަށް އިތުރުކުރެވުނު ޑެގުރޫމް އިފްތިތާޙު ކުރުންއޮތީ އިއްޔެ އެވެ. ރަސްމީކޮން އިފްތިތާޙް ކޮށްދެއްވީ އިހަވަނދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު އެވެ. މިރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ސައީދުގެ އިތުރުން ހއ. އަތޮޅުގެ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ފެންކަ އިހަވަންދޫ ބުރާންޗުން މަޢުލޫމާދު ދެމުން ވިދާޅުވީ، 3 ޖެނެރޭޓަރ ސެޓުން 4 ޖެނެރޭޓަރ ސެޓަށް ޚިދުމަތް ފުޅާކޮށް، އަލަށް ޚިދުމަތް ފޯރުކޮށްދޭންފެށި 1 މެގަރ ވޮޓްގެ ޖެނެރޭޓާރ ސެޓާއިއެކު ޕަވަރ ޖެނެރޭޝަން ކެޕޭސިޓީ ސްޓޭބަލްވެ މުޅި އިހަވަންދޫއަށް ބޭނުންވާ މިންވަރަށް ކަރަންޓް ޔަޤީންކަމާއިއެކު ލިބިގެންދާނެކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ މިއަހަރުތެރޭގައި ކަރަންޓް ނެޓްވޯރކް އަޕްގްރޭޑްކޮށް ޓްރާންސްފޯމަރތައް ބަހައްޓައި ނެޓްވޯރކް ޚިދުމަތް ސްޓޭބަލްކުރުމުގެ މަސައްކަތާއި އަލަށް ގޯތި ދޫކުރި ސަރަހައްދަށް ކަރަންޓް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ދާދި އަވަހަށް ފެށިގެން ދާނެކަމަށްވެސް އެބުރާންވުން ވިދާޅުވެއެވެ.

ކަރަންޓުގެ ޙިދުމަތަކީ ހާސްކަމެއްނެތި ރައްޔިތުންނަށް ލިބޭނޭ އެއްޗެއްކަން ކަށަވަރުކުރުމަށް ފެނަކައިން ކުރާމަސައްކަތައް އައްސަރިބަހާއި ސާބަސް.

އިހަވަނދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވި އެވެ.

ފެނަކަ ކޯޕަރެޝަނުން އިހަވަންދޫގައި ފޯރުކޮށްދެމުންދާ ހިދުމަތްތައް ތަރައްޤީކޮށް ރަނގަޅުކުރުމަށް މިދިޔަ އަހަރުތެރޭ ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އެ ގޮތުން އިންޖީނުގެ ބޮޑު ކުރުމުގެ މަސައްކަތާއި، ބޮޑު ތެޔޮ ތާނގީއެއް ހެދުމުގެ މަސައްކަތާއި، ވޯލްޓޭޖް ދައްވާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ރަށުގެ އެކި ސަރަހައްދުތަކުގައި ޓުރާންސް ފޯމަރު ބެހެއްޓުމުގެ މަސައްކަތާއި، ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށް ދިނުމަށްޓަކައި ޒަމާނީ އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތްވެސް ކުރިއަށް ދާކަމަށް އިހަވަންދޫ ކައުންސިލުން ބުނެއެވެ.

https://thiladhun.wonstasite.com/43677